އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާޒިމް، އެ ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: "އިންޑިއާ އައުޓް" ހުއްޓުވުމާ ދެކޮޅަށް ހެދި ބިލާ މެދު އެ ޕާޓީގެ ޕީޖީ ބައްދަލުވުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސާފައި. -- ފޮޓޯ/ މިހާރު
08 ފެބުރުއަރީ 2022 - 11:36
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އަށް އަމާޒުކޮށް ހެދި ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގުން ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު މާދަމާ ގޮތެއް ނިންމޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ އެ ބިލް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މަޝްވަރާ އަށް ފޮނުވާފައިވާ ކަމަށެވެ. އެކަމުގައި ގޮތެއް ނިންމަން މާދަމާ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެ ބައްދަލުވުމުގައި ނިންމާނީ މަޖިލީހަށް ބިލް ހުށަހަޅާނީތޯ ނޫންތޯ. އިތުރު ބަދަލެއް ގެންނަން ޖެހޭތޯ. ބިލް އޮތް ގޮތަށް ހުށަހަޅާނީތޯ،" މަޖިލީހުގެ 65 މެމްބަރުންނާއެކު ސުޕަ މެޖޯރިޓީ ލީޑަރުގެ މަސްއޫލިއްޔަތު އަދާކުރައްވާ އާޒިމް ވިދާޅުވި އެވެ.
މި ބިލު ހުށަހަޅަން ތައްޔާރުވެފައިވާއިރު، "އިންޑިއާ އައުޓް" ހަރަކާތުން ލިބިދާނެ ގެއްލުމެއް ބެލުމުގެ ދިރާސާއެއް ހެދުމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވުމުގެ އިތުރުން އެއީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ދެރައެއް ލިބިދާނެ ހަރަކާތެއް ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
"އިންޑިއާ އައުޓް" އަށް އަމާޒުކޮށް ހެދި ޑްރާފްޓްގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު، ގާއިމު ކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުމެވެ. އަދަބެއްގެ ގޮތުގައި ބޮޑު ޖޫރިމަނާއަކާއި ޖަލު ހުކުމެއް ވަނީ ކަނޑައަޅައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި އިންޑިއާ އައުޓް ދިދަ ވިހުރުވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ޑްރާފްޓްގައިވާ ގޮތުން، އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގަނެފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާ ކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުންނެވެ.
ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ވާކަން ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ބުނެފައި ވެ އެވެ.
މިއީ، ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ބިލެއް ބުނެ އިދިކޮޅުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ. ބިލެއް ހެދިޔަސް "އިންޑިއާ އައުޓް" ކެމްޕޭނެއް ނުހުއްޓުވޭނެ ކަމަށާއި މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ މައްސަލަ އެވެ. އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ބުނެ ސިފައިން ފައިބައިގެން ދިއުމަށް އިދިކޮޅުން ގެންދަނީ ގޮވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
09 February 2022
ބުނަން ރަގަޅު ވާހަކައެއް، ގާނޫނު މައްޗަށް ގާނޫނު ހެދިޔަސް އިންޑިއާ އައުޓް ގޮވާނެ، ލާދީނީ މީހުންނަށް ލާދީނީވެސް ގޮވާނެ
656565
09 February 2022
މަޖިލީހުގެ 65 މެމްބަރުންނާއެކު ސުޕަ މެޖޯރިޓީ އޯ. ބޮނދުން ހަބޭސް އަރުވަނީ. ހަކުރު ވިއްކާ މީހުން ގާނޫނުގެ ބާގަނޑު ތަކުން ސަލާމަތް ވަނީ. އަޅެ ކަލޭމެންގެ ތިޔަ 65 މެމްބަރުންނާއެކު ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ގައުމު މައިތިރި ކޮށްބަލަ .
