ޚަބަރު / މެމްބަރު މުހައްމަދު ސައީދު (މާވަށް)

ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތް މި ސަރުކާރުން ކުރިއަކަށް ނުގެންދާނެ: ސައީދު

ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދަން ނިންމި އައިހެވަން މަޝްރޫއުގެ ކުރެހުމެއް.

15 ޖެނުއަރީ 2020 - 23:33

28 comments

އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މި ސަރުކާރުން ބުންޏަސް އެކަން ނުކުރާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެ، ޓުވީޓް ކުރެއްވީ ޓްރާންޝިޕްމަންޓް ބަނަދަރަށް އިންވެސްޓްކުރާނެ ބަޔަކު ހޯދަން އެކި ގައުމުތަކާ އެކު މި ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަމަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

"އިންވެސްޓްމެންޓްތަައް ހޯދުމަށްޓަކައި އަޅުގަނޑުމެން މިހާރު ވެސް މިދަނީ އަޅުގަނޑުމެންނާ ގުޅުން ހުރި ގައުމުތަކާ ވެސް ވާހަކަ ދައްކަމުން. އޭގެ ތެރޭގައި ސައުދީ އެރެބިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް [ޔޫއޭއީ]، އިންޑިއާ، އެމެރިކާ އަދި މިފަދަ ތަންތަނުގެ އިންވެސްޓަރުންނާ ވެސް ވާހަކަ ދައްކަމުން މިދަނީ،" ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅުވައިގެން އެމްޑީޕީން ބޮޑުތިލަދުންމަތީގައި މިހާރު ކުރާ ކެމްޕެއިންގައި ފައްޔާޒް ވިދާޅުވި އެވެ.

Transhipment bandharakun Raajje ah adhi ves bodu faidhaaeh vaane: Fayyaz

Transhipment bandharakun Raajje ah adhi ves bodu faidhaaeh vaane: Fayyaz

The most trusted news source in the Maldives

Mihaaru

ޓްރާންޝިޕްމަންޓް ބަނދަރަކުން ރާއްޖެ އަށް އަދިވެސް ބޮޑު ފައިދާއެއް ނެގޭނެ: ފައްޔާޒް

އޭނާގެ އެ ވާހަކަތަކާ ގުޅިގެން، މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ރައީސް ސައީދު ކުރެއްވި ޓުވީޓެއްގައި ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ، "އެ ޕްރޮޖެކްޓެއް މި ސަރުކާރުން ކުރިއަކަށް ނުގެންދާނެ" ކަމަށެވެ.

"އިހަވަންދިއްޕޮޅާއި ފާފު އަތޮޅުގެ ބިޔަ މަޝްރޫއު ހުއްޓުވީ ކޮން ބައެއް ކަން ދިވެހި ރައްޔިތުންނަކަށް ނޯޅޭނެ. ޓްރާންޝިޕްމަންޓާ އެކު އައިހެވަންގެ މާސްޓަޕްލޭން އަދި ފީޒިބިލިޓީ ސްޓަޑީޒް ވާނީ ނިމިފައި،" ޓްރާންޝިޕްމަންޓް ބަނދަރުގެ މާސްޓަޕްލޭނާއި ކުރެހުންތަކާ އެކު ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދުގެ ޓުވީޓް

މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެސް ސައީދު ވިދާޅުވެފައި ވަނީ އިހަވަންދިއްޕޮޅު ތަރައްގީ ނުކުރަން އެމްޑީޕީން ބަޔަކަށް ވައުދުވެފައިވާ ކަމަށެވެ. އެކަމަކު، އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ސައީދު އޭރު ވެސް ވިދާޅުވީ، އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ ވައުދު ފުއްދުމުގެ ގާބިލްކަން އެމްޑީޕީގެ ކިބައިގައި ނުހުންނާނެ ކަމަށެވެ.

"އިހަވަންދިއްޕޮޅު ތަރައްގީ ކުރައްވާނީ ހަމަ ރައީސް ޔާމީން،" 2018 ގެ ރިޔާސީ ކެމްޕެއިންގެ ފޯރީގެ ދުވަސްވަރު ސައީދު ވިދާޅުވެފައި ވެ އެވެ.

PPM ge menifesto: Raajjeyge dhekolhugai 2 "Male"

PPM ge menifesto: Raajjeyge dhekolhugai 2 "Male"

The most trusted news source in the Maldives

Mihaaru

ޕީޕީއެމްގެ މެނިފެސްޓޯ: ރާއްޖޭގެ ދެކޮޅުގައި ދެ "މާލެ"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް "އައިހެވަން" ގެ ނަމުގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއްގެ މަސައްކަތް ފެށުމުގެ ވާހަކަތައް ވަރަށް އުންމީދާ އެކު ދެއްކި އެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ މެނިފެސްޓޯގައި ވެސް އެ މަޝްރޫއުގެ ވާހަކަ ހިމަނާފައި އޮތެވެ. ދެންމެދެންމެ ފެށިދާނެ ކަމަށް ބެލެވުނު އެ މަޝްރޫއަށް އަމަލީ ސިފައެއް ނައި ސަބަބެއް ޔާމީންގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު ވެސް ނޭނގެ އެވެ.

Iheavan mashroou ge master plan nimijje: Raees Yaamin

Iheavan mashroou ge master plan nimijje: Raees Yaamin

The most trusted news source in the Maldives

Mihaaru

އައިހެވަން މަޝްރޫއުގެ މާސްޓާޕްލޭން ނިމިއްޖެ: ރައީސް ޔާމީން

ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ވަނީ ޓްރާންޝިޕްމަންޓް ބަނދަރުގެ މާސްޓަ ޕްލޭނާއި ފީސިބިލީ ސްޓަޑީ ވެސް ނިންމާފައި ކަމަށް އެމަނިކުފާނުގެ އެންމެ ފަހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

ޔާމީންގެ ސަރުކާރުން ހޭދަކޮށްގެން ޓްރާންޝިޕްމަންޓް ބަނދަރުގެ މާސްޓަ ޕްލޭންގެ މަސައްކަތް ކުރީ ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުނިންނެވެ. އަދި ފީސިބިލިޓީ ހެދީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ) އިންނެވެ.

އެކަމަކު، މި ސަރުކާރުން ވެސް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން އަނެއްކާ އެކަމަށް ބޮޑު ޚަރަދެއް ކޮށްގެން ދިރާސާއެއް ވަނީ ފަށައިފަ އެވެ.

ތިލަދުންމަތީގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގެ ފަހު ދުވަސްވަރު އެވެ. އެކަމަކު، އެމަނިކުފާނުގެ ވެރިކަން ވެސް ނިމުނީ އެކަމުގައި ނަތީޖާއެއް ނުދެއްކި އެވެ.

އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި އެންމެ ބާރަށް އަދި އެންމެ ބޮޑަށް އުންމީދު ދެއްވި އެއް މަޝްރޫއެވެ.

އެމަނިކުފާނުގެ ވެރިކަމަށް އަހަރެއް ފުރުނު ފަހުން، މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ވަނީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަށް ލަފާ ހޯދަން 13.2 މިލިއަން ރުފިޔާ އަށް، ނެދަލެންޑްސްގެ އެމްޓީބީއެސް އާއި ޑެންމާކުގެ ނީރާސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްފަ އެވެ. އެ ކުންފުންޏާ އެކު ކޮންސަލްޓެންސީ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ޑިސެމްބަރު 19 ގައި ސޮއިކޮށްފަ އެވެ.

Transshipment bandharah lafaa hoadhumah beyru bayakaa havaalukoffi

Transshipment bandharah lafaa hoadhumah beyru bayakaa havaalukoffi

The most trusted news source in the Maldives

Mihaaru

ޓްރާންޝިޕްމަންޓް ބަނދަރަށް ލަފާ ހޯދުމަށް ބޭރުގެ ބަޔަކާ ހަވާލުކޮށްފި

މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން އިހަވަންދިއްޕޮޅާއި ލާމު އަތޮޅުން ހުވަދޫ ކަނޑާ ކައިރިން ބަނދަރު ހެދުމަށް އެންމެ އެކަށީގެންވާ ސަރަހައްދެއް ހޯދުމަށް ފީޒިބިލިޓީ ބަލާނެ އެވެ. އަދި ފީޒިބިލިޓީ އަށް ބެލުމަށް ފަހު ޕްރޮޖެކްޓު ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ދިރާސާތައް ވެސް އެ ކުންފުނިން ކުރަން ޖެހޭނެ އެވެ.

