ގަލޮޅުގައި ހިންގާ ވީބީ މާޓު ފިހާރަ: މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު ހައެއް ޖަހާއިރު ފިހާރަތައް ހުޅުވޭނެ ކަމަށް ސަރުކާރުން ބުނޭ.---ފޮޓޯ: މިހާރު
29 އޯގަސްޓް 2020 - 18:43
މާލެ ސަރަހައްދުގައި ހިންގާ ފިހާރަތައް މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު ހައެއް ޖަހާއިރު ހުޅުވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ސަރުކާރުން އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، މިހާތަނަށް ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ހެނދުނު 9 އިން ރޭގަނޑު 9:30 އަށެވެ. ނަމަވެސް ކެފޭ/ރެސްޓޯރަންޓުތަކުން ފަތިހު 5 ޖަހާއިރު ޚިދުމަތް ދޭން ފަށާއިރު، ފިހާރަތައް ހުޅުވުން އެ އަށް ވުރެ ލަސްކުރުމުން އެތައް ބަޔަކަށް އުނދަގޫވެ، އެކަމަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުގައި އައީ އެދެމުންނެވެ.
އެހެންވެ، އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނުގައި ބުނީ، މާދަމާ ހެނދުނު 6 އިން ފެށިގެން ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ކޮވިޑުން ރައްކާތެރިވުމަށްޓަކައި މުޅި ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާ މި ދުވަސްވަރު މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ފިހާރަތައް ހުޅުވިފައި ހުންނާނީ ހެނދުނު 6 އިން ރޭގަނޑު 9:30 އަށް ކަމަށް އިއުލާނުގައި ވެ އެވެ. ކޮވިޑުގެ މި ދުވަސްވަރު މާލެ ސަރަހައްދުގައި މިހާތަަނށް ވެސް ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ބަންދުކުރާ ގަޑިއަކީ ރޭގަނޑު 9:30 އެވެ. އާންމު ހުރިހާ ވިޔަފާރިއަކާއި ކެއުންބުއިމުގެ ވިޔަފާރި ވެސް އެ ގަޑިއަށް ބަންދުވާނެ އެވެ.
ކަސްޓަމަރުންނަށް ޚިދުމަތް ހޯދާފައިވާ ގަޑިތަކުގައި އެޗްޕީއޭގެ އުސޫލަށް ތަބާވުމަށް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި އިލްތިމާސް ކޮށްފައި ވެ އެވެ.
މާލެ ސަރަހައްދުގައި އަދިވެސް ކޮވިޑް ކޮންޓްރޯލް ނުވެ، ހަލުވިކަމާ އެކު ފެތުރޭތީ، މިހާރު ކޮންމެ ރެއެއްގެ 10 އިން ފެށިގެން ފަތިހު 5 އަށް އޮންނަނީ ކާފިއު އިއުލާންކޮށްފަ އެވެ. ރޭގަނޑު 8 އިން ފަތިހު 5 އަށް ވެހިކަލްތައް ދުއްވުން ވެސް މަނަލެވެ. އެއާ ޚިލާފުވާ މީހެއް ނަމަ 1،000ރ. އިން ޖޫރިމަނާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުކަލޯ
30 August 2020
ކުރިންވެސް ތިގޮތްއޮތޭ. ކަންކަމުގައި ފުންކޮށް ވިސްނާފަ ތަޖުރިބާހުރި މީހުންނާއި ހަރު މީހުންނާއި މަޝްވަރާ ކޮށްގެން ކަންކަން ކުރާނަމަ މީހުން ބަވާލެއް ކުޑަވީސް
ރަދުން
29 August 2020
ސަރުތުހަމަނުވާ ސަރުކާރެއް.މަގުއޮޅިފައޮތްސަރުކާރެއް.ކޮރަޕްޓް ސަރުކާރެއް.
އޭނަ
29 August 2020
އޮފީސްތަށް ހުޅުވާގަޑިވެސް ހެނދުނު 6ށް ބަދަލުކޮށްބާ. ސްކޫލްތަކާ . ދުވަހުގެ ބޮޑުބައެއް ސަލާމަތް ކުރެވޭނެ. އަވަހަށް ނިދާފަ އަވަހަށް ހޭލުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް
ފޫހި
29 August 2020
މިހާރުވެސް ބަންގާޅީންގެ ކަން.މަތީ ފިހާރަތަށް ބަންދުބޯޑުޖަހައިގެން ހެނދުނު 6 ޖަހާއިރު ހުޅުވާ. ޢަދި ބަންދުކުރަނީވެސް ރޭގަނޑު 11 ޖަހާއިރު.
