އިދިިކޮޅުން މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވާާހަކަ ދައްކަވަނީ.
29 އޯގަސްޓް 2020 - 14:55
މާލޭގައި އިއްޔެ ބޭއްވި ސައިކަލު ބުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ފާޑުވިދާާޅުވީ އެމަނިކުފާނަށް އެކަމުން އަސަރުކޮށްގެން ކަމަށް ބުނެ އިދިކޮޅު ހަރަކާތުން މިއަދު ރައްދުދީފި އެވެ.
"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް ކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީން މާލޭގައި ސައިކަލް ބުރެއް ބޭއްވީ މިހާރު މާލެ ސަރަހައްދުގައި ހަލުއިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 އާ ގުޅިގެން، ފަސް މީހުންނަށް ވުރެ ގިނައިން ގްރޫޕް ހަދައިގެން ނޫޅެން، އެޗުޕީއޭ އިން އަންގާފައި ވަނިކޮށެވެ.
މާލޭގައި ރޭ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބަލިމަޑުކަމެއް ފެތުރޭއިރު މާލޭގައި އެއްވުމެއް ބޭއްވުމުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ.
އެ ވާހަކަފުޅަށް ރައްދު ދެއްވަމުން، އިދިކޮޅުގެ މީޑިއާ ބްރީފިންގައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ޒުވާނުންތަކެއް ނުކުމެ އިއްޔެ މުޒާހަރާކުރީ ސަރުކާރުގެ ނުކުޅެދުންތެރިކަމުން ކަމަށެވެ. އެ އެއްވުމުގެ ވާހަކަ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ވަޑައިގެން ރައީސް ދައްކަވާނީ ވެސް، އަސަރުކޮށްގެން ކަމަށް، އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެހެން ނޫން ނަމަ އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވަޑައިގެން ކަމާ ނުގުޅޭ ވާހަކައެއް ނުދެއްކެވީސް، އެކަމުން ސޯލިހުގެ ހިތަށް އަސަރުތަކެއް ކޮށްފައި ނެތް ނަމަ. އެހެންވީމާ ވަރަށް ބޮޑަށް އަސަރުކޮށްފައި އެހެރީ،" އަބްދުއް ރަހީމް ވިދާޅުވި އެވެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބަލިމަޑުކަން ފެތުރޭ އިރު، އެޗްޕީއޭގެ އިރުޝާދަށް އަމަލުނުކޮށް، މާސްކް ވެސް ނާޅާ އެއްވުންތައް ބޭއްވުމަކީ ގައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.
ރައީސްގެ އެ ވާހަކަފުޅަށް އަބްދުއް ރަހީމް މިސާލު ދެއްކެވީ އެމްޑީޕީން ކުރިން ކޮށްފައިވާ ބައެއް މުޒާހަރާތަކުންނެވެ. އެގޮތުން 2012ގައި އެެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނު ދުވަހާ ޖެހިގެން އައި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި މުޒާހަރާތަކުގައި އަލިފާން ރޯކުރުމުގެ އަމަލުތަކެއް ހިންގި ކަމަށް ވިދާޅުވެ، އެއްސެވީ "އެއީ ހެޔޮ އެދޭތީ ކުރި ކަމެއްތޯ" އެވެ. އެމްޑީޕީ އިދިކޮޅުގައި އޮތް އިރު ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލަމުން ދިއުމަކީ ވެސް "އެއީ ހެޔޮ އެދޭތީ ކުރި ކަމެއްތޯ" އޭނާ ސުވާލު ކުރެއްވި އެވެ.
