ޔާމީން މީދޫއަށް މިއަދު ވަޑައިގެން، ސަޕޯޓަރުންނާ ސަލާން ކުރައްވަނީ: ރާއްޖެއަށް އިންޓެލިޖެންސް މައުލޫމާތު މިހާރު ލިބެނީ އިންޑިއާއިން އެކަނި ކަމަށް ވިދާޅުވި --- ފޮޓޯ/ޕީޕީއެމް
11 ފެބުރުއަރީ 2022 - 20:10
ދިވެހި ސިފައިންނާއި ފުލުހުން މިހާރު އިންޓެލިޖެންސް މައުލޫމާތު ހޯދަން ބަރޯސާވަނީ އިންޑިއާއަށް އެކަނި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެެންދާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން ރ. މީދޫގައި މިއަދު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޒަމާނުއްސުރެން ފެށިގެން އެކި ގައުމުތަކުގެ އިންޓެލިޖެންސް މައުލޫމާތު ރާއްޖެއިން ހޯދަމުންދިޔަ ކަމަށެވެ. އެކަމަކު މިހާރު ރާއްޖެއިން ބަރޯސާވަނީ އިންޑިއާގެ ޖާސޫސީ އިދާރާތަކުން ހޯދާ އިންޓެލިޖެންސް މައުލޫމާތަށް އެކަނި ކަމަށާއި އެކަން ދޮގުކުރަން ސަރުކާރަށް ނުކުރޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދިވެހި އަސްކަރިއްޔާގެ ސަލާމަތީ ބާރުގެ ދެ ބާރު ވެސް މި ބަރޯސާ ވަނީ އިންޑިއާގެ އިންޓެލިޖެންސަށް. ދެން ކޯއްޗެއްތޯ ދިވެހި ސަރުކާރަށް މިނިވަންކަމާ އެކު ލިބޭނީ. ކޮން މައުލޫމާތެއްތޯ ލިބޭނީ. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންގެ ކަނޑުތައް ހުރަސްކޮށް، އަޅުގަނޑުމެންނާ ހަމައަށް އަންނައިރު ކޮން ސައްހަ މައުލޫމާތެއްތޯ ލިބޭނީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުރި ބޮމްބޭ މާލޭ ލިންކް ޓަވަރު އުވާލުމަށްފަހު ދިވެހި ކުންފުނިތަކުން މުއާސަލާތީ ކަންކަން ބަލަހައްޓަމުން ދިޔައިރު ރާއްޖޭގެ އެއްވެސް ސިއްރު މައުލޫމާތެއް އެހެން ގައުމަކަށް ނުލިބޭ ކަމަށެވެ. އަދި އިންޓެލިޖެންސް މައުލޫމާތު ހޯދުމުގައި ވެސް އެއްވެސް ގައުމަކަށް އެކަނި ބަރޯސާވެގެން މިހާތަނަށް ރާއްޖެއިން ނޯންނާނެ ކަމަށާއި އެކަމަކު މިއަދު އޮތީ އެންމެ ކުރީ ޒަމާނުގައި އޮތް ގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ފައިސާ ދައުރުކުރާ މީހުން ހަރަކާތްތެރިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި، ޔާމީން ވިދާޅުވީ އިންޑިއާގެ ޖާސޫސީ އިދާރާގެ މައުލޫމާތަށް އެކަނި ބަރޯސާވުމުން ލިބޭ މައުލޫމާތުތައް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނަން ސީޕީ ހަމީދަށް. އިންޑިއާއިން އިންޓެލިޖެންސް ހޯއްދަވަން ޖެހުނީމަ ތި ބޭފުޅުންނަށް ލިބޭނީ ތި މައުލޫމާތޭ. އަމިއްލައަށް އިންޓެލިޖެންސް ހޯއްދަވައިފި ކަމަށް ވަންޏާ ތިއަށް ވުރެ ސައްހަ މައުލޫމާތު