ރިޕޯޓް / ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ހުކުމާ އެކު ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް؟

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީން މިނިވަން ވިޔަސް ނުވަތަ ހައި ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ވެސް ގުޅިފައި އޮތީ ޕީޕީއެމްގެ ސިޔާސީ ކުރި މަގާ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅުގައި ހުންނަވައިގެން ޕީޕީއެމްގެ މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާ މެދު ސުޕްރީމް ކޯޓުން މާދަމާ ހުކުމް އިއްވާނެ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

"ސުޕްރީމް ކޯޓު ނުފޫޒަކަށް ނުގުޑާނެ އެވެ. ހުކުމް އިންސާފުވެރިވާނެ،" އެވެ.

މި އުއްމީދުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ގިނަ ބަޔަކު ތިބީ ހިމޭންކަމާ އެކު އިންތިޒާރުގަ އެވެ. އެ މީހުން ޔަގީންކޮށްގެން ތިބީ ރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓުން ޔާމީނަށް މާދަމާ އިންސާފު ލިބޭނެ ކަމަށެވެ.

އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފުގެ ހުކުމް ކުރަން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް އުފަންކުރުވައި ސިޔާސީ ދައުވާއަކުން އިއްވި ހުކުމް ނުފޫޒާ އެކު ހައި ކޯޓުން ދަމަހައްޓާފައިވާ ކަމުގެ ފާޑުކިއުން އަމާޒުކުރިއަސް ސުޕްރީމް ކޯޓުގެ ހުކުމް އަތުވެދާނެ ގޮތަކާ މެދު ސުވާލެއް ނުއުފައްދަ އެވެ. އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ނިންމެވުންތަކުން ކޯޓާ މެދު އުފައްދާފައި އޮތް އިތުބާރު ބޮޑު ކަމުން ކަމަށް ވެސް ވެދާނެ އެވެ.

މި އިތުބާރުގެ މައްޗަށް ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ވަރަށް ޔަގީންކަމާ އެކު ވިދާޅުވަމުން ގެންދަވަނީ "ނުހައްގު ޖަލު ހުކުމުން" އަންގާރަ ދުވަހު ޔާމީން މިނިވަންވާނެ ކަމަށެވެ.

މިއީ, ޔާމީންގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ އުއްމީދަށް ވިޔަސް މި ނޫން ގޮތަކަށް ވެސް ހުކުމް އަތުވެދާނެ އެވެ. ރާއްޖޭގައި މި ފަހުން ސިޔާސީ ލީޑަރަކަށް ހުކުމް އިއްވާއިރު އެ ހުކުމް ނެރޭނީ މިވެނި ގޮތަކަށް ކަމަށް ބުނެ ދައްކާ ސިޔާސީ ވާހަކަތަކުގެ އަޑު މަޑުވެފައި އޮތް ހުކުމެއް މި ނޫނީ ނުދެ އެވެ. ޔާމީންގެ ވަކީލުންނާއި ޕާޓީގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން، ލަފާކުރުންތަކުގެ މައްޗަށް ވާހަކަ ދައްކައި ފާޑުކިޔައި ނުހެދުމެވެ.

"އިދިކޮޅު ލީޑަރާ އެކު ޕާޓީ ވަރުގަދަވާނެ"

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީން މިނިވަން ވިޔަސް ނުވަތަ ހައި ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ވެސް ގުޅިފައި އޮތީ ޕީޕީއެމްގެ ސިޔާސީ ކުރި މަގާ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޔާމީން މިނިވަންވުމާ އެކު ރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕް އެއްކޮށް ބަދަލުވާނެ އެވެ. އެ ދުވަހާއި ވަގުތުން ފެށިގެން އިދިކޮޅުގެ ހަރަކާތްތައް ވެސް ވަރުގަދަވާނެ އެވެ.

