ލައިފްސްޓައިލް / މެލޭޝިއާ

ދުނިޔޭގެ ދެވަނަ އަށް އެންމެ އުސް އިމާރާތް މެލޭޝިއާގައި ހަދަނީ

މެލޭޝިއާގެ "ޕެޓްރޯނަސް ޓަވާޒް" އަކީ ކުރިން އެންމެ އިސް އިމާރާތުގެ ޝަރަފު ވެސް ހޯދި ތަނެއް

އެއް ދުވަސްވަރެއްގައި ދުނިޔޭގެ އެންމެ އުސް އިމާރާތް ހުރި ގައުމުގެ ޝަރަފު ހޯދި މެލޭޝިއާ އިން، އެ ދާއިރާ އިން އާ ކުރިއެރުމެއް ހޯދައިފި އެވެ.

އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ މެލޭޝިއާ އިން މިހާރު އަންނަނީ ދުނިޔޭގައި ދެވަނަ އެންމެ އުސް އިމާރާތް އެ ގައުމުގައި ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރުގެ ފަހުކޮޅު އެއްކޮށް ނިމުމަކަށް އަންނަ މި އިމާރާތަކީ 118 ބުރީގެ "މާޑެކާ 118" އެވެ. މިތަނުގެ އުސްމިނަކީ 678.9 މީޓަރު (2،227 ފޫޓް) އެވެ. މި އިމާރާތުގެ އުސްމިން ހުންނާނެ ވަރު ރަސްމީކޮށް އަންގާރަ ދުވަހު އިއުލާންކުރުމާ ހަމައަށް، ދެވަނަ އަށް އެންމެ އުސް އިމާރާތަކީ ޗައިނާގެ ޝަންހާއީ ޓަވަރެވެ. އެތަނުގެ އުސްމިނަކީ 632 މީޓަރު (2،073 ފޫޓް) އެވެ.

މެލޭޝިއާ އިން ކުރިން ދުނިޔޭގެ އެންމެ އުސް އިމާރާތް ހުރި ގައުމުގެ ޝަރަފު ހޯދި ޓްވިން ޓަވަރެއްގެ ގޮތުގައި ހަދާފައި ހުރި 451.9 މީޓަރު (1،483 ފޫޓް) ގެ "ޕެޓްރޯނަސް ޓަވަރު" އާ އެކީގަ އެވެ. އެ ރެކޯޑް މެލޭޝިއާއަށް ދެމެހެއްޓުނީ 1998-2004 އަށެވެ.

މެލޭޝިއާ އަށް ދުނިޔޭގެ ދެވަނަ އަށް އެންމެ އުސް އިމާރާތުގެ ޝަރަފު ކަށަވަރުކޮށްފައި މި ވަނީ ރަޝިއާ އިން މި އަހަރުގެ މެއި މަހުގެ ތެރޭގައި ދެވަނަ އަށް އެންމެ އުސް އިމާރާތް ހަދަން ނިންމިކަން އިއުލާންކޮށްފައި ވަނިކޮށެވެ. ސްކޮޓްލެންޑްގެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދަން ނިންމައި ކޮންސެޕްޓް ވެސް ދައްލާފައިވާ އިމާރާތުގެ އިމާރާތުގެ އުސްމިނަކީ 703 މީޓަރު (2،306 ފޫޓް) އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރްގެ މަލަމައްޗަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ އިމާރާތާ ބެހޭ ގޮތުން ގައުމުގެ ބޮޑުވަޒީރު އިސްލާއީލް ސަބްރީ ޔާކޫބް ވިދާޅުވީ މިއީ އިމާރާތް ކުރުމާއި އިންޖިނިއަރިން ދާއިރާ އިން އެ ގައުމު ހޯދާ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މިއީ ހަމައެކަނި މި ދާއިރާ އިން ގައުމަށް ލިބޭ ކާމިޔާބިއެއް އެކަންޏެއް ނޫން. މިއީ ތަރައްގީވެފައިވާ ޒަމާނީ ގައުމެއްގެ ގޮތުގައި މެލޭޝިއާ ސިފަކޮށްދޭނެ ތަނެއް." އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރު ސިފަކުރެއްވި ގޮތުގައި "މާޑެކާ 118" އަކި "މުސްތަގުބަލުގެ އައިކޮނިކް ޓަވަރު" އެކެވެ.

ޖުލްމަ 3.1 އަކަމީޓަރުގެ ސަރަހައްދެއްގައި ގަދަމުން އަންނަ މި އިމާރާތަކީ ގިނަ އަދަދެއްގެ އޮފީހާއި ހައުސިން ފެސިލިޓީތަކާއި މޯލާއި މިސްކިިތާއި މަޝްހޫރު ހޮޓެލް ޗެއިން ޕާކް ހަޔަޓް ހޮޓެލްގެ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ އުސް އޮބްޒަވޭޝަން ޑެކް ވެސް އިންނާނެ ތަނެވެ. ފުޅާމިނުގައި ހަތަރު އޭކަރު ހުންނަ އިމާރާތުގެ ވަށައިގެންވާ ސަރަހަައްދުގައި އާންމު މައިޒާންތަކާއި ޕާކްތައް ހުންނާނެ އެވެ.

މެލޭޝިއާގެ "މާޑެކާ 118" ޑިޒައިންކުރީ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ ފެންޑަ ކެޓްލިސަލިޑިޒް އެވެ. މި މަޝްރޫއު އެ މެލޭޝިއާ އިން ރަސްމީކޮށް އިއުލާންކުރީ 2016 ގަ އެވެ. އެކަމަކު 2014 ގެ ތެރޭގައި އިމާރާތުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް މިދފިޔަ އަހަރު ކޮވިޑް-19އާ ހެދި އަޅަން ޖެހުނު ފިޔަވަޅުތަކާ ހެދި މަސައްކަތްތައް މެދުކަނޑާލަން ޖެހުނެވެ.

އެހެން ނޫން ނަމަ "މާޑެކާ 118" އަކީ މި އަހަރު ހުޅުވަން ޕްލޭންކޮށްފައި އޮތް ތަނެކެވެ. މި ޕްރޮޖެކްޓަަށް 5 ބިލިއަން ރިންގިޓް (1.5 ބިލިއަން ޑޮލަރު) ހޭދަކުރެ އެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތަކީ 2010 ގައި ދުބާއީގައި ހުޅުވި ބުރުޖް ޚަލީލާ އެވެ. އެތަނުގެ އުސްމިނަކީ 828 މީޓަރު (2،722 ފޫޓް) އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

04 December 2021

ބުރުޖު އަލްޚަލީފާއަށްވުރެ އުސްއިމާރާތެއް ސައޫދީގެ ޖިއްދާގައި އަޅަމުން އެބަދޭ. އެހެންވީމަ ތި އިމާރާތް ނިމޭއިރު ތިނަކަށް ދިއުން ކާރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454