އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި ބޭއްވި "އިންޑިއާ އައުޓް" ކެމްޕެއިންގެ އެއްވުމެއް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރި: އިންޑިއާގައި މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ނުކުންނަން އިދިކޮޅުން ދަނީ ތައްޔާރުވަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 މެއި 2022 - 14:07
އިންޑިއާގައި މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޮޑު ހަރަކާތެއް ފެށުމަށް މިއަދު މަޝްވަރާތައް ފަށައިފި އެވެ.
އެ ހަރަކާތް މިއަދު އިއުލާންކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
"އަވަށްޓެރި އިންޑިއާގެ ލޮބުވެތި މުސްލިމު އަހުންނާއި އުހުތުންގެ ހައްގުގައި އަޑުއުފުލުމުގެ ހަރަކާތަކަށް ނުކުންނަން ތައްޔާރުވަނީ،" އަދުރޭ ޓުވީޓް ކުރެއްވި އެވެ.
އެ ހަރަކާތާ ގުޅޭ ގޮތުން އިދިކޮޅުގެ ތަރުޖަމާން ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވީ، އެއީ އިދިކޮޅުން ވަރަށް ފޯރީގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ވަކި ކަމެއްގެ ގޮތުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ހަރަކާތެއް ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ ހަރަކާތުގެ މަޝްވާރަތައް ކަމަށް ވިދާޅުވި އެވެ.
އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ހަރަކާތްތެރިވި ވަގުތު އިދިކޮޅުގެ ސަޕޯޓަރުން އެތަނަށް އެއްވެ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ސީދާ ހަމަ އިންޑިއާގައި މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މި ހަރަކާތް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.
އެ ހަރަކާތް ފެށިޔަސް، "އިންޑިއާ އައުޓް" ކެމްޕެއިން ވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
އިދިކޮޅުން، އިންޑިއާ ދެކޮޅަށް އާ ހަރަކާތެއް ފަށަން އުޅޭ ކަމަށް ބުނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން މިދިޔަ މަހު 21 ގައި ކަނޑައަޅާފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވި އެވެ.
"އިންޑިއާ އައުޓް" އަށް ގޮވާލައި ގޭގޭގައި ދެމި ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އަދި އެ ބެނާތައް ދެމި ގޭޭގޭގެ ވެރިން ފުލުހަށް ހާޒިރު ވެސް ކުރުވި އެވެ. އެކަމަކު، އެ މައްސަލަތަކާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗް އެމް
16 May 2022
އިޒްރޭލު، ޗައިނާ ދޫކޮށްލީތަ، ހުރިހާ އެންމެން މުޒާހިރާ އަށް އިންޑިއާއަށް ދާން ތައްޔާރުވޭ.
ޙިނި
16 May 2022
ދީނޭ ކިޔަން އެންމެ އައުލާ ކަންބޮޑީ އަދުރޭ ޔާ ޔާމިނުއާ ދެބޭފުޅުން.
އަލީ އަސްފާގު
16 May 2022
އިންޑިޔާގަ އެކަނިތަ މުސްލިމުންނަށް އަނިޔާ ކުރަނީ. ތިޔަ މުޒާހަރާގަ ޗައިނާގަ މުސްލިމުންނަށް ކުރާ އަނިޔާގެ ވާހަކަ ގޮވަން ނުކެރޭނެކަން ޔަގީން. ދެން ކޮން އިންސާފެއް ތި މީހުންގެ އޮންނާނީ. ތިޔަ އުޅެނީ ވެރިކަމާއި ހުރެ މޮޔަވެފަ ހުރި މީހަކު ބުނެގެން އޭނާ ރުއްސަން ވެގެން އެއްވެވެތޯ ސަރުކާރަށް ޕުރެސަރުކުރަން. އެހެން ނޫންނަމަ މިސްކިތަށް އަރާ ނަމާދުކޮށްގެން އަނިޔާ ލިބެމުންދާ މުސްލިމުންގެ ހައްގުގަ ވީނޫންތޯ ﷲ އަށް ދުއާ ކުރަން. އެފަރާތުންނޭ ކާމީޔާބު ދެއްވަނީ.
