23 ޖޫން 2025 - 22:35
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިރާނުން މީގެ އިރުކޮޅެއް ކުރިން ހަމަލާ ދީފި އެވެ.
ބީބީސީން ބުނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އިރާނުން ދިނީ މިސައިލް ހަމަލާއެއް ކަމަށެވެ.
އެކަމަކު ގަތަރުގައި މައި އޮފީސް ހުންނަ އަލްޖަޒީރާ އިން ބުނީ ހަމަލާ ދިނީ މިސައިލަކުން ކަމެއް ނުވަތަ ވައިގެ ހަމަލާއިން ދިފާއުވާ ނިޒާމަކުން ކަން ސާފުނުވާ ކަމަށެވެ.
އަލްޖަޒީރާއިން ބުނިގޮތުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުން ދޯހާގެ އެކި ސަރަހައްދުތަކަށް ރަތްކުލައިގެ ދުމެއް ފެތުރިފައި ވެ އެވެ.
މި ހަމަލާ ދޭން އުޅޭކަން އެމެރިކާ އާއި އިނގިރޭސި ވިލާތަށް ކުރިން އެނގިފައިވާ ކަމުގެ އިޝަރާތްތަކެއް އެ ދެ ގައުމުން ދިނެވެ. މިއަދު އެ ދެ ގައުމުން ވެސް ގަތަރުގައި ދިރިއުޅޭ އެ ދެ ގައުމުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރި އެވެ.
ހަމަލާއާ ގުޅިގެން ގަތަރުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު މިހާރު ބަންދުކޮށްފަ އެވެ.
ހަމަލާއިން ކުރިމަތިވީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ. މިކަމާ ބެހޭގޮތުން އިރާނުން ބުނީ، ގަތަރުގެ ހުޅަނގު ސަރަހައްދުގައި ހުންނަ އަބޫ އުބައިދު އަސްކަރީ މަރުކަޒަށް އިރާނުގެ އަސްކަރިއްޔާ އިން ދިނީ "ބާރުގަދަ" ހަމަލާއެއް ކަމަށެވެ.
އިރާނުގެ ތަސްނިމް ނިއުސް އެޖެންސީން ބުނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ އިތުރުން އިރާގުގެ ހުޅަނުގު ޕްރޮވިންސް އަލް އަންބަރުގައި އެމެރިކާ އިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަށް ވެސް އިރާނުން ހަމަލާ ދީފައިވާ ކަމަށެވެ.
އެ ނިއުސް އެޖެންސީން ބުނީ އިރާނުން އެ ހަމަލާ ދިން އޮޕަރޭޝަނަށް ނަން ދިނީ "ބަޝާރަތު ފަތަހް" [ނަސްރު އަންނާނެ ކަމުގެ އުފާވެރިކަމުގެ ވައުދު] ގެ ނަމުގައި ކަމަށެވެ. އެ ހަމަލާ ދޭން ބޭނުން ކުރި ކޯޑަކީ "ޔާ އަބާ އަބްދުﷲ" އެވެ. އެއީ ހުސައިންގެފާނުގެ ނަންފުޅަށް ނިސްބަތްކޮށެވެ. ހުސައިންގެފާނުގެ އެއްދަރިކަލެއްގެ ނަންފުޅަކީ އަބްދުﷲ އެވެ.
އެމެރިކާއިން ވަނީ އިއްޔެ ހެނދުނު އިރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް ހަމަލާ ދީފަ އެވެ. މި މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކުގައި އެމެރިކާ ވެސް ބައިވެރިވާން ތައްޔާރަށް އޮތްކަން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި އިއުލާން ވެސް ކުރެއްވި އެވެ.
އިރާނުން މިއަދު ބުނީ އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާ އަށް ރައްދުދިނުމުގެ ގޮތުން މެދުއިރުމަތީގައި ހުންނަ އެމެރިކަގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނުން
24 June 2025
އައްޗީޑި އެއްމެ 14 ފޮޑި. ހުސް ފޮޑި އިރާނުން ޖެހީ.
