ގއ. ވިލިނގިލީގައި ސަރުކާރުން ގާއިމުކޮށްދިން ކޮވިޑް މެނޭޖުމެންޓް ސެންޓަރު.
31 އޯގަސްޓް 2020 - 23:59
ވަކި ރަށަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހުމުން ތަފާތުކުރުމަކީ ކޮވިޑް-19 އަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
ކޮވިޑަށް ޕޮޒިޓިވްވުމުން ގއ. ވިލިނގިއްޔަށް ބަލި މީހަކު އެރުވިޔަ ނުދީ މިއަދު ހުރަސްއެޅި މައްސަލައާ ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާނު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ފަދަ ބަލިމަޑުކަމަކާ ކުރިމަތިލާއިރު ނަފްސާނީ ގޮތުން ވެސް އޭގެ އަސަރުކުރާ ކަމަށެވެ. އެއާއެކު، ލިބެންޖެހޭ ފަރުވާ ލަސްވެގެން ދިއުމަކީ ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ވިލިނގިލީގައި ހުންނަ ހާއްސަ ފެސިލިޓީގައި ފަރުވާ ދިނުމަށް ގެންދިޔަ އުމުރުން ދުވަސްވީ މީހާ ވިލިނގިއްޔަށް އެރުވުމާ ދެކޮޅަށް އެ ރަށު ބަޔަކު ނުކުމެ އިހްތިޖާޖް ކުރުމުން އެ މީހާ ތިނަދޫ އަށް އަނބުރާ ގެންގޮސް މިރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.
އޭނާއަށް ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި އަންނަނީ ފަރުވާ ދެމުންނެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ
"އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެން ފަދަ އިންސާނެއްގެ ވާހަކަ. ދިވެއްސެއްގެ ވާހަކަ. އަޅުގަނޑުމެން އެކަކު އަނެކަކަށް ނުދިން އެހީތެރިކަމެއް އެހެން ދެން ވަކި ކޮން ފަރާތަކުންތޯ ދޭނީ. މިގޮތަށް ވަކި ރަށަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހިފައި ހުރިއޭ ކިޔަފާއި ތަފާތުކުރުމާއި ތަފާތު ގޮތަކަށް އޭނައާ ދޭތެރޭ ދެކުމާއި، މިއީ ކޮވިޑް-19 އަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވަނީ، އެގޮތަށް އެކަން ނުކޮށް މީހުންނަށް އަޅާލައި އޯގާތެރިކަން އިސްކުރުމަށް އެދިވަޑައިގެންފަ އެވެ.
ކޮވިޑް-19 އަށް އަތޮޅު ތެރޭގައި ޚާއްސަ ފެސިލިޓީތައް ގާއިމް ކުރުމުގެ ގޮތުން ދެކުނުގައި ގާއިމްކުރި ދެ ފެސިލިޓީ ހުންނަނީ ވިލިނގިލީގެ އިތުރުން އައްޑޫ ސިޓީގަ އެވެ.
އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެން ފަދަ އިންސާނެއްގެ ވާހަކަ. ދިވެއްސެއްގެ ވާހަކަ. އަޅުގަނޑުމެން އެކަކު އަނެކަކަށް ނުދިން އެހީތެރިކަމެއް އެހެން ދެން ވަކި ކޮން ފަރާތަކުންތޯ ދޭނީ. މިގޮތަށް ވަކި ރަށަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔަށް ޖެހިފައި ހުރިއޭ ކިޔަފާއި ތަފާތުކުރުމާއި ތަފާތު ގޮތަކަށް އޭނައާ ދޭތެރޭ ދެކުމާއި، މިއީ ކޮވިޑް-19 އަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށް އަޅުގަނޑުމެން ދެކެނީ- ނަޒްލާ ވިދާޅުވި.
ނަޒްލާ ވިދާޅުވީ ވިލިނގިލިއްޔަށް ބަލި މީހާ އަރުވަން ދެކޮޅު ހަދައި ހުރަސްއެޅި މައްސަލަ ބަލައި ރިޕޯޓެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ބެލުމަށްފަހު ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމާލޭ ވަތަނީ
01 September 2020
މިނިސްޓަރު އަސްލަމްވެސް ބުނީ މާލޭ ތަންތަންލިބޭނީ.މާލޭ މީހްންނަށޯ. ވިލިގިލި ގެ ބައެއްމީހުންނަށް.މިއަޑު އިވި ވަތަނީކަން ބޮޑުވީ ތޯއްޗެއް.
ތަފާތުކުރުން ގޯސް
01 September 2020
ނަޒްލާއަށް. ވަކި ރަށެއްވީމމަ ތަފާތުކުރުން އެކަނިތޯ ބައްޔަކަށްވަނީ. މަގާމުގެ ގޮތުން ބަލިވީމަ ބޭސްކުރުން ތަފާތު ކިރުމަކީވެސް ހަމަ ބައްޔެއް. ހުޅުމާލޭ ފެސިލިޓީ އާއްމު ރައްޔިތުން ބައިތިއްބާފަ ދަރުމަމަވަންތަ ވަކި ބަޔަކަށް. ވިލިގިލީގަ ހިގީ ހިތާމަވެރިކަމެއް. މާލޭގަ ވެސް ހަމަ އެކަން އެބަހިގާ. ތަފާތަކީ ވިލިގިލީގަ އެކަންކުރީ ވިޔާނުދާ އާއްމު ބައެއްކަން. މާލޭގަ އެކަން ކުރަނީ ފިލާތިބި ބައެއްކަން.
