ޚަބަރު / ފައްޔާޒު އިސްމާއިލް (ކުރީގެ މިނިސްޓަރު)

ބާނާ ހުރިހާ މަހަކަށް ރަނގަޅު އަގުހޯދަން ބޮޑު އިންވެސްޓެއް ކުރަނީ

ދިވެހި މަސްވެރިންތަކެއް ދޯންޏެއްގައި ތިބެގެން މަސް ބާނަނީ. ރާއްޖެއަށް ބާނާ ހުރިހާ މަހަކަށް ރަނގަޅު އަގު ހޯދަން ބޮޑު އިންވެސްޓެއް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވި. --- ފޮޓޯ: ދިވެހި މަސްވެރިން ޓުވިޓާ.

ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ބާނާ ހުރިހާ މަހެއް ވެސް ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި އެކްސްޕޯޓް ކުރުން ކަމަށާއި އެކަމަށް ބޮޑު އިންވެސްޓެއް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިންޑަސްޓްރީ ކުރިއަރުވަން އަންނަ އަހަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ސަރުކާރުން އަމާޒުހިފާފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ދެތިން ހަތަރު ލަނޑުދަނޑިއެއް ކަނޑައަޅާފައިވާ ކަމަށާއި ފިޝަރީޒް މިނިސްޓްރީއާ އެކު އެކަމާ ބެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އެއް މަސައްކަތަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މަސްވެރިކަމުގެ އުފެއްދުންތަކަށް ވެލިއު އެޑްކުރުމުގެ ގާބިލުކަން ރާއްޖޭގައި އިތުރުކުރުމެވެ.

"އެއްކަމަކީ މިހާރު ދިވެހިރާއްޖެއަށް ބާނާ މަސް މިދަނީ ރޯ ފޯމްގައި ވަރަށް ކުޑަ އަގެއްގައި ނޫނީ ގެއްލުމުގައި. އަޅުގަނޑުމެންނަށް ކުރެވުނު ހިސާބުތަކުގެ ތެރޭގައި އެކަން ރަނގަޅުކުރެވެން އޮތީ އަޅުގަނޑުމެން ސްޓޯރޭޖް ކެޕޭސިޓީ ވަރުގަދަކޮށް ވެލިއު އެޑިޝަން ގެނެސްގެން. އަޅުގަނޑުމެންގެ ޓާގެޓަކީ މިފްކޯގެ ފެލިވަރު ކޭނިން ކެޕޭސިޓީއަށް އިންވެސްޓްކުރުން،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަަކަށް 30 މިލިޔަން ޑޮލަރު (462.6 މިލިޔަން ރުފިޔާ) އިންވެސްޓްކުރުމުން ރާއްޖޭގައި ބާނާ ހުރިހާ މަހަކީ ވެލިއު އެޑެޑް އުފެއްދުންތަކަށް ހެދޭނެ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރުމުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ވެސް މިިނިސްްޓަރު ވިދާޅުވި އެވެ.

އެވަރުގެ އިންވެސްޓެއް ކުރުމުން އެކުއަ ކަލްޗާ އާއި މެރިކަލްޗާ މަސަައްކަތްތައް ވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ 70 ޕަސެންޓަކީ ގަނޑުކުރި މަހުގެ ގޮތުގައި އަގު ހެޔޮކޮށް ތައިލެންޑަށް ވިއްކާ މަހެވެ. އެގޮތަށް އެކްސްޕޯޓް ކުރާ އިރު ސަރުކާރުން ކަނޑައަޅާ ރޭޓެއްގައި މަސްވެރިންގެ އަތުން މަސްގަންނަން ޖެހޭތީ މިފްކޯއަށް ކޮންމެ އަހަރަކު ބޮޑު ގެއްލުމަކާ ކުރިމަތިވެ އެވެ. އެކަަމަށް ހަލެއް ހޯދުމުގެ ގޮތުން ތައިލެންޑުގެ މަސް ފެކްޓްރީތައް މެދުވެރިކޮށް ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކުރުމަށް ނިންމާފައި ވާ ކަމަށް މިފްކޯއިން ކުރިން ވަނީ ބުނެފަ އެވެ.

11 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 23%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

13 November 2020

ވެލިއު އެޑްވީމަ މިހާރު ޑޮލަރަކަށް ލިބޭ މިފްކޯގެ މަސްދަޅު ދެން ލިބޭނީ 2 ޑޮލަރަށް، އޭރުން އިތުރަށް ދިވެހިން ފެލޭނީ! 5 ރޮނގުދެމި ތާޒާ ކަޅުބިލަމަސް ކިލޯއެއް ލަންކާއިން ޑޮލަރަކަށް ލިބޭ!

The name is already taken The name is available. Register?

1828

11 November 2020

މިސަރުކާރުގައި ކައުންސިލްތަކަށް މަސްކިރުވޭނެ. އެއީ އެމްޑީޕީ އަޑީގައި އޮވެގެން އަދި ހިތްވަރުދީގެން ބަޔަކު ލައްވާ ކުރުވިކަމެއް. ހަމައަގު ނުދެވޭކަމަށްވަނީ ނަމަ މިހާރު ކައުންސިލަށް މަސް ނުކިރުވޭން ޖެހޭ ސަބަބެއް ނެތް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 November 2020

ރާއްޖޭގައި ޓްއަރިޒަމް ސެކްޓަރ އާއި މަސްވެރިކަމާއި ދަތުރު ފަތުރުގެ އިންޑެސްޓްރީ ފަދަ އިޤުތިސޯދީ ބައެއް ދާއިރާތައް ކުރިއަރައިދިއުމަށް އޮތް ހުރަހަކީ މިހާރު އެކަންކުރާމީހުނާއި މާލޭސަރުކާރުގެ ޕޮލިސީ މޭކަރުންނާއި ދެމެދުއޮތް ގާތްގުޅުން. # މަހުގެ ހަމައަގު މަސްވެރިޔާއަށް ލިބޭނީ މަސްގަނެ އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ހުރަސްތައް ނައްތާލައިގެން. މިކަން ކުރުމަށްޓަކާ ހަނިމާދޫ އަދި ގޭން އެއަރޕޯޓުން ފިނިމަސް އެކްސްޕޯޓް ކުރުމަށް ތައްޔާރުވެ ފުރުސަތު ހުޅުވާލައްވާ.