2000001
08 February 2022
ޤާނޫނު ވެސް ހެދި ދާނެ/ އެކަމަކު ރައްޔިތުންގެ ހިތާއި ރޫހް އެއް ބަދަލް ނުވާނެ. އިގިރޭސިން މިގައުމުން ފަހާލި ގޮތް ހަދާން ހުންނާނެ ކިތަންމެ ދިވެހިންނެއް އަދިވެސް އެބަތިބި
ޖޫނިއަރ ހިސްޓޯރިއަން
08 February 2022
އިންޑިޔާއިން ކުރިން މިނިވަން ސިއްކިމް ޖަހައިގަތުމަށް ކަންތައް ކުރަމުން އައި ގޮތަށް ކުޑަވެސް ތަފާތެއް ނުކޮށް މި ރާއްޖެއަށް ވެސް ކަންތައް ކުރަމުން އެ ދަނީ! އެއީ ފުރަތަމަ އެލެކްސް ކަހަލަ ފޮރިން މިނިސްޓަރ ކަހަލަ މީހުން މި ގައުމުގައި މިތިބީ އުފައްދާފައި! ދެން ސިއްކިމް ގައި ވެސް ރައްޔިތުންގެ މަޖްލިސް މެންބަރުން ގަނެލައިގެން ސިއްކިމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފައި މަޖްލިސްގައި އިންޑިޔާގެ ދަށަށް ދިއުމަށް ވޯޓެއް ނަގާފައި ޖަހައިގަތީ! މިރާއްޖެ ވެސް މިހާރު އެދަނީ މަޖްލިސްގެ މެޖޯރިޓީ ބޭނުންކޮށްގެން ބަރުލަމާނީއަށް ބަދަލުކުރުމުގެ ސްޓޭޖް! ދެން އޮންނާނީ ސިއްކިމް އެނަލޮޖީއަށް ބަލާނަމަ މި ގައުމު ޖަހައިގަތުމުގެ މަރުޙަލާ! މާތް ﷲ މިފަދަ ގޮތެއް މެދުވެރި ނުކުރައްވާ ފާނދޭވެ! އާމީން.
ގަމަރިސްޓްސް
09 February 2022
ދިވެހި ގިނަ ކޮހުން ބުނީ ތިމަންނަމެން އެގޮތޯ ބޭނުމީ.
މުހައްމަދު.
08 February 2022
ރައްޔިތުންގެ އަތުން މުސާރަޔާއި އިނާޔަތް ނަގައި އަދި ރައްޔިތުންގެ މުދަލާއި ފައިސާ ވަގަށް ނަގާފައިވާ ބަޔަކު ރައްޔިތުންގެ މިނިވަންކަން ގެއްލުވާލަން އުޅުމަކީ ކޮންފަދަ ގޮތްކުޑަ ބައެއް.
ޑޭވިޑް
08 February 2022
އިސްލާމްދީނުގެ އަސްލަކާ ހިލާފްނުވާގޮތުގެމަތިން ޝުއޫރުފާޅުކޮއް ވާހަކަދައްކަން އަހަރެމެން ބިރުގަނެ ޖެހިލުންވާންޖެހޭ ސަބަބެއް ބައެއް ގައުމެއް ނޯއްނާނެ. އެކަމް ހަމައެކަނި "އިންޑިއާ އައުޓް" އެގޮތައް އެއިބާރާތް ބޭނުންނުކުރެވޭގޮތް ގާނޫނަކުން ހަދަންފެނޭ.
އިބްރ
08 February 2022
އިންޑިއާ އައުަޓް
ފަލަސްތީން
08 February 2022
ހެޔޮނުވާނެ އެމްޑިޕީޔަ 2 ދައުރެއް ދެކަ ދެނެ.
ފަހުދު
08 February 2022
މަށައް ފެންނަނަނީ ހުރިހާ މެމްބަރުން ބިލެތް ލައިގެން ރަންގަޅައް އަނގަ ރަތްކޮއް ދުފާލައިގެން އަތްޖަހަން ތިބެން. ބޯހަލާކު
އާނއެ
09 February 2022
ދޮން ބިލެތެއްވެސް އެތަނުގަވޭ.
ތިމާ
08 February 2022
ތިމާ އެހެން މީހުންނާދިމާލައް ވަގަށް ގޮވާއިރު ތިބާގެ ކަށްގަޑު އޮތީ ފޫގޮސްފައިކަން އެގޭތޯ ކޮބައިތޯ. މމޕރސ.ގެލާރި ގަނޑް ކޮބައި ތޯ ކަޅުދަބަސް. މީހާލަތަކީ.