ޕީޕީއެމްގެ އެއްވުމެއްގެ ބައިވެރިން ދޫވެހި ކައިރިއަށް އެއްވި އިރު ރައީސް ޔާމީން ކުޑަދޮރުން ބޯދިއްކުރައްވައި ސަޕޯޓަރުންނަށް އިޝާރާތުން ގޮވާލައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އަމާޒެއް, މިސްރާބެއް ނެތި ބަލިކަށިވެފައި އޮތް ޕާޓީ އަލުން ދިރޭނެ އެވެ. އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ޒިންމާ އަދާނުކުރެއްވި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ޕީޕީއެމްގެ މަސައްކަތްތައް އޮތީ މަޑުޖެހިފަ އެވެ. އިދިކޮޅު ޕާޓީއެއްގެ ޒިންމާ ފުރިހަމައަށް އަދާނުކުރެވި މުޅި ޕާޓީގެ މިސްރާބު ބަދަލުކޮށްލަން ޖެހުނީ އެމަނިކުފާނު މިނިވަންކުރުމަށެވެ.

ސަރުކާރަށް ޕްރެޝަރު ބޮޑުކޮށްފި ނަމަ އެކަމުގެ އަގު، ޔާމީން އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމުގެ ބިރު ޕާޓީއަށް އޮތެވެ. އެއާއެކު އެމަނިކުފާނު ޖަލުން މިނިވަންކުރަން ޕާޓީގެ ލީޑަޝިޕްގެ ޕްލޭނުން އެކަށިީގެންވާ ނަތީޖާ ނުނެރެވޭ ކަމުގެ ތުހުމަތުތައް ކުރި އެވެ. މިކަމުގެ ފަހަތުގައި އޮތް ސަބަބަކަށް ދައްކަނީ ރިޔާސީ ކެންޑިޑޭޓު ކަމަށް ޝައުގުވެރިވާ ގިނަ ބަޔަކު ޕާޓީގައި ތިބުމެވެ.

"ސިޔާސީ ބޮޑު ޕާޓީއެއްވީމަ ޕޮލިޓިކަލް އެސްޕިރޭޝަންތައް މީހަކު ހުރުމަކީ އެކަށީގެންވާ ކަމެއް. އެއީކީ މައްސަލައެއް ނޫން. ކުރިން ވެސް އަދި ފަހުން ވެސް ރައީސް ޔާމީން ހުންނަވަނިކޮށް އެމަނިކުފާނަށް ޗެލެންޖްކޮށްފައި ވެރިކަމަށް އަންނާކަށް މަސައްކަތެއް ނުކުރޭ," އިދިކޮޅުގެ ބޭފުޅަކު ވިދާޅުވި އެވެ.

ޕާޓީގެ ތެރޭގައި މިހާތަނަށް އޮތް ނިންމުމަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނެވެ. އިންތިހާބު އޮންނަ ތާރީހަށް އެމަނިކުފާނަށް އެ ފުރުސަތު ފަހިވާނެ ކަމަށް ޕީޕީއެމުގެ އިސް ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ. އެކަމަކު މާދަމާގެ ހުކުމާ ހަމައަށް އެމަނިކުފާނަށް އޮތީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ބަންދުވެ ޕްރައިމަރީއެއްގެ ފުރުސަތު ބޮޑުވެފަ އެވެ.

ސަޕޯޓަރުންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށް ވާނީ ޔާމީން މިނިވަން ވެއްޖެ ނަމަ, އިންތިހާބުގައި ވާދަކުރަން ގާނޫނީ ގޮތުން ބަންދުވެފައި އޮތް ދޮރު ވެސް ހުޅުވުމެވެ.

ޔާމީން މިނިވަން ވެއްޖެ ނަމަ ޕްރައިމަރީގެ ޝައުގުވެރިކަން ހުންނެވި ބޭފުޅުން އެ އުއްމީދުތަކާ އެކު އެއްފަރާތްވެވަޑައިގަންނަވާނެ އެވެ. އެންމެން ވެސް އަމާޒަކަށް ދެން އޮންނާނީ ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވުމެވެ.

