ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ކަނޑިންމައިގެ މުވައްޒަފު މަރުވުމުގައި ރިސޯޓްގެ އިހުމާލު އޮތްކަމުގެ ހެކި އެބަހުރިކަމަށް.
10 ނޮވެމްބަރ 2020 - 10:15
ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ކޮވިޑް-19 ޖެހި ހާލު ބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަހުން، އެ ރިސޯޓުގެ މުވައްޒަފަކު މަރުވެފައިވާއިރު، އެކަމުގައި ރިސޯޓުން އިހުމާލުވެފައިވާ ކަމުގެ ހެކި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މިއަދު ވިދާޅުވެއްޖެ އެވެ.
ދ. މާއެނބޫދޫ، ދިލްބަހާރުގެ، އާދަމް ނަސީރު، 60، ގެ މަރާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅުއްވަމުން އެމްޑީއޭގެ ނައިބު ރައީސް އާމިރު ވިދާޅުވީ، އާދަމް ނަސީރު ބަލިވުމުން އޭނާ އަށް ފަރުވާ ހޯދަން އެދި އާދޭސްކޮށް، އެކަމަކު ފަރުވާ އަށް ފުރުސަތު ދީފައި ނުވާކަމުގެ ހެކި އާއިލާގެ މެމްބަރުންގެ އަތުގައި އެބަހުރި ކަމަށެވެ.
އާމިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
އާމިރު ވިދާޅުވީ، އާދަމް ނަސީރުގެ މަރާ ގުޅޭ ކުއްލި މައްސަލަ ހުށަހެޅުއްވީ އޭނާގެ އާއިލާ އިން އެދިގެން ކަމަށާއި މައްސަލަ ހުށަހެޅުން މިހާ ލަސްވީ އެކަށީގެންވާ ވަރަށް މައުލޫމާތު އެއްކުރަން ޖެހުމުން ކަމަށެވެ.
"އާއިލާއާ އެއްކޮޮށް އަޅުގަނޑުމެން ދިޔައީ ވަރަށް ގާތުން މި ވާހަތައް އަޑު އަހަމުން އަދި މީގެ ތަފާތު އެތައް ހެކިތަކެއް، އިއްޒަތްރެރި ރައީސް އިޒުނަ ދެއްވައިފި ނަމަ މިކަމާ ގުޅޭ އެތައް އޯޑިއޯ ހެކިތަކެއް އަަޅުގަނޑު މި މަޖިލީހަށް ވެސް ހުށަހަޅާނަން،" އާމިރު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އާދަމްް ނަސީރަކީ ކަނޑިންމަ ރިސޯޓުގައި މަަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ، އެ ރިސޯޓުގެ މެނޭޖްމަންޓްގެ އަޅައިލުން ވަރަށް ބޮޑަށް ލިބެން ޖެހޭ ޒާތުގެ މުވައްޒަފެއް ކަަމަށެވެ. އޭނާ އެ ރިސޯޓުގައި އުޅޭތާ ވީ ކިތައް އަހަރުތޯ މެމްބަރު އާމިރާ އެ މަނިކުފާނު ސުވާލު ކުރެއްވި އެވެ.
އާމިރު ވިދާޅުވީ އާދަމް ނަސީރަކީ ކަނޑިންމަ ރިސޯޓު ތަރައްގީ ކުރަން ފެށީއްސުރެ އެ ރަށުގައި އުޅެމުން އައި މީހެއް ކަަމަށެވެ.
އާދަމް ނަސީރާ އެކު ރިސޯޓުގައި އުޅުނު ބައެއް މީހުން، "މިހާރު" އަށް ކުރިން ބުނެފައިވާ ގޮތުގައި އޭނާ ބަލިވެ، ހާލު ބޮޑުވެގެން ކުޑަހުވަދު އަށް ގެންދިޔައީ ބަލިވެ އުޅޭތީ ރަށަށް ނުވަތަ މާލެ އަށް ފޮނުވައިދިނުމަށް އެދޭތާ 10 ވަރަކަށް ދުވަސް ފަހުންނެވެ.
ހުންއައުމުގެ އިތުރުން ވަސް ނުދުވުމާއި ރަހަ ނުލުން ފަދަ، ކޮވިޑުގެ ބައެއް އަލާމާތްތައް ފެންނަން ފެށުމުން، ފަރުވާ އަށް މާލެ ފޮނުވައިދޭން އޭނާ އާދޭސްކުރި ކަމަށް އާއިލާ އިން ބުނެފައި ވެ އެވެ. އެކަމަކު، ރިސޯޓުން މި ވާހަކަ ދޮގުކުރަމުން ބުނެފައި ވަނީ ފަރުވާގައި އިހުމާލުވެފައި ނުވާނެ ކަމަށެވެ.
ނަމަވެސް އޭނާ ހުން އައުމުން އެކަހެރި ނުކޮށް، ލަސްވި ކަމަށް ކަނޑިންމަ އިން އެއްބަސްވެ އެވެ. އެއީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އިން އާއްމުކޮށް، ރިސޯޓުތަކުން އަމަލުކުރަން އަންގާފައިވާ ގައިޑްލައިނާ ޚިލާފު ކަމެކެވެ.
