ރިޕޯޓް / މިނިވަން ދުވަސް

މިނިވަން ދުވަހުގެ ބޮޑު ސުވާލު، ގާނޫނުއަސާސީ ކޮބާ؟

ސަލާމަތީ ބާރުތަކުގެ ދަށަށް ރައްޔިތުންގެ މަޖިލިސް ގެންގޮސް މެމްބަރުން މަޖިލީހަށް ވަންނަން ހުރަސްއަޅަނީ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިވެހި ދިދަ ހޫރުވައި، ގައުމީ ލަވަ ކިޔައި ރަސްމިއްޔާތުތައް ބާއްވައި ކުޅިވަރުތައް ކުޅުމަކީ ފުރިހަމަ މިނިވަންކަން އޮތުން ހެއްޔެވެ؟ ސަަރުކާރާއި ސަރުކާރަށް ސަޕޯޓްކުރާ މީހުންނަށް، އޭގެ ޖަވާބަކީ، އާއެކޭ އެވެ.

އެކަމަކު އަނެއް ބައެއްގެ ޖަވާބަކީ މި އެވެ؛

"އެއީ ދަޅައެއް. ރައްޔިތުންނަށް ލިބެން ޖެހޭ އެތައް މިނިވަންކަމެއް މިދަނީ ނެތެމުން."

މި ވާހަކައިގެ ހެކި ދައްކަން އެ މީހުން ނަގާ ހަތިޔާރަކީ ގާނޫނުއަސާސީ އެވެ. އެތަކެއް އަހަރެއްގެ މަސައްކަތުން ދިވެހިންނަށް ލިބުނު ގާނޫނުއަސާސީގައި ތިން ބާރު އޮތީ ވަކިކޮށްފަ އެވެ. އަސާސީ ހައްގުތަކާއި މިނިވަންކަން ވެސް ރައްޔިތުންނަށް ވަނީ ވަރަށް ފުރިހަމަ އަށް ކަށަވަރުކޮށްދީފަ އެވެ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމާއި އެ މީހަކު ބޭނުންވާ ސިޔާސީ ފިކުރެއްގައި ދެމިހުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމާއި މިހެން ގޮސް ޑިމޮކްރަސީއަކަށް ބޭނުންވާ އެތައް ހައްގެކެވެ. އެކަމަކު މި ހައްގުތައް މިހާރު ކޮބައި ހެއްޔެވެ؟ ހަނިކުރަމުން ގޮސް، އެއް ބަޔަކު ތިބެން މި ޖެހެނީ ބިރެއްގަ އެވެ.

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއް ފުލުހުން ހުއްޓުވަނީ.

ރައްޔިތުންގެ ފަރުދީ ބައެއް ހައްގުތައް "ގެއްލިއްޖެ" ކަމަށް ކުރާ ޝަކުވާތައް އިހަށް ބާއްވާށެވެ. އެ މިނިވަންކަން ދަމަހައްޓައިދޭން ތިބި ރައްޔިތުންގެ މަންދޫބުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި މިހާރު އެބަ އޮތް ހެއްޔެވެ؟ ޝަރުއީ ދާއިރާ އިން ހަމަހަމަކަމާއި އިންސާފު ގާއިމްކުރެވޭނެ ކަމުގެ ޔަގީން އެބަ އޮތް ހެއްޔެވެ؟ ހައްގުތައް ކަށަވަރުކޮށްދޭން އުފައްދާފައިވާ މިނިވަން މުއައްސަސާތައް މިނިވަން ހެއްޔެވެ؟ ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ އިތުބާރު އެބަ އޮތް ހެއްޔެވެ؟

"ނަމެއްގައި މިނިވަންކަން އޮވެފައި، ކަމެއްގައި މިނިވަންކަން ނެތުމަކުން އެއީ މިނިވަން ގައުމަކަށް ނުވޭ. ރަނގަޅު ވާހަކައެއް، ގާނޫނުއަސާސީގައި އޮވޭ މިނިވަން ގައުމެކޭ. އަޅުގަނޑުމެންގެ އިސްވެރިން އެބަ ވިދާޅުވޭ މިނިވަން ގައުމެކޭ. އެކަމަކު މިނިވަންކަމުގެ އެ އުފާ ހާސިލްވާނީ އެގޮތަށް ކަންތައްތައް ގާއިމްކޮށްގެން،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޒާހިރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ތިން ބާރު ވަކިކޮށްފައި މިވާ ނިޒާމުގައި ގާނޫނު ހެދުމުގެ ހުރިހާ ބާރެއް ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެތަނުން ނިންމާ ނިންމުމަކާ ގުޅޭ ގޮތުން، ސުވާލު އުފެއްދުމުގެ ބާރެއް އެހެން މުއައްސަސާއަކަށް ލިބިގެނެއް ނުވެ އެވެ. އެކަމަކު މި ގައުމުގައި މިހާރު ކަންކަން ހިނގަނީ އެ އުސޫލުން ހެއްޔެވެ؟