"ރައީސް ޔާމީން މިނިވަންވީމަ އޮޕޮޒިޝަންގެ ވަރުގަދަ ލީޑަރެއް ފެންނާނެ. މިހާތަނަށް މަސައްކަތް ކުރީ ބެކަޕްގައި ބޭފުޅަކު ބަހައްޓައިގެން. އެއީކީ ޕާޓީގެ އޮޕޮޒިޝަން ލީޑަރެއް ނޫން. ނަމަވެސް އަޅުގަނޑުމެން ޑެޕިއުޓީ ލީޑާސްތެރެއިން ބޭފުޅަކު މަސައްކަތް މިކުރީ،" އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ވަޑައިގަތީމަ މި ހުރިހާ ކަމެއް ހަމަޖެހިފައި ދެން އިންނާނީ ވަރަށް ސްމޫތު ރައިޑެއް ލީޑަޝިޕްގެ ތިބި ހުރިހާ މީހުން އެ މީހަކަށް އެސައިންކުރެވޭ ޓާސްކްތަކަށް ވަރަށް ރަނގަޅަށް އިންސްޓްރަކްޝަން ލިބިގެން ކުރިއަށް ދާން."

ވަގުތީ ގޮތުން ގޭބަންދުގައި މިވަގުތު ހުންނެވިޔަސް އޭގެ ކުރިން ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދިއުމުން ޕާޓީގެ ކަންކަމުގައި ސީދާ އެމަނިކުފާނާ މުއާމަލާތް ކުރަން ވެސް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އެކަމަކު ޕާޓީއާ އެކުގައި މަސައްކަތް ކުރަން އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަތުމަކީ ޕާޓީގެ ހަރަކާތްތައް ވަރުގަދަ ވުމުގެ އިތުރުން ޕާޓީއަށް މެމްބަރުން ވެސް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އިދިކޮޅުގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ވަގުތު އެ ސަރަހައްދަށް އެއްވި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ--.ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ ގޮތުގައި އަޑުއުފުލާ އެމްޑީޕީގެ ސަރުކާރުން އުޅެނީ އިދިކޮޅު ލީޑަރު ހައްޔަރުކޮށްގެންނެވެ. މިއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތައް ބޭނުންވާ ގޮތަށް ހިންގަން ކުރިމަތިކުރުވާފައިވާ ހުރަހެއް ކަމަށް ވިދާޅުވި އެވެ.

"اللهގެ ތަނަވަސް ރަހުމަތުން ރައީސް ޔާމީން 30 ވަނަ ދުވަހު މިނިވަން ވެއްޖެ ނަމަ ޕާޓީގެ ހަރަކާތްތައް 7 ގިއަރު ބާރަށް ކުރިއަށް ޖައްސާނަން," ޝިޔާމް ވިދާޅުވި އެވެ.

"ގައުމު އޮތް ހާލަތުން އެވަރަށް މަސައްކަތް ނުކޮށްފި ނަމަ ގައުމު ހޯދައި ނުފެންނާނެ."

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިނިވަންވުމަކީ ޕާޓީގެ މެމްބަރުންނަށް ވުރެން ގައުމަށް ލިބޭނެ ވަރަށް ބޮޑު އުފަލަކާއި އުއްމީދެކެވެ.

އިދިކޮޅު ކޯލިޝަންގެ އެހެން ބޭފުޅަކު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަށް ކުރާ އިތުބާރާ މެދު ވެސް އަންގާރަ ދުވަހު ރައްޔިތުން ގޮތެއް ނިންމާނެ ކަމަށެވެ.

"އެތަނުގައި ތިބި ގިނަ ފަނޑިޔާރުންނަކީ ފޮތުގައި އޮންނަ ގޮތަށް ބެލެންސްކޮށް ހުކުމް ކުރައްވާނެ ބޭފުޅުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ," އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް ޕްރެޝަރެއް"

އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޔާމީން މިނިވަންވުމުން ސަރުކާރަށް ފަސޭހައެއް ނުވާނެ އެވެ. އެއީ ވައުދުތަކެއްވެ އެ ވައުދުތަކާ ދިމާ އިދިކޮޅަށް ގޮތް ނިންމައި، ލަސް ދުވެލީގައި ހިނގާ ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރަކަށްވާނެ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

