ްެއެމެރިކާއާއި ރާއްޖޭން ގާއިމްްކުރި ދިފާއީ އެއްްބަސްވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ސޮއިކުރައްވަނީ.
22 އޮކްޓޯބަރ 2020 - 11:49
ރާއްޖެ އާއި އެމެރިކާ އިން ސޮއިކުރި ދިފާއީ އެއްބަސްވުމުގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވާނެ ކަމަށާއި އެމެރިކާ އިން އިސް އުފައްދާފައިވާ "އިންޑޯ-ޕެސިފިކް އެލަޔަންސް" އާ ރާއްޖެ ގުޅުމުގެ މަގު ފަހިވާނެ ކަަމަށް ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލީ ޓެޕްލީޒް ވިދާޅުވެއްޖެ އެވެ.
"ނިކީ އޭޝިއަން ރިވިއު" އަށް ޓެޕްލީޒް ވިދާޅުވި ގޮތުގައި ރާއްޖެ އާއި އެމެރިކާ އިން މިދިޔަ މަހު އެއްބަސްވުމުގައި ސޮއިކުރުމުން، އެމްއެންޑީއެފާއި އެމެރިކާ ސިފައިން ގުޅިގެން އޮޕަރޭޝަންތައް ހިންގުން ކުރިއަށް ވުރެ ފަސޭހަ ވާނެ އެވެ. އެމެރިކާ ސިިފައިންނާ އެކުގައި ރާއްޖޭން މީގެ ކުރިން ވެސް ތަފާތު ތަމްރީނުތަކުގައި ބައިވެރިވެފައިވާކަން ސަފީރު ފާހަގަކުރެއްވި އެވެ. އަދި އިންސާނީ އެހީ ދިނުމާއި ކާރިސާތަކުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރަން މިދިޔަ އަހަރު ހިންގި "ޕެސިފިކް އެމްފީބިއަސް ލީޑާސް ސިމްފޯޒިއަމް"ގައި ރާއްޖޭގެ ސިފައިން ބައިވެރިވިކަން ޓެޕްލީޒް ވަކިން ފާހަގަކުރައްވާފައިވެ އެވެ.
"އެ މީހުން ވަނީ އެމެރިކާގެ މެރީންސްއާ އެކު ތަމްރީނުތައް ހަދައި ޑިފެންސް ޓެކްޓިކްސް ދަސްްކޮށްފައި. އަދި އެމެރިކާގެ އެއާފޯސްއާ އެކު މެޑިކަލް އިމަޖެންސީ ތަމްރީނުތައް ހަދާފައި،" ޓެޕްލީޒް ވިދާޅުވި ކަމަށް ނޫހުގައި ބުނެފައިވެ އެވެ.
ޓެޕްލީޒް ވިދާޅުވެފައިވާ ގޮތުގައި އިންޑޯ ޕެސިފިކް ސަރަހައްދަކީ ހުޅުވައިލެވިފައިވާ މިނިވަން ސަރަހައްދެއްގެ ގޮތުގައި ބާއްވަން އެމެރިކާ އިން އިސް ނަގައިގެން އުފައްދާފައިވާ އެލަޔަންސާ ރާއްޖޭން ގުޅުމުގެ ފުރުސަތު ވެސް މި އެއްބަސްވުމުން ފަހިވެގެންދާނެ އެވެ.
ބޭރުގެ ބައެއް ނޫސްއެޖެންސީތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ 2013 ވަނަ އަހަރު އެމެރިކާއާ އެކު ރާއްޖޭން ސޮއިކުރަން އުޅުނު ފަދަ އެއްބަސްވުމެކެވެ. އެކަމަކު އެފަހަރު އެއްބަސްވުމުގައި ސޮއި ނުކުރެވުނީ އިންޑިއާގެ ކަންބޮޑުވުންތައް ހުރުމުން ކަމަށާއި މިފަހަރު ސޮއިކުރީ އިންޑިއާގެ ރުހުމާ އެކުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
"ރާއްޖޭން އެ ބުނާ ބުނުން މިއަށްވުރެ ވަކި ސާފެއް ނުވާނެ. އެ ބުނަނީ ރާއްޖެ އަކީ އިންޑޯ-ޕެސިފިކްގެ ބައިވެރިއެކޭ،" ދަ ވަޔާ ނޫހާ ވާހަކަ ދެއްކެވި އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ ކުރިން ބުނެފައިވެ އެވެ.