ލިބޭނެ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރަން ދިވެހި ސިފައިންގެ ބޭނުމަށް ކަމަށް ސަރުކާރުން ބުންޏަސް، އިންޑިއާ ސަރުކާރާ އެކު ހެދި އެއްބަސްވުން އޮތްގޮތުން އެތަނުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އިންޑިއާ ސިފައިންނަށް ކަމަށެވެ. އެގޮތުން އެއްބަސްވުން އޮތްގޮތުން އުތުރު ތިލަފަޅު ތަރައްގީ ކުރުމާއި ހިންގުމުގެ ބާރު އޮތީ އިންޑިއާ ސިފައިންނަށް ކަމަށާއި އަދި ހަނގުރާމަ މަތީ އުޅަނދުތަކާއި ހަތިޔާރުތައް ގެންގުޅުމުގެ ފުރުސަތު ވެސް އިންޑިއާ ސިފައިންނަށް އެ އެއްބަސްވުމުގެ ދަށުން ލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެގްރިމެންޓްގައި އޮންނަނީ އިމާރާތް ކޮށްފައި، މެނޭޖް ކޮށްފައި، އެޑްމިނިސްޓްރާ ކުރާނީ އިންޑިއާއިންނޭ. އަދި އިންޑިއާގެ އެއްވެސް އޮފިސަރަކަށް، ވަކި ރޭންކަކަށް އަދި އަދަދަކަށް ހުރަސް އެޅުމުގެ އެއްވެސް އިހްތިޔާރެއް ދިވެހި ރާއްޖެއަކަށް ނެތް." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މީގެ 60 އެތައް އަހަރެއް ކުރިން އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް ދުވަސްވަރު ރާއްޖެއަށް މިނިވަންކަން އޮތް މިންވަރަށް ވެސް މިހާރު މިނިވަންކަން ނެތް ކަމަށެވެ. އޭރު ރާއްޖޭގެ ޚާރިޖީ ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއް އަމިއްލައަށް ނިންމުމުގެ ބާރު ރާއްޖެއަށް އޮތް ކަމަށާއި އެކަމަކު މިހާރު ރާއްޖޭގެ ކަނޑުތަކާއި ހުރިހާ ވަސީލަތްތައް ވެސް އޮތީ އިންޑިއާގެ ބާރުގެ ދަށުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
13 February 2022
3 މަސްވި އިރުވެސް އިންޓެލް ރިޕޯޓް ނުލިބުނު އިރުވެސް ތާސްކުޅުއްވަން އިންނެވި ރައީސް މިއަދު ދައްކާ ވާހަކަ.
ސިކުނޑި
13 February 2022
މައުލޫމާތަކީ އޭގެ ޒާތުގައި މިނިވަންއެއްޗެއް! އެ މައުލޫމާތު އެނަލައިޒްކުރީމާ އޭގެ މިނިވަންކަން ކަށަވަރު ކުރެވޭނެ! އިންޓެލިޖެންސްގެ ސައްހަކަން ކަށަވަރު ކުރަނީ އޭގައި ހިމެނޭ ފެކްޓްސްތަކަށް ރިޢާޔަތްކޮށް! ނިމިދިޔަ ދައުރުގައި އެހާ އޮޅުންބޮޅުން ބޮޑުވީ ކީއްވެގެންކަން މިހާރު ސާފުވެއްޖެ! ޝުކުރިއްޔާ ގައުމު
މުހައްމަދު.
12 February 2022
ކޮންމެ ރައްޔިތަކަށް ވެސް ވެރިކަންކުރާ ގޮތާއި މެދު ފާޑުކިޔޭނެ. އެއީ ރައްޔިތުންގެ ހައްގެއް. އެކަމަކު ވެރިކަންކުރާ ފަރާތުން ރައްޔިތުންނާ ޖަދަލެއް ނުކުރެވޭނެ. ކަންކަންކުރަނީ ރައްޔިތުންނަށް ގެއްލުންނުވާގޮތަށް ކަން ރައްޔިތުންނަށް ޝައްކުނުވާވަރަށް ސާބިތުކޮށްދޭނެ ޖެހޭނެ.