28 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕާސްކުރޭ

16 January 2020

އެއީ ހަދަން ޖެހޭ އެއްޗެއް ނޫން މާލޭގެ ސަރަހައްދުގަ ތިލަފުށީގަ ތަރައްޤީވެފައޮތް ގައުމީ ބަނަދަރެއް ނެތި ދެތިންބޯ އުޅޭ ރަށްަރަށުގަ މިބަނދަރު ނުހެދޭނެ އެއީ ސިޔާސީ ހިޔާލީ ފޮލާއެއް

The name is already taken The name is available. Register?

އުނިމާ

16 January 2020

އިހަވަންދިއްޕޮޅުގައިވިޔަސް އަދި ދެކުނުން ލ ނުވަތަ ހުވަދޫގައިވިޔަސް ޓްރާންސްޝިޕްމަންޓް ބަނދަރެއްހެދުމަކީ ލަފާދޭ އަދި ތަންހެދުމުގެ މަސައްކަތްކުރާބަޔަކަށް ފައިދާކުރާނެކަމެކެވެ. ތިކަމުގެ ޒާތުން ތިކަންވިޔަދަދޭނެބާއަކީ، ސުވާލެކެވެ؟ ވަގުތުފާއިތުވުމަކީ، ކަންކަންކުރުމަށް ކުރިމަތިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. ކޮޗިންގައިވެސް ޓްރާންސްޝިޕްމަންޓު ބަނދަރެއް އެބައޮތެވެ ހަންބަންތޮޓައިގަވެސް އެބައޮތެވެ. ތަންއޮތީ ހެދިފައެވެ. އެކަމަކު ނުހިނގައެވެ! ވަގުތުފާއިތުވެފަ

The name is already taken The name is available. Register?

ރިޝް މާ ފަހަރި މަންޖެ

16 January 2020

ސައީދާއި ޕީޕީއެ މް އޮޅުވާލު މާއި ކަރަޕްޝަން.

The name is already taken The name is available. Register?

ބޯކިބާ ބެހުން

16 January 2020

ބޮޑުތިލަދުންމަތީގެ އިހަވަންދިއްޕޮޅަށް އަންނަންޖެހޭ ޙަޤީޤީ ތަރައްގީ ނައުމުގެ އެއް ސިއްރަކީ އެ ސަރަހައްދުގެ އެންމެ ބައިބޯ ދެރަށުގެ ކޯޅުން. 5 މިނިޓްގެ ރާސްތާގައި ދެރަށް އޮންނައިރު ސަރަހައްދަށް އަންނަ ކޮންމެ ކަމެއް ޖެހެނީ ދެރަށުގައިވެސް ކުރަން. ބޭންކް ދެފަޅި. ހޮސްޕިޓަލް ދެފަޅި. ނަތީޖާއަކީ އެއްވެސްތަނެއް އޭގެ ގޮތުގައި ގާއިމް ނުކުރެވުން. ބޭންކުންވެސް ފުދެނީ އޭޓީއެމްގެ ބޭނުން. ސިޔާސީމީހުންވެސް ބަލަނީ ދެރަށް ރުއްސަން. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް.

The name is already taken The name is available. Register?

މަކީޓާ

16 January 2020

އިންތިޚާބެއް ކުރިމަތިވެފަ އޮންނައިރު، މިކަހަލަ ކަންކަމުގަ އިދިކޮޅު މީހުން ދައްކާ ވާހަކަޔާމެދު ވެސް ކުޑަކޮއް ވިސްނާލަންޖެހޭން. ރައްޔިތުން ގުބޯ ހެއްދުން އެއީ ކޮންމެ ސަރުކާރަކުންވެސް ކުރާކަމެއް. މިރާއްޖޭގަ އެކަނިކުރާ ކަމެއްނޫން، ހުރިހާ ގައުމެއްގަވެސް ކުރާކަމެއް.

The name is already taken The name is available. Register?