"އެކަމަކު ވެސް ރައީސް ޔާމީން މަސައްކަތެއް ނުކުރައްވާނެ ވެރިކަން ވައްޓާލާކަށެއް. އެ ޔަގީން ކަމެއް. އެމަނިކުފާނު ކާމިޔާބު ހޯއްދަވާނީ ވޯޓުން،" އިދިކޮޅުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ވަރުގަދަ އެސެޓެއް ރައީސް ޔާމީންއަކީ. ރާއްޖޭގެ ކުރި މަގު ވަކި ގޮތަކަށް ބައްޓަންކުރުމަށް އަދި މަލްޓިޕާޓީ ޑިމޮކްރަސީގައި ރާއްޖޭގެ ހައިބަތާއި ކަރާމާތް ދަމަހައްޓައިގެން ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ވެރިކަމެއް ކުރައްވާނެ ބޭފުޅެއް."

އޭނާ ވިދާޅުވީ އިދިކޮޅު ހަރަކާތްތައް ވަރުގަދަވުމާ އެކު ކަންކަމުގައި ގޮތް ނިންމުން ލަސް މި ސަރުކާރުގެ ކަންކަން ހަލުވިވާނެ ކަމަށެވެ. އެއާއެކު ގޯހުން ހިނގަމުންދާ ކަންކަން ހުއްޓުވުމަށް ބާރަކަށް ވާނެ އެވެ.

"ގައިމު ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މިހާރަށް ވުރެން ހުޝިޔާރުވާނެ" އެ ބޭފުޅާ ވިދާޅުވި އެވެ.

ޕީޕީއެމުން އުއްމީދުކުރާ ގޮތަށް އަންގާރަ ދުވަހު ޔާމީން މިނިވަން ނުވެއްޖެ ނަމަ ވެސް ރިޔާސީ އިންތިހާބަށް މިއޮތް ދެ އަހަރާ ދެމެދު މަޑުޖެހިގެން ތިބުމުގެ ވިސްނުމެއް ނެތެވެ. އޭރަށް ވެސް ސިޔާސީ މަސްރަހުން ބަދަލުތަކެއް ފެންނާނެ އެވެ.

'އޭރަށް އަޅުގަނޑުމެންގެ ކުޅި ބައި ބަދަލުކުރާނަން،" އޭނާ ވިދާޅުވި އެވެ.

74 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 10%
icon angry icon angry 50%
icon wow icon wow 3%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

30 November 2021

ޓެކްނިކަލް ގްރައުންޑެއްގެ ކޯޓުން ނަގާ އެއްލާލީ! ދައުލަތުން އެ މައްސަލަ ރަނގަޅަށް ތަހްގީގު އަލުން ހުށަހަޅަންވީނު!

The name is already taken The name is available. Register?

މަހާސިން

02 December 2021

ދެންނުވާނެ އެއްކަމެއްވެސް. ފިއްތާލާ....

The name is already taken The name is available. Register?

ހާމިދު ޝާހިދު

29 November 2021

އިންޝާ ﷲ! މާދަމާ މިގައުމުގެ ފަހުގެ ތާރީޚެއްގައި ފެނިގެން ދިޔަ ތަރައްޤީގެ ބާނީ "ސިޔާސީ" ހުކުމުން މިނިވަންވެ، މުޅި ޤައުމަށް ރޯޝަންކަން ގެނެސް ދޭނެ. އެމަނިކުފާނުވަރުގެ ކުޅަދާނަ، ގޮތުގައި ހުންނަވާ، ޤައުމުގެ ދީނާއި އިސްގްލާލު ދިފާއު ކުރެއްވުމުގައި ފުރިހަމަ ކަމާ ސާބިތުކަމާއެކު ދެމި ހުންނެވި، އެކަމަށް ބަސް ވިދާޅުވެ، ބޭރުގެ ބާރުތަކަށްވެސް ކުޑަކަކޫ ނުޖައްސަވާ ކަންކަން ނިންމެވި ލީޑަރެއް މަދުވާނެ. ޔާ ﷲ، ފަނޑިޔާރުންގެ ހުކުމް އިންސާފުވެރިކޮށްދެއްވާ! އާމީން!

The name is already taken The name is available. Register?

