23 ޖެނުއަރީ

January 23, 2020 28
ނުބައި ދޮރެއް ހުޅުވީތަ؟ ނުވަތަ ބަންދުކުރީތަ؟

މީހުން ހަވާލުކުރާ ގޮތް ނޭނގޭ ތަކެއްޗާ ހަވާލުވުމުގެ ނުރައްކާތެރިކަން ގުޅެނީ ފުޅާވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާ އެވެ. މަސްތުވާތަކެތި ވިޔަފާރި ކުރުމާއި ވަކި މިންވަރަކަށް ވުރެ ގިނައިން ގެންގުޅުމުގެ ކުށްތަކަށް ދޭ ބޮޑެތި އަދަބުތަކުން ސަލާމަތްވުމަށް ޑީލަރުން އެހެން އުކުޅެއް ގެންގުޅެ އެވެ: ރާއްޖެއަށް މަސްތުވާތަކެތި...

22 ޖެނުއަރީ

January 22, 2020 3
ބިރުވެރިކަމުގައި އަދިވެސް 300 ކުދިން!

މަންމަ ރައްޓެހި ބޭބެއަށް ފިލަން، ނުވަ އަހަރުގެ އެ ކުއްޖާ އާއްމުކޮށް ވަންނަނީ ކޮޓަރީގެ އެނދު ދަށަށެވެ. ބައެއް ފަހަރު ނުފެނި ވެސް ދެ އެވެ. އެކަމަކު ކިތަންމެ ދުވަހަކު، "ބޭބެ"ގެ ޖިންސީ ޝިކާރައަކަށް ވެއްޖެ އެވެ. ނަސީބު ރަނގަޅުކަމުން، ކުޑަކުއްޖާގެ މަންމައަށް މަންޒަރު ފެނި، ބޭބެގެ ހަގީގަތް ފަޅާއެރީ އެވެ.

19 ޖެނުއަރީ

January 19, 2020 43
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!

އުމުރުން ތިން އަހަރުގައި، ގޭގައި "ބަންދުކުރި" އެ ކުއްޖާ މިނިވަންވީ، މިދިޔަ ހުކުރު ދުވަހު އެވެ. ދެ އަހަރަށް ފަހު، ރައްކާތެރި މާހައުލެއް ކަށަވަރުވީ، އަތުގައި ހިފައިގެން އެކަހެރި...

January 19, 2020 39
ކަނޑުހުޅުދޫ، މަސްތުވާތަކެތީގެ ހަބަކަށްވެ ކަންބޮޑުވުން

ގއ. ކަނޑުހުޅުދޫ މަސްތުވާތަކެތީގެ ހަބަކަށް ހަދައި، އެ އަތޮޅާއި އެހެން އަތޮޅުތަކުގެ ރަށްތަކުން ޑިންގީގައި ރަށަށް ކައިރިކޮށް މަސްތުވާތަކެތި ވިއްކުމާއި ބޭނުން ކުރުމުގެ މައްސަލަތައް...

18 ޖެނުއަރީ

January 18, 2020 17
ކުއްޖާގެ މަންމަ އަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތު!

ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި ކަމަށް ތުހުމަތުކުރާ 61 އަހަރުގެ ކާފަ، އެ ކުއްޖާގެ މަންމަ އަށް ވެސް ޖިންސީ ގޯނާކުރި މައްސަލަތަކެއް އިއްޔެ ފެންމަތިކޮށްފި...

January 18, 2020 76
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!

ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ، މަންމަގެ އާއިލާގެ ބެލުމުގެ ދަށަށް މިދިޔަ ހޯމަދުވަހު ގެންދަން މަޖުބޫރުވީ އިތުރު ގޮތެއް ނެތިގެންނެެވެ؛ މަސްތުގެ ވަބާގައި ޖެހި މުޅިން އެހެން...

