13 އޮކްޓޯބަރ

October 13, 2019 43
މީރާގެ ބާރުތައް ފިނޭންސް މިނިސްޓްރީއަށް، ރަނގަޅުތަ؟

ކުދި ވިޔަފާރިތަކަށް "ބިރަކަށް" ވެފައި އޮތް މީރާ އިސްލާހުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ޓެކްސްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގައި ހިމަނާފައި ވަނީ އެހެންވެ އެވެ.

09 އޮކްޓޯބަރ

October 09, 2019 5
އަތްދަށުން ދިޔަ ގޮތަށް ސިއްރު ހެކި "ގެއްލިއްޖެ"؟

ދައުލަތުގެ ބެލުމުގެ ދަށުގައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަ މީހެއްގެ ސަބަބުން ހެކިވެރިޔަކަށް "އިގްތިސާދީ ގެއްލުމެއް" ލިބިދާނެ ކަމަށް ބުނެ ހެކިވެރިން ސިއްރު ކޮށްފައި އެބަ ހުއްޓެވެ. ހެކިބަސް ދޭ މީހާގެ ފަރާތުން ސާބިތުކުރަން ހުށަހަޅާ ކަންކަމުން އޭނާއަކީ ކާކުކަން ދައުވާ ލިބޭ މީހާއަށް އަދި އާންމުވެގެންވާ ގޮތުގައި...

18 ސެޕްޓެމްބަރ

September 18, 2019 20
އަނެއްކާވެސް ސަންސެޓެއް: އިތުބާރު ނެތުމުގެ ބިރުވެރިކަން

މީހުން މެރުމާއި ތޫނު ހަތިޔާރުން މީހުންނަށް ހަމަލާދިނުމާއި ނުރައްކާތެރި މާރާމާރީތައް އޮތީ ގިނަވެފަ އެވެ. އެކަމަކު "ހަތަރެސްފައި ބަނދެ" ފާސްކޮށްފައި އޮތް ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮތް ގޮތުން ގޭންގްތަކާ ހަމައަށް ގާނޫނުގެ އަތެއް ނުފޯރަ އެވެ. އެކަމަށް ހައްލު ގެނައުމަށްޓަކައި ކުށް ކުރުން ހުއްޓުވަން ޚާއްސަ ފިޔަވަޅުތަކެއް...

12 ސެޕްޓެމްބަރ

September 12, 2019 35
ގަރާރަކަށް ފަހު، ގަރާރެއް! ނަތީޖާއަކީ ކޮބާ؟

ރައްޔިތުންގެ މަޖިލިހުގެ މިދިޔަ ދައުރުގައި އެކަނި ވެސް 21 ގަރާރެވެ! މަޖިލިހަށް މެމްބަރުން ހުށަހެޅުއްވި ބިލްތައް ނަގާފައި އެންމެ ގިނަ އަދަދަކަށް މައްސަލަ ވެއްދީ ވެސް ގަރާރުގެ ގޮތުގަ އެވެ. އެއް ބައެއްގެ ނަޒަރުގައި ރައްޔިތުންނަށް އުންމީދު ގެނުވާނެ ގަރާރުތަކެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ރައްޔިތުންނަށް ދެއްކި ހުވަފެންތަކެކެވެ....

04 ސެޕްޓެމްބަރ

September 04, 2019 8
ބޮޑު ބަދަލާ ދިމާލަށް، ޖޭއެސްސީ އަދިވެސް އޮތްގޮތަށް؟!

މިދުވަސްވަރު އެންމެންގެ ސަމާލުކަން ވެސް ހުއްޓިފައި އޮތް އެއް ކަމަކީ ޝަރުއީ ދާއިރާއަށް މިހާރު އަންނަ ބަދަލުތަކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކޮށް، އާ...

September 04, 2019 91
ސުއޫދު ހެއްދެވީ ގޯހެއް؟ ރިޕޯޓް އެގޮތަކަށް ނުދެވޭނެ!

އެއީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ކުރިން ނެރެފައި ނުވާ ފަދަ ބިރުވެރި ކަންކަން ހިމެނޭ ރިޕޯޓެކެވެ! އެއީ ވީނުވީއެއް ނޭނގި "ގެއްލުނު" މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީ...

28 އޯގަސްޓް

August 28, 2019 1
ކުޑަކުދިންގެ އަދުލުގެ ނިޒާމް ބޮޑު ބަދަލަކާ ދިމާލަށް!

ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ކުރިންސުރެ ބަލަމުން ދިޔައީ ބޮޑެތި މީހުންނާ ވަކިން އަދި އަދުލުގެ ތަފާތު ނިޒާމެއްގެ ތެރެއިންނެވެ. ކުށްކުރާ ކުޑަކުދިންނަށް ދައުވާ ކުރުމުގެ ބަދަލުގައި ވީހާ ވެސް ބޮޑަށް އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައިގެން މުޖްތަމައަށް އަނބުރާ ގެނައުމާއި ދައުވާ ކޮށްގެން ކުށް ސާބިތުވިޔަސް، ބޮޑެތި...

22 އޯގަސްޓް

August 22, 2019 31
މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!

