ރިޕޯޓް / ލޯކަލް އިންތިހާބު

އިންތިހާބުގެ އިސްތިއުނާފު މައްސަލާގައި "ބުރެކި" ޖެހިފައި!

ހައި ކޯޓު: ރިސެސްގައި އޮތަސް މުހިންމު މައްސަލަތައް ބެލެން ޖެހޭނެ ---މިހާރު ފޮޓޯ

ގާނޫނުގައި ބުނާ މުއްދަތަށް ވުރެން އިންތިހާބުތައް ލަސްވުމަކީ ކަށަވަރުކޮށްދީފައި ހުރި ހައްގުތައް ގެއްލޭނެ ކަމެކެވެ؛ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ވެސް އެހެންވެ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅިތާ ދެ ހަފުތާ ވިއިރު ވެސް ބަލައިގަނެ، ޝަރީއަތް ކުރިއަކަށް ނުގެންދެ އެވެ. މިއީ، ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަން ފިޔަވައި، އެހެން ގިނަ ސިޔާސީ ޕާޓީތަކާއި އާއްމު ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

ރައީސް ޔާމީންގެ ފެކްޝަނަށް ތައްޔާރު ނުވެވޭތީވެ އިންތިހާބު ފަސްކުރަން ހުށަހެޅުމުން އިއްވި ހުކުމް، ހައި ކޯޓުގައި އިސްތިއުނާފްކުރިއިރު ވެސް އެ ކޯޓު އޮތީ ރިސެސްގަ އެވެ. އެ މުއްދަތު ހަމަވާނީ، މި މަހުގެ ނިޔަލަށެވެ. ކޯޓުތަކުގެ ރިސެސްގެ މުއްދަތުގައި ވެސް މުހިއްމު މައްސަލަތައް ކުރިއަށް ގެންދާއިރު، ގައުމާއި ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ އިންތިހާބުގެ މި މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ސަބަބާ މެދު ގިނަ ބަޔަކުު ސުވާލު އުފައްދަ އެވެ.

ކޯޓުތަކުގެ ރިސެސްގެ މުއްދަތުގައި ކޮންމެހެން ބާއްވަން ޖެހޭ ޝަރީއަތްތައް ބޭއްވުމާއި ނެރެން ޖެހޭ އަމުރުތައް ނެރެ އެވެ. ހައި ކޯޓުން ވެސް އެ އުސޫލުން އަމަލުކޮށްފައި އެބަ ހުއްޓެވެ. ޝަރީއަތްތައް ކުރިއަށް ގެންގޮސް ހުކުމްތައް އިއްވާފައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފަށް ހުށަހަޅައި އީސީގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: --- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ގާނޫނޫގައި ބުނާ މުއްދަތަށް ވުރެން ލޯކަލް ކައުންސިލް އިންތިހާބު ލަސްވާތީ ގާނޫނީ ވަކީލުންގެ ވެސް ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެއް ކަމެއްގެ ގޮތުގައި، ވަކީލުން ނަގަނީ، އިންތިހާބާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައި ކޯޓުން އާއްމު ގޮތެއްގައި ކުރިއަށް ގެންދާއިރު، ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ހުކުމް ކުރުމެވެ. އަނެއް ކަންބޮޑުވުމަކީ، ރިސެސްއާ އެކު މުހިއްމު މައްސަލައެއް މަޑުޖެހިފައި އޮތުމެވެ.

