ނަޝީދުގެ ވަކީލުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އާ ހެއްކާ އެކު ސުޕްރީމް ކޯޓުން ނަޝީދުގެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށް ވަކީލުން ދެކެވަޑައިގަންނަވާ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
16 ޖުލައި 2017 - 15:09
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަަށް އިއްވި 13 އަހަރުގެ ޖަލު ހުކުމަކީ ކޯޓުގެ ފަނޑިޔާރަކު ލިއުއްވި ހުކުމެއް ނޫން ކަމަށާއި އެ ހުކުމް އެމަނިކުފާނުގެ މައްޗަށް އިއްވީ ސަރުކާރުގެ ރޭވުމާއި ނުފޫޒުން ކަން ސާބިތުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވުމާ އެކު، ސުޕްރީމް ކޯޓުން އެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށް ނަޝީދުގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ވަކީލުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހިސާން ހުސެއިން ވިދާޅުވީ ކްރިމިނަލް ކޯޓުން ނަޝީދަށް އިއްވި ދިގު މުއްދަތުގެ ހުކުމް ހައި ކޯޓާއި ސުޕްރީމް ކޯޓުން ދަމަހައްޓާފައިވީ ނަމަވެސް އެ ހުކުމާ ގުޅޭ އާ ހެއްކެއް ފެންމަތިވުމުން މައްސަލަ އަލުން ބަލަން ޖެހޭ ކަމަށެވެ. އެއީ މިހާތަނަށް ވެސް ރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލު ކަން ވަކީލުން ފާހަގަކުރެއްވި އެވެ.
"އަދީބަކީ ކުރިން ޓޫރިޒަމް މިނިސްޓަރު ކަން ކުރައްވައި ސަރުކާރުގައި އުޅުއްވިއިރު އެންމެ ބާރުގަދަ، ނުފޫޒު ގަދަ ބޭފުޅާގެ ގޮތުގައި ރައްޔިތުންނަށް ފެނިގެން ގޮސްފައިވާ ބޭފުޅެއް. އެފަދަ މަގާމެއްގައި އޭރު ހުންނަވާފައި، މި މައުލޫމާތު މިހާރު އާއްމުކުރައްވައި ހެކި ބަސް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވުމުން ޝަރީއަތުގެ ވެސް ޒިންމާއެއް އެބައޮވޭ މި މައްސަލަ އަލުން މުރާޖައާ ކުރެއްވުމުގެ،" ހިސާން ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެން މި އެދެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލާގައި ހާމަވި މައުލޫމާތާ އެކު މައްސަލަ އަލުން މުރާޖައާ ކޮށްދެއްވުމަށް."
- ނަޝީދުގެ ޝަރީއަތްކޮށް، ހުކުމް އިއްވާފައި ވަނީ ކުށަކާ ލައިގެން ނޫން ކަމާއި އެއީ ސައްހަ ހުކުމެއް ނޫން ކަން އަދީބުގެ ސިޓީން ވަނީ ސާފުވެފައި.
- ނަޝީދަށް ހުކުމް އިއްވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިއްވި ހުކުމުގެ ދިފާއުގައި ނަޝީދު މަސައްކަތް ކުރައްވަފާނެތީ.
- ހުކުމް ލިއުއްވީ ނަޝީދުގެ ޝަރީއަތް ހިންގި ފަނޑިޔާރުންނެއް ނޫން، ފުރަތަމަ ނިންމީ 10 އަހަރަށް ހުކުމް އިއްވައި ތަންފީޒުކުރުން ތިން އަހަރަށް ފަސް ކުރަން.
- ފަނޑިޔާރުން މައްޗަށް ބޮޑެތި ނުފޫޒު ފޯރުވައި އެހެން ބަޔަކު ލިޔާ ހުކުމް އިއްވާ ހިސާބަށް ކަންކަން ގޮސްފައިވާތީ ކަންބޮޑުވޭ.
- ފަޓާސް ބަރިއެއްހެން ޝަރީއަތް ނިންމާލި ސަބަބު އަދީބުގެ ސިޓީން ވަރަށް ސާފު. ބޭއިންސާފުން އިއްވާފައިވާ ހުކުމަކީ ބާތިލް އެއްޗެއް ކަމަށް ހެދުމަށް ކުރަން ޖެހޭ ކަންކަން ސުޕްރީމް ކޯޓުން ކުރަން ޖެހޭ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި. --ފޮޓޯ: ސޯޝަލް މީޑިއާ
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ޓެރަރިޒަމްގެ ހުކުމެއް އިއްވީ އެމަނިކުފާނުގެ މައްޗަށް ކުރިން ކުރި ގާނޫނާ ޚިލާފަށް މީހަކު ހިފައި ހައްޔަރުކުރުމުގެ ދައުވާ އަނބުރާ ގެންގޮސްފައި ކަން ވަކީލް އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާހަގަ ކުރެއްވި އެވެ. އެ ދައުވާ އަނބުރާ ގެންގޮސް ފަހުން ޓެރަރިޒަމްގެ ދައުވާ ޕްރޮސިކިއުޓަ ޖެނެރަލް ކުރެއްވީ ސަރުކާރުން ބޭނުންވާ މަގްސަދު ހާސިލްކޮށްދެއްވަން ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"ރައީސް ނަޝީދަށް ދައުވާ ކުރުމާއި ހުކުމް އިއްވުމުގައި ސަރުކާރުން ބޮޑު ދައުރެއް އަދާކުރިކަން އަދީބުގެ ސިޓީން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެމަނިކުފާނުގެ ޝަރީއަތް ގެންދިޔަ ގޮތާއި ހުކުމް އިއްވި ގޮތަށް ބަލާއިރު ވެސް އަދީބުގެ ސިޓީގައިވާ ކަންކަމުން، އެ ހުކުމަކީ ބޭއިންސާފު ހުކުމެއް ކަމަށް ކަނޑައެޅިގެން ވަރަށް ސާފު،" އޭނާ ވިދާޅުވި އެވެ.
ނަޝީދަށް އިއްވުމަށް ފުރަތަމަ ލިއުނު ހުކުމުގައި އޮތީ އެމަނިކުފާނަށް 10 އަހަރުގެ ހުކުމެއް އިއްވައި ހުކުމް ތަންފީޒުކުރުން ތިން އަހަރަށް ފަސްކުރަން ޖެހޭ ގޮތަށް ކަމަށް އަދީބުގެ ސިޓީއާ ހަވާލާ ދެއްވައި ހަސަން ވިދާޅުވި އެވެ. މިއީ، ސިޔާސީ ބޭނުމެއް ހާސިލްކުރަން ސަރުކާރުން ތައްޔާރުކރި ހުކުމެއް ކަމަށާއި އެ ހުކުމް ލިއެފައި ވަނީ ފަނޑިޔާރަކު ނޫން ކަމަށް ވެސް އަދީބު ވިދާޅުވެފައިވާ ކަން ހަސަން ފާހަގަކުރެއްވި އެވެ.
ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ދޭ ހެކިބަސް ކޯޓުގައި ގަބޫލުކުރެވޭނެތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ވަކީލް އިބްރާހިމް ރިއްފަތު ވިދާޅުވީ ނަޝީދު މައްސަލާގައި އަދީބު ހެކި ބަސް ދެއްވުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. މީގެ ކުރިން ވެސް ޖަލުގައި ހުކުމް ތަންފީޒުކުރާ މީހުންގެ ހެކި ބަސް ޝަރީއަތްތަކުގައ ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ ވަކީލުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަދީބުގެ ސިޓީން އާ ހެކިތަކެއް، އާ މައުލޫމާތުތަކެއް އެބަ ހާމަވޭ. އެމަނިކުފާނު ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގައިފި ނަމަ ކުރިން ހާމަނުވާ އާ ކަންތައްތަކެއް ޝަރީއަތަށް ސާފުވެގެންދާނެ. ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ރައީސް ނަޝީދުގެ މައްސަލާގައި ކަންކަން ހިނގާފައިވާ ގޮތް ނުބަލައިފި ނަމަ ރައީސް ނަޝީދާ މެދު ތަފާތު ކުރެވެނީ. ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި އޮވޭ އެއްވެސް މީހަކާ މެދު ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް،" ރިއްފަތު ވިދާޅުވި އެވެ.
އެއްވެސް ރައްޔިތަކަށް އިންސާފު ނުލިބިދާ ކަމަށް ވާނަމަ، އެއީ ރައީސުލްޖުމްހޫރިއްޔާ ވެސް އެކަމެއް ބަލައި އިންސާފު ހޯދައިދޭން ޖެހޭ ކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަ ކަން ވެސް ވަލީކުން ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވައި
17 July 2017
އަދީބު ނައިބު ރައީސްކަމުގަ ހުރިއިރު އަދީބު އެތައް ގިނަ ކޮރަޕްޝަނެއް ހިންގާކަމަށް ރީނދޫކުދިން ގޮވާ ނެގިއިރު އެކަން އަދީބު އިންކާރުކުރީމަ ރީނދޫކުދިންނަކަށް ގަބޫލެއް ނުކުރެވުނު. އޭރު އޭނަ ހަދަނީ ދޮގު. އެކަމު މިއަދު އަދީބު ދައްކާ ހުރިހާ ވާހަކައެއް ތެދު. މަސްލަހަތުކިޔާ އެއްޗެއް މީގަ މައްސަލައަކީ. އަދީބު ވާހަކަ ކިޔައިދެމުން ގޮސް އަންނި މިނިވަންކުރަން މަޖްލިސްގަ ހެދި ޑީލްގެ ވާހަކަ ކިޔައިދޭން ފަށައިފިއްޔާ ހީނުވޭ ހިނގާނެހެނެއް.
ބޫކ
17 July 2017
މުރާޖަޢާ ނުުރާނެ ސަބަބުތައް. 1. ހުކުމް ލިޔުމުގައި އަދީބު އަދާކުރި ދައުރު. 2. ތިމަން މި ހުކުމްއލިޔަނީއނޫންކަމާއި ކިޔަނީކަން ޤާޟީ އަށްވެސް އެނގުން. 3. ސްޕްރީމްކޯޓަށްވެސް ކަންހިނގާފައިވާގޮތް ސާފުވެފައިވުން. 4ނަޝީދު ޖަލަށްލީއިރު އޮތް ޙާލަތު ބަދަލުވެފައި ނުވުން.......
ބޮޑާބެ
17 July 2017
މި މީހުންގެ ޓާގެޓް އަކީ ނަޝީދަަށް ވެރިކަން ހޯދާދީފައި ޢާސިމު އައިސީޔޫގައި ބާއްވާފައި މައުމޫނު ވެސް އުމުރުގެ ބާކީ ބައޮ ޖަލަގައި ބައިދާފައި 50 އަހަރަށް އެމްޑީޕީ ވެރިކަން ކުރުމެވެ. މިހާރު ވެސް މައުމޫނު އާއި ޤާސިމު ނުލައި އަމިއްލަ އަމިއްލަ އަށް އެބަ ކަންކަނަ ނިންމާ ނޫން ތޯއެވެ؟ އެއީ އިންތިޚާބު ކައިރި ވާތީއެވެ.އެމީހުން އެތިބީ ކައުންސިލް އިންތިޚާބުގައި ގޮޑި ކޮޅެއް ލިބުމުން އެ ގޮޑި ކޮޅަކީ އެމީހުނަށް އޮތް ތާއީދު ކަމަށް ހީކޮށް ބޮޑާވެ ގެންފައެވެ.އިއްތިހާދުގެ މަތިން މިހާރު ހަނދާނެއް ނުވެއެވެ.
މުރާސިލް
17 July 2017
ކެނެރީގޭ ނަޝީދުގެ ޙުކުމް އަލުން މުރާޖާ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ނަޝީދު ހިންގެވީ ޓެރެރިޒަމްގެ އަމަލު އެއީ އަހަރެމެންގެ ކުރިމަތީގައި އެމަނިކުފާނު އަމިއްލަ ފުޅަށް އިޢުތިރާފު ވެފައިވާ ވަރަށް ސާފު ކަމެކެވެ. ހަޤީޤަތުގައި ރައީސްކަމުގައި ހުންނަވައިގެން ނަޝީދު ހިންގެވި ޖަރީމާތަކަށް ބަލާއިރު މިހޢރު އިއްވާފައިވާ ޚުކުމަކީ އަދި ވަރަށް ކުޑަ މިންވަރެކެވެ.
ޖުހާ
16 July 2017
މިމީހުން މިތިބެނީ އަޅެ ބީތާ ވެފައިތަ؟ ކުށްވެރިވެޖަލުގައި ހުންނަމީހަކުގެ ހެކިބަސް ގަބޫލުނުކުރެވޭނެކަން ހަމަނޭގެނީތަ؟ ނޫނީ މީހުންނަށް އޮޅުވާލަން އުޅެނީތަ؟
ޕޮގުބާ
16 July 2017
ނަސީދުގެ ހުކުމް މުރާޖާކުރީޔަ 25 އަހަރުގެ ޖަލުހުކުމަކަށް ބަދަލުވާނެ ވަކީލުން ތިއުޅެނީ ލާރި ނަގައިގެން ނަސީދު ހަލާކު ކުރަން
އަބްދުއްލާ
16 July 2017
ހުކުމް ގާ ކޮން މުރާޖައާ އެއް ގާނޫނު އެއޮތީ ފެންނަން ، ގާނޫނުގާ އެބައޮތް 10 އަހަރާ 15 އހަރާ ދެމެދުގެ ހުކުމެއްކަން އަންނާނީ މީހަކު ރަހީނު ކޮށްފިނަމަ ، ރަހީނު ކުރިކަން ކިތާބީ ހެއްކާ ޕޯޑިއަމް ހެއްކާ އެކފަރާތްތަކުން ދީފާ ހުރިހެކިން ސާބިތުވޭ ، ދެން އިތުރު ކޮންމުރާޖައާއެއް ފަނޑިޔަ ރު ނުލިއުނަސް ގާޒީ ނުލިއުނަސް ހުކުމް އަންނަން އެބަޖެހޭ ، ގާޒީގެ ހުކުމް ރަނގަޅުތާ އަޅުގަނޑު ކުރި ހުކުމެއްނަމަ ކުރާނީ އެހުކުމެއް ނޫން ވުޖޫދުން ގެއްލޭފަދަ ހުކުމެއް ކުރީމުސް.
ޙާލުގެ ދުލުން
16 July 2017
އަދީބު އާރާއި ބާރުގައި ހުރި އިރު ތިޔަހެކިބަސް ދިންނަމަ ނާޒިމާއި ނަޝީދައް ލިބެމުންތިދާ ނުޙައްގު އަނިޔާ ނުލިބުނީސް ހުކުމަކީ ދެޚަޞްމުންގެ ވާހަކައާއި ހުށަހަޅާ ހެކި ޤަރީނާތަކުގެ މައްޗަށް ޤާޟީ ކަނޑައަޅާ ނިޔާއެއް. ހެކިފޮރުވުމަކީ ﷲ ޙަރާމްކުރައްވާފައިވާ ބޮޑުފާފައެއް ވީއިރު ހުކުމް އިއްވިމީހާއަށްވުރެ ހެކިފޮރުވިމީހާގެ ނުބައިކަން މާބޮޑު ދެންވެސް ތައުބާވެ ހެކިބަސް އަދާކުރާނެ ފުރުޞަތުލިބިއްޖެނަމަ ﷲ ގެ ވަޖުހުފުޅަށްޓަކާ ޢަދުލަށް ހެކިބަސް އަދާކުރައްވާ ހާލުގެ ދުލުން
ދރ
16 July 2017
އަދިވެސް ނުވިސްނޭދޯ މިވާގޮތް؟ އަދީބު އެއުޅެނީ އަމިއްލަ އެގެންޑާއެއްގަ އޭ..
ބޮއިލްމަސް
16 July 2017
މުޅި ގައުމު އެއްއަޑުން ގޮވަމުންދަނީ އިންސާފުން އެއްކިބާވެ އަނިޔާވެރިކަން ކުރިޔަށް ނެރެފަވާކަމަށް
ދރ
16 July 2017
ތީތަ މުޅި ގައުމަކީ؟
އަބްދުއްލާ
16 July 2017
މުރާޖައާ ކުރަންޖެހޭސަބަބެއް އޮންނާނީ ހަމަ އެކަނި އަބްދުﷲ ގާޒީ ގިރިފުއްޓަށް ވަޑައިގަތީ އެބޭފުޅާ އަމިއްލަޔަށްކަމުގައިވާނަމަ ، އަދި ގިރިފުށީގަ އެބޭފުޅާގެ މިނިވަންކަމުން މަހުރޫމް ވެފާ ހުންނެވީ އަމިއްލަފުޅަށް ކަމުގައިވާނަމަ އެކަނި. ނަސީދު މުލީއާގޭގަ ލިއުއްވާފަ އޮތް ލިއުމާ ، ނަސީދު ކެބިނެޓްގާ ދެއްވކެވި ވާހަކަފުޅުތަކާ ، ނަސީދު ޕޯޑިއަމްތަކުގާ ދެއްކެވި ވާހަކަ ފުޅުތައް ރިވައިންޑް ކުރެވި އަބުރާ ގަތްވަޅަށް އަތުވެއްޖެނަމަ މުރާޖައާ ކުރަންވާނެ. އެހެންނުވެއްޖެނަމަ މުރާޖައާ ކުރަން އުޅެނިކޮށް ފެންނަނީ އެމްބަސީ އަކުން ނުވަތަ ފާހާނާ އެއްގާ ފިލާ އޮއްވާ ނޫންތަ ؟ ވީމާ އިތުރަށް ކުރަންޖެހޭ މުރާޖައާ އެއް ނެތް. އަދީބު ލިއުއްވިޔަސް އެކަން އެއޮތީ ނިމިފާ. ވައްސދަލާމް.