މަސްވެރިކަމުގައި 10 އަހަރެއްހާ ދުވަހު އުޅެފައިވާ އަހުމަދު ރަފީގުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާނާ މަސްކޮޅު ކިރުވާނުލެވި އެތައް ދުވަހެއް ތިބެން ޖެހުމެވެ. ބާނާ މަހުން ހަމަ އަގު ނުލިބުމެވެ. މަސް ކިރުވުމުން ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ. މަސްވެރިންނަށް ހިމާޔަތް ލިބި، އެމީހުން ރިޓަޔަމެންޓް ޕެންޝަން...

08 އޯގަސްޓް

August 08, 2019 76
ކުއްލި "ސުޕަ ކޮމިޓީއެއް"، މިއީ ކިހިނެއް ވާ ކަމެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ވެރިކަން ހިންގުމުގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން ދެއްކެވި އެއް ވާހަކަ އަކީ މިނިވަން މުއައްސަސާތައް ސަރުކާރުގެ "އަތް ދަށުގައި" އޮތުމުގެ ނުރައްކަލެވެ. ގާނޫނުއަސާސީންނާއި ގާނޫނުތަކުން ބޮޑެތި ބާރުތަކާއި އިޚްތިޔާރު ދީފައިވާ މުއައްސަސާތަކުން ޒިންމާ...

01 އޯގަސްޓް

August 01, 2019 27
ކޮމިޓީތައް ހާމަ، އެކަމަކު ކުއްލި ސިއްރުކުރުންތަކެއް؟!

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގެ ދުވެލި ވަރަށް ބާރެވެ. މީގެ ކުރިން ނަމަ އެ ބާރުމިނުގައި ކޮމިޓީތައް ހިނގާފައެއް ނުވެ އެވެ. އެކަމަކު 19 ވަނަ މަޖިލިސް ފެންނަނީ ތަފާތުކޮށެވެ. ކޮމިޓީތަކުގައި މަސައްކަތްތައް ވަނީ ފުނިޖެހިފަ އެވެ. ކޮންމެ ދުވަހަކު ހެން، އަށެއްކަ ކޮމިޓީގެ މަސައްކަތް އެކި ވަގުތުތަކުގައި ކުރިއަށްދެ އެވެ.

25 ޖުލައި

July 25, 2019 65
ސަރުކާރު ހިންގުމުގެ ތެރެއަށް އެސްއޯއީ ވަންނަނީތަ؟

ރައްޔިތުންގެ މަޖިލިސް ވަރަށް ހީވާގިކަމާ އެކު މަސައްކަތްކުރާތަން މިހާރު ފެނެ އެވެ. ޒުވާން މަޖިލިހަށް ދެ މަހެއްހާ ދުވަސް ވީ އިރު، 25 ޖަލްސާ ބާއްވައި ކޮންމެ ޖަލްސާއަކަށް ފަސް ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކޮށްފި އެވެ. ފުލުފުލުގައި ބާއްވާ ކޮމިޓީތަކުގެ މަސައްކަތުގައި މެމްބަރުން އުޅުއްވަނީ އަވަދިނެތި އެވެ. ގިނަ ފަހަރު ޖަލްސާތަކާއި...

24 ޖުލައި

July 24, 2019 26
ޖޭއެސްސީ މިނިވަންކުރަން ބޭނުންވަނީ އުމުރުތަ؟

ޝަރުއީ ދާއިރާގެ ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ އަންނާނީ ޖޭއެސްސީއަށް އިތުބާރު ހޯދުމުގެ ވާހަކަ އެވެ. ދާދި ފަހުން ޖޭއެސްސީގެ ތަހުގީގުތައް އާންމުކޮށް ހުޅުވާލައި، ގިނަ ޝަކުވާތަކެއް ބަލަން ފެށުމާއި މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރަން ފެށުމާއި ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކަމާ އެކު ކުރިއަށް ގެންދަން ފެށިޔަސް، އެ ކޮމިޝަނާ...

12 ޖުލައި

July 12, 2019 83
މެމްބަރުން ކައިރިން ސަލާން ޖެހުން ކުރިއަށް!

"ދާއިރާ މީހެއް ކައިރި ހާލު އަހާލިޔަސް މިހާރު ފޮނުވަނީ އެކައުންޓް ނަމްބަރު. މިއީ ކުރާވަރު ކަމެއް ނޫން،" ރައްޔިތުންގެ މަޖިލީހަށް މިފަހަރު އިންތިޚާބުވި މެމްބަރަކު ވިދާޅުވި އެވެ.

11 ޖުލައި

July 11, 2019 54
މެމްބަރުންގެ މުސާރަ އިން ކެނޑުން، ހެޔޮ ބަދަލެއް!

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވަ އެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު ޖުމްލައަކީ 82،000ރ. އެވެ. ގިނަ ރައްޔިތުންގެ ޝަކުވާއަކީ ހަމައެކަނި މެމްބަރުންގެ މުސާރަ ބޮޑުވުން އެކަންޏެއް ނޫނެވެ. ރައްޔިތުން ތަމްސީލްކުރައްވާ ބައެއް މެމްބަރުން...