މެސީ1
24 June 2025
ރާއްޖެއިންވެސް ނިއުކުލިއާ ބޮން އުފައްދަން ވެއްޖެ
ގޮއްބެ
24 June 2025
މިގައުމު ބަނޑަށް ޖެހޭނެ ހަނގުރާމަ ފެތުރިއްޖެނަމަ. ރައްޔިތުން މަގޫފަތް ކާން ދަސްކުރަން އެބަ ޖެހޭ. މާލޭގަ ދިރިއުޅޭ މީހުން ކިހިނެއް ބޯފެން ވެސް ހޯދާނީ. ފެން ޕްލާންޓުތައް ވެސް ހުއްޓުމަކަށަ އަންނާނެ ބޮޑުހަނގުރާމައެއްގަ. ކަރަންޓެއް ނުހުންނާނެ. ދެންވެސް ދަނޑުހައްދަން ރަށަށް ދާ ވިސްނުން ގެންގުޅޭ. ރިޔަލު ދޯނީގަ މަހައްދާ ވިސްނުން. ތެލަށް ބަރޯސާ ވީމާ ވާނެ 6 އެތި މި ވަނީ.
ގާފް
24 June 2025
ގަތަރު, ސައޫދީ އަރަބިއްޔާ އަށް ނުވެސް ފެނޭ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާ އާ ނިކަމެތި ހާލު.. ގަތަރު އަދި މުއްސަދި އަރިބި ގައުމުތަކުން ފައިސާގެ ދަހިވެތި ކަމުގައި އެމެރިކާގެ ފައިބުޑު އަށް ވެއްޓިފަ
ށައުދު ބިން ޒަޔޯ
24 June 2025
ޒައޯ ހުޅުނގުގެ ހިމާޔަތަށް އަސްކަރީ ބޭސް ހަދަން ހުއްދަދޭންޖެހޭ އެއްވެސް ހަމައެއް އެބައޮތްބާ؟ ދުނިޔައަށް ހުރި ހުތުރެކޭ މި އަރަބި ރަސްކަލުންތަކަކީ
ޔަހޫދާ
24 June 2025
ވަރަށް އަވަހަށް ޔަހޫދާ ޒަޔޯ ހުޅުނގާއި އެކު އެއްދާންކުރާ މުސްލިމުނަންބޯޑު ގައުމުތަށް ފެނިގެންދާނެ. ތިގައުމުތަކުގައި ހުޅަނގުގެ އަސްކަރީ ބޭސް ހަދައިގެން ކޮން ސަކަރާތެއް
ހާސަރު
24 June 2025
މިގައުމުގެ ވެރިކަމުގައި ތިބި ފަރާތްތަކަށް ދުނިޔޭގައި މިވަރު ކަމެއްހިގާކަން އެގޭހެން ހީވެސްނުވޭ! މިހަގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑިދާނެ! އަވަސްފިޔަވަޅުތަކެއް އަޅާކަށް ނުވޭބާ!؟
މުއިއްޒުސާޖި
24 June 2025
ރަނގަޅީ ފުނޑުނިއްޔާ. އޭރުން ކަލޭމެންނަށް އެއްޗެއް ވިސްނޭނެ އެންނު
އިސްތިއުފާ
23 June 2025
ޓްރަމްޕް އިސްތިއުފާ
މަ ބުނީ
23 June 2025
އަލް ޙަމްދުލިއްލާހި ﷲ އަކްބަރް.
ތެޔޮ
23 June 2025
ރާއްޖޭގައި ސްޓްރެޑީޖިކް ޕެޓްރޯލިޔަމް ރިޒާވެއް ބެހެއްޓުމަކީ ވަރަށް ބޭނުންތެރި ކަމެއް. ކަމެއް ވާނީ ބުނެފައެއް ނޫން. 3 ނޫނީ 6 މަހަށް ވާވަރަށް ބެހެއްޓޭ ތެލުގެ ރިޒާވަކީ ދުނިޔެއަށް އަންނަ ކޮންމެ ލޮޅުމަކަށް ތައްޔާރުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް.
ޥިޒްނާ
24 June 2025
ޥަރަށް ރައްކާތެރިކޮށް ތިޔަ ތަނެއް ހަދަން ވާނީ...