ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. ހުުޅުމާލެ ކްލިނިކް ސައިން ހައުސް އާ ހަވާލުކުރީ މިނިސްޓަރު ފައްޔާޒްގެ ނުފޫޒުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވި.
07 މާޗް 2021 - 10:56
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް، ކްލިނިކެއް ހިންގަން ހުއްދަ ދިނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.
ހުޅުމާލޭގައި "ހެލްތު އެންޑް ވެލްނަސް ސެންޓަރު" ހިންގަން ހުއްދަ ދިން މައްސަލައިގައި ނަޝީދު ނުރުހުން ފާޅުކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިނިސްޓަރު ފައްޔާޒު ވެސް އިންނަވާ އެ ގްރޫޕްގައި ލިޔުއްވި މެސެޖުގައި ނަޝީދު ވިދާޅުވީ، އެ ކްލިނިކް ހިންގަން ހުއްދަ ދިނީ އެކަމަށް ޝަރުތު ހަމަނުވާ ބަޔަކަށް ކަމަށާއި އެގޮތަށް އެކަންތައް ކުރީ ފައްޔާޒުގެ ނުފޫޒުން ކަމަށެވެ.
"ފަޔާ އަޅުގަނޑު މި ހުރީ ތިޔަކަން ތިޔަހެން ދާން ދޫކުރާކަށް ނޫން. ކުރީގައި ވެސް ބުނިން،" ނުފޫޒު ބޭނުންކުރައްވައިގެން ފައްޔާޒު ކަންކަން ކުރައްވާ ކަމުގެ ތުހުމަތު މީގެ ކުރިން ވެސް ކުރެއްވި ނަޝީދުގެ މެސެޖުގައި ވިދާޅުވި އެވެ.
ނަޝީދުގެ އަރިސް ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މަނިކުފާނު އެންމެ ބޮޑަށް ކޯފާވީ މަޖިލީހުގެ މެމްބަރަކު ޝާމިލުވާ ކުންފުންޏަކާ ކްލިނިކް ހަވާލު ކުރުމުންނެވެ. އެއީ މެމްބަރުންނަށް ސަރުކާރުގެ ނުފޫޒު ފޯރުވުމާ ކުރިއްސުރެ ނަޝީދު ދެކޮޅު ހައްދަވާތީ އެވެ.
ރޮޒައިނާ ހިއްސާވާ ކުންފުންޏަކީ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނަ ގޮތުގައި ޑީމް ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނީގެ އެއް ހިއްސާދާރަކީ ލިޔެކިޔުމުން ފެންނަ ގޮތުގައި ރޮޒައިނާ އެވެ.
މިނިސްޓަރު ފައްުޔާޒާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގެން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަވަން ވެސް ނަޝީދު މީގެ ކުރިން މަސައްކަތްޕުޅު ކުރެއްވި އެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ނަޝީދު އިސްވެ ހޯއްދަވަމުން ގެންދަވަނިކޮށް، ފައްޔާޒަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ވިދާޅުވެ، އޭނާގެ ދިފާއުގައި އެފަހަރު ނުކުމެވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ހިސާބުން އެ މައްސަލަ ވަނީ އެ ހިސާބުން ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލްޓަންޕާކް
09 March 2021
ދެން ފަހެ ވޯޓާ ދިމާކޮށް ދެބޯގެރި ދުއްވަން ފަށައިފިއެވެ.. ރައްޔިތުން ހަނާވަނީއެވެ.
ޙަަސަނުގެ ހުސޭނު
07 March 2021
ކޮންހާ ޑްރާމާއެއް، ހަމަ އެކައްޗެއް!
ނޫރާނީމާ
07 March 2021
ކޮންކަހަލަ މޮޅު ޑުރާމާތަކެއްތަ މި ކުޅެނީ
ބޫރޯ
07 March 2021
ހުޅުމާލޭގައި ވަގުތީ ލޭބާ ކުއާޓާއެއް އަޅަންވެގެން އިކޮނޮމިކް މިނިސްޓްރީން ރޯޑް ކޯޕަރޭޝަނާ ހަވާލުކޮށް، 20 މިލިއަންއަށް ކުރެވެން އޮތް އެމަސައްކަތް އެކުންފުނިން އުޅެނީ 250 މިލިއަނަށް ތަޖްރިބާއެއް ނެތް، މަކަރުވެރި ފޭކް ކުންފުންޏަކާ ހަވާލުކުރަން. މައުލޫމާތު ލިބޭ ގޮތުގައި މިހާރު ބްރޯ ވަނީ މަސައްކަތް ހަވާލުކުރާނެ ކަމަށްބުނެ އެކުންފުނިން 200 މިލިއަން ރުފިޔާވެސް އަތުލާފަ. ނަމަވެސް ރޯޑުގެ ބޯޑު ދެބައިވެފައިވުމުގެ ސަބަބުން އެގޮތަށް ފާސް ނުވެގެން އުޅެނީ.