ކިހާސަޅި
12 February 2022
އިންޑިއާ ފެރީ އަންނަން ފެށި ފަހުން މިގައުމުގަ މަސްތުވާތަކެތި މާ ގިނަވެ މާ ފަސޭހައިން ލިބެން ފެށިކަން އެއީ ފެކްޓެއް. އިންޑިއާއިން މިތަނުގަ އެކި ބަހަނާގަ ތިބޭ ސިފައިންނަކީ އިމިއުނިޓީ ލިބިފައިވާ ބައެއް. އެމީހުން އެތެރެކުރާ، ބޭރުކުރާ އެއްޗެއް އެއީކީ ބެލޭނެ އެއްޗެއް ނޫން. ދެން އިންޑިއާގެ އިންޓެލްއިން ކޮންމެފަދަ މައުލޫމާތެއް ދިނަސް އެއޮންނާނީ އެމީހުންނާ އެއްކޮޅަށް ފޭވަރވެފަ. އެމީހުންގެ ގައުމުގެ ފަރާތުން ލިބޭ ގެއްލުމަކީ މިގައުމަށް އެނގޭނެ އެއްޗެއް ނޫން
ޕީއޭ
12 February 2022
މީނައަކީ ވެރިކަން ހަވާލު ކުރުމުން އެބޮލާލާޖަހާފަ އަމިއްލައެދުން ކުރިއަށް ނެރުނު މީހެއްކަމަށް ސްޕްރީމް ކޯޓުގެހުކުމަކުން ކަޑައަޅާފަ ހުރިމީހެއް. ވެރިކަންކުރުމުގެ ޝަރުތުތައް ހަމަނުވޭ. ދެންވެސް ތައުބާވެ ދިވެހި ރައްޔިތުން ކައިރިން މާފަށް އެދެންޖެހޭ
އަފްޣާންޕޮޕީ
12 February 2022
މީނައަކީ ދިވެހި ރައްޔިތުންގެ ވިސްނުން ތޯރާބޯރާގަ އުޅޭމީހުންގެ ލެވެލްގަ ބާއްވަން ވަރަށް ބޭނުންވާ މީހެއް. ވަރަށް ވަރުގަދަ ސިކުޑިއެއް އެކަމަކު އެ ބޭނުންކުރަނީ އަމިއްލައެދުމާއި އަނިޔާވެރިވުމަށް އެކަނި. ދެންތިބި މީހުން ހަލާކުވެގެން ދިޔަޔަސް އޯކޭ.
މަޖީދު
12 February 2022
އިންޑިޔާއައުޓް ޖަހައިގެން މެންބަރަށް ސަލާން ޖަހައިގެން އިންދިޔާއަށް ބޭސްފަރުވާއަށް ދާން އެންމެން ތައްޔާރު ވެއްޖެ. ހެހެހެ ޕާޓީގެ ބޮޑުން ދަނީ ލަންޑަނަށް ހެހެހެ ލަދު ކޮބާހޭ
ބޮކި
12 February 2022
ބަލަ ޔާމީނޫ ކަލޭގެ ފަސްއަހަރު ވެރިކަމުގަ ބުނީ އިންޓެލިޖެންސް ރިފޯޓް ނުލިބެޔޯ ؟ ދެން ކޮންވާހަކަ ދައްކާކަށްތަ ؟
ފަލަސްތީން
12 February 2022
އިންޑިޔާއިން އެއްވެސް ޑުރަގުބޯޓެއް މިހާތަނަކައް ހުއްޓިފަކާނެއް. ޗައިނާޔަ ފާރަލާން ނުންކަމެއް ނުކުރޭ.
ލަބީދު
12 February 2022
މަބުނީ ހުދު އަބިމީހާވެސް ނާހާނެ ގެ ޔައް ތި ޔަގެންނަނީ ހަލާލު ފައިސާތޯ.