ޚަބަރު / ރާއްޖެ-ޗައިނާ

ޗައިނާގެ ކަރާމާތް ގެއްލޭ ވާހަކަ ނަޝީދު ދެއްކެވިޔަސް ސަރުކާރުން އަޅައެއް ނުލާ: އިދިކޮޅު

"އިންޑިއާ އަށް ރައްދުވާ ގޮތަށް އެއްޗެއް ބުނީމަ އިންޑިއާގެ އިއްޒަތާއި އަނބުރާ ކަރާމަތް ގެއްލޭ ކަމަށް ވަންޏާ، އެ ނޫން ގައުމުތަކާ ދޭތެރޭގައި އެގޮތަށް އަމަލުކުރީމަ ވެސް ހަމަ އެ އިންޒަތާއި ގަދަރާއި ކަރާމަތް ގެއްލޭނެ."

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ޑިސެމްބަރު 2017 ގައި ޗައިނާ އަށް ވަޑައިގަތުމުން ބޮޑުވަޒީރު ޝީ ޖިންޕިން މަރުހަބާ ދަންނަވަނީ: ޔާމީންގެ ސަރުކާރުގައި ދެ ގައުމުގެ ގުޅުން ވަރަށް ރަނގަޅު.---ފައިލް ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ އަށް "ހިތުހުރިހާ އެއްޗެއް ގޮވާއިރު" އެ ގައުމުގެ ކަރާމަތާއި އިއްޒަތަށް ގެއްލުން ވަމުން ދިޔަޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ކަމާ އަޅާނުލައްވާތީ އިދިކޮޅު ކޯލިޝަނުން މިއަދު ކަންބޮޑުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މީހަކު މަރުގެ އިންޒާރުދިނުމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ކޮންމެ ގައުމަކަށް ވެސް ހަމަހަމަ އުސޫލުތަކެއް ގެންގުޅޭ ކަމަށް ބުނާ މި ސަރުކާރުގެ ބަހާއި އަމަލުތައް އެއްވެސް ވަރަކަށް ދިމާނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ރައީސް ނަޝީދު ހަމަ ދެއިރު ދެދަޅަ އަށް ޗައިނާ އަށް ހަމަ ހިތު ހުރިހާ އެއްޗެއް ގޮވަމުންދާ ތަން. ކީއްވެގެން ހެއްޔޭ އެ ގައުމުގެ އިއްޒަތާއި އަނބުރާ ކަރާމަތަށް އުނިކަން އަންނާނެ ކަމަށް ރައީސަށް ގަބޫލު ނުކުރެއްވެނީ،" އިދިކޮޅު ޕީޕީއެމާއެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީގެ ލީޑަރު ވިދާޅުވި އެވެ.

"އިންޑިއާ އަށް ރައްދުވާ ގޮތަށް އެއްޗެއް ބުނީމާ އިންޑިއާގެ އިއްޒަތާއި އަބުރާއި ކަރާމަތް ގެއްލޭ ކަމަށް ވަންޏާ، އެ ނޫން ގައުމުތަކާ ދޭތެރޭގައި އެ ގޮތަށް އަމަލުކުރީމާ ވެސް ހަމަ އެ އިއްޒަތާއި ގަދަރާއި ކަރާމަތް ގެއްލޭނެ."

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ޗައިނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ނަޝީދު ދައްކަވާ ވާހަކަފުޅުތައް ވެސް ހުއްޓުވަން ހަމަ އެ ބީދައިން ރައީސް ގަރާރެއް ނެރުއްވަން ޖެހޭނެ އެވެ.

