ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް އޮޅުވާލައިގެން ގެންގޮސްފައިވާ ބައެއް ތަކެތި --
13 އޯގަސްޓް 2021 - 21:22
ބޭންކެއްގެ ސައްހަ ސްލިޕެއް ކަމަށް ބުނެ އޮޅުވާލައިގެން މިލިއަނެއްހާ ރުފިޔާގެ މުދާ ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ރޭ ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ބޭންކެއްގެ ސްލިޕެއް ދައްކައި އޮޅުވާލައިގެން ގެންގޮސްފައިވާ ތަކެއްޗާއެކު އުމުރުން 47 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، އެ މީހާގެ އަތުން ފެނުނު ތަކެތީގެ އަގު މިލިއަނެއްހާ ރުފިޔާ އަށް އަރާނެ އެވެ.
އޮޅުވާލައިގެން ތިން ފިހާރައަކުން އެ މީހާ ގެންދިޔަ މުދާތަކުގެ ތެރެއިން ވެރިފަރާތް ހޯދިފައިވާ ފަރާތްތަކާ ބައެއް މުދާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެ މީހާގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަބްދުﷲ އަހުމަދު
14 August 2021
ތިޔަ ފިހާރަތަކުގަ މުދާ ދޫކުރަން ތިބި ސޭޓުންގެ ޒިންމާދާރުކަން ކުޑަކަމުން ތިޔަކަހަލަ މަޅީގަ ތިޖެހެނީ. ކިތަންމެ ކުޑަ އަދަދެއްގެ ޓްރާންސްފާ ސްލިޕެއް ލިބުނަސް ފިހާރައިގަ މުދާދޫކުރަން ތިބޭ ސޭޓުންނައް އެ ސްލިޕުގެ ސައްހަކަން ވަގުތުން ކަށަވަރު ކުރެވޭނެގޮތެއް ހެދިފަ ނެތިއްޔާ، ފިހާރާގެ ވެރިން އެބަޖެހޭ ވަގުތުން އެކައުންޓަށް ލާރި ޖަމާވިކަން ކަށަވަރު ކުރަން.
ހިތަދޫ ހުސެން
14 August 2021
ބެންކް އެއްބާރުލުން ލިބިގެން ވާނީ، ކަސްޓަމަރުންނަށް ވަރަށް ފަސޭހަ ހިދުމަތެއް ވިޔަފާރިވެރިންވެސް ބޭނުން ވާ ގޮތް އެކަމަކު ބޭންކުން ވެރިފައި ކުރެވޭނެ ފަސޭހަ ގޮތެއް ފަހި ކޮށެއް ނުދޭ ހިލޭ ހިދުމަތެއް ވީމަ.
ޙަބީބު.
14 August 2021
އަދުލުއިންސާފު ނެތްތާކު ތިކަހަލަ ހުރިހާ ކަ މެއް ހިނގާނެ އަދުލުއިންސާފު ގާއި މު ކުރަންވީގޮތް ގުރުއާނުން އެއޮތީ އަންގަވާފަ އެއީ 88 މެންބަރުންގެ ނުކުޅެދޭ ގާނޫނުން ފާސްކުރަންޖެހޭ އެއްޗެއްނޫން
ބުހުތާނު ދޮގު
14 August 2021
ޒިނޭ ކުރީމާ އަންހެންމީހާ ގައިގާ ހައްދު ޖަހާ ހިތުން ތިބޭނީ ދިވެހިން ތިބެނީ މުއް އަނބުރާލާ އަނބުރާލާ. އެކަމު މިލިއަނުން ވަގައް ނެގީމަ އެކަމައް އޮންނަ ‘އިސްލާމީ ޝަރީއަތުގެ’ ހައްގު އަދަބު ގެ ވާހަކަ ބުނެލަންވެސް ބިރުން ތިބެނީ. ނޫނީ 1 މިލިއަން ރުފިޔާ އަކީ 100 ރިޔާލައް ވުރެ މަދީތަ؟ އަތް ކަނޑާ ހުކުމް 100 ރިޔާލައް ވުރެ މަތިވީމަތަ ޝަރުތު ހަމަވަނީ؟
ރޫން
14 August 2021
ކަޓަރެއް ނާޅަޔޯ. އެއްޗަކީ ވައްކަމާ ލޫޓުވުމާ ފޭރުމާއި އޮޅުވާ ލުމާއި މަކަރާ ހީލަތޯ. ތަރައް ގީއަކީ މި މިހުން ހައްޔަރުކުރާނެ ޖަލުތައް ބިނާ ކުރުމޯ.