04 ޖުލައި

July 04, 2019 85
ރާއްޖެ-އިންޑިއާގެ ބޮޑު އެއްބަސްވުމެއް، ނަތީޖާއަކީ؟

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމާ މެދުު ކަންބޮޑުވާ ގިނަ މީހުންގެ ވިސްނުމަކީ މިއީ އެވެ؛ އިންޑިއާއަކީ ދުނިޔޭގެ ބާރުގަދަ ގައުމަކަށް ވެފައި، އެ ގައުމުން ރާއްޖޭގެ ކަންކަމަށް ބަސް ކިޔައި، ރާއްޖެ އަޅުވެތިކުރަން އުޅެފާނެ އެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު، ޓޫރިޒަމަށް...

20 ޖޫން

June 20, 2019 24
ބޮޑު ކޯޅުމެއްގެ ތެރެއިން ބޮޑު ބަދަލަކާ ދިމާއަށް

ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު މިސާލު ޖެއްސެވީ "ކައުނާއި މުޅި ކާއިނާތުގެ ހުރިހާ ބާރެއް" ރާއްޖޭގެ ސުޕްރީމް ކޯޓުން ނަގަން އުޅޭ ވާހަކައިންނެވެ. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ސިފަކުރެއްވި ގޮތުގައި އެ ކޯޓުން މަސައްކަތް ކުރަނީ "ޖުޑިޝަލް ބަޣާވާތެއް"...

16 ޖޫން

June 16, 2019 65
ސަރުކާރާ މެދު އެންމެ އެކްޓިވިސްޓެއްގެ ނަޒަރުން

މީހަކާ މެދު އެންމެ އިހުލާސްތެރި ފާޑެއްކިޔޭނީ އޭނާގެ ގާތް މީހުންނަށެވެ. ޒާތީ ތައައްސުބެއް ނެތި ފާޑެއް ކިޔޭނީ ވެސް އެމީހުންނަށެވެ. ހަތް މަސް ފުރިި އަށް މަހަށް އަޅާފައިވާ ސަރުކާރާ މެދު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުން ދެކޭ ގޮތް، އެ ނަޒަރުން ބަލާއިރު، އެންމެ ރަނގަޅެވެ.

13 ޖޫން

June 13, 2019 26
ކުރިން ގޯސްވި އުސޫލު މިހާރު ރަނގަޅު!؟

ރައްޔިތުންގެ މަޖިލިހުން ސަރުކާރު ހިންގަން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ޖޫން 29، 2010 ގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓުގެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމަކީ ސިޔާސީ ގޮތުން ރާއްޖެ ދުށް އެންމެ ބޮޑު އެއް މައްސަލަ އެވެ. ރައީސް ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ފިޔަވައި ހުރިހާ ވަޒީރުން އިސްތިއުފާ...

06 ޖޫން

June 06, 2019 42
ޝަރުއީ ދާއިރާ އިސްލާހުކުރުމުގައި އެމްޑީޕީގެ އިމްތިހާން!

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ މެދު ގިނަ ބަޔަކު ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ އޭރުގައި އޮންނަ ސަރުކާރެއްގެ "މުށުތެރޭގައި" ކޮމިޝަން އޮތުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޭއެސްސީގެ ތެރެއަށް ވަދެފައި އޮތް ސިޔާސީ ނުފޫޒާ ހެދި ފަނޑިޔާރުންނާ މެދު ފިޔަވަޅު ނޭޅި ދިއުމަކީ މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވި...

30 މެއި

May 30, 2019 73
ފެށުން ތަފާތު، އާ މަޖިލީހާ މެދު އުއްމީދު ބޮޑު

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރަކު ނިޒާމީ މައްސަލައެއް ނަންގަވައި ޝަކުވާ ކުރެއްވި އެވެ. ހުސް ވަގުތު ކޮޅެއް ނުދެއްވައި، ރިޔާސަތުން ފޯރީގައި ޖަލްސާ ކުރިއަށް ގެންދެވުމުންނެވެ. މެމްބަރު ހިތްހަމަޖެހިވަޑައިނުގަތީ މީގެ ކުރިން މަޖިލީހުގައި އަމަލުކުރަމުންދާ އުސޫލާ ޚިލާފުވެވަޑައިގަތުމުންނެވެ. ދެ ގަޑި އިރު ބަހުސް މާ...

28 މެއި

May 28, 2019 136
ނަޝީދު ނޫން ހައްލެއް ނުފެނުނު؟

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ނަމެއް ހޮވުމުގެ ވޯޓާ ހަމައަށް ރޭ ދިޔައިރު، އެ ޕާޓީގެ މަސްލަހަތު އޮތީ ގެއްލިފަ އެވެ. ވޯޓު ނިމޭ ގޮތަކުން ހިޔާލުތަފާތުވުން މާ ބޮޑުވެ، ރަސްމީ ދެ ފެކްޝަނެއް އުފެދޭނެ ކަމަށް އެއް ބަޔަކު ތިބީ ހިސާބު ޖަހައިގެންނެވެ. ދަރުބާރުގޭގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން ފެށިއިރު ވެސް...