"އިންޑިއާ އައުޓް" ނަމުގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ފުލުހުންނާ ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަޝީދު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިއަމް ސަރަން މޮޑަރޭޓް ކުރެއްވި ލެކްޗާއެއްގައި ތުހުމަތު ކުރެއްވީ ޗައިނާ އިން ބޭނުންވަނީ ރާއްޖެ އިން ޑިމޮކްރަސީ ފޮހެލައި ދަރަނިވެރި ކޮށްލަން ކަމަށެވެ. އަދި ރާއްޖޭގައި އަބަދުވެސް އޮންނާނީ "އިންޑިއާ ފަސްޓް" ސިޔާސަތެއް ކަމަށާއި ޗައިނާ އިން ގެންގުޅޭ "ބިން ފޭރުމާއި ދަރަނި މަޅީގައި" ރާއްޖެ އިން ނުޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޗައިނާ އިން ބޭނުންވީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް އުފައްދައި، ޑިމޮކްރަސީ އުވާލަން. ދެން އެ މީހުން ބޭނުންވާ ގޮތަށް ކަންކަން ކުރަން. ރާއްޖޭގެ މިހާރުގެ ދަރަނީގެ 70 ޕަސެންޓަށް ވުރެ ބޮޑު ބައެއް އޮތީ ޗައިނާގައި. މި ކަމުގެ ސަބަބުން ރާއްޖޭގެ މައްޗަށް ޗައިނާ އަށް ކުރިން ލިބިފައި ނުވާ ފަދަ އިގްތިސާދީ އަދި ސިޔާސީ ބާރުވެރިކަން ލިބިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ އަބަދުވެސް ޗައިނާގެ ސިޔާސަތުތަކާ ދެކޮޅު އަދި އެ ގައުމާއެކު ރާއްޖެ އިން ގުޅުން އެހާވަރަށް ރަނގަޅު ކުރުމާ ހިޔާލު ތަފާތު ބޭފުޅެއްގެ ގޮތުގަ އެވެ.

ނަޝީދު އިންޑިއާގައި އެންމެ ފަހުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ލިޒިން ވިދާޅުވެފައި ވަނީ ޗައިނާ އިން ގެންގުޅޭ ސިޔާސަތަކީ ގައުމުތަކުގެ ދާހިލީ މައްސަލަތަކާ ނުބެހުން ކަމަށާއި ރާއްޖޭގެ ދާހިލީ ކަންކަމާ ވެސް އެ ގައުމުން ނުބެހޭނެ ކަމަށެވެ.

ޔާމީނަށް އިންޒާރު ދިން މައްސަލަ ނުބަލާ!

ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހުންނާއި ސިފައިންނާއި އަދި އެޗްއާރުސީއެމަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ވެސް ހުށަހަޅަން އިދިކޮޅުން ވަނީ ނިންމައިފަ އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި އަބްދުއްރަހީމް ވިދާޅުވީ، ފުލުހުންނަށް އިއްޔެ އެ މައްސަލަ ހުށަހެޅިޔަސް، މިހާތަނަށް އެ މައްސަލަ ބަލަން ފެށިކަމެއް ކަށަވަރު ކޮށްދީފައި ނުވާ ކަމަށެވެ. ޔާމީނަށް އިންޒާރު ދިނުމާ ގުޅިގެން ފުލުހުންނަށް ކުރިން ހުށަހެޅި މައްސަލަތައް ބެލުމުގައި ވެސް އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވި އެވެ.

ޔަމީނަށް ދުއްޕާން ކުރުމުގެ މަސައްކަތް [މި ސަރުކާރުން] އޮތީ އިތުރު ގިޔަރަކަށް ލައިފައި. -- އަބްދުއްރަހީމް

"ޔާމީނަށް ދިން އިންޒާރަކީ އިންޑިއާ ސަރުކާރު އަޑީގައި އޮވެ، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިސްވެ ހިންގަވާ ކަމެއް ކަމަށް ބުނުމުގެ ޖާގަ އަޅުގަނޑުމެނަށް އެބަ އޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ދުއްޕާން ކުރުމުގެ މަސައްކަތަށް [މި ސަރުކާރުން] އޮތީ އިތުރު ގިޔަރަކަށް ލައިފައި."

ޔާމީންގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން ހަރަކާތްތެރިވި ދުވަހެއްގައި އަބްދުއްރަހީމް ފުލުހުންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިދިކޮޅުން ވަރަށް ފޯރީގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ޕީޕީއެމް/ޕީއެންސީގެ ހަރަކާތެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވާ ވާހަކަ މިއަދު ވެސް ތަކުރާރުކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެއީ ރައްޔިތުންގެ ގައުމީ ހަރަކާތެއް ކަމަށާއި ގައުމީ ކަންކަމުގައި ޔާމީން އަބަދު ވެސް ހުންނަވަނީ ރައްޔިތުންގެ ފަޅީގައި ކަމަށް ވުމުން، އެ ހަރަކާތުގައި އިދިކޮޅުން ބައިވެރިވަނީ ކަމަށެވެ.

ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ދަމާފައި އޮތް "އިންޑިއާ އައުޓް" ބެނާ ނަގައިގެން ފުލުހުން ގެންދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އިދިކޮޅުން ބޭނުންވަނީ މި ސަރުކާރު ޖަވާބާދާރީކުރުވަން ކަމަށާއި ރާއްޖެ މިނިވަންކަން މަތީގައި ބޭއްވުމަށް ނުވަތަ އަޅުވެތި ކަމަކަށް ދިޔަ ނުދޭން ކުރާ ކޮންމެ މަސައްކަތެއްގައި އެ ދެ ޕާޓީ އާއި ޔާމީންގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވި އެވެ. ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުން ހުއްޓާލަން ގޮވާލައްވައި، 2012 ގައި އެމްޑީޕީގެ ސަރުކާރު ވެއްޓެން ދިމާވި ސަބަބަށް އިޝާރަތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ޗާޓުން ބޭރުން މަސައްކަތް ކުރުމުން ވާނެ ގޮތުގެ އެންމެ ރަނގަޅު ތަޖުރިބާއެއް ވެސް އޮންނާނީ އެމްޑީޕީގެ ކަމަށެވެ.

"ރައީސް ނަޝީދަށް ވުރެ މާ ބޮޑަށް މިއަދު ޗާޓުން ބޭރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި. އެއީ ކަނޑައެޅިގެން ދިވެހި ޖުމްހޫރިއްޔާއާ ހިލާފު ގަރާރެއް ނެރުއްވައިގެން އެ އުޅުއްވަނީ. އެއްވެސް ހާލެއްގައި އެއީ ގާނޫނީ ބުރަދެން އޮތް ގަރާރެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅުގެ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމުން ރައީސް ވަނީ އެ ހަރަކާތް ހުއްޓުވުމުގެ ގަރާރެއް ނެރުއްވައިފަ އެވެ. އަދި އެ ގަރާރުގެ ދަށުން، ކޯޓު އަމުރާ އެކު ފުލުހުން ވަނީ މާލޭގެ އެކި ތަންތަނުގައި "އިންޑިއާ އައުޓް" ޖަހައި، ދަމާފައި ހުރި ބެނާތައް ނަގައިފަ އެވެ. ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ބޮޑު ބެނާއެއް ވެސް ފުލުހުން ނެގި އެވެ.

26 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

12 ޓިނު

04 May 2022

މަހްލިސް. ޜައީސްގެ މަމްމަެާ ބެހުނު އިރު ތިޔަބުނާ އެތި ކޮތީ ކޮންތާކުތޯ ފަޑިޔާރުންނަށް ބިރު ދެއްކިއިތު ނެތް ޚަރާމަތެއް ޗައިނާއަށް އޮންނަން ޖެހޭތޯ

The name is already taken The name is available. Register?

ދަރުމެންދުރު

03 May 2022

އިންޑިއާއިން ދަނީ އިންޑިއާ ސަރަހައްދުގެ އަމާންކަން ބަލަހައްޓަން ވަރަށް ރަނގަޅަށް ބަލަހައްޓަމުން. އެކަންކުރާގޮތަކީ ވަށައިގެންހުރި ބޮޑެތި ނިއުކުލިއާ ގައުމުތަކާ ދޭތެރެދޭތެރެއިން ހަނގުރާމަކުރަނީ އެހެން ގައުމުތަކުގަ ތަމަޅައިން ލައްވާ ދާހިލީ ހަމަނުޖެހުން ހިންގަނީ، ދެންހުރި ގައުމުތަކުގަ ސިފައިން ބައިތިއްބައިގެން އުޅެނީ، ޖުމްލަކޮށް ބުނަންޏާ މުޅި އޭޝިއާއަށް އޮތް ނުހޮރޮއްޕާނެއް.

The name is already taken The name is available. Register?