މިނިވަން ކަމުގެ ކުލަ ގަދަ މުނާސަބަތުތައް ފާހަގަކުރާއިރު ވެރިކަން ކުރާ ބާރުގެ އަމުރަށް، ސަލާމަތީ ބާރުތަކުން އެ ވަނީ މަޖިލިސް "ހިސޯރުކޮށްފަ" އެވެ. ގާނޫނުތަކާއި ގަވާއިދުތަކުން ބާރާއި އިމްތިޔާޒުތައް ދީފައިވާ މެމްބަރުންގެ "އާރާއި ބާރުތައް" އެ ވަނީ ގަދަކަމުން ހިފަހައްޓައިފަ އެވެ. މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަނެއް ދެ ބާރުން ގަދަވެގަނެއްޖެ ކަމަށް، އިދިކޮޅު ފަރާތްތަކުން، ހެއްކާ އެކު، އެ ދަނީ ދައްކަމުންނެވެ.

ނުފޫޒުން އެއްކިބާވެ ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ މިނިވަންކަމެއް މިއަދު ނެތޭ ގޮވަމުން ދަނީ މަޖިލީހުގެ މެމްބަރުންނެވެ. ސަރުކާރު ޒިންމާދާރުކުރެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވަނީ ވެސް ބާރުތައް ދީފައިވާ އެ މެމްބަރުންނެވެ. އެއް ބާރުު "އަޅުވެތިކޮށްފައިވާ" ކަމަށް ބުނެ، އެ މިނިވަންކަން ހޯދަން ވެސް އެ ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އަޅުވެތި ވަނީ ބޭރު ގައުމަކުން އެ ގައުމުގެ މައްޗަށް ވެރިވެގަނެ، ގަދަވެގަތުމުން އެކަންޏެއް ނޫނެވެ. އެ ގައުމެއްގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ހަނިކޮށް އަދި އެ ހައްގުތައް ބޭނުންކުރާ މީހުންނަށް ބިރު ބޮޑުކުރުމަކީ ވެސް އަޅުވެތިކުރުމެވެ.

"ގާނޫނު ހަދާ މަޖިލީހަށް އެ މީހުންގެ ނިންމުންތައް ނިންމުމުގެ ބާރާއި މިނިވަންކަން ނުލިބި ވާ ތަނެއްގައި ފަރުދީ މިނިވަންކަމުގެ ވާހަކަ ނުދައްކަމާތޯ. ގާނޫނު ހެދުމުގެ ބާރުގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ އެހެން އެއްވެސް ފަރާތަކަށް، އެތަނުން ގާނޫނާ އެއްގޮތަށް ކަންކަން ކުރާ ހިނދަކު. އަޅުގަނޑުގެ ނަޒަރުގައި، މަޖިލީހުގެ ކަންތައްތައް ވެސް އެދަނީ އަޅުގަނޑުމެން ނިންމާފައި އޮތް ގާނޫނުއަސާސީގައި އޮތް ގޮތަކަށެއް ނޫން،" ޒާހިރު ވިދާޅުވި އެވެ.

"އަޑުއުފުއްލާފައި ބުނަންވީ ދުނިޔޭގައި އޮތް އެންމެ މިނިވަން ގައުމޭ މިއީ. ނޫނިއްޔާ މި ސަރަހައްދުގައި ޝަރުއީ ދާއިރާގެ އެންމެ ރަނގަޅަށް ކަންތައް ކުރާ ތަނޭ އަމިއްލަ އަށް ބުނަންވީ. އެ ވާހަކަ ބުނަންވީ މަސައްކަތުގައި ތިބޭ މީހުންނެއް ނޫން. އެ ވާހަކަ ދައްކަންވީ އަޅުގަނޑުމެން ރައްޔިތުން. އާއްމު ފަރުދުން،"