ާވީ ނީޑް ޔޫ

29 November 2021

ﷲގެ ރަޙްމަތްފުޅުން މާދަމާ ރ.ޔާމީން މިނިވަންވަާނެ.

The name is already taken The name is available. Register?

ށަވިޔަނި

29 November 2021

ރަނގަޅު އެކަކުވެސް ނެތް. އެއް ސިއްކައެއްގެ ދެފުށް.

The name is already taken The name is available. Register?

ހަގީގޭ

29 November 2021

ކޮންމެފަދަގޮތެއްވީނަމަވެސް އެމްއެމްޕީއާރުސީ ޚިޔާނާތުގެޙަޤީޤަތް އޮޅުވައެއްވެސްނުލެވޭނެ. އެކަމުގެޒިންމާ ރައީސް ޔާމީން ފުރިހަމައަށް ނަންގަވަންވެސްޖެހޭނެ. އޯޑިޓަރ ޖެނެރަލް އެކަން ރައީސް ޔާމީނުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނައުމުން ޒާތީވީގޮތާއި އެފަހުން ކަންތައްވެދިޔަގޮތަކީ ފަތުގައި ލިޔެވިފައިވާ ކަންތައް. ރައީސް ޔާމީން އެކަމުގައި އަޅުއްވަންވިފިޔަވަޅު ނޭޅުއްވީމަ ކަންވެދިޔަގޮތާއި އެކަމުގެ ތުހުމަތުއޮތް މިނިސްޓަރަށް ވެގެންދިޔަގޮތާއި ކަންތަކަކީ ތާރީޚީހެކިދޯ

The name is already taken The name is available. Register?

ގުންޒަރ

29 November 2021

ސޯލިހާ އަންނިވެސް ނަގަންޖިހޭނެ

The name is already taken The name is available. Register?

ހަސަނު

29 November 2021

މި ހުކުމުން އަދި ސަލާމަތް ވިއަސް ކޮބާ ޔާމިނު ހިޔާނާތްތެރިވި އެތަށް ބިލިއަން ރުފިޔާގެ އިންސާފު؟ މިވަގުތުވެސް ކޯޓުގާ އިތުރު ދެ މައްސަލަ އެބަ އޮތް. އެ ދެ މައްސަލާގައިވެސް ޔާމިނު މިނިވަން ވެގެނެއްނުވޭ.. އެހެންވީމާ އަދި ސުޕްރީމް ކޯޓުން ކޮންމެ ހުކުމެއް އަޔަސް ޔާމިނަށް ސަލާމަތެއް ނެތް..

The name is already taken The name is available. Register?

ޑެބީ

29 November 2021

ޖަމީލުވެސް އަބްދުއްރަހީމްވެސް މުއިއްޒުވެސް އަދި ޝިޔާމުވެސް ހަގީގަތުގަ ބޭނުމެއް ނުވޭ ޔާމީން މިނިވަންވާކަށް. އެ 4 މީހުންވެސް ފައި ވިއްދަނީ ރިޔާސީ ޓިކެޓަށް. ޔާމީން މިނިވަންވާ ހިސާބުން މި 4 މީހުންގެ ސިޔާސީ ހަޔާތް ބަނަވާނެ. ޕާޓީ ކުދިން މިކަމާ ވިސްނައިގެން ތިބޭތި. އެ 4 މީހުން ކުރީގަތިބެ ކަލޭމެން ކުދިން ޔާމީން މިނިވަން ކުރަން ހޭބޯނާރާ މުޒާހަރާ ކުރުވަނީ ކަންދައްކަން.

The name is already taken The name is available. Register?

އެބީ

29 November 2021

ޑެބީ ޕީޕީ ކުދިިން ހައްދަން މާބޮޑަށް ނޫޅެބަލަ. ޖަމީލު އަބްދުއްރަހީމު މުއިއްޒު އަދި ޝިޔާމަށްވެސް އެނގޭނެ ޔާމީން ނެތި ޕީޕީގެ ވެރިކަމެއް ނުހިންގޭނެކަން.

The name is already taken The name is available. Register?