އިންޑޯ-ޕެސިފިކް އެލަޔަންސަކީ އިންޑިއާ ކަނޑުގެ ސަަރަހައްދުގައި ޗައިނާގެ ނުފޫޒުގަދަކުރަން ކުރާ މަސައްކަތަށް ހުރަސް އަޅަން އުފައްދާފައިވާ އިއްތިހާދެކެވެ. އެެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އަންނަ ހަފްތާގައި މި ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ އާއި ސްރީ ލަންކާގެ އިތުރުން ދެން ވަޑައިގަަންވަން ހަމަޖެހިފައި އޮތީ އިންޑޯ-ޕެސިފިކްގެ މުހިއްމު ގައުމުތައް ކަމަށްވާ އިންޑިއާ އާއި އިންޑޮނީޝިއާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންސާންޑް ސިޓިޒަން
22 October 2020
މާރިޔާ ކޮވިޑް ތެރޭ އަމިއްލަ ދަތުރެކޭ ކިޔާފަ އެމެރިކާއަށްގޮސް ސޮއިކުރި އެތިމީ، ޑިޕްލޮމަސީގަ ވަކިކޮޅެއްނެގުން އެއީ ރާއްޖެކަހަލަ ކުޑަގައުމަކަށް ގެއްލުންވާނެކަމެއް، އިންޑިޔާ ޗައިނާވެސް ވަކިކޮޅަކަށް ގޮސް ހުސްވުން ރަނގަޅެއްނޫން، އެމެރިކާ ރައްޔިތުން ސަވައިލަންސްގެ ބަމުގައި ހައްގުތަކަށް އަރާތީ މުޒާހަރާ ކުރާ ދުވަސްވަރެއްގައި ރާއްޖެ މިސޮއިކުރުމުން މީ ވަރަށް ބިރުވެރިކަމެއް ކުރާކޮންމެކަމަކުން ވެސް ރިއެކްޝަނެއް އަންނާނެ، މާސް ލެވެލްގައި މިތާ ސަވަލެންސް....
އަލީރާޖާ
22 October 2020
ޝުކުރިއްޔާ އެމެރިކާ. ރާއްޖެއަށް ފައިދާހުރި ކޮންމެ ކަމެއްގައި ބޭރުގެ އެކުވެރި ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ސިޔާސަތު.
އަހުމަދުބޭ
22 October 2020
މީގެން ދިވެހި ދައުލަތަށް ވާފައިދާއަށްވުރެ އިންޑިއާ ދައުލަތަށް ވާފައިދާ މާބޮޑުވާނެ، ދިވެހި ދައުލަތް ބަލަހައްޓަން އެމެރިކާއިން ހަވާލް ކޮއްފައިވާނީ އިންޑިއާ އާ، އެގޮތުން ޗައިނާއިން ދިވެހިދައުލަތަށް ލިބެމުން އައި ފައިދާ ލިބެމުން ދެން ނުދާނެ، އެމެރިކާތިއީ އެމީހުންގެ އަމިއްލަ މަސްލަހަތު ނެތް ކަމެއްގައި އެހެން ގައުމުތަކަށް އެހީވާގައުމެއްނޫން، އެމެރިކާގެ މަސްލަހަތު އިސްކޮއްފިނަމަ އެގައުމުތަށް ތިބޭނީ 3 އިރުހަމަޔަށް ނުކައި، މިސާލް އިރާގް، ލީބިޔާ ،މިސްރު
އުދުހޭ
22 October 2020
ދިވެހިރައްޔިތުންނަށް ފައިދާ ވާނެކަން މިއެގެނީ އެމެރިޔާއަށާ އިންޑިޔާއަށް؟
ޔާނު
22 October 2020
އެމެރިކާގެ އެއްބަސްވުން ތަކުގެ ސަބަބުން ފަޢިދާވި ގައުމު ތަކުގެ ތެރޭ އިރާގް، އިރާން، އަފްޢާނިސްތާން، ޔަމަން ފަދަ ތަންތަން ހިމެނޭ. މީ އެލެކްސް ބޭނުންވެގެން އުޅޭ ކަންކަން މި ޙާޞިލްވަނީ. އަދާލަތު ސޭކުންތައް ތިބޭނެ ހެވިފަ ސަނާކިޔަން
އެފް8
22 October 2020
ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރަނީ ކީއްކުރަން؟ ދިފާއީ ކަންކަމާބެހޭ ވަޒީރާ ދެން އުޅުއްވާ އަނެއް ވަޒީރާ ދެ ބޭފުޅުންވެސް ބުނަނީ ކުޑަކުޑަ ރާއްޖެ ބޭނުން އިރަކުން ބޮޑުބޮޑު އިންޑިއާއަށް ހިފިދާނެ ކަމަށް. އެހެންވީމަ އެމެރިކާއިން ތިޔަ ތަމްރީނުކުރާ ދިވެހި އަސްކަރިއްޔާގެ ބޭނުން ހިފޭނީ އެމެރިކާ މީހުންނާ އެކުވާށޭ ގޮވާލާ ދުވަހަކުން އެމެރިކާ މީހުންނަށް. ދިވެހި އަސްކަރިއްޔާގެ ބޭނުމެއް މިގައުމަށް އޮތް ކަމަކަށް ނުދެކޭ މިހާރު ތިއްބެވި ބޭފުޅުންނެއް.
