ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު އިސްކަންދަރު ބިލްޑިންގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
01 ސެޕްޓެމްބަރ 2020 - 15:09
ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިިން ސެންޓަރުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިންމުން މިއަދު ރަސްމީކޮށް ފާހަގަކޮށްފި އެވެ.
އިންޑިއާގެ އެހީއާ އެކު ހިންގި އެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
📷 | The Inauguration of the Dh Vaanee Police Training Centre Development Phase II, funded by the Government of India pic.twitter.com/Zz3RK3iH4z
— Ministry of Foreign Affairs 🇲🇻 (@MoFAmv) September 1, 2020
ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
ވާނީގައި ހުންނަ ޕޮލިސް ޓްރޭނިން ސެންޓަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ރާއްޖެ އަށް 8 މިލިއަން ރުފިޔާ ދީފައި ވެ އެވެ. ފުލުހުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްގެންދާ މި ސެންޓަރަށް، އެ އެހީގެ ދަށުން ގިނަ ވަސީލަތްތަކެއް ހޯދާފައި އެވެ. އޭގެ ތެރޭގައި ރިވާސް އޮސްމޯސިސް ޕްލާންޓަކާއި، ރެޕްޓަލިން ޓަވަރަކާއި ސީލިން ޕްލެޓްފޯމަކާއި ޖިމަކާއި ޖިމް އިކުއިޕްމަންޓްގެ އިތުރުން ތަފާތު ވެހިކަލް ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ޒަމާނީ ވަސީލަތްތަކާ އެކު މި ސެންޓަރު ތަރައްގީކޮށް ނިމުމުން ފުލުހުންގެ އޮޕަރޭޝަންތަކަށާއި ފީލްޑް އޮފިސަރުން ތަމްރީނުކުރަން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މި މަސައްކަތް ފުރިހަމަ ކުރަން އިންޑިއާ ސަރުކާރުންނާއި ފޮރިން މިނިސްޓްރީން ދީފައިވާ އެހީތެރިކަމަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.
"އިންޑިއާ އިން ވަނީ ދިވެހި ފުލުހުންގެ އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް ސްޓާފް ތަމްރީން ކުރަން އެކި ގޮތުން އެހީވެފައި. އަދި އަޅުގަނޑުމެންގެ އުމްރާނީ ތަރައްގީ އަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ފުލުހުން ބޭނުންވާ ތަފާތު ވަސީލަތްތައް ފޯރުކޮށްދީފައިވޭ،" ކޮމިޝަނަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަތަން އިސްކުރަންޖެހޭ
02 September 2020
އިންޑިޔާ ބޭރުކުރޭ އިންޑިޔާ އައުޓް
ޝޮކްތެރަޕީ
01 September 2020
ފޮރުވިފަ އޮތީ އެޖެންޑާ އަޅުވެތިކަން
ޟަމްޗް55
01 September 2020
އިންޑިއާ އައުޓް
1828
01 September 2020
މިއީ އިނގޭ ތޯ މިދަންނަވާ ވާހަކައަކީ. އައްޑޫގައި ފުލުހުންގެ ޓްރެއިނިންގ ސެންޓަރެއް އިންޑިއާގެ އެހީގައި އިންޑިއާ މީހުން އަޅަމުންދާއިރު ކީއްކުރަން ތޯއޭ ދ.ވާނީގައި އިތުރު އިމަރާތާއި ވަސީލަތްތަށް ޤާއިމްކުރަނީ؟ އެ ވަސީލަތްތަށް ޤާއިމްކުރަން އަނެއްކާ އެ އެހީވީ އިންޑިއާއިން. ސުވާލެއް ނުއުފެދޭ ތޯ؟ ސުވާލު އުފައްދަން ދިވެހިން ނުހޭ ތޯ؟ މިހެން ކަންކަން ހުރުމުން މިބުނަނީ އައްޑޫގައި އަޅާނީ އިންޑިއާގެ މިލިޓަރީ ބޭހެކޭ. #އިންޑިއާސިފައިންއައުޓް.
ކައްކާ
01 September 2020
ދ ވާނީގަ އެތައް މިލިއަން ޑޮލަރަކަށް ތިފެންވަރުގެ ޓުރޭނިން މަރުކަޒެއްހަދާފަ ހުޅުވިއިރު އައްޑޫގަ އެހަދާ ތަނުގެ ބޭނުމަކީ ކޮބާކަން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ، ރާއްޖޭގަ މިއުޅޭ ދޮޅަހަކަށް ފުލުހުން ތިހަދާ އެއްޗެއް ހަދަން އެއްތަނުން ނުފުދެނީބާ، ނޫނީ މާގިނައިން ކަރާޓީ އިނގިރޭސި ފިލްމު ބަލަނީބާ، ނޫނީ އަޑިނޭނގޭ ކަންތައްތަކެއް ހިންގަނީބާ.