"ކުށް ކޮށްގެން މުއްސަނދިވެ އެކައުންޓުތަކުގައި މިލިއަނުން ފައިސާ ރޯލް ކުރާ މީހުން ނިސްބަތްވާ 10 ގްރޫޕެއް އުޅޭއިރު އެ ހުރިހާ ގްރޫޕެއްގެ ވެރިން ވެސް އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވޭ"
ސީޕީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ 241 ކޮމިޓީގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ/ މަޖިލިސް
09 ފެބުރުއަރީ 2022 - 17:26
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ނުރައްކާތެރި ކުށްވެރިންގެ ބައިވެރިވުން އޮންނަ ކަމަށާއި އެކަމަށް މިލިއަނުން ފަންޑު ކުރާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އައުޓް ކެމްޕެއިނާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ދިރާސާ ކުރުމަށް 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހަމީދު ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުށް ކޮށްގެން މުއްސަނދިވެ އެކައުންޓުތަކުގައި މިލިއަނުން ފައިސާ ރޯލް ކުރާ މީހުން ނިސްބަތްވާ 10 ގޭންގެއް އުޅޭ ކަމަށެވެ. އެ ހުރިހާ ގްރޫޕެއްގެ ވެރިން ވެސް އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަރުދީ ލެވަލް އެއްގައި ވެސް އިންޑިއާ އައުޓް ހަރަކާތުގެ ތެރެއަށް ވެއްދުމަށް ކުރާ މަސައްކަތުގެ ފޮޓޯ ވެސް މަންޒަރު ވެސް ރެކޯޑު ކުރެވިފައި އެބަހުރި. އެންމެ އިސްކޮށް ހަރަކާތްތެރިވާ އަދި ހަރަކާތް ހިންގުމަށްޓަކައި މަޝްވަރާކުރާ ކަން ވެސް އެނގޭ،" ހަމީދު ވިދާޅުވި އެވެ.
ދެ މިލިއަނުން، ތިން މިލިއަނުން ފަންޑު ހޯދައިގެން ހިންގާ މިފަދަ މައްސަލަތަކަކީ އޯގަނައިޒްކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށާއި އެކަން ކުރުމުގެ ފަހަތުގައި ހުރި އަސްލު މަގްސަދުތަކާ ބެހޭ އިންޓަލިޖެންސް އެސެސްމަންޓެއް މިހާރު ހަދާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެއީ ހަމައެކަނި ދިވެހި ފުލުހުންގެ މަސައްކަތުން ހޯދާ ތަކެއްޗެއް ނޫނެވެ. އެކަން ކުރުމުގައި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ނަމަވެސް އިންޑިއާ އައުޓް ހަރަކާތުގައި ގޭންގުތަކުން ބައިވެރިވަނީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ދާހިލީ ސަލާމަތަށް ނުރަނގަޅު އަސަރު ކުރެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ފާހަގަކުރާ ގޮތަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުރައްކަލެއް އޮތް ކަމަކަށް ފާހަގަ ނުކުރެވޭ ކަމަށް ސީޕީ ވިދާޅުވި އެވެ.
"ކޮންޓެމްޕަރަރީ ނުވަތަ ސްޓްރެޓަޖިކް ސެކިއުރިޓީ އަކަށް ކޮމްޕޯނަންޓް ހަރަކާތްތެރިވޭ. އެއީ ރާއްޖޭގެ ސިފައިން ވެސް އެބަތިބޭ ސައުދީގައި ވެސް ޔުނިފޯމް ވެސް އަޅައިގެން ތިބެނީ. މިއަދުގެ ދުނިޔޭގައި ދައުލަތުގެ ކަންކަމަށް ބަލާއިރު ހުރިހާ ދައުލަތެއްގެ ވެސް އެހީތެރިކަން ހޯދަން،" ސީޕީ ވިދާޅުވި އެވެ.
