މާވިން އާއި އޭނާއާ ގުޅުން އޮންނަ ލަމްހާ
19 ޖެނުއަރީ 2022 - 20:48
އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމައިފި އެވެ.
މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10 ޖަހާއިރަށެވެ.
އެނގި ހުރެ މީހަކު މެރުމުގެ ދައުވާ، އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ މާވިންގެ މައްޗަށް ކޮށްފައި ވާއިރު، ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް އެހެން ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް ވަނީ އެކަމުގައި ބައިވެރިވުމާއި އިތުރު ދެ ދައުވާއެއް ކޮށްފަ އެވެ.
އެ ދެ މީހުން ތިބީ މުއްދަތު ޖަހައި ޖަލު ބަންދުގަ އެވެ.
އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކުރަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައި ވާތީ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.
ލަމްހާ އަށް ކުރާ ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމާއި އަދި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމެވެ.
އޭގެ ތެރެއިން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައި ވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިން އަށް އޭނާ މަގުފަހިކޮށްދީފައި ވާތީ އެވެ.
ލަމްހާ އަށް ކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކުރަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި މީނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން މީނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައި ވާތީ އެވެ.
އޭނާ އަށް ކުރާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައި ވާތީ އެވެ.
އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓްގައި މަސައްކަތްކުރާ މޭރީ ދަންޖެހިގެން މަރުވީ ޑިއުޓީގައި ހުރެފައި ގެޔަށް ދިއުމަށް ފަހު ކަމަށް މާވިން ވަނީ ބުނެފަ އެވެ. ނަމަވެސް ދަންޖެހިގެން މަރުވެފައި އޮންނަ މީހެއްގެ ހަށިގަނޑުން ފެންނަ ފަދަ ނިޝާންތަކެއް މޭރީގެ ހަށިގަނޑުގައި ނެތުމުން ތަހުގީގު ފުޅާކޮށް ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމުން، މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުންކަން ފަހުން އެނގުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޑަމެލް
20 January 2022
ހަލީމާ ބުންޏޯލަ ތިމަންނަ މިއީ ސާލިހުއަށް ބޮޑުބޭބެ ކިޔާ މީހެކޭ އެހެންވެ ޕީޕީއެމް އަޑީގަ އޮވެގެން ތިމަންނައާ ދެކޮޅަށް ހިންގާ ކަމެކޯ މިއީ.
456435456
20 January 2022
މީ ވަރުގަދަ ދެމީހުންނުން. މިކަދެމީހުންނަށް ފިލްމެއް ހަދާބަލަ. ހަދާފަ ކިޔާބަލަ "ކިސް ޖިސްމް".
މަހުމާ
20 January 2022
ދިވެހިރާއްޖެ ހާ ފުރާނައިގެ އަގުދައް ޤައުމެއްނެތް މުޅި ދުނިޔޭގަވެސް. މެކްސިކޯ ޢައްވުރެވެސްދައް. މެކްސިކޯގަވެސް ޝަރުއީނިޒާމުގަ ފުރާނައިގެ އަގުވަޒަންކުރޭ.
މާކުންބޭ
19 January 2022
މީހަކު މެރުމުން ހުކުމަކީ 10 އަހަރު ތަ؟ މީހަކު މޮޔައެއް ނުވާނެތަ؟؟؟ އުމުރު ދުވަހަށް ޖަލު ގޮޅިއެއްގައި ބަހައްޓަންޖެހޭނެ.