ރާއްޖެ
22 October 2020
ހުރިހާ އަޑި ނުބައި ކަންކަމުގެ މައުލޫމާތު މި އެނގެނީ ބޭެު ކޮންމެ ވެސް މީހެއް ބުނީމަ. މިއީ މަންމަނު ސަރުކާރެއްތަ؟
އެނަލިސްޓް
22 October 2020
އެމެރިކާގެ ވަރުގަދަ އަދި ރިލައަބަލް އެލައި އެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މުހިންމު ފިޔަވަޅެއް އިންޑިޔާއަށް ވުރެ ރާއްޖޭން އެމެރިކާއާއި ގުޅުން ބަދަހި ކުރުމަކީ އިންޑިޔާ ބޭނުންވާނެ ގޮތެއް ނޫން ޔޫއެން އާއި ނޭޓޯ އާއި ކޮމަންވެލްތު އިންޑޯޕެސިފިކް އެލަޔަންސްގައި ރާއްޖެ ބައިވެރި ވުމަކީ ރާއްޖޭގެ ކަންޓްރީ ސްޓޭޓަސް ވަރުގަދަ ވާނެ ކަމެއް. ނުރައްކަލީ ރެސިޑެންޓް ވިސާ ދިވެހިންގެ ބާރުކެނޑި ބާކީވާނެ ކަމެއް އެއީ.
ބޮން
22 October 2020
ރާއްޖެ އާއި އެމެރިކާއާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ 2013 ވަނަ އަހަރު އެމެރިކާއާ އެކު ރާއްޖޭން ސޮއިކުރަން އުޅުނު ފަދަ އެއްބަސްވުމެކެވެ. މި އެއްބަސް ވުމަށްވެސް އެމެރިކާ އައުޓޭ ކިޔައިގެން އަދުރޭމެން ނުކުމެދާނެބާ؟ 2013 ގައި ވެރިކަމުގައި ތިބޭ ހަމަގައިމުވެސް އަދުރޭ މެންނެވެ.
ފޫހި
22 October 2020
އޭރު ސޮއިނުކުރީ އޭތި ގޯސްވީމަ. ދެން މި ސަރުކާރުން ޔާމީން ކުރިހާ ކަމެއް ކުރަންޖެހޭތަ؟
އަލިބެއްޔަ
22 October 2020
އެމެރިކާގެ މިއެއްބަސްވުމުގައި އެމެރިކާ ސިފައިން ރާއްޖޭގައި ތިބުމަށް ލާޒިމްކޮށްފައެއްނެތް. އެހެންވީމާ އެމެރިކާ އައުޓް ކުރާކަށްނުޖެހޭބީތާއާ.
ރީނދޫ
22 October 2020
އެމެރިކާ ސިފައިން އެކި ނަންނަމުގައި ރާއްޖޭގައި ތިބޭ ގޮތަށް އޮތް އެއްބަސްވުމެއްނަމަ، ހަމަ ޔަގީނުންވެސް މަ ގޮވާނަން އެމެރިކާ އައުޓޭ
ސައިފް007
22 October 2020
އެމެރިކާ އައުޓް އޭ ބުނަްޖެހުނީމަ ދިވެހިން އެމެރިކާ އައުޓްއޭ ބުނާނެ ކެނެރީގޭ ނަޝީދު އާއި ތިޔަ އެްޑީޕީ ގެވެސްއެކަނި ތަނެތްނޫން..އެހެންވީމަ ކޮންމެ ދިވެއްސަކަށް ވެސް އެމެރިކާ އައުޓް .# އިންޑިއާ އައުޓް .އެއްވެސް ބާރެއްގެ ސިފައިންމި ގައުމުގައި ތިބުމަކީ ނޫނީ އެއްވެސް ދިފާއީ އެލެންސް އެއްގެބައިވެރި ވުމަކީ ގައުމައް ފައިދާ ހުރިކަމެއް ނޫންއެއީ ގެއްލުން ހުރި ކަމެއް ... ވަކި ބްލޮކައް ނިސްބައް ނުވާ ގޮތައް ރާއްޖޭގެ ޚަާރިޖީ ސިޔާތު އޮންނަންޖެހޭނީ
ސަންޕަދަރި
22 October 2020
ކުރިން ތިޔަބުނާ ޓުރެއިނިންތަކުގަ ބައިވެރި ކުރިގޮތަށް މިހާރުވެސް ބައިވެރި ކުރުވޭނެ. ދެން ކޮން އެގްރިމެންޓް އެއް. ޗައިނާ ކުރިއަރައިގެންދާތީ ޗައިނާ އަށް ޖެއްސުން ކުރަން ދިވެހިން ފިތާލާފަ ބައިތިއްބަން ހެދި އެގްރިމެންޓް އެއްތީ. މިރާއްޖޭގަ އިންޑިއާ އެމެރިކާ ސިފައިން ނުތިއްބަސް ތިޔަ ޓްރެއިނިންތަށް ހެދޭނެ. ހުރިހާތާކަށް ކޮފިގަނެ ބާރު ހިންގަން އުޅޭނެ ކަމެއްނެއް.