ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފައި.
07 އޮކްޓޯބަރ 2020 - 14:57
ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރަން ސަރުކާރަށް ގޮވާލައި އިދިކޮޅުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ އިންޑިއާއާ އެކު ރާއްޖޭން ސޮއިކޮށްފައިވާ އެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރައިފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.
އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން ޝިޔާމް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ އެ ގައުމުން އެންމެ ފަހުން ރާއްޖެއަށް ދިން ޑޯނިއާ މަތިންދާބޯޓް ދިނުމަށް ވެފައިވާ އެއްބަސްވުމާ މެދުގަ އެވެ. އެ ބޯޓް އޮޕަރޭޓްކުރުމާއި މަރާމާތުކުރުމުގެ ކަންތައްތަކަށް އިންޑިއާ ސިފައިންގެ އެތައް ބަޔަކު ރާއްޖޭގައި ތިބޭ އިރު އެ އެއްބަސްވުމުގައި އޮތީ ކޮން ކަމެއްކަން ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް އޭނާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވި އެވެ.
ކުއްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި އައްޑޫގައި އިންޑިއާގެ އެހީގައި ގާއިމްކުރާ ޕޮލިސް އެކަޑަމީގެ މައްސަލަ ހިމެނެ އެވެ.
އިއްޒަތްތެރި މެމްބަރު ތިޔަ އެދިވަޑައިގަންނަވާ މައުލޫމާތު، ރަނގަޅަށް މިމަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ގުޅޭ ކޮމިޓީ މެދުވެރިކޮށްގެން އިއްޒަތެރި މެމްބަރަށް ހޯއްދެވޭނެ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މިމަޖިލީހަށް ބަލައިގަނެވެން އޮތް ކުއްލި މައްސަލައެއް ނޫން: ނަޝީދު
ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތްކަން އިއުލާނުކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅޭ ކަންކަމާއި ޚާރިޖީ ގުޅުންތަކާ ބެހޭ ނިންމުންތަކަކީ ކޮމާންޑާ އިންޗީފްގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާއަށް ހާއްސަ ކަންތައްތައް ކަމަށެވެ. ރައްޔިތުން އެއްވެސް ޒިންމާއެއް އުފުލަން ޖެހޭ ކަހަލަ އެއްބަސްވުމެއްގައި ދައުލަތުން ސޮއިކުރާ ނަމަ މަޖިލީހުން ރުހުން ހޯދާ ކަމަށާއި އެފަދަ އެއްބަސްވުމެއްގައި ސޮއިކުރާ ނަމަ މަޖިލީހުން ހުއްދަ ހޯދާނެ ކަމާ މެދު ޝަައްކެއް ނުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަދި އިއްޒަތްތެރި މެމްބަރު ތިޔަ އެދިވަޑައިގަންނަވާ މައުލޫމާތު، ރަނގަޅަށް މި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ގުޅޭ ކޮމިޓީ މެދުވެރިކޮށްގެން އިއްޒަތެރި މެމްބަރަށް ހޯއްދެވޭނެ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މިމަޖިލީހަށް ބަލައިގަނެވެން އޮތް ކުއްލި މައްސަލައެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ކުއްލި މައްސަލަ ބަލައިނުގެންނެވުމަށް ނަޝީދު ނިންމެވުމުން ނުރުހުން ފާޅުކުރައްވައި ޝިޔާމް ވިދާޅުވީ މިިއީ ޑިމޮކްރަސީގައި މަޖިލީހުން ފަހަތަށް ފިޔަވަޅެއް އެޅި ދުވަހެއް ކަމަށާއި އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށެވެ.
"މިސަރުކާރު އޮތްހާ ދުވަހަކު، މި މަޖިލިސް އަޅުގަނޑަށް ފެންނަނީ ތަޅުލާފައި ބަހައްޓަން،" އޭނާ ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް އެ މައްސަލައިގައި ނުރުހުން ފާޅުކުރެއްވި އެވެ. ކުއްލި މައްސަލަ ބޭރުކޮށްލީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ކޮން މާއްދާއެއްގެ ދަށުންތޯ އޭނާ ސުވާލުކުރެއްވި އެވެ. ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ޖާބިރު އެ ސުވާލުކުރެއްވުމުން ނަޝީދު ވިދާޅުވީ ގަވައިދުގެ ކޮންމެ މާއްދާއަކުން ވެސް އެ މަނިކުފާނަށް އެ ފަދަ ނިންމެވުންތަކަށް ޖާގަ ލިބޭ ކަމަށެވެ.
