ޚަބަރު / ކޮވިޑް-19

ކޮވިޑަކީ ވަކި މީހަކަށް ޖެހޭ ބައްޔެއް ނޫން، ސިޔާސީކަމެއް ވެސް ނޫން: އެޗްޕީއޭ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީގިންގެ މަންޒަރު ސްކްރީނަ،ކުން ދައްކަނީ.

ކޮވިޑް-19 އަކީ ވަކި މީހަކަށް ޖެހި، ވަކި މީހަކަށް ނުޖެހޭ ބައްޔެއް ނޫން ކަމަށާއި މިއީ ސިޔާސީ ކަމެއް ވެސް ނޫން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކާ މެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނުރުހުން ފާޅުކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާނުވެ، ސިޔާސީ އެއްވުންތަކާއި ޕާޓީތައް ބޭއްވުން ފަދަ ކަންތައްތައް ކުރާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، މިއީ އެއްވެސް ތަނަަކަށް އެއްވާންވީ ވަގުތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފާހަގަކޮށްލަން ހަމަ ބޭނުން މިރޭ، މިއީ ވަކި މީހަކަށް ޖެހޭ އަދި ވަކި މީހަކަށް ނުޖެހޭނެ ބައްޔެއް ނޫން. މިއީ ސިޔާސީ ކަމެއް ވެސް ނޫން. ސިޔާސީ އެއްވުން ބޭއްވުމާއި ޕާޓީ ބޭއްވުމާއި ކަންތަތައް ކުރިއަށް ދާއިރުގައި ކުޅިބަލަން ތިބުމާއި މި ކަހަލަ ކަންކަން [ކުރާތަން އަދި] ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާނުވެ، އެއްވާ ތަން އަޅުގަނޑުމެންނަށް އެބަ ފެނޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު މާލޭގައި ބޭއްވި ސައިކަލްބުރާއި އެއްވުމުގައި ބައެއް މީހުން މާސްކު ނާޅައި ތިބިއިރު، ސޯޝަލް ޑިސްޓެންސިން އަށް ސަމާލުކަން ނުދިން މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ ކޮންޓްރޯލް ކުރަން ސިފައިން މަސައްކަތް ކުރި ވަގުތު، އެ މަންޒަރު ބަލަން ވެސް އެތައް ބަޔަކު ކާފިއު ގަޑީގައި ޖަމާވުމުން ވެސް ފާޑުކިޔުން އަމާޒުވެފަ އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި، ކޮންމެން ދާން ޖެހޭ ތަނަކަށް ނޫނީ މި ދުވަސްވަރު ނުދާން އެޗްޕީއޭ އިން އާއްމުކޮށް ކުރަމުން އަންނަ އިލްތިމާސް ތަކުރާރު ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ މާސްކު އަޅައިގެން ވެސް ފަސް މީހުންނަށް ވުރެ ގިނައިން އެއްވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ މުހިއްމީ ދުޅަހެޔޮ ސިއްހަތެއްގައި އުޅުމުގެ ހައްގެވެ. އެއީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން އެއްވެސް ހައްގެއް މި ވަގުތު މި އަށް ވުރެ އިސްވެގެން ނުވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ފާހަގަކޮށްލަން ހަމަ ބޭނުން މިރޭ، މިއީ ވަކި މީހަކަށް ޖެހޭ އަދި ވަކި މީހަކަށް ނުޖެހޭނެ ބައްޔެއް ނޫން. މިއީ ސިޔާސީ ކަމެއް ވެސް ނޫން. ސިޔާސީ އެއްވުން ބޭއްވުމާއި ޕާޓީ ބޭއްވުމާއި ކަންތަތައް ކުރިއަށް ދާއިރުގައި ކުޅިބަލަން ތިބުމާއި މި ކަހަލަ ކަންކަން [ކުރާތަން އަދި] ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާނުވެ، އެއްވާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ.---ޑރ. ނަޒްލާ

ކޮވިޑް ފެތުރޭވަރު އިތުރުވުމުން އެޗްޕީއޭ އިން ވަނީ އެ ބަލި ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް ވުރެ ހަރުކަށިކޮށް، ބައެއް އާ ފިޔަވަޅުތައް ވެސް އަޅައިފަ އެވެ. އެ ފިޔަވަޅުތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ނަތީޖާ އަދި ނުފެންނަ ކަމަށެވެ. އެގޮތުން ކޮންމެ ދުވަަހަކު ވެސް ފެންނަ ކޮވިޑްގެ އާ ކޭސްތަކުގެ އަދަދު އަދިވެސް ހުރީ 100 އިން މަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޔަވަޅުތައް ތަންފީޒު ކުރެވެނީ ކިހާވަރަކަށްތޯ "މިހާރު"ން ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ، ކަންކަން ތަންފީޒު ކުރަން ފުލުހުން ވެސް މަސައްކަތް ކުރާ ކަމަށާއި މީހުންނަށް ނަސޭހަތް ދިނުން ފަދަ ފިޔަވަޅުތައް އަޅާ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި އެންމެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އެއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިި އެވެ.