"އިންޑިއާގެ ސިފައިން ދާހިލީ ކަމަކަށް ބުރޫ އަރާފާނެ އަމަލުތަކެއް ހިންގާ ކަމެއް ފެނިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން މިހާތަނަށް ބަލަމުންދާ ބައެއް މައްސަލަތައް ފާހަގަ ކުރައްވަމުން ސީޕީ ވިދާޅުވީ ފޮނަދޫ ސްކޫލާ ދިމާލުގައި އޮތް ބެނާއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އައްޑޫ ސިޓީގައި މަގުމަތިން ދިޔަ އިންޑިޔާ ނިސްބަތްވާ ނަރުހަކަށް ކެމްޕެއިން ތެރެއިން ފަރުދީ ލެވަލްގައި ހިނގި އަމަލެއްގެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.
އެ ކެމްޕެއިން ހުއްޓުވުމަށް އޮތީ ގާނޫނީ ހުރަސްތަކެއް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ގޮތުން މިހާރު ވެސް ޕްރޮސެކިއުޓާ ޖެނަރަލް އާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހަރަކާތަކީ، ސިޔާސީ ޕާޓީތަކުން ކުރާ ކަމަކަށް ވާތީ، އޭނާ ވިދާޅުވި ގޮތުގައި، ޕާޓީތަކުގެ ރެގިއުލޭޓަރީ ބޮޑީތަކުން ވެސް މިކަމާ މެދު ފިޔަވަޅު އަޅަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްމް
10 February 2022
ގޭންގްތަކާ ބެހޭ މައުލޫމާތު އެއްކުރެވިފައިވަނީ އެމީހުން ހައްޔަރުކޮށް އަދަބު ދެވޭތޯ ބަލާކަށް ނޫން. އިދިކޮޅުގަ އޮތް ޕާޓީއަށް ލަގާއެއް ދެވޭނެ ގޮތެއް އޮތްތޯ ބަލަން. ރައްޔިތުންނަށް އަމާންކަން ހޯދައިދޭން ހަވާލުކޮށްފަ ތިބި މީހުންގެ މަސައްކަތަކީ ޑްރަގް ވިޔަފާރި ހުއްޓުވަން ނުއުޅެ އެކަމުގެ ބޮޑުންގެ ގައިގަ އަތްނުލައި އެކަންކަން ބަލައިގެން ލިބޭ މައުލޫމާތުގެ އަލީގަ ސިޔާސީ ގޭމެއް ކުޅެގެން އޭގެ ބޭނުންކޮށްގެން މޮޅުވުން. ތިއޮތީ ރަގަޅަށް ގައުމަށް ވަފާތެރިވެވިފައި.
ރައްދު
10 February 2022
މި ސަރުކާރުގަ މިހާ ގިނަ މަސްތުވާތަކެތި ވިއްކާ މީހުން ކޯޓްތަކުން މިނިވަން ކުރަނީ ކީއްވެތޯ؟ ކޯޓްތަކުން މަސްތުވާތަކެތި ވިއްކާ މީހުން މިނިވަން ކުރާ މައްސަލަ ބަލަން ނުޖެހޭ ތޯ؟ މިއަދުވެސް ނޫހުގަ އޮތީ، ލަވަކިޔުންތެރިޔާ ހައްވާ އަސްރާ އާއި ހަސަން ނަޒީހް ތިބި ކޮޓަރިއަކުން 2016 ވަނަ އަހަރު މަސްތުވާތަކެތި ފެނުނު މައްސަލާގައި އެ ދެ މީހުންނަށް ކުރި ދައުވާ ސާބިތުނުވެ، އެދެ މީހުން މިނިވަންވި ވާހަކަ. މީވެސް އިންޑިއާ އައުޓް ބައެއް ތޯ؟ ކީއްވެ ތޯ މިނިވަންވަނީ؟
ނަނަނަ
10 February 2022
ޑްރަގް ބޮޑުން އުޅުނަސް އިންޑިއާ އައުޓް އަށް އެމީހުން މަސައްކަތް ކުރަންޏާ ރަނގަޅު. ބަލައިގަންނަން..