"ފުރަތަމަ ކަމަކަށް ކަން ވާން ޖެހޭ ކުއްލި، ކިހިނެއްތޯ ކުއްލި ވެވެނީ އެ ބޭފުޅުންގެ ސަރުކާރުން ފަށައިގެން ހިނގަމުން އަންނަ ކަމެއް؟" ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ނުޖެހޭ ސަބަބެއްގެ ގޮތުގައި ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާ ދެމެދު އަސްކަރީ ގޮތުން އޮތް ގުޅުމުގެ ބޮޑު މަސައްކަތްކޮށްފައި އޮތީ ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުންނެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާ މެދު ކަންބޮޑުވުން ފާޅުކޮށް "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނަކީ ހައްދުފަހަނައެޅި ބަޔަކު ހިންގާ ކެމްޕޭނެއް ކަަމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ތުހުމަތު ވެސް އެއާ އެކު ތަކުރާރުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
07 October 2020
ބޭރުގެ ޖާސޫސީ އިދާރާތަކާ ގުޅިގެން ނަޝީދު ރާއްޖޭގެ ހަމަޖެހުމާ އަމަންކަމާ އަމިލްލަ ވަނަތަކަން ނަގާލަނީ. ކާބަފައިން ކޮއްދިން އަގުހުރި މިންނެއް މަސައްކަތް ވެއްޔާމޮޑެލަނީ.
އަލި
07 October 2020
ބޮޑު އުނދަގުލެއްމީ. އަސްލު ވޯޓުދެވުނު ހިތާމައިގައި މިހުރީ. އިންޝާﷲ ދެން އަޅުގަނޑު މި ލީޑަރޝިޕް އޮއްވާ އެމްޑީޕީ އަށް ވޯޓެއް ނުދޭނަށް. އަމިއްލަ ގައުމާއި ރައްޔިތުންނަށްވުރެ އެހެންގައުމެއް އިސްކުރާތީ ވަރަށް އަސަރުކޮށްފި.
ސިކުނޑި
07 October 2020
މަޖިލިސް ރައީސްގެ މަޢުލޫމާތަށްޓަކައި ދަންނަވަން! މިކަމެއް ހިންގަން ފެށީ އެމްޑީޕީ ސަރުކާރުން! ޔަމީން ސަރުކާރުން އުޅުނީ ސަލާމަތް ނުވެގެން! ވިސާކެންސަލްކޮށްފަ ދާށޭ ބުނީމާވެސް ނުދިޔަ! އަނެއްކާ މިވެރިކަމުގައި އެވެރިން 2 ގިޔަރު ކުރިޔަށް ޖައްސާލީ!
އައުޓްއައުޓް
07 October 2020
އިންޑިއާގެ އެއްބަސްވުން ރައްޔިތުންގެ މަޖްލީހަށް ހާމަ ނުކުރާނަމަ އެމައްސަލަ ޝަރުއީ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދަންވީއޭ އެއް ގޮތަކަށް ވެސް އެގޮތަށް އަދި ދޫކޮށްގެން ނުވާނެއޭ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ވެފައިވާ ޑީލް އަކީ އެއީ ވަރަށް ނުރައްކާތެރި ޑީލް އެކޭ އޭގެ ސަބަބުން ދިވެހި ދައުލަތުގެ ބަޖެޓުން އިންޑިއާ ސިފައިންނަށް ކާން ދޭން މިޖެހެނީ އަދި އެމެންނަށް މުސާރަ ދޭން ޖެހެނީ މިގޮތަށް މިކަން ކޮށްގެން ނުވާނެއޭ އިންޑިއާ އައުޓް އިންޑިއާ އައުޓް
ކުއްލި
07 October 2020
ގިނަ ދިވެހިން ބަލަން ބޭނުންވި މަންޒަރު އެމް.ޑީ.ޕީ ސަރުކާރުން ދައްކާނެ. އެހެންވީމާ ހެނދޭނެ މާބޮޑުގޮތެއްނެތި ހައްގު މިންވަރަށް ރުހިގެން ތިބެންޖެހޭނީ. އެއްފަހަރު ދޯކާ ދިނީމާ ދެންވެސް ހެއްލުނީ. މޫނު ބަދަލުވިޔަސް އޮތީ ހަމަ އަނދިރި އެޖެންޑާއެއް.
