މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ނޭޝަނަލް ކައުންސިލް ބައްދަލުވުން: ބީޖޭޕީން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުން ކުށްވެރިކުރަން ކަމަށް ބުނެ އިދިކޮޅުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް އެމްޑީޕީގެ މެމްބަރުން ތައީދެއްނުކުރި -- ފޮޓޯ: އެމްޑީޕީ
07 ޖޫން 2022 - 11:39
އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުން ކުށްވެރިކުރަން ކަމަށް ބުނެ އިދިކޮޅުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް އެމްޑީޕީން ތާއީދުނުކުރީ އެއީ ރަސޫލާއި އާއި ދީނުގެ ނަމުގައި ސިޔާސީ ޑްރާމާއެއް ކުޅުމުގެ މަގުސަދުގައި ކުރި ކަމެއް ކަމަށް ވާތީ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފެވެ. ނަމަވެސް، އެ މައްސަލަ އަށް ތާއީދު ނުލިބި މަޖިލީހުން ބޭރުކޮށްލި އެވެ. އެމްޑީޕީގެ މެމްބަރުން އެ މައްސަލަ ބަލައިގަންނަން ވޯޓު ނުދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން އެ މެމްބަރުންނަށް އަމާޒުވި އެެވެ.
އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައަކީ ރަސޫލާ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.
މި ސަރުކާރަކީ އިސްލާމްދީނުގެ ދިފާއުގައި ފާޅުގައި އަޑުއުފުލަމުން އަންނަ ސަރުކާރަކަށް ވެފައި، ބީޖޭޕީގެ އިސްތަރުޖަމާނު ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް އެ ޕާޓީންނާއި ސަރުކާރުން ވެސް އިއްޔެ ބަޔާން ނެރެފައިވާނެ ކަމަށް ބުންޏެވެ.
"[ކުއްލި މައްސަލަ އަށް] އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް އަމަލުކުރަން [ތައީދުނުކުރަން] ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ އެވެ،" އެ ބަޔާނުގައިވެ އެވެ.
ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށާއި އިސްލާމްދީނާއި ރަސޫލާގެ ދިފާއުގައި މި ސަރުކާރާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ދިނެވެ.
ބީޖޭޕީގެ ބައެއް އޮފިޝަލުން، އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށާއި އެފަދަ ކޮންމެ އަމަލެއް ރާއްޖޭން ކުށްވެރިކުރާ ކަމަށް ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.
ބީޖޭޕީގެ އިސް ދެ ވެރިއަކު ވަނީ ކީރިތި ޤުރްއާނަށާއި އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކޮށްފަ އެވެ. އެކަމާ ގުޅިގެން އިސްލާމީ އެހެން ގައުމުތަކުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކީރިތި ޤުރްއާނަށާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ދެ ވެރިންގެ ތެރެއިން އެކަކު އިއްޔެ ޕާޓީން ވަކިކޮށް އަނެކަކު މިހާރު ހުރީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކުރީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ އެވެ. ޕާޓީން ވަކިކުރީ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލި
08 June 2022
މިވަރުގެ މަކަރުވެރި ކަމާއި އޮޅުވާލުމުގައި އަރާތިބި ބައެއް. އިން ޝާ ﷲ ދުވަހަކުވެސް މިމީހުންނަށް ވޯޓެއް ނުދޭނަން.