ބޮޑުމީހާ

16 January 2020

މިގައުމުގައި އެއްކަމެއްވެސް ރަގަޅެއް ނުވާނެ ސިޔާސީ މީހުން ރަށްރަށަށް އަންނަންވާއިރަށް ރަށްތައް ޒީނަތްތެރިކޮށް، އެމީހުން ކަރުގަ މާފަތި އަޅުފާވަ ގޭގަ ހުންނަ ކާއެތިކޮޅު ދީ ކުރުބާ ދީ ހަދާހާ ހިދަކު. އޭގެ ބަދަލުގައި އެމީހުންއައީމަ ސުވާލުކުރަންވީ ކަލޭމެން މިވެނި ދުވަހަކު މިވެނި ވައުދެއް ވެފައޭއޮތީ. އެ ވައުދު ނުފުއްދާހާ ހިދަކު މިތަނަށް ވޯޓް ހޯދަން އައިސްގެން ނުވާނެޔޭ! ސިޔާސީ މީހުންނަށް ސަނާ ކިޔައިގެން ގައުމު ރަގަޅެއް ނުވާނެ އެމީހުން ޒިންމާދާރުކުރުވަންވީ

The name is already taken The name is available. Register?

މަގުސަދު

16 January 2020

މިހިރަމިހިރަ ކަންތައްތަކަކީ ކުޑަކުޑަ ތުއްތު'ތުއްތު ކުއްޖާއަތައް ގަންޑަކާ ފަންސޫރެއް ދިނައްސް ކުރަހާ ކުލަޖައްސާލާނެ މޮޅު ގޮތަކައް ބަލާބެލުމައް ހީވަނީ ދުބާއި ޕޯޓް ،އެމްސްޓަޑަމް ޕޯޓް މީއެވެސް އެއްޗެކަށް ނުވާހެން މިވެރިންގެ މޮޅު ބައިސާއަކީދުނިޔެވެސް ލަދުވެތިވާވަރުގެ ކަންކަން ﷲ މިވެރިންނަށް ހެޔޮގޮތްވިސްނާދެއްވާ އާމީން

The name is already taken The name is available. Register?

އިންތިހާބީ ޕޯޓް

16 January 2020

އުތުރުގައި ހަދަން ތިޔަކިޔާ ޓްރާންޝިޕްމަންޓް ބަނދަރުގެ ޖަޒުބާތުގައި އެއްވެސް ބޭފުޅަކު ނުޖެހޭތި. ތީ އަހަރެމެން ތުއްތު އިރުން ފެށިގެން ކައްކާ ޑޮންޑޮނެއް. ޒުވާން އުމުރަށް އަޅައި، މީހުނާ އިނދެ، ދަރިންލިބި ކާފަ/މާމަ ކިޔަން މިއޮއް ތައްޔާރުވީ. އަދިވެސް ފީޒިބިލިޓީ ހެދުމުގަ. ހާއްސަކޮށް އިންތިހާބެއް ކައިރިވާއިރަށް ހީވާނީ ދެންމެދެންމެ ފަށާފާނެހެން. އިންތިހާބީ ފީޒިބިލިޓީ ބަނދަރު ތިކަމަށް ކިޔަންވީ. ބޯހަލާކު!

The name is already taken The name is available. Register?

ލެއްގި ކޮމިޝަނަރ

16 January 2020

ސައީދު ބުންޏަސް ތެދެއްވާނީ ތެދެކަށް. އެއްއަހަރު ނިމުނުއިރު މިސަރުކާރުން ބިންގާއަޅާގެން ނިމުނީ ކާފަމާމަ ޓާމިނަލް އެކަނި. 30ބިލިއަން ވަދެގެންދިޔަތަނެއް އެގެނީއެއްނޫން.

The name is already taken The name is available. Register?

މަންޑޭލާ

16 January 2020

ރައިސް ޔާމިން އެމްމެ ބޭނުވިކަންތަ ނުވީ އިންޑިޔާ މިކަމުގެ ތެރެޔަށް ވަންނާތީ. އިންޑިޔާއަށް ނުރައްކަލޭ ކަނޑުގެ ސަލާމަތޭ ކިޔަމުން ދުވީ ރައިސް ނަޝީދެއްނުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454