އާދަމް ނަސީރު އެކަހެރި ނުކުރުމުން، އޭނާއެކު އެއް ކޮޓަރިއެއްގައި އުޅުނު މީހާއާ އެކު ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެ މީހުން މިހާރު އައިސޮލޭޓްކޮށް ރިސޯޓް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
ނަސީރަށް ފަރުވާ ދިނުމުގައި ރިސޯޓުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ali Gasim
10 November 2020
ރިސޯޓުމުވައްޒަފުން ނިދަންވާ ރަށްކިޔައިދީގެން ވެރިކަމަށްއައިމީހުން ރިސޯޓުމުވައްޒަފުންތައް ކަނޑާ މަގުމައްޗަށް އަޅާލިއިރު ޗުއްޕުވެސް ނުބުނޭ މިހާރުވެސް އެތިބެނީ ދެތިންވިޔަފާރިވެރިންގެ ދަށުވެ އިހްމާލުވެސް ބަލަންނުކެރި ފިލާ މިސަރުކާރަށް ނޫނެކޭ ބުނަންޖެހޭ
ބަކޫރުބޭ
10 November 2020
ރިސޯޓު މުވައްޒަފުންނަށް އޮންނާނީ ބޯކޮށް ރިސޯޓު ހިއްސާދީފަ މަމެންގެ ވެރިކަމުގަ، ދެން އަތްޖަހާބަލަ.
ޖަހަ
10 November 2020
ލަވަކިޔަކިޔައި ނުތިބެ މަރުގެ ދިޔަ އާއއިލާއަށް ހޯދައިދީ
އިލްސާމް
10 November 2020
ރިސޯޓް މުވައްޒަފުންގެ ވޯޓް ހުވަފެންދައްކައިގެން ހޯދާ މީހާ އެބުނީ އެމީހުން ގަސްދުގައި ކަމެއް ނުކުރާނެއޭ... ދެން ހުރިހާ މުއައްސަސާއަކުންވެސް ނިންމާނީ އެގޮތައް..އެމީހާ މުށުތެރޭގައި ކޯޓްތަކާއި މުއައްސަސާތައް އޮތީ..އިންސާފު ލިބޭނީ އެމީހާ ބޭނުންވާ މީހަކަށް..
ހަސަނު
10 November 2020
މި ހިސާބުން މަޖުބޫރު އެބަވޭ ޔުނިވަސަލް ގެ ހުރިހާ ރިސޯޓެްް ވަރަށް ގާތުން މޮނިޓަރ ކުރަން.. އަދި ދެން ހުރި ރިސޯޓު ތަކުން ގައިޑްލަިއން ތަކަށް ތަބާވާ މިންވަރު ބަލަން ޖެހޭ.. އަދި ރިސޯޓުތަކަކީ އަޅު މަސައްކަތް ކުރުވާ ޖަލު ތަކެއް ގޮތަށް އޮންނަ އޮތުން ހުއްޓުވަން ޖެހޭ....
ނެގުނުކަތީބު
10 November 2020
ހެކި ހުރިއްޔާ ވާނީ ކީއް! ހެއްކާއި ގަރީނާއަކީވެސް މިޒަމާނުގައި ނިކަމެތިންގެ މައްޗަށް ސާބިތުވާ އެއްޗެއްނޫންތޯ ؟ އެމީހުން ކޮންމެވެސް ދިމާލަކުން ދެމިގަންނާނެ، އާޚިރުގައި ކުއްވެރިވާނީ މަރްހޫމް؟؟
ނަޖިލިސް
10 November 2020
އެމްފީ އަލީ ރިޒާ ބަޔަކައް އިހުމާލުވި ހެކި ނެތީތޯ
ޑޮކްޓާރ. ބަނާނާ
10 November 2020
ކޮބާ ކޮވިޑާއި ގުޅިގެން ހަދާފައިވާ ޕްލޭން؟ ކޮބާ ޑޮކްޓަރގެ ލިޔުން އޭނާގެ ޒިއްމާ ؟ ކޮބާ އެޗް އާރުން ބަލިމީހާ ފުރާނަ ސަލާމަތްކުރުމަތް ކުރިމަސައްކަތް؟ ކޮބާ މެނޭޖްމަންޓް ގެ ޒިއްމާ؟ރިސޯޓްގެ އޮފަޜޭޝަން މުހިއްމުކަމަށް ބެލެވި މެނޭޖްމަންޓުގެ އަޅާލުންނެތި ރިސޯޓްގެ ނިކަމެތި މުއައްޒަފެއް މަރުވެގެން ދިޔަ މައްސަލަ ހަރުދަނާ ގޮތަކަށް ބަލާ މިކަމުގައި ޒިއްމާ ވާ މީހުންނަށް ހަރުކަށި އަދަބު ދިނުމައް ސަރުކާރަށް ގޮވާލަން!