ޚަބަރު / މުވައްޒަފުން

ރިސޯޓެއްގައި ރޭޕްގެ އަމަލެއް ނުހިނގާ، އުޅުނީ ގައިގައި އަތްލާން: ފުލުހުން

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ރިސޯޓެއްގައި ފެންމަތިވީ ނުރުހުމުގައި އަތްލާން އުޅުނު މައްސަލައެއް ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/މިހާރު

ރިސޯޓެއްގައި ދިވެހިި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައުލޫމާތުތަކެއް ފެތުރުނަސް، އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށާއި އެކަމަކު ނުރުހުމުގައި އަތްލާން މަސައްކަތް ކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ އިންޑިއާގެ ފިރިހެނަކު ދިވެހި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ވާހަކަތަކެއް މީޑިއާގައި ދާދިފަހުން އާންމުވި އެވެ. އޭރު ފުލުހުން ބުނެފައިވަނީ އެފަދަ ކަމެއް ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި އަދި ބައެއް މީޑިއާތަކުގައި އެ ވާހަކަ އޮތުމުން އެކަން ބަލަމުންދާ ކަމަށެވެ.

ފުލުހުން މިރޭ ބުނީ އެ ހާދިސާގެ މައުލޫމާތު ބެލިއިރު، ރޭޕް ކުރުމުގެ އެއްވެސް އަމަލެއް ހިނގާފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށާއި އެކަމަކު ރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ނުރުހުމުގައި އޭނާގެ ގައިގައި އެ ރިސޯޓްގައި މަސައްކަތްކުރާ ބިދޭސީއަކު އަތްލާން މަސައްކަތް ކުރި ކަމަށް އެ އަންހެން މީހާ ބުނާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލަ މީޑިއާ އަށް އައުމުގެ ކުރިން ފުލުހުންނަށް ރިޕޯޓް ކޮށްފައެއް ނުވެ އެވެ. އަދި ފަހުން އެ މައުލޫމާތު ލިބިގެން ބެލިއިރު، ތުހުމަތު ކުރެވޭ މީހާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.

9 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 7%
icon angry icon angry 89%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުންނާރުފަނި

09 January 2021

އިންޑިޔާ މީހުންނަށް މި ސަރުކާރުން ކަނޑައަޅާފައިވާ ޚާއްޞަ ޙިމާޔަތުގެ ދަށުން ކުށްކުރި މީހާ ފުރުވާލުމަށްފަހު، ސަރުކާރުގެ މޫނުމަތި ރީތިކުރުމުގެގޮތުން ފުލުހުންގެ އިސްވެރިންނަށް ޙަވާލުކޮށްފަ އޮތް ޓާސްކް ފުރިހަމަކުރުމުގެގޮތުން ތިހެން ނެރެ ބަޔާނަކުން ޙަޤީޤަތް ބަދަލުވާނެކަމަކަށް ނުބެލެވޭ، މީހެއްގެ ނުރުހުމުގައި މީހެއްގެ ގަޔަށް އަތްލާން މަސައްކަތްކުރުމަކީވެސް ކުށެއް، އަދި އެކުށް ކުރީ ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތެއް އޮވެގެންކަން އެބައެގޭ!

The name is already taken The name is available. Register?

ޢައްޔުބޭ

09 January 2021

ކޮންމެއަކަސްއެއްޗެއް ބުނަންޏާ ބުނެވޭނީ ފުލުހުން އިންޑިއާ ރައްޔިތެއްވީމަ މި މައްސަލަވެސް ޑަކުރުމުގެ ވިސްނުންހުރި ކަމަށް މިއޜޓކަކް ކިޔާއިރު އިހުސާސްކުރެވޭ. ވަކި ޙާއްޞަ ސްޕީޝީޒް އެއްހެންހީވޭ އިންޑިއަންސް

The name is already taken The name is available. Register?

ޅަބޭ

09 January 2021

ރާއްޖޭގަ މިފެންނަނީ އަބަދުވެސް ރޭޕިސްޓު އޭއްޗެކޭ މީއްޗެކޭކިޔާފަ ސަލާމަތްވެން ދާތަން.

The name is already taken The name is available. Register?

ފައުޒީ މާލިމީ

09 January 2021

ފުލުހުންބުނި ސަފާރީ ކޭސްގަވެސް އެއްވެސްކަމެއް ނުހިނގަޔޭ.ތީ އަހަރުމެން އިތުބާރުކުރާ ބަޔެއްނުން.ސަރުކާރުން ބޭނުންވާ ގޮތަކަށް މައްސަލަ ނިންމާލާނެ.ރޭދުވާވެސް އޮޅުވާލާނެ.

The name is already taken The name is available. Register?

ސޯލްޓީ

09 January 2021

ޢަވަހޭ ބެޗިލެއް

The name is already taken The name is available. Register?

މޮހިތު

09 January 2021

ކިހާ ދެރަކަމެއް. ރިސޯޓެއްް ވިއްޔާ ނަމެއްވެސް ނާދޭ! ރިސޯޓުންތޯ ޕޮލިހުންގެ މުސާރަދެނީ؟

The name is already taken The name is available. Register?

ދިއްދޫމީހާ

09 January 2021

ރޭޕްއަކީ ރުހުމުގަ ކުރާކަމެއްބާ؟؟؟ މިފަހަރުވެސް ރޯޔަލް ރޭޕްއަކަށް މިވީ، އިންޑިޔަން ރޯޔަމް ރޭޕްއެ،،

The name is already taken The name is available. Register?

މުހަންމާކަލޯ

09 January 2021

މީގަ ގޯސްވާނީ ފުލުހުން، އެމީހުންނަށް ރިޕޯޓް ނުކުރާކަމެއް ބަލަންއުޅުނީމަ އަދި ރޭޕްއެއް ނުހިންގައޭ ބުނީމަ. އޭގެކުރިން އޮތީ ސޯސަލް މީޑިއާގަ ރޭޕްކުރިކަމަށް އަޑު ފެތުރިފަ. ދެން އާންމުން އެނޫންއެއްޗެއް ގަބޫލެއްވެސް ނުކުރާނެ.

The name is already taken The name is available. Register?

1828

08 January 2021

ގައިގައި އަތްލަން ޖެހޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454