ޖާބެ
01 September 2020
ވަގުތުން ވަގުތައް ދެވަނަ ވިސްނުމަކައް ދާން ޖެހޭ.
ޚުލީލޯޑުގެ ބިކާރީ
01 September 2020
ކުލީ ލޯޑުން ކުއްޔަށްދޭން ސަރުކާރުން ފުލެޓެއް ދެއްވާފި
ލަދުކުޑޭ
01 September 2020
މި ޕީޕީއެމްގެ ކައުންސިލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަން!
ވިސްނުން
01 September 2020
ތަރައްގީވެފައިވާ ގައުމުތައް ކަމަށް ގިނަ މީހުން ދެކޭ އެމެރިކާ އާއި ޗައިނާ ފަދަ ގައުމު ތަކުގައި ތަރައްގީގެ ރަމްޒުތައް ކަމަށް ގިނަ ބަޔަކު ދެކޭ ބުރިޖުތައް ދަށުގަ ގެދޮރު ނެތް ފަގީރުން ނިދުން ހުއްޓުވަން ކަށި ހަރުކުރުން ފަދަ އަމަލެއް މީ. އިންސާނުން އިންސާނުންނަށް ލާއިންސާނީ ވީމާ އިންސާނީ ލަސްނަށް ވާނީ ކިހިނެއް ބާ؟؟
އަލީރާޖާ
01 September 2020
ދިވެހިރާއްޖޭގައި ދައުލަތުން ހިންގާ ސިއްހީ ޚިދުމަތްދޭ ކޮންމެ ތަނަކީ ކޮންމެ ރަށެއްގައި ހުރި ނަމަވެސް ހުރިހާ ދިވެހި ރައްޔިތުންނަށް އެއްވެސް އިސްތިސްނާއެއް ނެތި ޚިދުމަތް ހޯދުމުގެ ހައްގުއޮންނަ ތަންތަން. ވަކި ރަށަކަށްވީތީ ވަކި ރަށެއްގެ ބަޔަކު ނޫން މީހުން ވަކި ބައްޔެއް ޖެހުނީތީ ފަރުވާ ހޯދުމުން މަހްރޫމު ކުރެވޭނެ އެއްވެސް ހަމައެއް ނޯންނާނެ. މި ރަހުމެއް ނެތް ލާ އިންސާނީ އަމަލު ކުރި ބަޔަކާ ދޭތެރޭ ފިޔަވަޅު އަޅަން ގޮވާލަން!
ހަމައެގޮތަށް
01 September 2020
ވަކި ޕާޓީއެއްގެ ބަޔަކު ގައިދުރުކަމެއްނެތި ޓީވީގަ ލައިވްކޮށް ގަޔަށް އަތްލައި މާރާމާރީ ހިންގިތަން ފެނުނުއިރު އާއި ބޭނުންތަނެއްގަ ޕާޓީގެ ބޮޑުމީހާ މާސްކް ނަގައިގެން އުޅުނުއިރު އެކަމާ ބަހެއް ނުބުނެ ފިޔަވަޅެއް ނޭޅުމަކީވެސް ދެރަކަމެއް. އެއް ޕާޓީގެ މީހުން ކުރާ ކަމަކުން އާއްމު ސިއްހަތަށް ނުރައްކާނުވެފަ އެހެން ޕާޓީއަކުން ކުރާ ކަމަކުން އާއްމު ސިއްހަތަށް ނުރައްކާވުމަކީ އާއްމު ސިއްހަތާބެހޭ ކަންކަންވެސް ސިޔާސީކުރުން.
ބްރޫ ބްރޫ
01 September 2020
މިކަމުގަ މި ހަޑިމުޑުދާރު އަމަލުގެ ސަބަބުން ކައުންސިލަށް އެލްޖީއޭ އިން ފިޔަވަޅު އަޅަންޖެހޭނެ.
ކިޔާމީހާ.ށު
01 September 2020
ތިރަށުގެ ކައުންސިލްގެ ޒިންމާ ކޮބާ؟ތީ ރަޙްމު ކުޑަ ޢަމަލެއް. ރައްޔިތުން ރާވައިގެން ހިންގި ޢަމަލެއް.
ޢާންމު މީހާ
01 September 2020
ތީ އެރަށު ޕީޕީ ކުދިންކޮޅު ކުރި ކަމެއް..
ހޮލާކޯ
01 September 2020
އަތްޗި ފަނޑިޔާރުން އެކަންޏެއް ނޫން ދޯ ތިބެނީކީ އެރަށުގަ. އަތްޗި މީހުންވެސް ތިބޭ ދޯ.