ސީޕީ
10 February 2022
އެމްސީ ހަމީދު ކޮސްގޮވަނީ. ދާދި މިދާކަށް ދުވަހު ދާހިލީ ވަޒީރު މީޑިއާތަކަށް ބުނި ޑްރަގް ވިޔަފާރީގެ ތެރޭގައި ބޮޑެތި ވިޔަފާރި ވެރިންނާއި ސިޔާސީގޮތުން ނުފޫޒުގަދަ މީހުންނާއި މިހެންގޮސް އެތައްބަޔަކު އެބައުޅޭ ކަމަށް. އެމީސްމީހުންގެ ވަނަވަރު ހާމަކުރަން ނުކެރުނީ ކީއްވެތޯ. އެމްސީ ހަމީދު ޖަވާބު ދީބަލަ.
މުލޭ
10 February 2022
ސިޔާސީ މީހުން ސިޔާސީ މަންފާ ހޯދަން ދައްކާކަހަލަ ތޯތޯ ވަަހަކަ ކަމިޝަނަރ އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރު ދެއްކީމަ އަގުވެއްޓުން ނޫންކަމެއް ނުވޭ. އެފަދަ ބަޔްކު ހައްޔަރު ނުކޮށް ތިޔަ ރިބެނީ އެއީ މިގައުމުގައި ހުއްދަ ވިޔަފާރިއަކަށްވާތީތޯ؟ އެފަދަ މީހުން މިނިވަންކަމމާްއެކު އުޅުމަކީ އަމިއްްލަ ނާގާބިލު ކަން ނޫން ދެން ކޮންކަމެއްތޯ؟ ތިމާމެންގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އިއުތިރާފު ތިޔަވެވެނީ. ރައްޔިތެއްގެ ހައިސިއްޔަތުން ބަލައިނުގަނެެވޭ ތިކަން.
ދަންޑަހެލް
10 February 2022
ސިމްޕްލީ: އިންޑިއާ އައުޓް!
ސާނާ ރަޝީދް
10 February 2022
ސީޕީ ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެއީ ހަމައެކަނި ދިވެހި ފުލުހުންގެ މަސައްކަތުން ހޯދާ ތަކެއްޗެއް ނޫނެވެ މިލިޔުންކޮޅު ކިޔާލީމާ މިހާރު ފަހުމް ވަނީ އިދިކޮޅޭމެން އެކިޔާ ގޮއްނޭންގޭ އެގްރިމެންޓް ތަކުގެވާހަކަ އަސްލަކައްވާންއުޅޭކަން އެއީ 1-މިތާތިބޭއިންޑިއާމީހުންނަކީ އެލްކޮޕްޓަރަކާއި މަތިންދާބޯޓެއް ދުއްވަން ދިވެހިންނައް ނޭންގޭތީ ތިބޭބަޔެއްކަމައް ނޫސްތަކުގެ ޙަބަރުތަކުންފިލަނީ
ޑެދުމާއި ސަލާމް
10 February 2022
ދެންކީއްވެގެންތޯ ހުކުންކޮއްފަ ޖަލައްނުލެވެނީ އިމްރާން ކިޔާމީހަކުވެސްބުނި ތިޔާކަހަލައެއްޗެއް ބޮޑުންގެ ނަންތައް ހާމަކުރެވޭކައްނެތޯ އެހެންވީމަ އެބަޖެހޭރައްޔިތުންނައް ސާފްކޮއް ދޭން މީ ކިހިނެއް ހިނގާކަމެއްތޯވެދުން
ޔާޏު
10 February 2022
އަހަރެން އެއްވެސް ޕާރޓީއެއްނޫން. އެކަމަކު އިންޑިޔާއިން މުސްލިމުންނަށް ކުރާ އަނިޔާ އާއި ދެކޮޅު. އެހެންވީމަ އިންޑިޔާ އައުޓް ގޮވަނީ
ހުސްނުހީނާ
10 February 2022
ތިއީ އެއްމެންނަށްވެސް އެނގޭ ކަމެއް؟ އެއްމެމަތީ ކޯޓުން މިދާކައްދުވަހު ޖަލުގެ ކުޑަގޮޅިން ނެރެ ދޫކޮށްލީ ތިކަމުގެ އެއްމެބޮޑު މާ މީހާ! މައިމުގޫ!