ރާއްޖޭން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 7،578 މީހުން ޕޮޒިޓިވްވެފަ އެވެ. އަދި 4،925 މީހުން އެ ބަލިން ރަނގަޅުވި އިރު 28 މީހަކު ވަނީ އެބަލީގައި މަރުވެފަ އެވެ.

34 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 12%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

fatuhiwqyA

30 August 2020

އެޑިއުކޭޝަންގަ ތިބި ވެރިން ކައިރީގަ ބުނެބަލަ މާލޭ އޭރިއާގަ ދެމަސްދުވަހަށް އޮންލައިންކޮށް ކިޔަވާދޭން ނިންމާފަ އިއުލާން ކުރާށޭ. ކޮންމެ ފަހަރަކު އަނެއް ހަފްތާގަ ސްކޫލް ހުޅުވަނިއްޔޭ ހީވާ ވަރުން ކުދިން ހޮވައިގެން ރަށަށް ނުދެވިފަ މިތިބީ. މިކަހަލަ އެތައް ސަތޜކަ އާއިލާއެއް އެބަ ތިބި. މާލެއިން މީހުން މަދުވެގެން މިކަމުން އަވަހަށް ސަލާމަތްވާނީ

The name is already taken The name is available. Register?

ޑެބީ

30 August 2020

ވެންޓިލޭޓަރު ލާރިކޮޅު ކާލީ ސިޔާސީ ގޮތުންތަ؟

The name is already taken The name is available. Register?

ދެރަވ

30 August 2020

ކޮވިޑް ކޮންޓްރޯލް ނުވާގިނަ ގައުމުތަކަކީ އަޚްލާޤީ ފެންވަރު ދައް ގާނޫނު ތަންފީޒު ނުކުރެވޭ އުސޫލަށް ތަބާނުވާގައުމުތައް. މުސްލިމުވިއަސް މުސްލިމުނުވިއަސް މިކަން އޮތީ މިގޮތަށް. ނިކަންބަލާ ބްރެޒިލް، އެމެރިކާ، އިންޑިޔާ، ޔޫރަޕްގެ ބައެއްގައުމުތައް. ދެން ބަލާ ކޮންޓްރޯލްވި ގައުމުތައް. ޗައިނާ، ނިއުޒިލެންޑް، ސްރީލަންކާ، ފަދަ ގައުމުތައް ދަނީ ހާލަތު ރަނގަޅުވަމުން. ދިވެހިރާއްޖެ އަކީވެސް އަޚްލާޤް ގޯސް ތަންފީޒު ނުކުރެވޭ ގައުމެއް. ބަލާ ކޮވިޑް ދަނީ މައްޗަށް

The name is already taken The name is available. Register?

ެރޫލް

30 August 2020

ކޮވިޑަކީ ސިޔާސީކަމެއް ނޫންނަމަ ކޮވިޑް ފެތުރޭ ގޮތަށް ކަންކުރާ ސިޔާސީ ހުރިހާ އެންމެންނާމެދު ހަމަހަމައަށް ބަސްނުބުނެވެނީ ކީއްވެތޯ؟ ވަކިބަޔަކު މަގާމުގެގޮތުން މަތިވުމުން އެމީހުންނަށް އެއްވެސް ބަހެއް ނުބުނެވޭ. އަނެއްބަޔަކީ މައިނޯރިޓީވީމަ އެމީހުންނާ ދިމާލަށް ބަސްބުނެވޭ. ކާތަންތަނުގަ ކާން ހުއްދަދީފަ އެތަންތަނަށް މީހުން ދިއައިމަ އެކަމު ކަމަކުނުދޭ. ކަސްރަތުވީމަ މާސްކް ނެތުން އޯކޭ. އެކަމަކަށް ހުއްދަދީގެން ބަލި ފެތުރޭނެ ހުރިހާ ކަމެއް މަނާނުކުރެވެނީ ކީއްވެތ

The name is already taken The name is available. Register?

އައްފާން

30 August 2020

މާސްކަކީ ބަލިވީމާ ބަލި ހާލަތުގައި ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެއްޗެއް. ބަލި ނެތް މީހުން މާސްކު އެޅުމުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ކިތަންމެ ކިތަންމެ ދިރާސާތަކަކުން ދައްކާފަ އެބަހުރި.

The name is already taken The name is available. Register?