މީޓޫ
13 August 2021
އަހަރުމެން ހިނގާ ފިހާރައަށް ވެސް ދެފަހަރެއްގެ މަތިން ސްލިޕް ތިގޮތަށް ފޮނުވި. ކޮންމެ ފަހަރަކުވެސް ފޮނުވާފަ ހުރީ އިސްލާމިކް ބޭންކުގެ ފޭކް ސްލިޕެއް. ސްލިޕްކޮޅު ފޮނުވާފަ ގުޅާފަ ބުނަނީ ރޭގަނޑު އޮންނަ މަސްބޯޓަކަށް އެއްޗެހި ލައިދިނުމަށް. އަދި ބިލުގަިމއި ޕެއިޑް ސްޓޭމްޕް ޖަހާފަ ފޮޓޯ ފޮނުވަން. މިފަދަ ކަންތަކުން ސަލާމަތްވުމަށް އަޅުގަނޑުމެން ޕޭމަންޓް ވެރިފައި ކުރަން ވަގުތު ނަގާވާހަކަ ބުނުމުން ޕޭމަންޓް ހޯލްޑު ކޮށްލާ ވާހަކަ ބުނޭ
މީޓޫ
14 August 2021
އެއް ބޭންކުން އެހެން ބޭންކެއްގެ އެކައުންޓަށް ފައިސާ ފޮނުވާނަމަ ރަަސްމީ ބަންދުނޫން އެއްދުވަސް ޕޭމަންޓް ޕްރޮސެސްކުރުމަށް ބޭނުންވޭ. އެއްބޭންކެއްގެ ޓްރާންސްފާތައް ވަގުތުންވާނެ.
އޮނަރަބްލް އަފީފު ދީދީ.
13 August 2021
ދިވެހިދައުލަތުގެ ބަޖޭޓްގެ ބޮޑުބައެއް އެބައެއްގެމައްޗަށް ހޭދަކުރުމުގެ ސަޤާފަތެއް ދަމަހައްޓަމުން އަންނައިރު "ސިފައިންނާއި ފުލުހުންގެ ފަރާތުން" ދިވެހިރައްޔިތުން އެދޭއެދުން އެފަރާތްތަކަށް ފުރިހަމަކުރެވެނީ ކިހާވަރަކަށްތޯ. # އަކަކިލޯމީޓަރު ހަމަނުވާ ކ.އަތޮޅުމާލެފަދަ ކުޑަކުޑަރަށްގަނޑެއްގައި ހިގަމުންދާކަންކަމާއި އެފަދަޖަރީމާތައް ބަލާހޯދައިގަތުމުގެ ކަންކަންހުރިގޮތުން LAPD ގެ މޮޓޯ ފަދަ ޓް ޕްރޮޓެކްޓް އެންޑ ސާރވް ގެ ދަށުން އެމަގަށް މަސައްކަތް ކުރާތަން ފެނޭތޯ؟
ޖިމް
13 August 2021
މި މީހާ ފޮޓޯ ނެތް؟
ސސސސސ
13 August 2021
ތީ އަދި މިހާރު ބާކީ ހުރި އެއްޗެއްސެއްނުން. އަދި ކިހާ އެއްޗެއް ބޭނުންކޮއްފަ ނޫނީ ވައްކާލާފާ ހުންނާނެ.
ތަމެންދޯ
13 August 2021
މިކަންވެސް މިހިނގަނީ ތަމެންގެ ވެރިކަމުގައިދޯ..