މަޖިލީހުގެ ޖަލްސާއެއް ތެރެއިން--
29 މާޗް 2022 - 14:08
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރޭގައި މައްސަލަ ބޮޑުވެ، މަޖިލީހުގައި ނަގާ ވޯޓުތަކުގައި ވެސް ދެ ބައިވުން އުފެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ އެއްގަލަކަށް އަރައިފި އެވެ.
އެމްޑީޕީގެ 65 މެމްބަރުންނާ އެކު މެޖޯރިޓީ އޮތް ޕާލަމެންޓްރީ ގްރޫޕުން މައްސަލަތަކުގައި ވިޕްލައިން ނެރެފައި އޮތަސް އިދިކޮޅުން ހުށަހަޅާ ގޮތަށް ބައެއް މެމްބަރުން ގެންދަވަނީ ވޯޓު ދެއްވަމުންނެވެ. ޕީޕީއެމާއި ޕީއެންސީ ބޭނުންވި ގޮތަށް އެމްޑީޕީގެ މެމްބަރުންތަކެއް މަޖިލީހުގައި އިއްޔެ ވެސް ވޯޓު ދެއްވި އިރު މިއަދު ވެސް ވަނީ ނަޝީދު ފެކްޝަންގެ މެމްބަރުންގެ ވޯޓާ އެކު މައްސަލައެއް ބަލައިގަތުމަށް ފާސްކޮށްފަ އެވެ.
އިދިކޮޅުން މިއަދު ކާމިޔާބުކުރީ ސަރުކާރުން ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރާ ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށް މައްސަލާގައި އިދިކޮޅު ޕީއެންސީގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން މިއަދު ވަކާލާތު ކުރެއްވީ ސައީދު ހުށަހެޅި މައްސަލަ ބަލައިގަނެ ކޮމިޓީ އަށް ފޮނުވުމަށެވެ. މި ނިންމުމާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ދެކޮޅު ހައްދަވައި، ވޯޓު ދެއްވީ އެކަމާ ބަހުސް ވެސް ނުކުރެއްވުމަށެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކާއި ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ ވޯޓުން އެ މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފާސްވި އެވެ. ބަހުސް މަރުހަލާ ނިމިގެން ދެން ވޯޓަށް އެހީ ކޮމިޓީއަށް ފޮނުވުމަށެވެ.
އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ އެ މައްސަލަ ބޭރު ކޮށްލުމަށް އެ ޕާޓީގެ ޕީޖީން ވިޕެއް ވެސް ނެރުނު ކަމަށެވެ. އެ ވިޕާ އެއްގޮތަށް، ސައީދުގެ މައްސަލަ ބޭރުކޮށްލުމަށް ސަރުކާރަށް ތާއީދު ކުރާ 16 މެމްބަރަކު ވޯޓު ދެއްވި އެވެ.
ނަމަވެސް އިދިކޮޅުގެ އެހީއާ އެކު 18 ވޯޓު ހޯދައި އެންމެ ދެ މެމްބަރުންގެ ތަފާތުން އެ މައްސަލަ ފާސްކޮށް، މަޖިލީހުގެ ކޮމިޓީ އަކަށް ފޮނުވި އެވެ. އަދި އެ ވޯޓް ފާސްވުމާ އެކު އެމްޑީޕީގެ ނަޝީދު ފެކްޝަންގެ މެމްބަރުން މަޖިލީހުގައި އަތް ޖަހައި އުފާފާޅު ކުރި އެވެ.
މަޖިލީހުގައި އިދިކޮޅު މެމްބަރުންނާއި ނަޝީދު ފެކްޝަނުން ގުޅިގެން ސަރުކާރު ފެކްޝަނާ ދެކޮޅަށް ބަހުސްކޮށް ވޯޓު ވެސް ދިން މަންޒަރު އިއްޔެ ވެސް ފެނުނެވެ.