ސޭކިސްތާނުު

30 August 2020

އަދުރޭ ބުނީ ކޮވިޑް އަދަދުތައް އިތުުރު ކުރަނީ ރައްޔިތުންނަށް ބިރު ދައްކަން ވެގެންނޭ، މުޒާހަރާ ހުއްޓާލައިގެން ނުވާނެޔޭ. ނަޝީދު ބުނީ އާދައިގެ ރޯގާއެކޭ، ކަރަންޓީނު ކުރާނެ ކަމެއްނެތޭ. އީވާ ބުނީ ޑެބް ކޮށްލާށޭ. ފުރަތަމަ ކަމަކަށް ހުއްޓާލަންވީ މި ސޭކުން ދައްކާ ވާހަކަ ގަބޫލު ކުރުން. އޭރުން މި ގައުމުގެ ވަރަށް ގިނަ ކަންކަން ރަނގަޅުވާން ފަށާނެ.

The name is already taken The name is available. Register?

ފޮތި މާސްކު

30 August 2020

ޔާ ﷲ، މި ގައުމުގެ ސިޔާސީ ޖާހިލުންގެ ނުބައި ފިކުރުތަކުން މި ގައުމުގެ ރައްޔިތުން ސަލާމަތް ކުރައްވައި އަޅަމެން އެންމެންނަށް ހެޔޮ ވިސްނުން މިންވަރު ކުރައްވައި މި ބަލި މަޑުކަމުން ސަލާމަތް ކުރައްވާށި.

The name is already taken The name is available. Register?

ޖިލްބާބް

30 August 2020

ނަޒްލާޔަށް ވުރެ ސިޔާސީ މީހެއް މިވަގުތު މަށަކަށް ނުފެނޭ

The name is already taken The name is available. Register?

ދޮންފުތުު

30 August 2020

ކަލޭމެން ހިތްއެދޭ ގޮތަށް ވާހަކަ ނުދައްކާ ކޮންމެ މީހަކަށް ވާނީ ތިހެން. ޑޮކްޓަރެއް، އިންޖިނިއަރެއް، ޓީޗަރެއް، ބޭކަރެއް ވިޔަސް. ދާއިރާއާ ގުޅޭ ޓެކްނިކަލް ވާހަކައެއް ދެއްކިޔަސް އެ އޮންނަން ވާނީ ކަލޭމެން ރުހޭ ގޮތަށް. މިހާރުވެސް މުޒާހަރާ ކުރުން ރަނގަޅޭ ބުނި ނަމަ ޑރ.ނަޒްލާ އޮންނާނީ ކަލޭމެންގެ ގުޑްބުކްސްގައި.

The name is already taken The name is available. Register?

ދިޔަފުތު

30 August 2020

މުޒާހަރާކުރި މީހުންނެކޭ އެއްގޮތަށް މަޖްލިސް ތެރޭ ގައިދުރުނުކޮށް ހިންގި ކަންކަންވެސް ކުއްވެރިކޮށްލިނަމަ އަދި ފޮތްވިއްކަން އުޅުނުއިރު އެމީހަކަށް ފަރުވާކުޑަކުރެވުނު ކަންކަމަށްވެސް އަލިއަޅުވާލިނަމަ ސިޔާސީނުވެއޭ ހީވީސް.

The name is already taken The name is available. Register?

ދަމާސއ

30 August 2020

ނަޒްލާމެން ދަރުބާރުގޭގަ ބާތުޑޭތައްބާއްވާ ސަކަރާތްޖެހީ މަ ހީކުރީ ދަރުބާރުގެޔާ އެތަން ވަށައިގެން ހުރި ސަރަހައްދާ އެތަނަށް ގޮސްއުޅުނު މީހުން ކޯވިޑަށް އިސްތިސްނާވަނީ ކަމަށް

The name is already taken The name is available. Register?

ސިއްހީއަޅުކަން

30 August 2020

ކަސްރަތުކުރުމަކީ އަޅުކަމެކޭ ހީވާވަރަށް ކުރަން ބުނާކަމެއް ޑޮކްޓަރުން. ކަސްރަތުކުރަންވީމަ މާސްކް ނާޅަންވެސް އޮތީ ހުއްދަދީފަ. ކޮންމެ ރެއަކު މާސްކްނާޅާ ކަސްރަތުކުރަން ނިކުމެ އުޅޭ އެހާ ގިނަ މީހުން. އެމީހުންގެ ފަރާތުން ކޮވިޑް ނުފެތުރޭނެކަމަށް ނިންމީ ކިހިނެތް ކަމެއް ނޭނގެ. ކަސްރަތަށްދޭ އަހައްމިޔަތުކަމުން މާސްކްނާޅަން ބުނިނަމަވެސް އެއީ ވައިރަސް ނާރަން އޮންނަ ހުއްދައެއްނޫން. މާސްކް ނާޅާ މާލެ ވަށާ ދުވާމީހުން ވައިގެ ތެރޭ އެފަތުރަނީ ކިހާވަރަކަށްކަން ބެލޭބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454