ހުޅުމާލޭގައި ރޭ މަރުވި ޒަހާ.
29 އޯގަސްޓް 2020 - 12:15
ރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ޒުވާން އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް، އެޗުޕީއޭ އިން މިއަދު ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ފާތުމަތު ޒަހާ އަހުމަދު ޝަކީލް، ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ، ރޭ 11:42 ހާއިރު އެވެ.
ފުލުހުން ބުނާ ގޮތުގައި އޭނާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. އެކަމަކު އޭނާ ގެންދިޔައީ ގެއިން ކަމެއް ނުވަތަ އެހެން ތަނަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި ޒަހާ ހޮސްޕިޓަލަށް ގެންދިޔައީ ހުޅުމާލޭގެ ގެސްޓް ހައުސްއަކުންނެވެ. އޭނާއާ އެކު އެ ގެސްޓް ހައުސްގައި އިތުރު އަންހެނުންތަކެއް ވެސް އުޅުނު ކަމަށްވެ އެވެ.
ހދ. މަކުނުދު އަށް އުފަން ޒަހާގެ މަރާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު އޭނާ މަރުވި ފަހުން ހެދި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް، އެޗުޕީއޭއިން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެއީ ކޮވިޑްގެ މަރެއްގެ ގޮތުގައެއް އެޗުޕީއޭއަކުން ނުބަލަ އެވެ.
ޒަހާ ވަޒީފާ އަދާކުރަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އުރީދޫ އޮފީހުގަ އެވެ. އިއްޔެ ހެނދުނު އޭނާ ޑިއުޓީ އަށް ވެސް ނުކުތެވެ.
ޒަހާގެ މަރުގެ ހިތާމައިގައި އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު 2019 ގައި އެ ކުންފުންޏާ ގުޅުނު ފަހުން، އޭނާ އަކީ އުރީދޫގެ އެއާޕޯޓް ވިޔަފާރީގެ މުހިންމު މުވައްޒަފެއް ކަމަށެވެ.
"އޭނާ ނެތުމުގެ އުނިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭނެ އެވެ،" އުރީދޫގެ މެސެޖްގައި ލިއެފައިވެ އެވެ.
އެއާޕޯޓްގައި ވަޒީފާ އަދާކުރުމުގެ ކުރިން ބައެއް މީޑިއާތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުން ވެސް ޒަހާ މަސައްކަތް ކުރި އެވެ.
ވަޒީފާގައި އުޅެމުން ގައުމީ ޔުނިވަސިޓީގައި ލެބޯރެޓަރީ ސައިންސްގެ ދާއިރާ އިން ޒަހާ އައީ ކިޔަވަމުންނެވެ.
މީގެ ދެ އަހަރު ކުރިން ވެސް ހުޅުމާލޭގައި ވަނީ ޒުވާނުންތަކެއްގެ ކުއްލި މަރުގެ ހިތާމަވެރި ހާދިސާއެއް ހިނގައިފަ އެވެ. ސެޕްޓެމްބަރު 28، 2017 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި މަރުވީ ޒުވާން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަަމަނަަލް
29 August 2020
ދެރަ ކަމެހް
ބޮލުގާ ރިއްސާ
29 August 2020
މަރުވި ކުއްޖާގެ އެފަދަ ތަސްވީރުތަށް މީޑިއާގަ ޝެއާކުރަން ލަދެއް ނުގަނޭތަ... ތީ މުސްލިމުންތަ؟
ފަހުދު
29 August 2020
ހިތް ތާހިރު ކުރީމަ ތަސްވީރު ފެންނަގޮތް ތަފާތު ކުރެވޭނެ.
މީދާ
30 August 2020
ކަލޭ ތީ ކޮންމެވެސް ކަމަށް ބޭސްކުރަން ޖެހިފަ ހުރި މީހެއް ކަމަށް ބެލެވެނީ. ހޮރެއް ކޮނެ އެރި އޮންނަންވީނު. އޭރުން ބޮލުގަ ނުރިއްސާނެ. ލޮލް.
ޙިނި
29 August 2020
ބަލިވިޔަސް މަރުވިޔަސް މިޖެހެނީ އިންޑިޔަ އައް ފޮނުވަން ހަގިގަތް އޮޅުން ފިލުވަން
ސަލީމް
29 August 2020
ރަގަޅު ވާހަކައެއް. ދުވާލަކު 2000 މީހުން ޓެސްޓް ކުރަންޏާ ވަރަށް ގިނަމީހުން ބަލިފެތުރުމުގެ މަރުހަލާ ފެށުމުގެ ކުރިން އަތުޖެހޭނެ. އަދި އައިސޮލޭޓް ކުރީމަ ބަލިފެތުރޭ ޗޭނު ކެނޑިގެން ދާނެ.
އިބިރިހިންބެއްޔާ
29 August 2020
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ އިތުރު އެއްޗެއް ބުނެވޭކަށެއް ނެތްތާ.
އެޑްމުންޑޯ
29 August 2020
ކީއްކުރާނީ ތިގޮތަށް މަރުވާ ޒުވާނުންގެ މަރުގެ ހަގީގަތް އެގޭފަދަ ގާބިލު ކަމެއް އަހަރަމެންގެ އިންވެސްޓިގޭޓަރުންގެ ނުހުރޭ ވިއްޔާ ، މަރުހޫމާ އަށް ހެޔޮރަހްމަތް ލައްވާ ، އާއިލާ އަށް ކެތްތެރިކަން ދެއްވާށި.