ދެ ވަޒީރަކު މަޖިލީހުގައި އިތުރުފުޅު ހެއްދެވި މައްސަލައެއް ބެލުމަށް ޕީއެންސީ އަށް ނިސްބަތްވާ، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދަމް ޝަރީފް އުމަރު ހުށަހެޅުއްވުމުން އެކަމަށް ނަޝީދު ފެކްޝަން މެމްބަރުން ތާއީދު ކުރެއްވި އެވެ. އަދި އެ މައްސަލަ ބޭރު ކޮށްލަން ވޯޓު ދިނުމަށް ވިޕެއް ނެރެފައި ވަނިކޮށް ސަރުކާރު މެމްބަރުން މަޖިލީހުގެ ތަޅުމުގައި މަދު ވަގުތެއްގައި އިދިކޮޅު މެމްބަރުންނާއި ނަޝީދު ފެކްޝަންގެ މެމްބަރުން ގުޅިގެން ވަނީ އެ މައްސަލަ އަށް ބަހުސް ކުރުމަށް ވެސް ފާސް ކޮށްފަ އެވެ.
ނަމަވެސް އިއްޔެ މެންދުރު ފަހު އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދަން ފާހެއް ނުވި އެވެ.
އެމްޑީޕީގެ ތެރޭގައި ފެކްޝަނެއް އުފެދިފައިވާ ކަން މިހާރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެ މެމްބަރުން ވެސް އެ ވާހަކަ ދައްކަވަ އެވެ. މިދިޔަ ދެ ދުވަހު މަޖިލީހުގައި ބަހުސް ކުރެއްވި ނަޝީދު ފެކްޝަން މެމްބަރުންގެ ކަންބޮޑުވުމަކީ ވެސް ސަރުކާރުން ބޭނުންހާ ގޮތަކަށް އަމަލުކުރާ މެމްބަރުން މަޖިލީހުގައި ތިއްބެވުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު އަތްޕުޅުގައި މަޖިލީހުގެ ބާރު އެބައޮތެވެ. އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރާ މެމްބަރުން ވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެހި
30 March 2022
ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް ރައްޔިތުންނާ ގުޅުންހުރި ހައްސާސީ މައްސަލަތަކުގައި އިދިކޮޅަސް އެއްކޮޅަސް ބަހުސް ކުރެވެންވާނެ. އަދި މައްސަލަ ބަލައިގަންނަންވެސް ވާނެ. ދައުލަތެއްވިޔަސް ސަރުކާރެއްވިޔަސް އެތަނެއްގެ އެންމެބޮޑު ބަހާއަކީ ރައްޔިތުން. ރައްޔިތުންނަށް ޚިދުމަތް ކުރުމަށް މަޖިލިސްވެސް ހޮވަނީ މުސާރަވެސް ދެނީ ރައްޔިތުންދައްކާ ޓެކްސް ފައިސާއިން. މިކަން ހުރިހާ ޕާޓީއަކުން ހަދުމަކުރީމަ ރަގަޅުވާނެ.
ސަންގުމަރުމަރު
30 March 2022
ވެރިކަމާހެދި މަރުދަންޖެހިފަ ތިބި ދެމީހުން އަންނިއާ ޔާމީނަކީ. ވެރިކަން ހޯދަން ތި ދެމީހުން ކޮށްފާނެ ކޮންމެ ފަދަ ނުބައިކަމެއްވެސް. ޔާމީނަށް ވަގަށްގޮވި ނަޝީދުގެ ކުދިންކޮޅަށް އެންމެފަހުން މިޖެހުނީ ޔާމީނަށް ތާޢީދު ކުރަން. އަނެއްކޮޅުން ލާދީނީއޭ ގޮވި މީހުންނަކީ އެންމެ ދީނީ މީހުންނޭ ބުނަން. މިދެމީހުންނަކީ ޤަޢުމަށް ހެޔޮއެދޭނެ ބައެއްނޫން.
ައަޙުމަދު.