The name is already taken The name is available. Register?

މޫސަ123

10 November 2020

ކޮބާތަ މަސްވެރިޔާ ޖީބައް ސީދާ ޑޮލަރުވަންނަގޮތަކީ އެގޮތް ކިޔާދީބަލަ ގައިމު މެނިފެސްޓޯގަ އެވާހަކަ އެބައޮތް އަދި ގޭދޮށު މަސްފެކަޓުރީގެ ވާހަކަވެސް ވޭ . އަދި މާވަރުގަދަ ކަންނެލި ޖަގަހަ ތަކަކާއި ބޭރުގެ ބޯޓުފަހަރަށް މަސްކިރާ ވާހަކަ އަދި މަސްވެރީންނަށް ޕެންސަން ލިބޭނެ ވާހަވެސް އޮވޭ.

The name is already taken The name is available. Register?

ކަކުނިބޯ

10 November 2020

ކަުދި ކިދި ކޭނިނގް މެޝިން އާއ އި ޕްރޮސަސިންގ މެޝިން ތަ އާރަފްކޮށްބަލަ. އަދި ކޭނިންގ މެޝިންތަ އާރަފްކޮށްބަލަ. މަސްވެރިރަށްށަށް މިކަން ތަ އާރަފްކޮށް އެޕްރޮޑަކްޓްތަށް މުޅިރާ އްޖެ އަށް ވި އްކަމުންދާނެ އަދި މިފްކޯޕްރޮޑަކްޓްތަށް ތިޔަބުނާ މަރކެޓްތަކަށް ވި އްކަބަލަ އެކަމަކު ފެންނަނީ އެހެން މަންޒަރެކެވެ. މިފްކޯމަސް ރާ އްޖެ އަށްވި އްކަނީ ރަނުގަ އެވެ. އެކްސްޕޯޓް ކުަރަނީ ދަށް އަގުގަ އެވެ. އަދި މިބުނާ ގޭދޮށު ފެކްޓްރީތަށް ސަރކްޤަ އުމުތަކަށް އެކްސްޕޯޓްވިޔަދޭށެވެ.

The name is already taken The name is available. Register?

މިނިމަސް

10 November 2020

ބަާނާ މަސްކޮޅު ނުކިރޭއިރު އަދިވެސް އޮޑިފަހަރު ބޮޑެތިކުރީމަކާ ކަމަކުނުދޭ...އޮޑި ބޮޑުވީމަ މަސްވެރިކަން ދަށްއިރު ހިންގުމުގެ ޚަރަދު ބޮޑުވެގެންދާނެ..ފަޅުން ދޯނި ނެރެލަން 10000 ޚަރަދުވީމާ މަސްވެރިކަން ދަށް ދުވަސްވަރު ދެކޮޅުނުޖެހިދާނެ.

The name is already taken The name is available. Register?

ޖަމަލު

10 November 2020

ވެލިއު އެޑު ކޮށްގެން ބޭރުކުރަން މިހާރު ކުރަން ވެއްޖެ ކަމެއް. ދިވެހި އަގުބޮޑު ލޭބަލު ތަކުގެ ފައިދާ ނަގަނީ ބޭރު މީހުން. މާ ބައިވަރު މަހެއް ނުބޭނިއަސް ދިވެހިންނަށް ހެޔޮވަރުގެ ފައިދާއެއް ލިބެން ޖެހޭނެ. މިހާ ދުވަސް ވިއިރު ޕްރިމިއަމް ލަގްޒަރީ ބްރޭންޑެއް ބިލްޑު ނުވެ އޮތީމަ ވަރަށް ދެރަ. ދެން ނުވިއަެ ކިޔާފަ ކަނޑުވެސް އިންޑިއާއަށް ދީ

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

10 November 2020

2008 ން ފެށިގެން ދައްކަމުންދިޔަ ނަނާހުވަފެން.

The name is already taken The name is available. Register?

ފައްޔާޒްއަކީ

10 November 2020

ލޯޔަރެކެވެ. އިގްތިސާދީ މީހެއް ނޫނެއްނުން؟

The name is already taken The name is available. Register?

މޫސާަކުއްދާ

10 November 2020

ތަޢުލީމާއި އިޚްލާސްތެރިކަން ހުރެ ދުނިޔޭގެ ކަންހިނގާމަގު އެމީހަކަށް އެނގޭނަމަ އިގްތިސާދީ މީހަކަށް ވުމަކީވެސް ނިކަން ފަސޭހައިން ކުރެވިދާނެކަމެއް! ނޫންތަ؟

The name is already taken The name is available. Register?

ާޑޮކްޓަރު

11 November 2020

އެމީހަކު ކިޔެވި ދާއިރާއަކުން ޕްރެކްޓިސް ކުރުން އެންމެ ރަގަޅު ގޮތަކީ. މަށަކީ ޝެއިޙެއް ނޫންް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454