މެމްބަރު އީސަ: ލޯނު ދެއްކުން ފަސްކޮށްދޭން ވާނީ ކުލި ކުޑަކުރަން ޝަރުތު ކުރުމަށް ފަހު ކަމަށް ވިދާޅުވި. -- ފޮޓޯ/މިހާރު
20 ޖުލައި 2020 - 09:43
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ މުވައްޒަފާ ބައްދަލުވެފައިވާ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ، އައިސޮލޭޝަންއަށް ދާން އެޗްޕީއޭން އަންގައިފި އެވެ.
އިއްޔެ ޕޮޒިޓިވްވީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ އިދާރީ މަސައްކަތް ކުރާ މުވައްޒަފެކެވެ. އެހެންވެ، އެޗްޕީއޭ އިން އިއްޔެ ވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މުވައްޒަފާ، މެމްބަރު އީސަ ބައްދަލުވުމުން އޭނާއަކީ ޕްރައިމަރީ ކޮންޓެކްޓަކަށް ވާތީ އައިސޮލޭޝަންއަށް ދާން އަންގައިފައިވާ ކަމަށެވެ.
"މީގައި ދަންނަވަން ބޭނުންވާ ވާހަކައަކީ ޕްރައިމަރީ ކޮންޓެކްޓަކާ ވެސް އަދި ކޮންމެ ގޮތަކަށް ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވެ ލައްވާއިރުގައި މާސްކް އަޅުއްވައިގެން ހުންނަވާށޭ،" ނަޝީދު އިލްތިމާސް ކުރެއްވި އެވެ.
Maileehuge idhaaraage muvazzafaku anekkaa ves Covid ah positive vejje
The most trusted news source in the Maldives
Mihaaru
މަޖިލީހުގެ އިތުރު މުވައްޒަފަކު ޕޮޒިޓިވްވުން
އީސަގެ އިތުރުން އެހެން މެމްބަރަކު ނުވަތަ މަޖިލީހުގެ އެހެން މުވައްޒަފަކު އައިސޮލޭޝަންއަށް ދާން ޖެހުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނަޝީދު ވިދާޅެއް ނުވެ އެވެ.
އެ މުވައްޒަފު ޕޮޒިޓިވްވުމާ ގުޅިގެން މަޖިލީހުގެ އިދާރާ އިއްޔެ ވަނީ ޑިސްއިންފެކްޓް ކޮށްފަ އެވެ.
މަޖިލީހުގެ އިދާރާގެ މުވައްޒަފަކު މީގެ ކުރިން ވެސް ކޮވިޑަށް ޕޮރިޒިޓިވް ވި އެވެ. އެ ފަހަރު ކޮންޓެކްޓް ޓްރޭސިން ހަދައި، މުވައްޒަފުންތަކެއް ކަރަންޓީނު ކުރި ނަމަވެސް މަޖިލީހުގެ ޖަލްސާތަކުގެ އިތުރުން އެހެނިހެން މަސައްކަތްތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔަ އެވެ. އޭރު އެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނީ، ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހު، މަޖިލީހުގެ މަސައްކަތްތައް މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން މަޖިލީހުގެ ރައީސް ފާހަގަކުރައްވާ ކަމަށެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އެޅި ރައްކާތެެރިކަމުގެ ފިޔަަވަޅުތަކާ އެކު، މަޖިލީހުގެ ޖަލްސާތައް ފުރަތަމަ ބާއްވަމުން އައީ ވާޗުއަލް ކޮށެވެ. އެކަމަކު ޖަލްސާތައް ތަޅުމުގައި ބާއްވަން ފެށީ މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުން އަށް ލުއި ދިނުމުގެ ކުރިން މިދިޔަ މަހުގެ 26 ގަ އެވެ. އޭރު ޖަލްސާ ބާއްވަން ފުރަތަމަ ނިންމީ އެޗްޕީއޭގެ ހުއްދަ ނުލިބެނީހެވެ. ނަމަވެސް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، ޖަލްސާތަކަށް މެމްބަރުން ވަޑައިގަތުން އެންމެ ރަނގަޅު ކަމަށް ފުލުހުން އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރީޔާ ސުޖޫން.
20 July 2020
ތީ އަބަދުވެސް ކަރަންޓީނުގަ ބަހައްޓަންޖެހޭ މީހެއް
އތނ
20 July 2020
ސުޕަރ މެޖޯރިޓީ މަޖުލީސް ގެ ޖަލްސާތަށް އޮންލައިންކޮށް ކުރިއަށް ގެންދާ ވަރަށް މެމްބަރުން ތަރައްގީ އެއް ނުވޭ ދެއްތޯ؟
ކައްދާނިކެ
20 July 2020
ކީޕް ގޮއިންގ ރައީސް ނަޝީދު.
އަޙްމަދު އަލި ދީދީ
20 July 2020
ތިޔަކަން ދާއިމީކޮށްލުމަކީ ޤައުމަށް ލިބޭނެ ކުރިއެރުމެއް
ނޭގޭ މީހާ
20 July 2020
މިއީތަ "ރިޒް ކޮމްޕަނީ" މީހާ އަކީ؟ ނޭގޭތީ އަހާލީ އެވެ.
ހަސަބު
20 July 2020
އަވަހަށް ބުނޭ ދާކަށް ނުޖެހޭނެޔޭ.