ހާރިޖީ ސިޔާސަތުގައި ވެސް ރާއްޖެ މިހާރު ދަނީ އަމިއްލަ މިނިވަންކަން ދޫކުރަމުންނެވެ. އެކަމަކު މިއީ އިނގިރޭސިންގެ އަތުން 1965 ގައި ރާއްޖެ މިނިވަން ވީ ފަހުން ވެއްޓުނު ވަޅުގަނޑެއް ނޫނެވެ. ދެ ތިން ގައުމަކުން ބުނާ ގޮތަކަށް މިހާރުގެ ސަރުކާރުން ވަނީ ޒަމާންވީ ރަހުމަތްތެރި ބައެއް ގައުމުތަކާ ސިޔާސީ ގުޅުން ވެސް ކަނޑާލައިފަ އެވެ. އެގޮތުން ސައުދީ އަރަބިއްޔާ އިން އީރާނާ ގުޅުން ކަނޑާލުމާ އެކު، ރާއްޖެ އިން ގުޅުން ކަނޑާލި އެވެ. އަދި ދާދި ފަހުން ސައުދީ އާއި އަރަބި ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމުން އޭގެ ތެރެއަށް ރާއްޖެ އިން ވެސް އަމިއްލައަށް ބޭނުނެވެ.

ޖުމްހޫރީ މައިދާނުގައި، މިނިވަން ޖައްވެއްގައި، ބޮޑު ދިދަ ވިހުރެމުން ދެ އެވެ. ގައުމީ ލަވަތައް އަބަދުމެ އިވެ އެވެ. ކުޑަކުދިން މިނިވަންކަމާ އެކު ކުޅެ އުޅެ އެވެ. އެއީ ވެސް މިނިވަންކަމެވެ. އެކަމަކު އެހާ ހިސާބުން އަދި ނިންމައެއް ނުލެވޭނެ އެވެ. އެންމެންގެ ހެވަށް ވާހަކަ ދައްކާ މީހުންނާއި، ދައުލަތުގެ ހައްގުގައި އަޑުއުފުލާ މީހުންނަށް ވެސް ބިރެއް އޮވެގެން ނުވާނެ އެވެ. އަދި ގާނޫނުއަސާސީން އެ މިނިވަންކަން ހަވާލުކޮށްފައިވާ މުއައްސަސާތައް އަޅުވެތިކޮށްގެންނެއް ވެސް ނުވާނެ އެވެ.

ތިން ބާރު އޮތީ ވަކިކޮށްފައޭ، ވެރިކަން ކުރާ ބާރުން ހަމައެކަނި ބުނުމަކުން ނުފުދެ އެވެ. މުހިއްމީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމެވެ. ގާނޫނުއަސާސީ ހިމާޔަތްކުރުމެވެ. މިނިވަން ދުވަސް ފާހަގަކުރާއިރު ހަމައެކަނި ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހުރި ހާލަށް ބެއްޔަސް ގައުމުގެ ހާލަތު އިހުސާސްކޮށްލެވޭނެ އެވެ. އެތައް ދިވެހިންނެއް މިއަދު އެ ކުރަނީ ސުވާލެކެވެ: ގާނޫނުއަސާސީ ކޮބާ ހެއްޔެވެ؟

56 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 24%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަނގަޅު

27 July 2017

ތިޔަ އަސާސީއެއް އައިފަހުން އެމްޑީޕީން އެއަށް ކުރި އިހުތިރާމަކީ ކޮބާ؟ ނަޝީދުގެ ދައުރުގައި ފަހަރަކު މެމްބަރަކު ގަންނަމުން ދަނިކޮށް ވެއްޓުނީ. މިފަހަރުވެސް ކުރިކަމަކީ މެމްބަރުން ގަތުން. ބަލަ މެމްބަރުން ގަނެ ވިއްކެންޏާ ކީއްކުރާ ގާނޫނު އަސާސީއެއް. ކީއްކުރާ ގާނޫނު ތަކެއް. މަުލިސް ގަންނަނީ މުއައްސަސާތައް ކޮންޓްރޯލް ކުރަން. ޖުޑީޝަރީ ކޮންޓްރޯލް ކުރަން. ބޭނުންވާ ބަދަލުގެނެސް ކުށްވެރިން މިނިވަންކުރަން.

The name is already taken The name is available. Register?