ގާނޫނީ ވަކީލް ހަސަން ސިރާޖު ވިދާޅުވީ ރިސެސްއަށް ދިއުމަކީ ކޯޓު ބަންދުވުން ނޫން ކަމަށެވެ. އަދި އެއީ، ފަނޑިޔާރުން ޗުއްޓީ ނެންގެވުމެއް ވެސް ނޫން ކަމަށާއި ރިސެސްގެ މުއްދަތުގައި ރަސްމީ ޗުއްޓީ ނުނަންގަވާ ނަމަ، ފަނޑިޔާރުން ކޯޓަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހައި ކޯޓަށް މިހާރު ހުށަހަޅާފައިވާ އިންތިހާބުގެ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމަން ޖެހެ އެވެ. އެއީ، އިންތިހާބު ވަކި މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމަން ޖެހޭނެ ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓު ރިސެސްގައި އޮތް ނަމަވެސް މާލޭގައި މަދުވެގެން ތިން ފަނޑިޔާރުން ތިއްބެވި ނަމަ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް، މިއީ ސިވިލް ކޯޓުގެ ވެސް ރިސެސްގެ މުއްދަތު. އެކަމަކު ކޮންމެ ދުވަހަކު ވެސް އެތައް ބައިވަރު މައްސަލަތަކެއް ތާވަލްކޮށް ކުރިއަށް ގެންދޭ،" ސިރާޖު ވިދާޅުވި އެވެ.

ގާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތުގައި އިންތިހާބު ބޭއްވުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއްގެ ވަރަށް އަސާސީ ސިފައެކެވެ. އިންސާނީ ބާރު ނެތް ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް އިންތިހާބު ފަސްކޮށްފި މިނިވަން އިންތިހާބަކަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

މީގެ ކުރިން ބައެއް އިންތިހާބުތައް ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ލަހުން ބާއްވާފައި އެބަ ހުއްޓެވެ. އެގޮތުން 2009ގެ އާންމު އިންތިހާބާއި 2013 ގެ ރިޔާސީ އިންތިހާބެވެ. އެކަމަކު ކުރިން އެގޮތަށް ކަން ހިނގާފައި އޮތުމުގެ މާނައަކީ، ސިރާޖު ވިދާޅުވި ގޮތުގައި، ދެން ހުރި އިންތިހާބުތައް ފަސްކުރަން ދެއްކޭނެ ހުއްޖަތެއް ނޫނެވެ.

"ޑިމޮކްރެޓިކް ނިޒާމެއްގައި މިނިވަން، އިންސާފުވެރި އިންތިހާބަކުން ރައްޔިތުންގެ ސިޔާސަތު ކަނޑައެޅުމާއި ތަންފީޒުކުރަން ފުރުސަތު ދިނުމަކީ ވަރަށް އަސާސީ ސިފައެއް. އެކަން ކުރަން، ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިންތިހާބާ މެދު ގޮތެއް ނުނިމި ލަސްވަމުން ދިއުމާ އެކު، ކޯޓުތައް ރިސެސްއަށް ދާ ގޮތުގެ މައްސަލާގައި ވެސް ވަކީލުން ކަންބޮޑުވުން ފާޅުކުރެ އެވެ.

ވަކީލަކު ވިދާޅުވީ ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި، ސިވިލް ކޯޓާއި ހައި ކޯޓަށް ރިސެސްއަށް ދެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހަކީ ރިސެސްގެ މުއްދަތު ކަމަށް އޮޓޮމެޓިކުން ކަނޑައަޅާފައި އޮތް ނަމަވެސް ގާނޫނުގައި އޮންނަނީ ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތު ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ސުޕްރީމް ކޯޓު ފިޔަވައި އެހެން އެއްވެސް ކޯޓެއް ރިސެސްއަކަށް ނުދެ އެވެ. އެއީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން އެއްވެސް ކޯޓެއް ރިސެސް އަށް ނުދާން އެންގުމުންނެވެ.

އިންތިހާބާ މެދު ގޮތެއް ނުނިމި ލަސްވާތީ، ކޯޓުތަކަށް ވެސް ބޮޑެތި ތުހުމަތުތަކެއް ސިޔާސީ ޕާޓީތަކުން ކުރެ އެވެ. އިސްތިއުނާފް މައްސަލަ ނުނިންމައި ދިގުދަންމަނީ، ރައީސް ޔާމީންގެ ފެކްޝަނުން ބޭނުންވި ގޮތަށް، އިންތިހާބު ލަސްކުރަން ކަމަށް އިދިކޮޅު ޕާޓީތަކުން ދެކެ އެވެ.