ދޮންފުތު
29 August 2020
އިންވެސްޓިގޭޝަން ނުކިޔެވިސް ބޮޑު މުސާރަ ދީފައި ފުލުހުން ގެ ވަޒީފާ ދޭން ޖެހޭ ވިއްޔަ . އައިއޯ އޭ ކިޔާ އޮފިސަރުން އުޅޭނީ ވ. ވެފައި.
ަސަންމަޖީސު
29 August 2020
ޓެސްޓް ކުރެވޭވަރު މަތިކުރާން ވެއްޖެ. ދުވާލަކަށް 2000 މީހުން ޓެސްޓް ކުރަނިކޮށް ބަލި ކޮންޓްރޯލް ކިރެވޭނެ.
މަލީހާ
29 August 2020
މމަގުމތީގަ ކަމެއްނެތި ފޫހިފިލުވަން ހިންގާ ބޭފުޅުންގެ އަމލުތަށް ބަދަލުނުވާހާ ހިނދަކު ކޮންޓްރޯލެއް ނުވާނެ ކިތަންމެ ވަރަކަށް ޓެސްޓު ހެދިޔަސް
މޮޅޭނިކަން
29 August 2020
ކުރެވިދާނެ، ކުރިޔަސް އިންފެކްޝަން ރޭޓް ދަށަކަށް ނުދާނެ ތަންފީޒީ އިދާރާތަކުން އަންގާ އެންގުންތަކަށް ތަބާނުވަންޏާ. ބަލި ކޮންޓްރޯލްކުރަން ބޭނުމިއްޔާމުން ގޭގައި މަޑުކުރައްވާ.
ނުވާނެ
29 August 2020
ޓެސްޓްކުރަންޏާ ބަލިނުޖެހި ތިބިކަމަށް ދައްކާ އެންމެން އެކީ ކަހަލަ ގޮތަކަށް ޓެސްޓްކޮށްގެން ނޫނީ ބަދަލެއް ނާންނާނެ. ރޭންޑަމް ސާމްޕްލިން ކުރާތާ ކިހާ ދުވަހެއްވެއްޖެ. މަސްބާނާހެން ދޮށި އެއްލައިގެން ތިބެ ހިފޭނެ އެއްޗެއް ނޫން މިވައިރަހަކީ. ސިސްޓަމެޓިކްކޮށް ޓެސްޓްކޮށް މީހުން އައިސޮލޭޓްކުރެވިގެން ކޮންޓްރޯލް ވާން އޮތްކަމެއް މިއީ. އެންމެ ކުރިއްސުރެ ޓްރޭސިންގ ފުރިހަމައަށް ނުކުރެވޭކަމުގެ ހެކި އެއީ ނުގުޅޭ ކްލަސްޓަރތައް އެހާ ގިނަވުން.
ާލކދޖދހ
29 August 2020
އަޖައިބު! ގިނައިން ޓެސްޓް ކުރީމަތަ ބަލި ކޮންޓްރޯލް ވަނީ؟ ގޭގަ ތިބެންވީ!!!
ޒުހެއިރު
29 August 2020
ދުވާލަކަށް 2000 މީހުން ޓެސްޓް ކުރުމުގެ ބަދަލުގައި އެންމެން ޒަރޫރީ ބޭނުމެއްގައިނޫނީ ބޭރުތެރެއަށް ނުގޮސް ދުވަސްކޮޅަކަށް ގޭގައި މަޑުކޮށްފިއްޔާ މިބަލި ކޮންޓުރޯލް ކުރަން މާ ފަސޭހަވާނެ
ރަބަރު
29 August 2020
މިވަރުގެ ކުއްޖަކު ދުނިޔެއަށް އަލަވަދާޢު ކިޔުމަކީ ހިތާމަވެރިކަމެއް.
8 ފެބުރުވަރީބޮޑުހުޅު
29 August 2020
ކޮވިޑު މަރުބަލަން ކަމިސަނެއް ހަދަންވީނު، ގައިމު ގާތް މީހުންނަށް އިތުރު މަގާމުތަކެއް ބަހާލެވޭނެ
އިބިރިހިންބެއްޔާ
29 August 2020
ގުރޭޓް ޕޮއިންޓް
ގޮބޮޅި ބާދުލާ
29 August 2020
ވަރަށް އަސަރުކޮށްފި މިޚަބަރު ފެނިފައި، އެންމެ ޒުވާން އެންމެޅަދޮޅު ޢުމުރުގައި، ގައިމު މައިބަފައިންނާއި އެކުވެރިންނާއި ބައިވެރިންނާއި ދެކޭމީހުންގެ ހުވަފެންތައް މިފަދަ ކުއްޖަކާ މެދު ހުންނާނީ ވަރަށް މަތީގައި
ޙަސަން އަޙްމަދު
29 August 2020
ވަރަށް ބޮޑު ތެދެއް. ވަރަށް ރީތި ކޮމެންޓެއް. ތައުޒިޔާއަކަށް ފުދޭ. މިއީ މިއަދު ފެނުނު އެންމެ ހިތާމަވެރި ޚަބަރު. މާތް ﷲ މި ފުރާނައަށް ރަޙްމަތް ލައްވާށި