އއލ

27 July 2017

ކަލޭމެންތިޔަކިޔާ ޤާނޫނު އަސާސީއެކޭ ޔަހޫދީން ބަދަލުކުރު ތައުރާތެކޭ އެއްގޮތް. ކަލޭމެން ނަށް ފަހިވާ މާއްދާތަށް ހިތުހުރިގޮތަކަށް ބަދަލުކޮށް ބޭނުންނުވާމާއްދާތަކަށް އިޙްތިރާމުނުކޮށް މުޅިޤާނޫނުތަށް ގަޑުބަޑުކުރީ.

The name is already taken The name is available. Register?

އދ

27 July 2017

ޖަވާބު އެ މަރާލާފަ ވަޅުލައިފި. އޭގެދަރިންތަށް ވެސް މަރާލާފަ ކަފުންކޮށްފި. މިހާރު ހިނގާނީ ޖަންގަލީގެ އުޞޫލު.

The name is already taken The name is available. Register?

ގިވްއިން

27 July 2017

ގާނޫނު އަސާސީގެ 144 ވަނަ މާއްދާގައި ބަޔާން ކުރަނީ ގާނޫނު އަސާސީވެސް އަދި ކޮންމެ ގާނޫނެއް ވެސް އަދި ކޮންމެ ގަވާއިދެއް ވެސް ބަދަލު ކުރެވޭނެ ކަމަށް ސްޕްރީމް ކޯޓަށް. ދެން ގާނުނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރަނީ އެއީ ސްޕްރީމް ކޯޓުގެ ނިންމުމަކީ އެއީ އެންމެ ފަހުގެ ނިންމުން ކަމަށް. ކަން މިހެން ހުރުމުން ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން އެމެން އަމިއްލަ އަށް ހަދާފައިވާ ގަވާއިދަކުން އެއްވެސް ރިސްޓްރިކްޝަނެއް ނެތި އެމެން ހޯދާފައިވާ ބާރުތައް އެބަޖެހޭ ސްޓްރީމް ލައިން ކުރަން. އެގޮތުން ބަލާ އިރު ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެ މައިން ބަފައިންގެ ތަރިކަ މުދަލެއް ނޫން މަޖްލީހަކީ އަދި މަޖްލީހުގެ ބަޖެޓަކީ އެމެންގެ މައިންބަފައިންގެ ފައިސާ އެއް ނޫނެވެ. ކަން މިހެން ހުރުމުން މަޖްލީހުގެ ޖަލްސާ ބާއްވަން ތާވަލް ކުރެވޭ ދުވަހުގައި މަޖްލީހުގެ ޖަލްސާ ބޭއްވޭ ގޮތަށް މަޖްލީހުގެ މެމްބަރުން މަޖްލީސް ތެރޭގައި އެމެންގެ އަމަލު ތައް ބަހައްޓަން ޖެހޭނެ ގޮތާއި އަދި މަޖްލީހުގެ ޖަލްސާ ކުރާ މާލަމް ތެރޭގައި އެމެން އުޅެން ޖެހޭނެ ގޮތުގެ ގައިޑް ލައިނެއް އެބަޖެހޭ ނެރެދޭން ސްޕްރީމް ކޯޓުން. އެކަން ކުރެވޭނެ ސްޕްރީމް ކޯޓަށް. ދެން އަނެއްކޮޅުން ސިފައިންގެ ކެއުން ތައްޔާރު ކުރާ ކޭޓަރިންގް އަށް މަޖްލީހުގެ ކެއުން ހަވާލު ކޮށްދީ އަދި މަޖްލީހުގެ މެމްބަރުން ބޭނުންވަރަށް އެމެން ނަށް މަޖްލީހަށް އައިސް ދެ ބަނޑަށް ނުކެވޭނެ ގޮތް ވެސް ހަދަން އެބަޖެހެއެވެ. ވަޒީރުންގެ މަޖްލީސް މެމްބަރުންނަށް ވެސް ސަރުކާރުން ކާން ނުދޭ ދެން އެހެންވީއިރުން މަޖްލީސް މެމްބަރުންނަށް ހިލޭ ދައުލަތުގެ ޚަރަދު ގައި ކާން ދޭން ޖެހެންވީ އެއްވެސް ހަމަ އެއް މަމެންނަށް ނުފެނެއެވެެެ. ރާއްޖޭގެ ޕޮލިޓިކަލް ހައުސް ކްލީން ކުުރެވޭނީ ވަރަށް ފިރިހެން ވަންތަ ވެގެން ނެވެ. މިކަން ކުރެވޭނެ އެވެ. މިހާރު މިއަންނަނީ އެމަގު ކޮށާ ތިލަވަމުންނެވެ. އެއިރުން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވެގެން ދާނީ. ގިވް އިޓް ވެން ވީ ވޯންޓް އިޓް..

