މެލޭޝިއާގައި ކުޑަ ކުދިންތަކަކަށް ޖިންސީ ގޮތުން ގޯނާކުރި ރިޗަޑް ހަކްލް
02 ޖޫން 2016 - 09:04
ކުއާލަ ލަމްޕޫރު (ޖޫން 2) - މެލޭޝިޔާގައި ކުޑަ ކުދިންތަކަކަށް ޖިންސީ އަނިޔާކުރި ކަމުގެ ދައުވާކޮށްފައިވާ އިނގިރޭސި ވިލާތުގެ ރައްޔިތަކަށް ހުކުމް ކުރުން އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަށް އިނގިރޭސި މީޑިއާ އިން ބުނެފި އެވެ.
ރިޗަޑް ހަކަލް ނަމަކަށް ކިޔާ 30 އަހަރުގެ މީހާ ވަނީ 2006 ވަނަ އަހަރާއި 2014 އާއި ދެމެދު އުމުރުން ހަ މަހާއި 12 އަހަރުގެ ކުޑަ ކުދިންނަށް ޖިންސީ އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ.
އެ މުއްދަތުގެ ތެރޭގައި އޭނާ 200 އަށް ވުރެ ގިނަ ކުދިންނަށް ޖިންސީ އަނިޔާ ކުރި ކަމަށް ބެލެވެ އެވެ.
އޭނާގެ މައްޗަށް އުމުރަށް ޖަލަށްލުމުގެ އެތަކެއް ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ފިރިހެން އަދި އަންހެން ކުދިންނަށް އެކި އަނިޔާތައް ދެނިކޮށް ނަގާފައިވާ 20،000 އަށް ވުރެ ގިނަ ފޮޓޯ އޭނާގެ ކޮމްޕިޔުޓަރުން ވަނީ ފެނިފައި. އޭގެ ތެރޭގައި ތުއްތު ކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައި.
މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުގެ ފަގީރު ހިސާބުތަކުގެ 23 ކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ތަފާތު 91 ދައުވާއެއް އޭނާގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އޭގެ ތެރެއިން 71 ދައުވާ އަށް ފްރީލާންސް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހަކަލް ވަނީ އިއުތިރާފުވެފަ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ގެޓްވިކް އެއާޕޯޓުން ހައްޔަރުކުރި ހަކަލް އެންމެ ފުރަތަމަ މެލޭޝިޔާ އަށް ދިޔައީ އޭނާގެ އުމުރުން 18 އަހަރުގައި ޓީޗަރެއްގެ ގޮތުގަ އެވެ.
ފިރިހެން އަދި އަންހެން ކުދިންނަށް އެކި އަނިޔާތައް ދެނިކޮށް ނަގާފައިވާ 20،000 އަށް ވުރެ ގިނަ ފޮޓޯ އޭނާގެ ކޮމްޕިޔުޓަރުން ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ތުއްތު ކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން ކުޑަ ކުދިންނަށް އަނިޔާ ކުރާނެ ގޮތްތައް ހިމަނާ، އިންޓަނެޓުގައި ހިއްސާ ކުރަން އޭނާ ލިޔެފައިވާ ފޮތެއް ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy