މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަޖޭ.

04 ނޮވެމްބަރ 2020 - 08:10

އަބީޝެކް ބައްޗަން ސޮއިކޮށްފައިވާ ފިލްމު "ދާސްވީ" ގައި އޭނާ ކުޅޭނީ ކޮރަޕްޓް ޗީފް މިނިސްޓަރެއްގެ ރޯލު ކަމަށާއި މިއީ މިހާތަނަށް އޭނާ ފެންނާނެ އެންމެ ތަފާތު ރޯލަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމް ހަދަނީ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިންނެވެ. "ދާސްވީ" ގައި އަބީޝެކާ އެކު ބަތަލާއިންގެ ރޯލުން ފެނިގެން ދާނީ ޔާމީ ގޯތަމާއި ނިމްރަތު ކޯރެވެ. އެހެންވެ މި ފިލްމުވެގެން ދާނީ އެ ދެ ތަރިން އަބީޝެކާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

"ދާސްވީ" ގެ ވާހަކަ މީޑިއާތަކުން ދައްކަމުން ދިޔަ ނަމަވެސް މި ފިލްމާ ބެހޭ ގޮތުން ދިނޭޝް އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އަބީޝެކްގެ ކުރިއަށް ހުރި ފިލްމުތަކަކީ "ލޫޑޯ" އާއި "ދަ ބިގް ބުލް" ގެ އިތުރުން "ބޮބް ބިސްވާސް" އެވެ. އަދި އޭނާ 2018 ގައި ކުޅުނު ފިލްމު "މަންމަރްޒިޔާ" ގެ ދެވަނަ ބައެއް ހަދަން އުޅޭ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

"ބޫޖް" ގެ ބާކީ މަންޒަރުތައް ދިވާލީ އަށް ފަހު

އަޖޭ ދޭވްގަންގެ ފިލްމު ""ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ބާކީ ހުރި މަންޒަރުތައް މި މަހުގެ މެދު ތެރޭގައި ފާހަގަކުރާ ދިވާލީ އަށް ފަހު ޝޫޓްކުރަން ނިންމައިފި އެވެ.

އަބީޝެކް ދުދައްޔާ ޑައިރެކްޓްކުރާ ފިލްމުގައި ބާކީ އޮތީ 12 ވަރަކަށް ދުވަހުގެ ޝޫޓިން އެވެ. މި ފިލްމުގެ ބޮޑުބައި ޝޫޓްކޮށް، ފިލްމާ ގުޅުން ހުރި އިތުރު މަސައްކަތްތައް ކުރަމުން އަންނަ އިރު، "ބޫޖް" އަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާނެ ފިލްމެކެވެ.

މީގެ ކާސްޓްގައި ސަންޖޭ ދަތާއި ސޮނާކްޝީ ސިންހާ އާއި ނޯރާ ފަތެހީ އާއި ޝަރަދު ކެލްކަރާއި އައްމީ ވާކް އަދި އިހާނާ ދިލަން ފަދަ ތަރިން ހިމެނެ އެވެ. "ބޫޖް" އަކީ 1971 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ޑްރާމާ އެކްޝަން ފިލްމެކެވެ.

މީގައި އަޖޭ ކުޅޭނީ އޭރު އަސްކަރީ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ސްކޮޑްރަން ލީޑަރު ވިޖޭ ކަރްނިކްގެ ރޯލެވެ.

ވިކީ އާއި މަނޫޝީގެ ފިލްމަށް ދީނީ ޕްލޮޓެއް

މިސް ވޯލްޑްގެ ތާޖު ހާސިލުކުރި މަނޫޝީ ޗިލާރާއި ވިކީ ކޯޝަލް އެކީގައި ކުޅޭ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ލައިޓް-ހާޓެޑް ކޮމެޑީ އަކީ ދީނާއި އިންސާނީ ގުޅުންތަކުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް ނޫސްތަކުން ބުނިގޮތުގައި ފިލްމުގެ މައިގަނޑު ޕްލޮޓް އެނބުރޭނީ ހުރިހާ ދީނެއްގެ މީހުންގެ މެދުގައި ވެސް އޮންނަން ޖެހޭ އެއްބައިވަންތަކަމުގެ މައްޗަށެވެ. އަދި މިއީ ސީރިއަސް އިޝޫއެއް ނަމަވެސް ފިލްމު ގެނެސްދޭނީ ބެލުންތެރިންގެ މޫނުމައްޗަށް ހިނިތިވުން ގެނުވާ ކަހަލަ އުފާވެރި އަދި މަޖާ ފިލްމެއްގެ ގޮތުގަ އެވެ. ރަސްމީކޮށް މި ފިލްމު އަދި އިއުލާން ނުކުރި ނަމަވެސް ފިލްމު ޑައިރެކްޓްކުރާނީ "ތަގްސް އޮފް ހިންދުސްތާން" އާއި "ދޫމް 3" ގެނެސްދިން ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) އެވެ.

މަނޫޝީ އަކީ ވައިއާރްއެފުން އަކްޝޭ ކުމާރާ އެކު ހަދާ "ޕްރިތުވީރާޖް" އިން ބޮލީވުޑަށް ތައާރަފުކުރާނެ ބަތަލާއެކެވެ. އެ ފިލްމާއި މަނޫޝީ އާއި ވިކީގެ ފިލްމު ވެސް ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ.

"ފޯން ބޫތު" ގެ ޝޫޓިން ގޯއާގައި

ކެޓްރީނާ ކައިފް ކުޅޭ ފުރަތަމަ ހޮރޯ ކޮމެޑީ "ފޯން ބޫތު" ގެ ޝޫޓިން މި މަހުގެ ފަހުކޮޅު ގޯއާގައި ފަށަން ނިންމައިފި އެވެ.

މި ފިލްމަކީ ފަރްހާން އަޚްތަރާއި ރިތޭޝް ސިދްވާނީގެ އެކްސަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، ގުރްމީތު ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ. "ފޯން ބޫތު" ގެ ބަތަލުންނަކީ ޒުވާން ދެ ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި އިޝާން ޚައްތަރެވެ. ގޯއާގައި ފިލްމު ޝޫޓްކުރަން ނިންމި އިރު ސިދާންތު މި ވަގުތު ވެސް ހުރީ ފިލްމެއްގެ ޝޫޓިން އަށް އެތަނުގަ އެވެ. އެއީ ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ތުރިލާއެކެވެ.

ނަން އަދި އިއުލާންނުކުރާ ފިލްމުގެ ބަތަލާއިންނަކީ ދީޕިކާ ޕަދްކޯނާއި އަނަންޔާ ޕާންޑޭގެ އިތުރުން ދައިރިއާ ކަރްވާ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454