08 ޖެނުއަރީ

January 08, 2020 9
ޖަލު ނޫން ގޮތެއް ކޮންމެހެން މުހިންމު

ރާއްޖޭގެ އެންމެ ބޮޑު ޖަލު ފުރި، ހުކުމް ތަންފީޒު ކުރަން ޖަލަށް ގެންދަންޖެހޭ މީހުންނާ ހަވާލު ނުވެވި، ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބަންޖެހޭ ހިސާބަށް ކަންކަން ދިއުމުގެ ނަތީޖާ އަކީ ޖަލުގައި ތިބި ބައެއް ގައިދީންނާއި ކަރެކްޝަންސް އޮފިސަރުންނާ ދެމެދު ހިނގައިދިޔަ ކުރިމަތިލުންތަކެވެ. ރާއްޖޭގެ ޖަލުތަކުގެ ހާލަތު ގޯސްކަމުގެ ވާހަކަ...

13 ޑިސެމްބަރ

December 13, 2019 19
މާލޭގައި ކެމެރާތައް މާ މަދު!

ޓްރެފިކް ފުލުހުން ހުރިހާ ތަނެއްގައި ތިބޭކަށް ނުޖެހެ އެވެ. ޓްރެފިކް ލައިޓަށް މަޑުނުކޮށް ދުއްވާ މީހުންނަށް، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި، ޖޫރިމަނާގެ ޗިޓް އަންނަނީ ޕޯސްޓުންނެވެ؛ ޓްރެފިކް ލައިޓް ކައިރީގައި ހުންނަ ކެމެރާތަކުން، އެ ބަޔަކު ހޯދައި ފިޔަވަޅު އެޅުމުގެ ފުރުސަތު ފުލުހުންނަށް ލިބެނީ ނުހަނު ފަސޭހަކަމާ އެކުގަ އެވެ.

11 ޑިސެމްބަރ

December 11, 2019 11
ބަންދު ކޮޓަރިއަކުން ދުނިޔެއަށް: މި ހިސާބުން ނިމުނީތަ؟

"އިންސާފު ގާއިމް ވުމަކުން ނުފުދެ އެވެ. އިންސާފު ގާއިމްވުމާ އެކު، އިންސާފު ގާއިމްވާ ތަން ވެސް ފެންނަން ވާނެ އެވެ،" މިއީ މަޝްހޫރު މައްސަލައެއްގެ ހުކުމަކުން އުފަންވެގެން އައި ޖުމްލައެކެވެ. ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ގާނޫނީ މި ހަމައަކީ ގާނޫނީ ބޭފުޅުންގެ ވެސް ދުލު ކުރީ ބަހެކެވެ.

05 ޑިސެމްބަރ

December 05, 2019 61
ގާސިމަށް އެވަރުކޮށްލަން ޖެހޭ ސަބަބެެއް ނެތް: އެކުވެރިން

ހެންވޭރު ކޭމާޓް ހޮޓަލަށް ވަން އިރު ޓެކްސީ ޑްރައިވަރުންތަކެއް މާޔޫސްކަމާ އެކު ވާހަކަ ދައްކަން ތިއްބެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ހޮޓަލުން ދިމާވެ މަޖާ ވާހަކަ ދެއްކި ގާސިމް ހަސަނަށް ހަމަލާދީ މަރާލުމުން އެކުވެރި ޑްރައިވަރުން ތިބި ޝޮކެއްގަ އެވެ. ގާސިމާ މެދު އެފަދަ އަނިޔާވެރި ކަމެއް ކުރަން ޖެހޭ ސަބަބެއް އޭނާ ދަންނަ އެއްވެސް...

26 ނޮވެމްބަރ

November 26, 2019 29
ރޭޕްކޮށް، 13 އަހަރުގައި ވިހެއުން: ހުސް އިހުމާލު!

ދީނީ ގޮތުން ހަރުކަށި ފިކުރުގެ ތެރެއިން ޖިންސީ ޝިކާރައަކަށް ހެދި ކުއްޖާ "ކައިވެންޏެއް" ކުރި ކަމުގެ ހެއްކެއް ކަމާ ބެހޭ އިދާރާތަކަށް ނުލިބުމަކީ އެކަން ނުހިނގުން ހެއްޔެވެ؟

05 ނޮވެމްބަރ

November 05, 2019 35
ޔާމީންގެ ހުކުމަށް ގައުމު ހުއްޓިފައި

މުޅި ރާއްޖެ، މިއަދު ހުއްޓިފައި މިއޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމަށެވެ. ޓީވީން ވަގުތުން ދެއްކި ރާއްޖޭގެ ފުރަތަމަ ޝަރީއަތުގެ ހުކުމް އިއްވުން، ކްރިމިނަލް ކޯޓުގައި މިއަދު އޮންނަ އިރު، ހުކުމް އަތުވެދާނެ ގޮތަކާ މެދު އެކި މީހުންގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ.

