އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އާޒިމް ވޯޓެއް ދެއްވަނީ. ރިޔާސީ އިންތިހާބަށް ނުކުންނާނީ ވަކިންތޯ ނޫންތޯ އެމްޑީޕީން އަވަހަށް ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވި .
08 އޮކްޓޯބަރ 2020 - 13:34
ދެން އޮންނަ ރިއާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ނެރޭ "ޚަބަރު ސިޓީ"ގެ މިފަހަރުގެ އަދަދުގައި އޮތް އާޒިމް ލިޔުއްވުމެއްގައި ފުޓުބޯޅަ މެޗެއްގެ މިސާލު ޖައްސަވަމުން ވިދާޅުވީ އެހެން ޕާޓީތަކާ އެކުގައި ނުކުމެއްޖެ ނަމަ އެމްޑީޕީއަށް އިންތިހާބު ނާކާމިޔާބުކޮށްލަން މަސައްކަތް ކޮށްފާނެ ކަމަށެވެ. އޭރުން ޖެހޭނީ ބަލިވެ، އަނިޔާތަކާ އެކު ރޯން ކަމަށް ވިދާޅުވި އެވެ. ކޯލިޝަންގައި ތިބި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ އެ ޕާޓީތައް ވަރުގަދަކޮށް އަންނަ ރިއާސީ އިންތިހާބަށް ތައްޔާރުވާން ކަމަށް އާޒިމް ލިޔުއްވާފައިވެ އެވެ.
"... އަންނަ ރިއާސީ އިންތިހާބަށް އެމްޑީޕީ ނުކުންނާނީ ވަކިންތޯ ނޫން ނަމަ ކޯލިޝަނަކާ އެކީގައިތޯ މިއީ ވަރަށް އަވަހަށް ނިންމަން ޖެހިފައިވާ މުހިއްމު ނިންމުމެކެވެ. މިހެން މިދެންނެވީ ވާދަވެރި ޓީމްތަކުގެ ކުޅުންތެރިން ގޮވައިގެން މެޗް ކުޅެން އަރައިފި ނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލެއް ޖަހާތަން އަޅުގަނޑުމެންނަށް ފެންނާނެތީ އެވެ،" އާޒިމްގެ ލިޔުއްވުމުގައިވެ އެވެ.
ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި، އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ތުހުމަތުކުރައްވަމުން އާޒިމް ވިދާޅުވީ އެ ޕާޓީތަކުގެ ފިކުރުގެ މީހުންނަށް ވަޒީފާތައް ދިނުމާއި މަސައްކަތްތައް ދިނުން ފަދަ ގޮތް ގޮތުން އެ ބޭފުޅުންގެ ޕާޓީތައް ވަރުގަދަކުރައްވަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އަތޮޅުތަކުގައި އެ އޮއިވަރު ވަކިން ގަދަ ކަމަށް ވިދާޅުވެފައިވެ އެވެ.
"... ނަތީޖާއަކަށް ވާނީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހެޔޮ ވެރިކަމެއް ގާއިމްކުރުމަށް ޖާނާއި މާލުން ގުރުބާންވީ، އެމްޑީޕީގެ އާއްމު މެމްބަރުން ބާކީވެ މަގުމަތިވުމެވެ. ޕާޓީއާ މެދު މެދު މާޔޫސްވެ ފޫހިވުމެވެ،" އާޒިމް ވިދާޅުވެފައި ވެ އެވެ.
މިހެން މިދެންނެވީ ވާދަވެރި ޓީމްތަކުގެ ކުޅުންތެރިން ގޮވައިގެން މެޗް ކުޅެން އަރައިފި ނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލެއް ޖަހާތަން އަޅުގަނޑުމެންނަށް ފެންނާނެތީ: އާޒިމް
މިހާރު މިއޮތީ ކޯލިޝަން ސަރުކާރަކަށް ވިޔަސް ރައްޔިތުން އެގޮތަށް ނުދެކޭ ކަމަށާއި ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ޖާއިޒް ނޫން ކަމެއް ކުރާ ކޮންމެ ފަހަރަކު އެކަމުގެ ހުތުރު ރައްދުވަނީ ސީދާ އެމްޑީޕީއަށް ކަމަށް އާޒިމް ވިދާޅުވި އެވެ. އެފަދަ އަމަލެއް ހިންގުމުން އެކަން ކުރީ ސަރުކާރުގައި ހިމެނޭ މިވެނި ޕާޓީއެއްގެ މީހެކޭ އެކަކުވެސް ނުބުނާނެ ކަމަށާއި އެކަމުގެ ބަދުނާމު އެޅޭނީ އެމްޑީޕީގެ ބޮލުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ކޯލިޝަނެއްގެ ގޮތުގައި ރިއާސީ އިންތިހާބަކަށް ނުކުތުން ރަނގަޅުނޫން ކަމުގެ މައްޗަށް އާޒިމް މިފަދަ ލިއުއްވުމެއް ލިއުއްވި އިރު، އެމްޑީޕީން ދެ ފަހަރު ވެސް ރިއާސީ އިންތިހާބު ކާމިޔާބުކުރީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓްގެ ގޮތުގައި އެޕާޓީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މިހާރު އުވި ގޮސްފައިވާ ކުޑަ އެހެން ދެޕާޓީއަކާ އެކު ކޯލިޝަނެއް ހަދައިގެންނެވެ. އެފަހަރުގެ ކޯލިޝަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޫޅި، އެޕާޓީތައް ގުޅުނީ އޭރުގެ އިދިކޮޅު ފަރާތްތަކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
10 October 2020
ތިޕާޓީގެ އިސްސަފު އިސްއުފާދީ އޭރުންރަނގަޅުވާނީ އެހެންނޫނީ ހަމަމިހާރެ ކޭއެއްގޮތަށް ތިބޭނީ އަނގަތަޅަން އެއްވެސް ކަމެއްނު ކުރާނެ
ޙަލީމާ ގައްދޫ
10 October 2020
އެމްޑީޕީއަށް ވޯޓުދޭންވީ ސަބަބެއް ބުނެބަލަ. ވަގު ޔާމީނަށް ވޯޓުދޭން ޖެހުނަސް ދެން އެމްޑީޕީއަކަށް ވޯޓެއް ނުދޭނަން. ދީނަށް ގައުމަށް ލޯތްބެއް ނެތް، އަތުން ފައިން ކަމެއް ކުރަން ދަންނަ ބައެއްނޫން. ތާކުންތާކު ޖެހޭ ވިސްނުމެއް ވެސް ހުންނަ ބައެއްނުން. ދިވެހިން މަރައިފި ވެރިކަމާހެދި.
ގުދުގުދާ
10 October 2020
ކޮބާ ގޯތި ދޭންވީ ވައުދު! ކަލޭމެންގެ ލަދުހަޔާތް ކޮބާ؟ މަމީ އެމްޑީޕީ މީހެއް! ނޯ ގޯތި ނޯ ވޯޓް
ޑޮކްޓާރ. ބަނާނާ
10 October 2020
މިބޭފުޅުން ވެރިކަމަށް އައިއިރުމަގުމަތީގައި ހަރުކުރެވުނު ބެނާރ ތަކުގައި"ޖަޒީރާ ރާއްޖެ އަދި އެޖެންޑަރ 19" ވައުދުތައް މިހާރު ހަދާނަށް އަންނާތީވެ މިފުރުސަތުގައި އެހަދާން އާކޮށްލާނަން. 1. އިންސާފު ހޯދައިދިނުން 2 ފެނާއި ކަރަންޓް އަގުހެޔޮކުރުން 3 ފަޙުރުވެރި އާއިލާ 4 ޖަޒީރާ ދިރިއުޅުން 6 އެންމެ ކުޑައުޖޫރަ ކަޑައެޅުން 7 މަހަށް ހަމައަގުހޯދާދިނުން. 8. އުޅޭނެ ބިމެއް ނެތިއްޔާ ފުލެޓް ކަށަވަރުކުރެވޭނެ! ވަރަށް ވެދުމާއި ސަލާމް ! ޑރ. ބަނާނާ
މުރާދު މާލިމީ
09 October 2020
ވަކިން ނުކުތަސް އެކުގައި ނުކުތަސް އެމްޑީޕީއަށް ވެރިކަން ދޭކަށް ވޯޓެއްނުދޭނަން.ވޯޓް މަދުވާން އޮތްގޮތަކަށް މަދުކުރުމަށް ޖާނާއި މާލުން ގުރުބާން ވާނަން.
ކަނބިލި
09 October 2020
އެމްޑީޕީން އެ ކަނި ނި ކުމެގެން ކިތައް ރިޔާސީ އިންތިޚާުބު ކކ ކާމިޔާބު ކުރެވުނުތޯ؟ މިހާރު އަމުދުން އެމްޑީޕީއަށް ވޯޓް ދޭނެ ސަބަބެއް ބުނެދީ. ތިޔައީ ގައުމަށް ލޯތްބެއް ނެތް ދީނަށް އިހުތިރާމު ނު ކުރާ މަގުތަ ކުތައް މަތީ ހަޅޭލަވާ މުޒާހަރާ ކުރުން ނޫން ކަމެއް ކުރަން ނޭގޭ ބަޔެއް ކަން ރައްޔިތުންނަށް އެނގިއްޖެ.
MOHAMED YAMEEN
09 October 2020
ބައިކޮޅަށް ޖަހާފަ ހުރި ގޯލު މަދުތަ ؟
މެކް
09 October 2020
އެމް ޑީ ޕީ ނުކުންނާނީ ކައްވަޅައް
ބޯގަޅި
09 October 2020
އޯލްރެޑީ ބަރަހަނާ ހާލުގަތިބިބައެއް އަދި އިތުރައް ނިކުންނާނެގޮތެއް ނިން މަންޖެހޭތަ؟.
ހާމިދު ޝާހިދު
09 October 2020
ކުރިޔަށް އޮތް އިންތިހާބުގައި އެމްޑީޕީ ނުކުންނަންވީ "ފޮރި ވަހީދު" ގޮވައިގެން. ކޯލީޝަނެއް ހަދަންޏާ ވީ ހަމައެކަނި ފޮރި އާއެކު ހަދަން.