ދުމަންސާން

03 May 2022

ޗައިނާއަކީ ޑިކްޓޭޓަރޝިޕެއް ޔާމީނަށް ޗައިނާ ކަމުދަނީ އެހެންވެ ތޯއްޗެ ޗައިނާއަކީ ރާއްޖެއާ މާ މާދުރުގައިއޮތް ދިވެހިރާއްޖެއާވާ ގައުމެއްވެސް ނޫން ރާއްޖޭގެ އަވަށްޓެެރިއެއްނޫން ރާއްޖޭގެ މީހުންގެ ނަސްލާ އެއްވެސް ގުޅުމެއްވާ ބައެއްނޫން ރާއްޖޭގެ އާދަކާދައާއި ވައްޓަފާޅިއާވެސް ގުޅުމެއްހުރިބައެއްނޫން

The name is already taken The name is available. Register?

އިބްރ

03 May 2022

ޗައިނާ ކިތަންމެ ދުރުގައިއޮތަސް އިންޑިއާ ސިފައިންނަށް މިޤައުމުގައި ތިބުމުގެ ހުއްދައެއް ނުދެވޭނެ. ހަމަޖެހޭނީ ފައިބަން. އިންޑިއާ އައުޓް

The name is already taken The name is available. Register?

ހރލެ

04 May 2022

ކަލޯ ތިޔަބުނާ ޑިމޮކްރަސީއަކީ ހަމަ ނަމެއް، ރާއްޖޭގެ ވައްޓަފާޅިތޯ އޮތީ އިންޑިއާގަ

The name is already taken The name is available. Register?

ކުމަންސާނ

04 May 2022

ރާއްޖޭގެ އަވައްޓެރިއަކަށް ނުވާ ނަސްލާ ގުޅުމެއްނުވާ އާދަކާދައާ ވައްޓަފާޅިއާ ގުޅުމެއް ނެތް މީހުންގެ އަޚުލާގާ އެހީތެރިކަން މާ ރަގަޅު. އިންޑިއާހެން މުޅި މިގައުމުގަ އެމީހުންގެ ހަންފަތުރާކަށް ނުއުޅޭ. ޗައިނާއަކީ އެމީހުންގެ ބައިނަލްއަގްވާމީ ޒިންމާދާރުކަން ދަނެގެން އެހެން ގައުމުތަކަށް އެހީވާ ބައެއް. އެގޮތުން ދޭ އެހީއަށް ނުބައި މާނައެއް ދީ މުޅި އެތީގެ މާނަ އޮޅުވާލައިގެން އުޅެނީ އިންޑިއއިން. އެހީތައް އަނބުރާ ނުދެއްކޭ ގޮތް ހަދަނީ ގައުމުތަކުގެ ދާޚިލީ ކޯޅުމުން

The name is already taken The name is available. Register?

ކޮންވަސަން

04 May 2022

އައުޓް އައުޓް ގޮވަގޮވާ ހަމަތިބެންޖެހޭނީ މާތްﷲގެ ވާގިފުޅާއެކު އެވަގު ދެން ރާއްޖޭގެ ވެރިކަމަކަށް ނާންނާނެ ރައްޔިތުންގެ ބައިތުލްމާލު އަމިއްލަ އެކައުންޓަށް ކަހާލަން ކެރޭނީ ކިހާގޮތެއް ފޮތެއް ނެތީމަ އެވަރުގެ މީހަކަށް އަނެއްކާ ވެރިކަންދޭން ތިގޮވަނީ

The name is already taken The name is available. Register?

ޕީޕީއެމްގެ ސިޔާސީ މޮޔައިންނަށް

03 May 2022

ރާއްޖޭގެ އެންމެ ދެކުނުގައިވާ އެމެރިކާގެ ޑިއަގޯ ގާސިއާ ގައި ހަރުކޮށްފައިވާ ނިއުކްލިއަރ މިސައިލްތައް ޗައިނާ އަދި ރަޝިއާ އަށް އަމާޒު ވުމަކީ އިންޑިއާ އަދި މި ސަރަހައްދަށް ވެސް އޮތް ބޮޑު ނުރައްކަލެއް. ދިވެހިރާއްޖެ މިސަރަހައްދުގައި މުހިންމު ވަނީ ހުޅަނގުގެ ގައުމުތަކުން ގެނުވަފާނެ ނުރައްކަލަކުން ސަލާމަތްވެ ތިބުމަށް ޑިއަގޯ ގާސިއާގެ ހަރަކާތްތަކަށް ފާރަވެރިވުމަށް. އިންޑިއާ ކަނޑުގެ ރަސްގެފާނަކީ އިންޑިއާގެ ނޭވީ. ރާއްޖޭގައި އޮތީ އިންޑިއާ ނޭވީ، އާމީއެއް ނޫން.