އެކަމަކު މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ސަބަބާ ގުޅޭ ގޮތުން ހައި ކޯޓުން ރަސްމީކޮށް ކޮމެންޓެއް ނުކުރި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބޭއްވި ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިންތިހާބު އޮންނާނެތޯ ނޯންނާނެތޯ ރައްޔިތުންގެ ހިތުގައި ސުވާލު އުފައްދައި، ފޫހިކޮށްލައި، އިންތިހާބު ސަމާސާއަކަށް ހަދާފައި މިވަނީ ހުރިހާ މުއްސަސާތައް ގުޅިގެން ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީންގެ ފެކްޝަނުން އަންގާ ހުރިހާ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރުމަށް ފަހު، ހައި ކޯޓަށް މައްސަލަ ހުށަހެޅީ ރައްޔިތުންނަށް "ދަޅަ ދައްކަން" ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ސިވިލް ކޯޓުގެ ހުކުމެއް އޮތަސް، އިލެކްޝަންސް ކޮމިޝަނުން އިއްޔެއާ ހަމައަށް ބުނަމުން އައީ ކުރިން ކަނޑައެޅި ތާރީހުގައި އިންތިހާބު ބާއްވާނެ ކަމަށެވެ. އެކަމަކު ގައުމީ ލަފާ ދޭ ކޮމެޓީއާ އެކު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި، އެ ތާރީހުގައި އިންތިހާބު ބާއްވަން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އިންތިހާބާ ގުޅޭ މައްސަލާގައި ހައި ކޯޓުން މި ހަފުތާގައި ގޮތެއް ނިންމި ނަމަވެސް ގާނޫނުގައި ބުނާ މުއްދަތަކަށް އިލެކްޝަންސް ކޮމިޝަނަށް އިންތިހާބުގެ ކަންކަން ކުރިއަކަށް ނުގެންދެވޭނެ އެވެ. އެއީ، ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށް، ކެމްޕޭން ކުރަން ދޭން ޖެހޭ 28 ދުވަހުގެ މުއްދަތު ވެސް ޖެނުއަރީ 14 އާ ހަމައަށް މިހާރު ނުލިބޭތީ އެވެ.

މުހިއްމު އެހެން މައްސަލަތަކެކޭ އެއްގޮތަށް، އިންތިހާބު މައްސަލާގައި ވެސް އަވަހަށް ގޮތް ނިންމަން ޖެހެ އެވެ. އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާއި ވޯޓުލާން ތައްޔާރަށް ތިބި ރައްޔިތުންގެ ހައްގު ހިމާޔަތްކޮށްދިނުމުގެ ގޮތުންނެވެ.