30 March 2022
ބައެއް މީހުންގެ ސިފަ މިހާރު މަޖިސްގެ ތެރެއިން ސާފުކޮށް ރައްޔިތުންނަށް ފެންނަމުން އެބަދެއެވެ. ޢަޖާބެއް ކަހަލަ ކަމެކެވެ. އިބޯސޯލިހަށް ރައީސްކަންލިބި ނަސީދަށް މަޖިލިހުގެ ރައީސްކަން ލިބުމުން ގައުމުގެކަންކަން ރަނގަޅުވެދާނެކަމަށް ކުރި އުއްމީދުތަށް ގޯސްވަމުން މިހިރެދަނީއެވެ.. ތެލާ ފެނާ އެކުނުވާނެކަމަށް ބުނާބުނުން ދޮގުވަނީއެވެ. މި ފެންނަ މަންޒަރުން ގަބޫލުކުރެވެނީ އެމީހަކު ފޭހޭ އިލޮށި ގަނޑު އެމީހެއްގެ ލޮލަށް ހެރޭނެ ހެންނެވެ. ޢަމިއްލަ އެދުން ބޮޑުވުމެވެ.
ބަރުތީލަ
30 March 2022
ސިއްހީ ހިދުމަތާއި ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ވޯޓު ދިނުމަކީ އިންސާނީ ހައްގަށް އަރައިގަތުން . ކޮންމެ ބަޔަކު ހުށަހެޅި ނަމަ ވެސް ރައްޔިތުންނަށް ފައިދާ ވާ ކަމެއްނަމަ ބަލައިގަންނަން ވޯޓު ދޭންވާނެ ...އަޅުގަނޑު ގެ ވޯޓު ދޭނީ އިންތިއަށް
ޢުސޫލުން.
29 March 2022
އިދިކޮޅު ލީޑަރާއެކު މަސައްކަތް ކުރައްވާ ބޭފުޅަކަށް އަޅުގަނޑުމެންގެ ވޯޓެއްނިލިބޭނެ..
ގެއްލިދާ
29 March 2022
ހަރުބަހެއްގަ އޮވޭ ލަނޑަޔާ ވާނީ ލަނޑަޔޭ
އަސްލު.
29 March 2022
އަޅުގަނޑު ދުވަހަކުވެސް ނަޝީދު އަށް ވޯޓެއްނުދޭނަން....
ރަނަފައުނު
11 April 2022
ލަސްވީ ދޯ.،ނަޝީދަސް ވޯޓުލާން
ޢޭންޖަލް
29 March 2022
ނަޝީދު ފެކްޝަން މީހުން މަޅީގަ ޖައްސައިފި ދޯ. އެހެނވެ ބުނަނީ ޔާމީން ވަރަށް ބޯބޮޑޭ. ނަޝީދު ފެކްޝަން ކުދިން ހަމަ ނަޝީދު އުޅޭހެން އުޅެނީ. ހިތުން ވަރަށް ބޯބޮޑު ކަމެއް ދޯ އެކުރީ
ޢާހުމަދު.
30 March 2022
ކުރާނެ ކަމެއްނެއް. ޙުރީހާކަމަކީވެސް ހިސާބަށްވުރެ ބޮޑަށް މީހަކު ވެރިކަމަށް ދަހިވެތިވީމަ ވާނެހާއެއްޗެއް މިވަނީ. ކެއްތެރިކަމެއް ނެއް. ޢިދިކޮޅު މީހުންގެ މަޅީގަ ޖެހެހެމުން ދާތަން މިފެންނަނީ. އާހިރުގަ މިފެންނަނީ ކަތިވަޅިގެއްލި މަރިޔަނބުގެއްލި ކޮށިދަނޑުގެއްލޭ މަންޒަރުބާ؟
އައްޔަ
29 March 2022
އިންތި އާ ވައްޑެމެނައް ވައްކަންވެސް އޯކޭވީދޯ!
ބަލާތި
29 March 2022
ކެނެރީ ފިލްމު ނިމެނީ.