ކުރުކޮށް
16 May 2022
ތިއީ އިންޑިޔާ މިލިޓަރީ މިތަނުން ބޭރުކުރަން އުޅުމަށްވުރެ މާ ބޮޑަށް މިގައުމަށް ނުރައްކާވާނެ ކަމެއް. ތިކަމުގެ މާނަ އިންޑިއާއިން ނަގާނީ މާ ނުބައިކޮށް. ސިޔާސީ ޕާޓީއަކުން ތިކަން ކުރަން އުޅުމަކީ ހަމައެކަނި ސިޔާސީ މަގްސަދު އޮތްކަމެއް. ތިކަމުގަ އެއްވެސް ދީނީ ކަމެއް ނޯންނާނެ ހަގީގަތުގަ.
މުއިއްޒު
16 May 2022
އިންޑިޔާ ސިފައިން ބާލާ ނިންމާފަ އެހެން މަސައްކަތެއްފެށީދޯ. ދެން ތިޕާޓީ ފަށަން ރަނގަޅުވާނެ ތިޕާޓީ މަޢުމޫނުއަތުން ޖަހައިގެން ޔާމީނު ދަޢުލަތުން ކަޗޯރުކޮށްލި ފައިސާކޮޅު ހޯދުމުގެ މަސައްކަތް.
ހުސެންް
16 May 2022
މިމީހުން ކޮންމެ ކަމެއްވެސް ހާސިލްކުރަން ބޭނުންވަނީ ދީން ހަތިޔާރަކަށް ހަދައިގެން. ކަލޭމެން ތިކުޅޭ ޑުރާމާ ބަލާނެބަޔަކު މިހާރަކު ނެތް. މީހުން ހޭލުންތެރި ވެއްޖެ.
އަސް
16 May 2022
ރަގަޅު، ދައުލަތުން ފައިސާދީގެން ޕާޓީތަށް ހިންގަނީ، ކޮންމެވެސް ކަމެއް ކުރަން ޖެހޭނެ އޭރުން ހިސާބު ދިމާކުރެވޭނީ.
ނަޔާ
16 May 2022
ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެކިގޮތްގޮތަށް މުސްލިމުންނަށް އެކިގޮތްގޮތް ދަނީ ހަދަމުންނެވެ. ރައީސް ޔާމީން ގަދަބާރުގައި ވެރިކަމުގައިހުންނެވިއިރު ޗައިނާގެ މުސްލިމުންނަށް ވެރިކަމުގެފަރާތުން އެކިގޮތްގޮތް ހަދަމުންދިޔައެވެ. ޗުއްޕުވެސް ނުކިޔައެވެ. ކިޔާނަމޭ ހިތަށްވެސް ނުއަރައެވެ. ތިގޮތަށް ކަންތައްކުރީމައި އެނގޭއެއްޗަކީ ތިއުޅެނީ މުސްލިމުންނަށް ގޮތްގޮތްހަދާތީ ނޫންކަން. ސަފުންބާކީވާތީ ސުރުޚީއަޅަންކަން. ރަށްތަކާއި ފަޅުތައްވިއްކައިގެންލިބުނު ލާރިކޮބައިތޯ؟
ދީނަކީވެރިކަންދަމާހަތިޔަރު
16 May 2022
މިހާތަނށް މިމީހުން ޖައްސާ އެންމެ ހެއްވާ ސްޓަންޓް. . އިޒްރޭލާ ދެކޮޅަށް ކީއްވެ ނު ތެދުވީ. ތިމީހުން ޘަނާކިޔާ ސަޢޫދީއިން ޔަމަނުގެ މުސްލިމުން މަރާހަފުސްކުރާއިރު، ޗައިނާއިން މުސްލިމުން ލޭބަރކޭމްޕްތަކަށްލައި ދީން ދޫކުރަން މަޖްބޫރުކުރާއިރު ތިމީހުންގެ ވެރިކަމުގެ 5 އަހަރުވެސް އަދިވެސް ޗުއްޕެކޭވެސް ނުބުނެވުނު. ގޮތްުސްވީމަ އަބަދުވެސް ދީނުގެ ނާޖާއިޒު ފައިދާ ނަގާބައެއްތީ. ތި ލީޑަރޝިޕް ފުރަތަމަ 5 ވަގުތު ނަމާދު ކުރަން އާދަކޮށްބަ
އަސްމާލް
16 May 2022
ވެރިކަމުގައި އެވަރަށް ވަކަން ކުރި. ނަމަވެސް ކޮންމެ ކަމަކަށް ދީންވެސް ބޭނުން ކުރި. މިހާރުވެސް ފެންނަނީ އެމަންޒަރު. ބަހުރަވައިން ކުރަނީ އިސްލާމް ދީން މަތިވެރި. އަމަލުން ކުރަނީ އިސްލާމްދީނައި ބީރައްޓެހި ކަންކަން.