The name is already taken The name is available. Register?

ފޮނިހުސައިން

27 July 2017

ކަލެއަށް ވަރަށް ރަނގަޅަށް އެނގެނީ. ނޭނގެނީސް ވާހަކަދައްކަން ހަދައިގެން ކިޔާނުކިޔޭއެެއް ނޭނގޭ

The name is already taken The name is available. Register?

ސުޖާ

27 July 2017

އަޅުގަނޑޫގެ ނަޒަރުގަ އެއްވެސް ގައުމެއްގެ ވެރިކަން ގޭންގަކައް ލިބުނީމަ ގާނޫއަސާސީއެއް ކީއާނެކަމެއްނެއް! ގޭންގުތައް އެއި ހޯދުނު ގޮތަކުން ފައިސާ ހޯދާބަޔެއް! އެކަހަލަ ގައުމުދަކުގަ މިސްޓަރުން ރައްތުން އެއްކުރާޢީރުވެސް ތިބޭނީ ގޭންގުކުދިން މިދެނެވީ ވަކިގައުމެއްގެ ވާހަޔެއްނޫން! މިގައުގަ ކަންތައް އޮތްގޮތާ މިބުނި ގޮތާ ގުޅޭތޯ ބަލާނީ ކިއުންތެރިން

The name is already taken The name is available. Register?

އެސޮރު

27 July 2017

ތިޔައި މިނިވަންކަމުގެ މާނަ އަޅުވެތިކަމުގެ ގޮތުގަެއި މާނަކުރާ މީހުންގެ ވިސްނުމެވެ. މިނވަން ނޫސްވެރިކަމުގެ ނަމުގައި ވަކިއަތަކަށްގޮސް ހުސްވެފައިވާ ނޫސްތަކުން ތަރުޖަމާ ކުރަން ބޭނުންވާ ގޮތެވެ.

The name is already taken The name is available. Register?

ދައުރު

27 July 2017

ކުޅިބައްލަވަން ތިއްބާ ކުޅިރަހަލާނީ ކަރުބުޑުގަ ، އޭގެކުރިން ބައްލަވަން ނުތިއްބަވާ އެބޭފުޅެއްގެ ފުރިހަމަ (ޤައުމީ) ވާޖިބު އަދާކުރެއްވުމަށް އަތުކުރި އޮޅާލާ ނިކުންނެވުމަށް އާދޭސް ދަންނަވަން. މިޤައުމު ފަލަސްތީނަށް ވެއްޖެ. ރައްޔަތުންގެބާރު ކަޑުވާލާ އަނިޔާވެރިކަން ހައްދުފަހަނަޅާ ހިގައްޖެ.

The name is already taken The name is available. Register?

ނުސަކަންބަންގް ޖަލުގެ ގާޑުން ވިދާޅުވަނީ

27 July 2017

މިގައުމުގަ ނެތް މިނިވަންކަމެއް.

The name is already taken The name is available. Register?

1234

27 July 2017

ހަނދާނަށް އަންނާނީ އެންމެކަމެއް. އެއީ މައުމޫނުގެ ވެރިކަން ވެސް އަންނިގެ ވެރިކަންވެސް ނިމުނީ ހުރިހާ އިދިކޮޅު މީހުން އެއްގަލަކަށް އެރިދުވަހު. އެއިން ކޮންމެ ފަހަރަކުވެސް ސިފައިންނާ ފުލުހުން މަގަތަކަށް ނެރެގެން ވެރިކަން ދިފާއުކުރެވޭތޯ ކޮންމެ ވެރިއަކުވެސް މަސައްކަތް ކުރީ ހަމަމިހެން. މިހާރު މިފެންނަ މަންޒަރުތަކުން ދެން މިވެރިކަން ނިމެން ކައިރިވެއްޖެކަމަށް ފެންނަނީ.

The name is already taken The name is available. Register?

ީީ

27 July 2017

މިހާރު ރޭރުވީދޯ އިިދި ކޮޅުބޮޑޭމެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454