ސަލީމު އިދުރީސް

29 November 2021

ޔާމީނު މިނިވައް ކުރަން ތާއީދު ކުރުމަކީ ސީދާ ވައްކަންކުރަން ތާއީދު ކުރުން ކަމުގަ ދެކެން! އަދީބަކީ ތިޖޫރި ފަޅާލަން ބޭނުންކުރި ދަތްދަގަޑު ކަންއެންމެ ކުޑަކުއްޖައައްވެސް އެނގޭ ސަބަކީ އަދީބު ތިޖޫރި ފަޅާލަން އުޅޭހެން ހީވެޔޭ ބުނިމީހަ ބޭރުކޮއް މަގުކޮށައި ދިނީޔާމީނު! އަދި އަގަނޑު އެންމެބިރު ގަންނަނީ އަދީބު ނެތަސް ގޫފުތަކައް ދޭފައިސާ ތިމަންނަ ދީނަމޭބުނާ މީހަކު އެއްވެސްގޮތަކުން ދެވަނަ ފަހަރު ވެރިކަމައް އަތުވެދާނެތި

The name is already taken The name is available. Register?

ހަފޮޅު

29 November 2021

އަދީބު ނެގި ފައިސާ ހޯދަން މިސަރުކާރުން ނުއުޅެ އޭނަ ގައިގަ އަތްނުލާ އެހެން ބެހެއްޓުމަކީވެސް ސީދާ ވައްކަންކުރުމަށް ތާއީދުކުރުން. އަދި އޭނަގެ ބޭނުންކޮށްގެން ސިޔާސީ ގޭމްކުޅެން ބަހައްޓާކަން އެންމެންނަށް އެނގުމުން މާބޮޑަށް އެބަ ސޯޓްބޭލޭ. އަދީބު ކުއްވެރިވެގެން ޖަލަށްލެވުނީ ރަގަޅަށްކަން އޭނަ ފަހުންވީ އިއުތިރާފުން އެބަ އެނގޭ. އެހެންވީމަ ޔާމީނު އޭނަ ޖަލަށްލީ ރަގަޅަށް. އޭނަ ޖަލުން މިނިވަންކުރި މީހުންނަކީ ވަގުންނަށް އެހީވާ މީހުން.

The name is already taken The name is available. Register?

ނޭގޭބޭބެ

29 November 2021

ލިބުނުގޮތެއް ހޯދިގޮތެއް ނޭގުނަސް އެގުނަސް އެގެންބޭނުން ނުވިއަސް މިހާރުވެސް ދިރިހުރި އެތައް ސަތޭކަ މިލިއަން ރުފިޔާ އެކައުންޓްތަކުންއެބަފެންނަންހުރި، ވެރިކަކަމަށް އައިއިރު މިބައވަރުތަކެއް އަތުގައިނެތް. މުސާރަނުނަގަންހުރިމީހާ މުސާރަނަގަން ޖެހުނީވެސް ދަރީގެ އެޕާރޓްމަންޓް ކުލި ދައްކަންކަމަށް ބުނަނީ.........ނޭގިގަމާރުހެދުނީމަ ހަމަ ނޭގޭނެ. ދިވެހިސަގާފީ ކުޅިވަރު "ނޭގޭބޭބެ" ހެދިގެން ރަށުތެރޭތިބުން މާޒީވެއްޖެ.

The name is already taken The name is available. Register?

އަލޭ

29 November 2021

ތިހާ ވަރުގަދަ ހުކުމެއް ނުފެންނާނެ މިއިން ދުވަހަކު ކޯޓަކުން. މިރޭ ނުނިދާ މާދަމާ ހުކުމް އަންނަންދެން އަދި ނޫނީ ހުކުމް އަންނަ ގޮތަކުން މުޅި ދުވަހު ނުކައިނުބޮވިފަ ތިބޭނީ އެތައް ބަޔަކު. އެހެންވީމަ މާދަމާ ރަސްމީ ބަންދު ދުވަހަކަށް ހަދަން ފެންނަނީ ރައްޔިތުންގެ އެތައް ހާސް ބަޔަކަށް ހަމްދަރުދީވުމުގެ ގޮތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454