09 އޮކްޓޯބަރ

October 09, 2019 5
އަތްދަށުން ދިޔަ ގޮތަށް ސިއްރު ހެކި "ގެއްލިއްޖެ"؟

ދައުލަތުގެ ބެލުމުގެ ދަށުގައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަ މީހެއްގެ ސަބަބުން ހެކިވެރިޔަކަށް "އިގްތިސާދީ ގެއްލުމެއް" ލިބިދާނެ ކަމަށް ބުނެ ހެކިވެރިން ސިއްރު ކޮށްފައި އެބަ ހުއްޓެވެ. ހެކިބަސް ދޭ މީހާގެ ފަރާތުން ސާބިތުކުރަން ހުށަހަޅާ ކަންކަމުން އޭނާއަކީ ކާކުކަން ދައުވާ ލިބޭ މީހާއަށް އަދި އާންމުވެގެންވާ ގޮތުގައި...

06 އޮކްޓޯބަރ

October 06, 2019 30
ވަކި ހިސާބަކުން މިނިވަން! ޑްރަގް ޑީލަރުން ހެވިފައި!

ގްރާމުން ފެށިގެން އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހުން އެބަ ހައްޔަރުކުރެ އެވެ. ނަމަވެސް އެ ނުބައި، ގާނޫނީ ގޮތުން ބޮޑެތި އަދަބުތަައް ކަނޑައަޅާފައިވާ ވިޔަފާރި ހުއްޓޭ ތަނެއް ނާދެ އެވެ. އަނެއް ކޮޅުން އެއް ފަހަރު ހައްޔަރުކުރާ މީހާ އަނެއްކާވެސް ފެންނަނީ އެއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށްގެން އުޅެނިކޮށެވެ....

02 އޮކްޓޯބަރ

October 02, 2019 13
ވާނުވާ އަށް ފަހު ވީނުވީ ނޭނގުން: ހައްލެއް ނެތީތަ؟!

ޖިނާއީ އަދުލުގެ ނިޒާމުގައި ތަރުތީބު ވެފައިވާ ގޮތުން އާންމު އުސޫލަކީ ޖިނާއީ އިޖްރާއާތުގެ މަރުހަލާތަކަށް މުއްދަތުތަކެއް ކަނޑައެޅިފައި އޮތުމެވެ. އެއީ ދައުވާ ކުރުން ކަމަށް ވިޔަސް އަދި ކުށް ސާބިތުވެގެން ކުރާ ހުކުމެއް ކަމަށް ވިޔަސް ނުވަތަ ތަހުގީގުގެ ބޭނުމަށްޓަކައި ކޯޓަކުން ނެރޭ އަމުރެއް ކަމަށް ވިޔަސް، އެކަމެއް ފެށޭނެ ވަގުތަކާއި...

11 ސެޕްޓެމްބަރ

September 11, 2019 33
ރިލްވާންގެ މައްސަލާގައި އެދެވޭ ނަތީޖާއެއް ނެރެވިދާނެތަ؟

ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލިތާ" ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު، އެންމެ ފަހުން ކުރިން ނޭނގޭ މައުލޫމާތުތަކެއް، ރިޔާސީ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އެއް ބައެއްގެ ނަޒަރުގައި އެ މައުލޫމާތުތަކުން ކަށަވަރުވަނީ އޭނާ މަރާލާފައިވާ ކަމެވެ. އެކަމަކު ރާއްޖޭގައި ހިންގި މީހަކު "ފޮރުވުމު"ގެ އެންމެ ނުރައްކާތެރި...

28 އޯގަސްޓް

August 28, 2019 1
ކުޑަކުދިންގެ އަދުލުގެ ނިޒާމް ބޮޑު ބަދަލަކާ ދިމާލަށް!

ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ކުރިންސުރެ ބަލަމުން ދިޔައީ ބޮޑެތި މީހުންނާ ވަކިން އަދި އަދުލުގެ ތަފާތު ނިޒާމެއްގެ ތެރެއިންނެވެ. ކުށްކުރާ ކުޑަކުދިންނަށް ދައުވާ ކުރުމުގެ ބަދަލުގައި ވީހާ ވެސް ބޮޑަށް އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައިގެން މުޖްތަމައަށް އަނބުރާ ގެނައުމާއި ދައުވާ ކޮށްގެން ކުށް ސާބިތުވިޔަސް، ބޮޑެތި...

19 އޯގަސްޓް

August 19, 2019 21
ކުށުގެ ޒިންމާ 15 އަހަރުގައި، އިސްލާހުވާން ފުރުސަތެއް

ވޭތުވެ ދިޔަ ދިހަ އަހަރަށް ބަލާއިރު 18 އަހަރު ނުފުރޭ ކުޑަކުދިން ކުށް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ހިމެނެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2012 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް، ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކުގައި 12 ކުއްޖަކު ވަނީ ހައްޔަރުކޮށްފަ...

07 އޯގަސްޓް

August 07, 2019 16
ކުށުގެ ބައިވެރިން އެންމެ ފަހުން ހެކިވެރިންނަށް؟!

ތަހުގީގު މަރުހަލާގައި ވާ އިއުތިރާފްގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރި ޒަމާން ހިނގައްޖެ އެވެ. ތުހުމަތުކުރެވޭ މީހާ އިއުތިރާފް ނުވާ ހާލަތުގައި، ޖިނާއީ ކޮންމެ ދައުވާއެއް ވެސް މިހާރު ސާބިތުކުރަން ޖެހެނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށެވެ. ޖިނާއީ ކޮންމެ ދައުވާއެއް ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކޯޓެއްގައި ސާބިތުކޮށް...

31 ޖުލައި

July 31, 2019 12
ޝަރީއަތްތައް ނުނިމި، ބަންދުގައި އެތައް ދުވަހެއް؟!

ކޯޓުތަކުން މައްސަލަތައް ނުނިމި ލަސްވުމަކީ ވާހަކައެއް ނޫނެވެ. މަދަނީ މައްސަލަތަކަށް ވުރެ ބޮޑަށް ޖިނާއީ މައްސަލަތައް ކޯޓުތަކުން ނުނިމި އެތައް އަހަރެއް ހޭދަވާ ކަމުގެ ޝަކުވާ ބޮޑެވެ. ޖިނާއީ ކޮންމެ މައްސަލައެއްގައި ވެސް އެއްކޮޅުގައި އޮންނަނީ އަނިޔާ ލިބުނު ފަރާތުގެ ހައްގު ނުވަތަ މުޖްތަމައުގެ ހައްގެވެ. އަނެއްކޮޅުގައި އޮންނަނީ...

09 ޖުލައި

July 09, 2019 46
ކާކުކަން ކަށަވަރުނުވާ ބިދޭސީންނާ ހަވާލުވާނީ ކާކު؟

ގަވައިދާ ހިލާފަށް ދިވެއްސަކު ދިވެހިރާއްޖޭގައި އުޅޭކަން ސާބިތުކޮށްދޭށޭ، ރާއްޖޭގައި ހުންނަވާ އަވަށްޓެރި ގައުމެއްގެ ސަފީރަކު ވިދާޅުވާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލާގައި ސަފީރަކާ ބައްދަލުކުރެއްވި ބޭފުޅަކު ވިދާޅުވީ އެއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމާ ބެހޭ ގޮތުން ކުރި...

08 ޖުލައި

July 08, 2019 32
ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވާ!

ކުށަށް އިއުތިރާފްވި ނަމަވެސް އިއްވީ އެންމެ އިންސާފުވެރި ހުކުމް ކަމަކަށް އަދިވެސް ނާސިރާ އަލީ ގަބޫލެއް ނުކުރެ އެވެ. މީގެ ހަތަރު އަހަރު ކުރިން 2015 އަހަރު، އޭރުގެ ސަރުކާރާ ދެކޮޅަށް، މެއި 1 ގައި ކުރި ބޮޑު މުޒާހަރާގެ ތެރެއިން ނާސިރާ ހައްޔަރުކުރީ ފުލުހަކަށް ހަމަލާ ދީގެންނެވެ.