ސޫޖީ
07 October 2020
އަދި އަވަސް . 3 އަހަރު ހަމަވަނީ ..ދިވެހިން ހޭލަންވެއްޖެ
އެދުވަސް
07 October 2020
17 ޑިސެމްބަރ 2017، "ފޮރުވައިގެން ނޫޅެ، ރާއްޖެ-ޗައިނާ އެއްބަސްވުންތައް އެނގެން ޖެހޭ: ޝާހިދު" މިލިއުން އަދި އެއްފަހަރު ހުރިހާ އެންމެންވެސް ކިޔާލުން ރަގަޅު. ފަޔަށް ހިނިއަރައިގެން ބަޔަކު އުޅުނުވަރު ޔާމީން ސަރުކާރުން ކަންކަން ސިއްރުކުރާތީއޭ ކިޔައި. މިހާރު މިހިނގަނީ ކޮންކަންކަމެއްބާ.
ބުރޫނޯ
07 October 2020
މި މައުލޫމާތު ހާމަ ކޮއްފިއްޔާ ސަލާމަތަށް ބުރޫ އަރާނޯ އެކަމަކު ސިއްރުކޮއްފިއްޔާ ބުރުލެއް ނާރާނޯ ، މި ވަރުގެ ވަރުގަދަ މައުލޫމާތެއް ރައްޔިތުންނަށް އެގެން ޖެހޭތޯއްޗެ އަހަރެމެން އަތުން ވިއްޔާ ޓެކްސް ނަގަނީ ، އަދަދު ގިނަ ކަމުން ބުނަން ނުކެރޭ ވަރު ވަރުގެ އަދަދެއް ކަމަށް ގަބޫލު ކުރެވުމުގެ ފުރުސަތު އެބަ އޮތް.
ހާމަކުރާށޭ
07 October 2020
އިންޑިއާ އާއި އެކު ހެލިކޮޕްޓަރު އަދި ކުޑަ ކުޑަ ކުރޮފި ޑޯނިއަރ މަތިންދާ ބޯޓް ދުއްވަން ވެފައިވާ އެއްބަސްވުން ހާމަކުރާށޭ ދައުލަތުގެ ބަޖެޓުން މިތަކެތި ދުއްވަން އިންޑިއާ ސިފައިންނަށް މަހަކު ދެނީ ކިތައް މިލިއަން ރުފިޔާތޭ ހާމަކުރާށޭ މިއެއްބަސްވުންތަކުގެ ތަފްސީލް އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫނޭ އިންޑިއާ އެއް ނޫނޭ ރާއްޖޭގައި ވެރިކަން ކުރާނެ ބަޔަކު ކަނޑައަޅާނީ އެއްބަސްވުން ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ
ސްޓޭން
07 October 2020
އެމްޑީޕީއާއި ޙިޔާލު ތަފާތު މީހުންނަނީ އައިސްއަށް ތާއީދުކުރާ ޓެރަރިސްޓުންނަށް ހަދަން އަންނި މަސައްކަތް ކުރަނީ މިއީ ބާ އެމްޑީޕީ ބުނާ އޯގާތެރިކަމާ ހަމަހަމަ ކަމާއި އިންސާފަކީ . ރައްޔިތުން ގަމާރު ކަމާ ބަލާފައި ރާއްޖޭ ސިޔާސީ މީހުން ހިތްހެވޭ އަދިވެސް ބުނަން ޖެހޭ ނީ . ލޮބުވެތި ރައްޔިތުންގެ ގަމާރު ކަމުގެ ހައްދެއް ނެތިއްޔާ.