އަބްދުއްރަހީމް ތުހުމަތުކުރެއްވި ގޮތުގައި ކޮވިޑް-19އާ ގުޅުވައިގެން "ދައުލަތުގެ ހަޒާނާ ދޮވެލަނީ" އެވެ. އެހެންކަމުން "ކޮވިޑް މިއީ ވަރަށް ނުރައްކާތެރި ބައްޔެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބައްޔަކީ ދިވެހި ދައުލަތުގެ ހަޒާނާ ދޮވެލައި، މިކަމަށް ޓަކައި ބޭރުގެ އެކިއެކި ގައުމުތަކާއި ޖަމާއަތްތަކުން ލިބުނު ފައިސާއިން ވައްކަންކޮށްގެން އަމިއްލަ ޖީބު ފުރައިލަން ލިބުނު ފުރުސަތަކަށް ހަދައިގެން މަަސައްކަތް ކުރަނީ ގައުމަށް ކިހާ ވަރެއްގެ ހެޔޮއެދިވަޑައިގަަތުމެއް އެދިވަޑައިގަންނަވާތީތޯ؟" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެޗްޕީއޭގެ ގަވަައިދަށް އަމަލުކުރަން ޖެހެނީ ހަމައެކަނި އިދިކޮޅު ފަރާތްތަކުންނެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވެސް އެގަވައިދަށް އަމަލުނުކުރައްވާ ކަމަށް، އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫމް
30 August 2020
ބައްލަވާ މަނިކުފާނު މިހާރު އަޅެ ފުލެޓެއް، ޔޮޓެއް ރިސޯޓެއް ނިކަން ހަދާލަބަލަ. ވެރިކަމުގައި ތިބިއިރު ފެންފޮދެއް ބޯލާހާ ފަސޭހައިން ކުރެވޭ ނޫންތޯ؟ ދެން މިއަދު ބަޖެޓް ހުސްކުރާތީއޭ ކިޔާފައި ތިޔަ ނުކުންނަވަނީ ކެވުނުބައި އަނބުރާ ދޭންޖެހިދާނެތީތޯ ނޫނީ ލަދުޙަޔާތޭ މި ކިޔާ އެއްޗެއްގެ ކަންފުޅެއްވެސް ނެތީމައިތޯ ހަމަ އަހާލެވެނީއެވެ.
ވަގު ކަދުރު
30 August 2020
ޙަރާމް ތަކެތިން ބަނޑުފުރާނަމަ ކަންކަމުގައި ހިތްތަކަށް ކުރާނެ އަސަރެއް ނޯއްނާނެ. ރައީސް ސޯލިހު ހަލާލުތަކެތިން ފަރިކުޅުވާތީވެ ހިތަށް އަސަރުކުރަނީ އަދި ކީރިތިިކުރުއްވެނީ.
ޓިނު
30 August 2020
އެހެނާ ކިހާ އަސަރެއްކުރާނެ ؟ އޭނަގެ ގޭހުރިހާ މީހުންތިބީ ޖަލުގަވިއްޔާ ؟
ކައުންސެލަރު
30 August 2020
ދެން ރޮއިފުޅު ލެއްވުން އޮތީ ކޮންއިރަކުބާ؟
ފޫހި
30 August 2020
އަހަރެންވެސް ދެރަވި ގައުމުގައި ބަލި ކޮންޓްރޯލްނުވެ ބާރަށް ކުރިއަށް ދާއިރު ތިޔަވައްތަރަށް ތެޅުނީމަ، އަދުރޭމެންނަށް ގެއްލުނު އެތިބޮޑީ. މިހާރުގައިމުވެސް އެއްފަހަރާ މިލިއަންތައް ހަރަދުކޮށްގެން ބިމެއް ފުލެޓެއް ނުގަނެވޭ. ކީއްވެ؟ ކުރިން ހަމަ ހަބޭހަށް ގަނެވޭ؟؟؟؟؟؟
ޢަސަރޭ12346
30 August 2020
އަހަރެން ވަރަށް ބޮޑަށްރައްޔަތުންނަށާއި، ގައުމަށް ތިކުރާ ސިޔާސީ ގޯނާތަކަށް ފާޑުކިޔަން. ތިބުނާ ކަހަލަ އަސަރެއް ކޮށްގެނެއްވެސްނޫން. ހަމަރުޅި އަންނަނީ. އެއމެން އެކަތިގަޑަކަށްވެގެން މި ވައިރަހުން ސަލާމަތްވާން، ދުއާކޮށް، އެޗްޕީއޭގެ ގަވައިދުތަކަށް ހުރުމަތްތެރިކުރަން ގޮވާލަން.