އަސްލު ބްރޯ
08 March 2021
250 މިލިއަންގެ ޕްރޮޖެކްޓެއް. ކަޓަށް 200 މިލިއަން؟ ތި ވާހަކައިގެ ތެދުކަން އެބަ އެނގޭ. ?♂️
ހޭލާ
07 March 2021
އެމްޑިޕީ އެތެރޭގައި ހިނގާ އަރާރުމެއްގެ ސަބަބުން ގެއްލުން ލިބޭނީ އާންމު މެންބަރުންނަށެވެ. ނަޝީދު ބޭނުންވަނީ އަނެއްކާވެސް ވެރިކަން ބީވެ އެމްޑީޕީގެ އާންމު މެންބަރުން މަގުމަތި ކުރާށެވެ. އަބަދު މަގުމަތީ ބޭއްތިއްބުމަކީ ނަޝީދުގެ މުޓޯ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން ފުންކޮށް ވިސްނަންޖެހިއްޖެއެވެ. އަބަދު މަގުމަތީ ތިބޭނީތޯ ވެރިކަން ދިފާއުކޮށް ވެރިކަމުގައި ތިބޭނީތޯ.
އަލާއުއްދީން
07 March 2021
ފައްޔާޒަކީ ވަރަށް ވިސްނޭ ބޭފުޅެއް. ތިވަރަށް ދިމާކުރާއިރުވެސް ޕްރޮފެޝަނަލްކަން އެބަފެނޭ. އަދި ނަމުން ޑިމޮކްރަސީ ކަމުން ހުދުމުޚްތާރު މީހުންވެސްފެނޭ. މަލީހު ބޭރުކުރުމުން އަދި އަލީ ވަހީދު ބޭރުކުރުމުން އެމިނިސްޓްރީތައް ހިންގުންވެސް ފައްޔާޒަށް. ޢިތުބާރުނެތްކަމުގެ ވޯޓެއްވެސް ނުނެގުނެއްނު. ދެން ކޮންމެވެސް އެހެން މީހަކާ ދިމާކުރެވޭތޯ އުޅެބަލަ.
އޮޅުވާލުމުގެ ހައްދު
07 March 2021
ނަޝީދު ރުޅި އައިސްގެން އުޅެނީ އެ ޕްރޮޖެކްޓަ ހަސަން އަފީފުގެ ހިއްސާ އޮންނަ ކުްނފުންޏަށް ނުދީ ރޮޒެއިނާއަށް ދިނީމަ. މެމްބަރުން ވިޔަފާރި ކުރަން ވަންނަނީ މަޖިލީހަށް، ފެއަރ ކޮމްޕެޓިޝަނެއް ނޯވޭ، މިނިސްޓަރާ، ސަރުކާރު ކުެންފުނިތަކުގެ ސީއީއޯ އާ ގުޅާލައިގެން މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތައް ކާލައިގެން ނޭވާ ނުލެވޭ ވަރަށް ލާރި އަޅާ ބަނޑު ފުރަިއގެ ހިނގާނުލެވިފަ މި އެންމެން މިތިބީ.
ބަރުބާދު
07 March 2021
ބާރަށް ބާރަށް ކުރިޔަށް ބާރަށް، ބޮޑުދެގެރި ލައްވާ ތަޅުވާތަޅުވާ ޕާޓީ ހަނަފަސް ކޮއްލާ.
ގުނބޯބެ
07 March 2021
ޢަންނި އަށް ހީވެގެން އުޅެނީ އެމްޑީޕީއަކީ ތިމަންނައޭ މިއީ ސިޔާސީ ޕާޓީއެއްކަން ގަބޫލުކޮށްބަލަ ޕާޓީ އުފެއްދީ ގޯގޯ ލަތީފު މެން، މަވޯޓާ ޝަރީފު މެން މޮޑީ މެން އިބުރާ މެން ރީކޯ މޫސަ މެން މިއެންމެން ބޭރުކޮށްފަ މުޅިއެތިކާނުލެވިގެން ތިޔަ އުޅެނީ
ދޯކާ
07 March 2021
ނަޝީދު ޖެހޭނީ މަހަށް ދާން! ތާއީދު ގެއްލޭތީ ހަޖަމު ނުވަނީ އަސްލު ސިފަ ފެނުނީމާ ހޮޑުލަވާ