ކޮވިޑް ފެތުރޭތީ ލޮކްޑައުންކުރުމުން މަގުތައް ހުސްވެފައި. --ފޮޓޯ:އޭއެފްޕީ
27 އޯގަސްޓް 2021 - 16:32
ސްރީ ލަންކާގައި ކޮވިޑް ޖެހިގެން، އުމުރުން ދުވަސްވީ ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދިވެއްސަކު ލަންކާގައި މަރުވުމާ ގުޅިގެން އާއިލާ އަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލަމްބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ދަނީ ފޯރުކޮށްދެމުންނެވެ.
ހަލުވިކަމާ އެކު ލަންކާގައި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު އޮފިޝަލް ވަނީ ލަންކާގައި އުޅޭ ދިވެހިން އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށާއި ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އާބާދީގައި 21.8 މިލިއަން މީހުން އުޅޭ ލަންކާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިތުރުވެ، ހޮސްޕިޓަލުތަކާއި މޯޗަރީތައް ފުރި ގައުމު ވަނީ ލޮކްޑައުންކޮށްފަ އެވެ. މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން 10 ދުވަހަށް ލަންކާ ލޮކްޑައުންކޮށްފައިވާއިރު އެ ނިންމެވުން އެ ގައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ނިންމެވީ ހޮސްޕިޓަލްތަކުން ދެން ފަރުވާ ދެވޭނެ ޖާގަ ނެތް ކަމުގެ އިންޒާރު ސިއްހީ އޮފިޝަލުން ދިނުމާ ގުޅިގެންނެވެ.
އެ ގައުމުން މިހާތަނަށް 412,370 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އަދި ބަލީގައި 8,157 މީހަކު މަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
8976
29 August 2021
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. ދިވެހިރާއްޖޭގަ މިބަލި މާރަގަޅަށް ކޮންޓްރޯލްކޮއްފަ ބޭނުންވާ އެންމެނަށް ވެކޮސިން ޖަހާފަ އޮތްއިރު ދިވެއްސަކު ލަންކާކަހަލަ މިބަލި ކޮމްޓްރޯލްނުވެ، ހަދާނެ ނުހަދާނެއެއް ނޭގި މަރުވާމީހުން އަންދާ، ވެކޮސިން ޖެހުމިގަ އެހާ ފަހަތުގަ އޮތް ގައުމެއްގާ ދިވެހިން މަތުވާތީ އެބަ ޖެހޭ މިކަމާ ވިސްނާލަން. އެމަރުހޫމް ދުނިޔެ ދޫކުރިއިރު ވެކްސިން ފުރިހަމަ ކުރިބާ. އެންބަސީ އިން މި މައުލޫމާތު އާނަމުކުރުން މުހިންމު.
އުނެއިޝް
27 August 2021
ތިބުނާ 21 މިލިއަން މީހުންގެ ތެރެއިން ތިންބައި ކޮށްފައި އެއްބައި މީހުންނަށް ވެސް އަދި ވެކްސިން ނުޖެހޭ. އަހަރުމެން ޝުކުރުވެރިވާން ޖެހޭ.