އެމްޑީޕީގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ: މި އިންތިހާބުގައި ވޯޓުލީ ހައްގު ލިބިގެންވާ މީހުންގެ ދެބައިކުޅައެއްބައި މީހުން. -- ފޮޓޯ/ނިޝާން އަލީ
30 ސެޕްޓެމްބަރ 2021 - 18:57
އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ގައުމީ މަޖިލީހުގައި ފަސް އަހަރުގެ ދައުރަށް ތިބޭނެ މެމްބަރުން ހޮވަން މިދިޔަ ހޮނިހިރުދުވަހު ބޭއްވި ވާދަވެރި އިންތިހާބުގައި ވޯޓުލީ ހައްގު ލިބިގެންވާ މީހުންގެ 50 ޕަސެންޓު ކަން އެ ޕާޓީން މިއަދު އާއްމުކުރި ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 93،612 މީހަކަށެވެ. މީގެތެރެއިން އިންތިހާބުގައި ވޯޓުލީ 47،100 މީހުންނެވެ. މިއީ ހައްގު ލިބިގެންވާ މީހުންގެ 50.31 ޕަސެންޓެވެ.
ދާއިރާ ރައީސުންގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑުވީ މާލޭގަ އެވެ. އެއީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާދަކުރެއްވުމުންނެވެ.
އެމްޑީޕީން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާލެ އިން ވޯޓުލުމުގެ ހައްގު 13084 މީހުންނަށް ލިބުނެވެ. މީގެ ތެރެއިން ވޯޓުލީ 4،097 މީހުންނެވެ.
މީގެ ތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 3774 އެވެ. ބާތިލް ވޯޓުގެ ގޮތުގައި 323 ވޯޓު އޮތެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ-- ފޮޓޯ: ސޯޝަލް މީޑިއާ
މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީގެ މެމްބަރުން ވޯޓުލާން ނުކުތް އަދަދު މަދު ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. ފުރަތަމަ ފަހަރަށް މާލޭގެ ކޮންޓްރޯލް އެމްޑީޕީއަށް ގެއްލި ކައުންސިލްގެ ގިނަ ގޮނޑިތައް ނެގީ ޕީޕީއެމުންނެވެ.
މިދިޔަ ހޮނިހިރުދުވަހު ބޭއްވި ދާއިރާތަކުގެ އިންތިހާބުގައި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމާފައި ވަނީ އެޕްރީލް 24އާ ހަމައަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި އެންމެންނަށް ވޯޓުލުމުގެ ފުރުސަތުދިނުމަށެވެ. އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައިވާ ގޮތުން ނަމަ އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 53،000 އެވެ.
އިންތިހާބު ވާދަވެރިކަމާ އެކު ނިމުނު އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިިހްގެ ފެކްޝަނުން ބުނަނީ ޖުމްލަ 97 ގޮނޑީގެ ތެރެއިން 65 ގޮނޑި ކަށަވަރުވި ކަމަށެވެ. މިއީ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސަށް ލިބިވަޑައިގަތުން ކަމަށް ވެސް އެ ފެކްޝަނުން ދެކެ އެވެ.
އެކަމަކު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ތާއީދު ބޮޑީ ބަރުލަމާނީ ނިޒާމަށް ކަމަށާއި ގިނައިން ހޮވުނީ ބަރުލަމާނީ ކެންޑިޑޭޓުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގެ ކޮންޓްރޯލަކީ އެއްވެސް އިރެއްގައި އެއްވެސް ބޭފުޅެއްގެ އަތުގައި އޮންނަ އެއްޗެއް ނޫނެވެ. އަދި އެމަނިކުފާނަށް ތުހުމަތުތަކެއް ކުރެއްވިޔަސް ކޮންޓްރޯލް ހޯއްދަވަން ނޫޅުއްވާ ކަަމަށް ވެސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުލްފާ
01 October 2021
ޕާޓީގައި ތިބީ 53ހާސް މެންބަރުން ވޯޓުލާ ލިސްޓްގައި 90ހާސް މީ އަރަތެއް؟؟
ލިލީލޮލީ
01 October 2021
އެމްޑީޕީގެ ސައިޒު ދެން ލަލާ
ބަރުތީލަ
01 October 2021
އެމްޑީޕިގެ އެންމެ ބާރުގަދަ ގުނަވަނީކީ އެމްޑީޕީގެ ކޮންގްރެސް. ގައުމީ މަޖިލީހެއްނޫން
ބިލް ކުލިންޓަން
30 September 2021
51.3 ޕަސެންޓު ހަމަވީ އެހެންޕާޓީތަކުގެ މިހުންވެސް ވޯޓުލައިގެންނޫންބާ؟
އައްބެ
30 September 2021
ތިޔަ ޕާތީގައި 93 ހާސް ސައްހަ މެންބަރުން ނުތިބޭނެކަން ޔަގީން. ތީގައި ތިބޭނެ އިންތިހާބުތަކަށް ނުކުތް ކެންޑިޑޭޓުން ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ފުރާފައިވާ ފޯމުތަކާއި. އޮޅުވާލައިގެން ފުރާފައި ހުރި ފޯމްތަކާއި ވަޒީފާގެ ބިރަށް ފުރާފައިހުރި ފޯމްތައް.
ފޮނިފޮނިޓައްޕު ކުމާރު
30 September 2021
ކިރިކިރިޔާ ތިޔަ ޑިމޮކުރެޓިކު ޕާޓިގެ އިންތިޚާބު ތިޔަ ސައްހަވީ. ދެން ލަލަލާ.
ޙަބީބު.
30 September 2021
ޢެމްޑީޕީޔައްޓަކާ ޖާނާ މާލުން ގުރުބާން ވެގެން ގެނައި ވެރިކަމުގަ އެއްވެސް އުރަތްޕެއްނެތް ވީމާ އެމްޑީޕީ މަތިން އަބަދައް ފޫހިވީ ކޮންބާރެއް ނުލިބެނީ ނަމަވެސް އެމްޑީޕީޔަކީ މުޒާހަރާކުރުން ފިޔަވާ ވެރިކަމައް އަރުވަން ހެޔޮވާ ވަރު ބައެއްނޫން ދެންދުވަހަކުވެސް އެމްޑީޕީޔަކައް ވޯޓެއް ނުދޭނަން