15 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު / ހިތަދޫ

21 December 2016

ރާއްޖެ އަށް އެއްގޮތަކަށް ވެސް ބޭނުންވާ އެއްޗެއް ނޫން ލޯކަލް ގަވަރމެންޓް ނިޒާމް ނުވަތަ ލާމަރުކަޒީ ނިޒާމް ނުވަތަ ޑިސެންޓްރަލައިޒޭޝަން ނިޒާމް. ތިޔާ ފަޑުއްކަ ނިޒާމް ޕިލިޕީންސް ގައި އޮންނަ ތާ ގަރުނެއް ވެއްޖެއެވެ. އެގައުމަށް އައި އެއްވެސް ކުރިއެރުމެއް ނެތެވެ. ހަމަ އެގޮތުން މަމެންގެ ގައުމަށް އެ ނިޒާމް ކޮޕީ ކުރީ އެއީ ޕިލިޕީންސް އަސްލަށް ބަލައިގެންނެވެ. އެއީ އެއްގޮތަކަށް ވެސް ރާއްޖެ އަށް ކަމުދާ ނިޒާމެއް ނޫނެވެ. މިހާރުން ފެށިގެން ލާމަރުކަޒީ ނިޒާމް ގާނޫނު އަސާސީން ޑިލީޓް ކޮށް ލުމަށް ޓަކައި ސަރުކާރުން އިދިކޮޅު އެމްޕީން ނަށް ލޮބީ ކޮށްގެން އެމެންގެ ފިކުރު ގަދަ ކަމުން ނަމަވެސް ދިމާ ކޮށްގެން މިކަން ކޮށް ސީދާ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޑިރެކްޓަރަކު ކޮންމެ ރަށެއްގެ ރަށު އޮފީހާއި ހަވާލުވެ ހުރުމުން ނިމުނީ އެވެ. ސިވިލް ސާރވިސްގެ އެއްވެސް މުވައްޒަފަކު ރަށްރަށުގެ ރަށު އޮފީސް ތަކުގައި ނުތިބޭނެއެވެ. ތިބޭނީ މުޅިން ވެސް ސިޔާސީ މީހުންނެވެ. ތިން މީހުންނަށް ރަށުއޮފީހެއް ގެ އިދާރީ ކަންކަން ބެލެހެއްޓޭނެ ދެން ދެ މަސައްކަތު މީހަކާއި އަދި ޓެކްނީޝަނެއް ހުރުމުން ނިމުނީ އެވެ. އެހެން އެންމެން ޖެހޭނީ ގެއަށް ކަނޑާލަން އެވެ. އެއިރުން ރާއްޖޭގެ ބަޖެޓް ގެ ރިކަރަންޓް ޚަރަދު ވަރަށް ބޮޑު ތަން ކުޑަވެގެން ދާނެެއެވެ. ކޮންމެހެން ނުޖެހޭ ތިން އަހަރުން އެއްފަހަރު ބިލިއަނުން ޚަރަދުކޮށްގެން ލޯކަލް ކައުންސިލު އިންތިޚާބު ބާއްވަން. އެއިން ގައުމަށް ކުރާ އަދި ކުރި އެއްވެސް ފައިދާ އެއް ފެންނާން ނެޓް 10 އަހަރުގެ ޓްރެކް ރިކޯރޑަށް ބަލާލުމުން އަޅުގަނޑު %100 ތާއިދު ކުރާ ކޮނެބްޓެއް ކަމުން މަތީގައި އެވާ ކޮނެންޓު ކޮޕީ ޕޭސްޓު ކޮށް ރިފުރެޝް ކުރީއެވެ.

The name is already taken The name is available. Register?

ނައްތާލާ

20 December 2016

ރާއްޖެ އަށް އެއްގޮތަކަށް ވެސް ބޭނުންވާ އެއްޗެއް ނޫން ލޯކަލް ގަވަރމެންޓް ނިޒާމް ނުވަތަ ލާމަރުކަޒީ ނިޒާމް ނުވަތަ ޑިސެންޓްރަލައިޒޭޝަން ނިޒާމް. ތިޔާ ފަޑުއްކަ ނިޒާމް ޕިލިޕީންސް ގައި އޮންނަ ތާ ގަރުނެއް ވެއްޖެއެވެ. އެގައުމަށް އައި އެއްވެސް ކުރިއެރުމެއް ނެތެވެ. ހަމަ އެގޮތުން މަމެންގެ ގައުމަށް އެ ނިޒާމް ކޮޕީ ކުރީ އެއީ ޕިލިޕީންސް އަސްލަށް ބަލައިގެންނެވެ. އެއީ އެއްގޮތަކަށް ވެސް ރާއްޖެ އަށް ކަމުދާ ނިޒާމެއް ނޫނެވެ. މިހާރުން ފެށިގެން ލާމަރުކަޒީ ނިޒާމް ގާނޫނު އަސާސީން ޑިލީޓް ކޮށް ލުމަށް ޓަކައި ސަރުކާރުން އިދިކޮޅު އެމްޕީން ނަށް ލޮބީ ކޮށްގެން އެމެންގެ ފިކުރު ގަދަ ކަމުން ނަމަވެސް ދިމާ ކޮށްގެން މިކަން ކޮށް ސީދާ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޑިރެކްޓަރަކު ކޮންމެ ރަށެއްގެ ރަށު އޮފީހާއި ހަވާލުވެ ހުރުމުން ނިމުނީ އެވެ. ސިވިލް ސާރވިސްގެ އެއްވެސް މުވައްޒަފަކު ރަށްރަށުގެ ރަށު އޮފީސް ތަކުގައި ނުތިބޭނެއެވެ. ތިބޭނީ މުޅިން ވެސް ސިޔާސީ މީހުންނެވެ. ތިން މީހުންނަށް ރަށުއޮފީހެއް ގެ އިދާރީ ކަންކަން ބެލެހެއްޓޭނެ ދެން ދެ މަސައްކަތު މީހަކާއި އަދި ޓެކްނީޝަނެއް ހުރުމުން ނިމުނީ އެވެ. އެހެން އެންމެން ޖެހޭނީ ގެއަށް ކަނޑާލަން އެވެ. އެއިރުން ރާއްޖޭގެ ބަޖެޓް ގެ ރިކަރަންޓް ޚަރަދު ވަރަށް ބޮޑު ތަން ކުޑަވެގެން ދާނެެއެވެ. ކޮންމެހެން ނުޖެހޭ ތިން އަހަރުން އެއްފަހަރު ބިލިއަނުން ޚަރަދުކޮށްގެން ލޯކަލް ކައުންސިލު އިންތިޚާބު ބާއްވަން. އެއިން ގައުމަށް ކުރާ އަދި ކުރި އެއްވެސް ފައިދާ އެއް ފެންނާން ނެޓް 10 އަހަރުގެ ޓްރެކް ރިކޯރޑަށް ބަލާލުމުން.

The name is already taken The name is available. Register?

GAN Island

20 December 2016

ދިމާވެގެން މިއުޅޭ މައްސަލައާއި ޔާމީން އަބުދުލް ޤައްޔޫމް ގެ ފިކުރާއި ވިސްނުން ހުރިގޮތް ނޭގޭބަޔަކަށް ''ވަމުން މިދަނީ ކީތްކަން'' ނޭގުނު ނަމަވެސް ވާންއުޅޭގޮތް އިގޭ ބަޔަކު ވެސް ތިބޭނެ. . . . . ދައުލަތުގެ ޤާނޫނު އަސާސީގައި ''ރާއްޖެ ހިންގަންވާނީ ލާމަރުކަޒީ އުސޫލުން'' ކަމުގައި އޮތް އޮތުމަކީ ހުދުމުހުތާރު ވެރިކަމަށް ހިތް އެދޭ ބަޔަކަށް ޤަބޫލު ކުރަން އެހާ ކަމަކަށް ނުވާނެ. . . އެހެން ކަމުން މިހާރު ''ވާން މިއުޅޭ ގޮތަކީ'' ދައުލަތުގެ ޤާނޫނު އަސާސީ އަށް އިސްލާހް ގެނެސް Decentralize ކުރުމުގެ އުސޫލުތައް ނާތާލުމުގެ ކަންތައް ގަޑެއް. . . .މާނަ އަކީ އަނެއްކާވެސް ؛؛ގަބުޅި ކަތީބުންގެ ޤައުމަކަށް'' މިޤައުމު ބަދަލު ކޮށްލާނެއޭ. އަދި ސަރުކާރު ހިންގުން އެކެއްގެ އަތްދަށަށް ގެންނާނެއޭ. . . މަޖިލީސް ހުޅުވުމާއި އެކު ޤާނޫނު އަސާސީ އަށާއި ޤާނޫނު ތަކަށ ްބަދަލު ގެނެސް Decentralize ޤާނޫނު އުވާލާނެ.

The name is already taken The name is available. Register?

އަލީ

20 December 2016

މިމީހުން އަހަރެމެން އަތުން ނަގާ ޓެކްސްތަކުން ބޮޑެތި މުސާރަތައްނަގައިގެން ރެސެސް އޭ ކިޔާފަ އެންމެ ބޭނުންޖެހޭއިރު މިތިބެނީ ޗުއްޓީގަ.

The name is already taken The name is available. Register?