ކަނބިލި
08 June 2022
ބަޔެއްގެ ދަށުވެފައި ތިބި މީހުންނަށް ތިޔަ ނޫން އެއްޗެއް ނުބުނެވޭނެ. ރައްޔިތުންގެ ކުރިމަތީގައި ފޮށާ ބޭލުނީމާ ބަހަނާއެއް ދައްކަންޖެހޭ. ހަގީގަތް ވަރަށް ސާފު
2000
08 June 2022
މަޖިލީހުގައި ބަހުސް ކޮށްލިޔަކަސް މާބޮޑު ވަރެއް ނުވާނެ ދޯ........ އެކަމަކު ވީ ގޮތަކީ އިންޑިއާގައި މިހާރު އޮތް ސަރުކާރު ރުޅި ދުރުވެ ދާނެތީ ޑިމްރަސީގެ ދޮން އައްޕައަށް އެކަން ކުރަން ނުކެރުނީ
ބަތޭލި
07 June 2022
މިއީ ވާންހުރި ކަންކަންވެސް އެނގޭ ބަޔަކީތަ. ކަލޭމެންގެ ނުބައި ޚަސީލަތް މިހިރަ އެނގެނީ. އިއްޔެ މެންބަރަކު ހުށަހެޅި އިލެކްޝަންގެ މައްސަލަ ބޭރުކޮށްފައި ކަލޭމެން މެންބަރަކު ހަމަ އެމައްސަލަ ހުށެޅީމަ ބަލައިގަތީ. އެއީވެސް ތިކިޔާ ކަހަލަ ސިޔާސީ ޑްރާމާއެއް ކުޅެފާނެތީތަ؟
އައިމިނާ
07 June 2022
ރީތިކުރަންތޯ ސައްތައިން ސައްތައޭ މި ކިޔަނީ. އެކަމުންވެސް އޮޅުވާލައިގެން މި އުޅެނީ.
އައްބެ
07 June 2022
ކުޅުދުއްފުށީގެ ދެ މެންބަރުން ކަމުގައިވާ ޔާސިރު އާއި ޖަމްޝީދުވަނީ ޤަރާރާއި ދެކޮޅަށް ވޯޓުދީފައި. ކުޅުދުއްފުށީގެ ރައްޔިތުން މިކަމާއިމެދު ވިސްނައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކުރިޔަށްއޮތް އިންތިޚާބުތަކުގައި ވޯޓުން މިކަމުގެ ބަދަލު ހިފައި ރަނގަޅު ފިލާވަޅެއް ދޭނެކަމަށް އުންމީދުކުރަން. މިފަދަ ޕާޓީއެއްގެ އާންމު މެންބަރަކަށް ވެހުރުމަކީ މިކަމަށް ތާދީދުކުރުން.
ސަރުދާރު ދޭ
07 June 2022
ހުރިހާ ކަމެއްކޮށްފަ އަދި މާ ރަނގަޅު ބަޔެއްކަމަށް ހެދޭނި ކަމެއްނެތް މަޖިލިހުގައި ދެއްކިވާހަކަ އަދި ކަންކުރިގޮތް އެހެރީ ފެންނަ ދެން ދުވަހަކުވެސް އެމްޑީޕީއަށް ވޯޓެއް.ނުދޭނަ
އެމްޑީޕީ
08 June 2022
ކަލޭ ދުވަހަކު ވޯޓު ނުދިނަސް ހެޔޮ
ވަށަފަރޭ.
07 June 2022
އެމްޑީޕީގެ ޑުރާމާ ދިވެހިންނަށް ދަސްވެއްޖެ. ކޮންމެވެސް އެހެން ރާއްޖެއެއް ދެންހޯދައިގެން ގޭމްކުޅޭ.
ވާނުވާ އިންގޭ
07 June 2022
އިރެއްގަ މޑޕ އަށް އޮޅުވައިލައި ގުއިރޯނުގަ ޖެއްސު ނަސް މީހަރާރަކު ނުޖެއްސޭނެ މިތީ ވާނުވާ އިންގި ގެން ކަނަކަމައް ލޯހުޅުވީގެ ތަންދޮރުފިލައި ހަމަބުއްދީގަ ތިކަހަލަ ވާހަކަ އަޑުއަހާ ގަބޫލުކުރާނެ މޮޔައަކުވެސް މިހާރަކު މިގައުމުގަ ނުތިބޭނެ ކަންދަންނަން ވާނެ
ސަމސ
07 June 2022
އެމްޑީޕީ ގެ މި އަމަލް ބަލައެއް ނުގަނެވޭނެ. އިދިކޮޅު އާ ގުޅިގެން އެމްޑީޕީގެ އެއް ފެކްޝަނުން އިދިކޮޅާއެކު މަޖުލީހުގަ ވާހަކަ ދައްކާ، ވޯޓް ދިން ތަން ފެނުން، އެކަން ނުވޭތަ ސިޔާސީ ޑްރާމާއަކަށް؟