The name is already taken The name is available. Register?

އިބްރ

03 May 2022

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުންނޫންގޮތެއް ނޯންނާނެ. ނަޝީދު ބުއިބޮނޑި ނުބޮވެނީސް އިންޑިއާސިފައިން ރާއްޖެއިން ފޮނުވާލުމަށް އިބޫސާލިހަށް އިލްތިމާސްކުރަން

The name is already taken The name is available. Register?

ވެދާނެ ތެދަކަށް

03 May 2022

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާ އިރުމަތީ ގައުމުތަކާ ދިވެހި އެއްވެސް ސަރުކާރަކަށް ގުޅުވަ ނުލެވެނީ ޑިއަގޯ ގާސިއާގެ ނުރައްކާ ބޮޑުކަމުން ކަމުގަވެސް ވެދާނެ. ޑިއަގޯ ގާސިއާ އަކީ އިނގިރޭސީންގެ ތަނަކަށް ވިޔަސް އެތަން އަތުނުލާ ގަމުގައި އިނގިރޭސީން ބޭސް ހެދުމަކީވެސް މިސަރަހައްދުގެ މުހިންމުކަން. މުއްދަތު ހަމަވުންވެސް އެމެރިކާ އަތުން ޑިއަގޯ ގާސިއާ އަތުނުލަނީވެސް އެހެން ކަމުގައި ވެދާނެ. އިންޑިއާ އަކީ ރަޝިއާގެ އިތުބާރު އޮތް އިންޑިއާ ކަނޑުގެ އެންމެ ބޮޑު ބާރު.

The name is already taken The name is available. Register?

ހޭލާ މޮޔާންނޭ

03 May 2022

ޗައިނާ ގަބޫލު ކުރަނީ ބްލަޑް މޫން އަކީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ ނިޝާނެއް. 2022 މެއި 16 ގެ ބްލަޑް މޫނަށް ފަހު ދުނިޔޭގެ ތަރުތީބަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ނިޝާނެއް. އިންޑިއާ އާއި ދެކޮޅުނުވެ ދިވެހީން ސަރަހައްދީ ސަލާމަތަށް އިސްކަން ދޭންޖެހޭ. 3 ވަނަ ބޮޑު ހަނގުރާމައިގަ ދިވެހީންނަށް އެންމެ ގާތުން ކާނާ ފޯރުކޮށްދޭނީ އިންޑިއާ. އިންޑިއާ އޮތީ ދިވެހީންނާއެކު. ހުޅަނގުގެ ޑިއަގޯ ގާސިއާ ގެ ހަރަކާތަށް ބެލޭނީ ދިވެހިރާއްޖެ އަށް.

The name is already taken The name is available. Register?

ފައިބާމޫން

04 May 2022

ޗައިނާއަކީ މާ އިހުޒަމާނުގެ އިލްމު ލިބި އޭގެ ބޭނުން ކުރަން ދަންނަ ބައެއް. ހުޅަނގާ އިންޑިއާއަކަށް ނުވިސްނޭނެ ޗައިނާ މީހުންގެ ރޭވުންތެރިކަމާ ގާބިލްކަން ހުރިވަރެއް. އިންޑިއާއަކީ އެއްވެސް ވަރަކަށް މިގައުމަށް ހެޔޮ އެދޭ ބައެއް ނޫން. އެމީހުންނަކީ މިގައުމުގެ ބޭނުންކުރާ ބައެއް.

The name is already taken The name is available. Register?