ދިސްވޭ

20 December 2016

އިންތިޚާބުގެ އިސްތިއުނާފުގައި ބުރަކި ޖެހުމުން އެކަމަށް ހައްލު ގެނެސްދީފައިވަނީ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން އިލެކްޝަންސް ކަމިޝަނަށް އެންގި އިންސްޓްރަކްޝަން ޝީޓް އިން. ދެން އެގޮތަށް އިލެކްޝަންސް ކަމިޝަން އިން އަމަލު ކުރަން އުޅެގަ. ލޯކަލް ކައުންސިލު އިންތިޚާބު އަދި ޑިކޭޑަކަށް ލަސް ކުރި ނަމަވެސް އޭގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ އަށް އަންނާނެ އެއްވެސް ނުރައްކަލެއް ނޯންނާނެއެވެ. އެއިރުން ލިބޭނީ އާރޯ ކަމާއި ތާޒާ ކަމާއި ފޮނި ކަމާއި މީރު ކަމެވެ. މިރާއްޖޭގައި އެއް ޕާރޓީ އަކުން އެއް ލީޑަރ ޝިޕް ވެރިކަން ކުރަން ޖެހޭނެ މަދުވެގެން އެއް ޑިކޭޑް އެއްގެ މުއްދަތަށް. އެއިރުން ރާއްޖެ ތަރައްގީ ވާނީ. ކޮންމެހެން މަޖްބޫރެއް ނޫން 2018 ގައި ވެސް ރިޔާސީ އިންތިޚާބު ބާއްވަން. އެއިންތިޚާބު ރަނގަޅު ވާނެ 2023 ގައި ބޭއްވިޔަސް. 2018 ގައި ރިޔާސީ އިންތިޚާބު ނުބާއްވާ ރިޔާސީ ދައުރަކީ އެއީ 10 އަހަރުގެ ދެ ދައުރު ކަމަށް ނިންމާ އެމަގުން ގާނޫނު އަސާސީ އިސްލާހު ކުރުމުން އެނިމުނީ އެވެ. އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. މަމެން ނުޖެހޭނެ ޔޫރަޕް އަދި އެމެރިކާގައި އޮތް ނިޒާމެއް ކޮޕީ ކުރަން ދޯ.

The name is already taken The name is available. Register?

ފުއްޕިދާނެ

20 December 2016

ކަލޯ މިހާރު މަމެންވެސް ހިލަނީ ބޮއްޔެއްނޫން.އެ އީ އޭގެ އަގު ވެއޓިފަވާތީ.މަމެންވެސް މިހާރު ވިއްކަނީ އެންމެ އަގުހުރި ތަކެތި ތަމެންގޮތައް. އެވެސް މަގުމަތީ އަގުގަ.ކެރެންޔާ އާދެބަލަ ޑީލެއްހަދާލަން.

The name is already taken The name is available. Register?

އޭއި

20 December 2016

އޭއި ތިޔާ ކޮން ބޮލިރަވައެއްތޭ ރަންރީނދޫ ޓްރިޓަރޭ ތިޔާ ތަޅުވަން ފެށީ. މަޑުން ހުރެގަ. އެނޫން ނަމަ ބަސް ފޮނުވަންތަ.

The name is already taken The name is available. Register?

ނުފުއްޕާތި

20 December 2016

އިދިކޮޅު ރަންރީނދުލޭ މެން ކިތަންމެ ވަރަށް ރޫރޫ އެޅި ނަމަވެސް ލޯކަލް ކައުންސިލު އިންތިޚާބު ނުބާއްވާނެ މިއަންނަ ޖެނުއަރީ މަހު. ނުބާއްވާނަން، ނުބާއްވާނަން، ނުބާއްވާނަމެވެ. ތަމެން ޖެހޭނީ މަހަށް ދާން ދެން އެކަމުގައި. ތަމެން ތިބެގަ މަޑުމަޑުން ގޭގައި. މަމެން ޕިންކީންގެ ސަރުކާރު މިހާރު މިގައުމުގައި މިއޮތީ އަދި މީ މަމެންގެ ގައުމު އިނގޭ. ތަމެންގެ މިތާ އޮތީ ކޯއްޗެއްތޭ އަދި ތަމެން އަތުގައި އޮތީ ކޯއްޗެއްތޭ މާ ބޮޑަށް ފުއްޕާ ނަގަނީ.