އަހެން
30 August 2020
ކުރިން ކޮވިޑް ނާންނައިރުވެސް ކުދި ފިހާރަތައް ނަމާދު ގަޑީގައިވެސް ވިޔަފާރިކުރެވޭ ގޮތަށް ހުންނަނީ. ބަންދުބޯޑު އެޅުވިއަސް ދޮރުން ވަދެވޭގޮތަށް ހުރީމަ ވަންނަ މީހުން މަދެއްނޫން. ބޯޑަކަށް ތަބާވާ މީހުންނެއް ނޫޅޭ. ކޮވިޑް އަންގައިދެނީ އަޅުކަމަށް ގިނަ ވަގުތު ދޭން. އެކަމުވެސް އެއްބަޔަކު އެކަމަށް ސަމާލުކަމެއް ނުދީ ކުރިން އުޅުނު ގޮތަށް އުޅެން ބޭނުންވަނީ. ނަމާދެއް އެހެން ގަޑިއެއް ނޯވޭ ވިޔަފާރިކުރާކަށް ކޮފީބޯންތިބޭކަށް. ވަބާއެއް އައިމަ އައިވާހަކަ ދައްކާނީ
ރަށުމީހާ
29 August 2020
މިހާރުވެސް ހުޅުވާމީހުން ހުޅުވައިގެން ތިބޭ ކޮވިޑް ފެތުރުން ހުއްޓުމަކަށް ގެނައުމައް މިހިރަ އަޅާ ހަރުދަނާ ފިޔަވަޅުތަކުން އަޖާއިބުވޭ ހުކުރުދުވަހު ޖުމްހޫރީމައިދަން އޮށްނަނީ ތޮއްޖެހިފަ ދެން ބޮޑުފަތިހާ ފިހާރަތަކާ ހޮޓާތައްހުޅުވީމަ ކޮވިޑްގެ ނަންބަރަށް ވާގޮތް ބަލަން މިހުރީ
ޑޮކްޓަރ ނާން
29 August 2020
ރަގަޅު! އަވަހަށް ހެދުނު ހޭލާ، މަސައްކަތް ފަށާ، އިރު އޮއްސު މުން ގެޔަށް ވަންނަން ދިވެހިން ދަސްކުރާން ވެއްޖެ.
ސަންޕަ ހަސަންފުޅު
29 August 2020
އަޅެ މިވީ ކިހިނެއް؟ ގައިމު ކުރިންބުރި މިހާރު ހުރީ 9 އެއްގައޭ. 10 އަކަށް އަައިފިއްޔާ އަނެއްކާ ޖެހޭނީ ބަންދުކުރަންށޭ.
ފެން
30 August 2020
10 އަކަށް ނާރުވަންވެގެން 9.30 ގަ އެ ބަންދުކުރަނީ. ދެން 10 އަކަށް ނާރާނެ.
ރަބަރު
29 August 2020
ތިއީ ވަރަށް ހިތްހަމަޖެހުނު ކަމެއް. މީހުން މަދުއިރު ފަސޭހަކަމާއެކު ގަންނަން ބޭނުންވާ ތަކެތި ގަނެގެން އާދެވޭނެ. 9 އިން ހުޅުވީމަ ގައިދުރުކަން ބަހައްޓައިގެން އުޅެން ބޭނުންވާ މީހުނަށް ވަރަށް ދަތި.
ބިލި
29 August 2020
6 ޖަހާއިރު ހުޅުވުން މަނާ ވީމަ ތަ ނުހުޅުވަނީ؟ ބައެއް ތަންތަން ހުޅުވާ މިހާރުވެސް.. އެކަމަކު ކާކު އެ ގަޑީގަ އައިސް ބާޒާރު ކުރާނި
ފަތިސްމީހާ
29 August 2020
އަހަރެމެންގެ ދަރިން ހޭލާ ހެނދުނު ހެނދުނާ، ފުށްކޮޅެއް ގަންނަން ބަލާއިރު ފިހާރަ ނުހުވައިގެން ހުންނަން ޖެހެނީ
ނަދީމް45
29 August 2020
ކީއްވެ އޯ އެގަޑީގަ ބާޒާރު ނުކުރާންވީ؟ އެހެން ގައުމުތަކުގައި އިންސާނުން ކަންކަން ފަށާ ބޮޑު ފަތިހާ