ސިޔާސީ ކޮހުންނަށް

03 May 2022

ޗައިނާ ވަނީ އޭޝިއާގެ ގައުމުތަކަށް ވޯލްޑް ބެންކަށް ވުރެ ބޮޑެތި ލޯނު ދޭނެ ބެންކެއް އުފައްދާފަ. ޗައިނާ ވަނީ ކޮމްޕިއުޓަރ ޗިޕްގެ ބޮޑު ބާރު އެމެރިކާ އަތުން ނަގާފަ. ޗައިނާގެ ސިޕްސް އަކީ ސްވިފްޓް ކޯޑާއި ދެކޮޅަށް އުފައްދާފަވާ ސިސްޓަމް. ޗައިނާގެ ޔޫނިއަންޕޭ އަދި އިންޑިއާގެ ރޫޕޭ އުފެދުނީ ވިސާ/މާސްޓާރ ބަލިކުރުމަށް. ރަޝިއާ ވަނީ ރަން ރުބެލް އާއި އަލުން ގުޅުވާފަ. އިންޑިއާ އަކީ މިސަރަހައްދުގެ އަމަނަށް ޑިއަގޯ ގާސިއާގެ ނިއުކްލިއަރ މިސައިލްތަކަށް ފާރަވެރިވާ ބާރު.

The name is already taken The name is available. Register?

މުއިއްޒު ފެކްޝަން

03 May 2022

އަދުރޭ ބުންޏަސް ތީތެދެއް. ޔާމީނުއާ އަންނި އަނގަ ހހހދ ޖަހހ މައިތިރިކުރަންވެއްޖެ!

The name is already taken The name is available. Register?

ހައްހައް

03 May 2022

ޗައިނާ މުސްލިމުން މަރަމުން ގެންދާއިރު ޔާމީނުގެ ޕާޓީ އެކަން ކުއްވެރިއެއް ނުކުރޭ. އެއީ ކީއްވެ؟ ޗައިނާ ވެސް އިންޑިއާވެސް އައުޓް.

The name is already taken The name is available. Register?

އިބްރ

03 May 2022

ބްރޯ ދުނިޔޭގެ ކޮންމެތަނެއްގައި މުސްލިމުން މެރިއަސް އެކަން ކުއްވެރިކުރަންޖެހޭނެ. ބަލާބަލަ ތިއޮއް އިންޑިއާގަ މުސްލިމުންމަރާވަރު. ދުނިޔޭގަ މިވަގުތު މުސްލިމުންނަށް އެންމެ ބޮޑަށް ދުއްޕާންކުރާ ޤައުމެއްކަމަށްވެފައިވަނީ އިންޑިއާއެވެ.

The name is already taken The name is available. Register?

ކޮސް އަދުރޭ

03 May 2022

ޗައިނާ އަދި އިންޑިއާ ދެކޮޅުކުރާން ޕީޕީއެމްގެ ކޮހުން ވާހަކަ ދައްކާއިރު، އެއީ ގްރޭޓަރ އޭޝިއާ މިޝަންގެ އިސް ގައުމުތައް. އިންޑިއާ އޮތީ ރަޝިއާ އާއިއެކު ޔޫކްރެއިން ހަނގުރާމާގައި. އިންޑިއާ ގަންނަނީ ރަޝިއާގެ އަޝްކަރީ ޓެކްނޮލޮޖީ. ހިއްސާކުރަނީ ރަޝިއާގެ ނިއުކްލިއަރ އިލްމު. އިންޑިއާ ހަދާނެއް ނުނެތޭ އެމެރިކާ ކުޅުނު ރޯލެއް އިންޑިއާ ނިއުކްލިއަރ ބާރަކަށް ވުމާ ދެކޮޅަށް. އިންޑިއާ ރާއްޖޭގައި ފާރަލަނީ ޑިއަގޯ ގާސިއާގެ ނިއުކްލިއަރ މިސައިލްތަކުގެ ހަރަކާތްތަކަށް.

The name is already taken The name is available. Register?

ހުސެން

03 May 2022

އަންނި އަކީ މޮޔައެއް، އޭނަދައްކާވާހަކައިންނާއި އުޅޭގޮތުން މިކަން ސާފުނުވޭތޯ؟ އެއްގޮތަކަށްވެސް ބޯހަމަޖެހޭ މީހެއްނޫން، އަޑިނުބައި ސިއްރު ޕުރޮޮޕެގެންޑާތައް ގެންގުޅޭ އިންޑިޔާފަދަ ގައުމުތަކުން މިފަދަ މޮޔައިންގެ ބޭނުންހިފަން މަސައްކަތް ކުރާކަމީ ތާރީހުން ފެންނަންއޮތް ހަގީގަތް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454