The name is already taken The name is available. Register?

ގޮތަކީ

20 December 2016

ލޯކަލް ކައުންސިލު އިންތިޚާބު އިލެކްޝަންސް ކަމިޝަނުން އިސްތިއުނާފު ކުރަން ޖެހޭނެ ގޮތެއް އޮވެގެން ނުވާނެއެވެ. އެތަނަކީ އެއީއިންތިޚާބު ބާއްވަން ޖެހޭ ތަނެކެވެ. އިލެކްޝަންސް ކަމިޝަންގެ ބަދަލުގައި މިކަން ކުރަން ޖެހޭނީ މިކަމާއި ދެކޮޅު ހަދާ ސިޔާސީ ޕާރޓީ ތަކުންނެވެ. އިލެކްޝަންސް ކަމިޝަން އަކީ އެއީ ސިޔާސީ ޕާރޓީ އަކަށް ނުވެފައި އަދި އިސްތިއުނާފު ކުރުމުގެ އެއްވެސް އޮތޯރިޓީ އެއް އެތަނަށް ނޯންނާނެތީވެ އެކަންކަން ޖެހޭނެ އެގޮތުގައި އޮންނަން. އެއީ މިކަން ކުރަން ޖެހޭނެ ގޮތަކީ.

The name is already taken The name is available. Register?

ބޮލިހިލާ

20 December 2016

އިންތިޚާބުގެ އިސްތިއުނާފުގައި ހުރީ ބުރަކި ޖެހިފައި ނޫނެވެ. އެކަން ދަނީ ވަރަށް ރަނގަޅަށެވެ. މައިތިރިވެ ތިބެގަ ރަންރީނދޫ ކުދިން ރޫރޫ ނާޅާ. ތަމެން ތެޅުނު ވަރަށް ދާނީ ހުޅުނުބެވެ. މިހާރު މިގައުމުގައި މިއޮތީ އެއީ ރައީސް މައުމޫނުގެ ސަރުކާރެއްވެސް ނޫން އަދި ރައީސް ވަހީދުގެ ސަރުކާރެއް ވެސް ނޫނެވެ. އެއީ މަމެންގެ ސަރުކާރެވެ. ތަމެންގެ މިތާ އޮތީ ކޯއްޗެއްތޭ. ތަމެން ދޭ ބަލަ ފަރަށް ބޮލި ހިލަން އިނގޭ. އަން މިއޮތީ ބޮލި އަޅަން ޖެހޭ ނެސްޕިރޭ ދަޅު.

The name is already taken The name is available. Register?

އަލްޖިބްރާ

20 December 2016

މިރާއްޖޭގެ ޤާނޫނަކީ އެއިރެއްގަ ވެރިކަން ކުރަން ތިބި ބައެއްގެ މުށުތެރޭގައި ވާކަމެއް ! ޤާނޫނަށް އެބައިމީހުން ހަދަނީ ހިތުހުރި ގޮތެއް ! އެއީ އެބަމީހުން މޮޑެން ގެންގުޅޭ ފުއްގަޑެއް !

The name is already taken The name is available. Register?

ކުރިބޯށި

20 December 2016

" އެއިރެއްގަ ވެރިކަން ކުރަން ތިބި ބައެއްގެ " ... މިއީ ދޮގެއް. 2012 ގައި ވެރިކަން ވެއްޓުނީ ވެރިކަން ކުރަން ތިބި މީޙުންގެ އަތުގަ ޤާނޫނު އޮވެގެންތޯ ... އެއިރު ބެރިކޭޑް މަތިން ފުންމީމަވެސް ފަނޑިޔާރު މީހާ އަށް އޯކޭ ... މިހާރު އެދެނީ 6 މަހުގެ ކޯހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454