ޑރ. ރާމީ ޙަސަން ނިޔްޔޯކް/އެމެރިކާ
30 August 2020
ވަހީދު އަށް މަހަކު 1،25000 (އެއްލައްކަ ފަންސަވީސް ހާސް) ރުފިޔާ ނިކަމެތި ދިވެހި ރައްޔިތުންގެ ޖީބުން ޙަރަދު ކުރޭ. މިފަދަ މީހުން ކަނޑައެޅިގެން، ޤަސްތުގައި ނިކަމެތި ރައްޔިތުންނަށް ކޮރޯނާ ޖައްސަން އުޅޭނަމަ އެލަވަންސް އަށް ވާނޭގޮތުގެ ބިލްއެއް މަޖްލިސް އަށް ވައްދަން އެބަޖެހޭ. ދިވެހި ރައްޔިތުންގެ ފުރާނަ އަށް ޤަސްތުގައި ގެއްލުންދޭ މީހަކަށް ނިކަމެތި ދިވެހި ރައްޔިތުންގެ ޖީބުން މިހާބޮޑު ޙަރަދެއް ކޮށްގެންނުވާނެ.
ޑރ. ރާމީ ހަސަން
30 August 2020
އަސަރުކުރީއޭ އަދުރޭ ތިޔަބުނީތާ. އަސަރުކުރީ ދިވެހި ނިކަމެތި ރައްޔިތުންނަށް ގަސްތުގައި ކޮރޯނާ ޖައްސަން، ފާޅުގައި، އިނގިހުރެ މަސައްކަތް ކުރީމާ. އެހެން އެއްވެސް ކަމަކާއި ނޫން.
ފާތިނާ
29 August 2020
ތިތެޅެނީ އިތުރު އެއްވެސް ކަމެއް ވެގެންނެއްނޫން. ވަގުން ރަށުތެރޭ ދޫވެފައިތިބި ވަގުތު ހަމަވާކަށް އިގޭތީ ޖެއްސި ހުރިހާ ފޭކްތައް "ދީނާގައުމު" ވައިވެ ގޮތް ހުސްވާތީ ރޯމަސް ތެޅޭހެން ތެޅެނީ. ވަގުންއަތުވާނެ އަތުލާނަން.
ހަސަދު
29 August 2020
ވަރަށް ގިނަ ދިވެހިންނަސް އަސަރު ކުރޭ މިހާ ނުވިސްނޭ އަމިއްލަ އެދުން ބޮޑު ސިޔާސީ ބައިގަނޑެއް ރާއްޖޭގައި އޮތީމާ. ކެދިނޭޅި ސިއްހީ މީހުން އެބުނަނީ ގައި ދުރުކުރާށޭ މާސްކު އަޅާށޭ ނޫނީ ވަރަށް ބޮޑު ގެއްލުން ވެދާނޭ. މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ގައުމު ލޮކްދައުން އަކަށް ގެންގޮސް ގައުމު ފުޑާލުމުގެ ބެނުމުގާ މުޒާހަރާ ވެސް ކުރަނީ އެއްވުން ތައްވެސް ބާއްވަނީ. މިސިޔާސީ ބައިގަނޑުތައް ގައުމުން ފެއަށް ޖެހިގެން ނޫނީ މިގައުމު ދެން ކުރިއެއްނާރާނެ.
ފަހުދު
29 August 2020
އެންމެން ވެސް ބޭނުން ވަނީ ވެރިކަން. އެންމެނައް ވެސް ކުރެވެނީ ވައްކަން