ފައިސަލް: އަންހެނުން، ނިޝާމާ މަރާލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެން މަސައްކަތްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު.--
19 ޑިސެމްބަރ 2022 - 09:04
ހދ. ނޮޅިވަރަންގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ ދަންޖެހެން މަސައްކަތްކުރުމުން ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އަބޫބަކުރު ފައިސަލް މިއަދު މަރުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރި ފައިސަލް، 32، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަނުގައި ދަންޖެހިގެން މަރުވާން އުޅެނިކޮށް ފެނިފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ ފައިސަލް މަރުވީ މިއަދު 8:28 ގައި ކަމަށާއި ހޮސްޕިޓަލުން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ފައިސަލްގެ އަންހެނުން، ނިޝާމާ މުހައްމަދުގެ މަރަށް ފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ.
ނިޝާމާ މަރުވެފައި އޮއްވައި ފެނުނުއިރު ޝައްކުވާ ފަދަ ޒަހަމްތަކެއް އޭނާގެ ކަރުގައި ހުއްޓެވެ. އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ދިޔައީ އޭނާ އަކީ އަނިޔާ ލިބޭ މީހެއް ކަމަށް ބުނެ އެކަން ރިޕޯޓްކުރުމަށެވެ.
ނިޝާމާ މަރާލި ކަމަށް އޭނާގެ އާއިލާއިން ފައިސަލަށް ތުހުމަތުކުރަނީ ނިޝާމާއާ އެންމެ ފަހުން ބައްދަލުވި މީހަކީ ފައިސަލް ކަމަށް ވުމާއި ކުއްލިއަކަށް ރަށުން ފުރައިގެން ދިއުމެވެ. އޭނާ ރަށުން ފުރީ ފިލަންވެގެން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.
ނިޝާމާގެ މަރުގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ. ނިޝާމާ މަރުވެފައި އޮތްކަން އާއިލާއަށް އެނގުނީ ފައިސަލްގެ ފޭސްބުކްގައި ނިޝާމާ ބުރުގާ ނާޅައި ނަގާފައި ހުރި ފޮޓޯތަކެއް ލާފައި ހުރުމުން އެ ޑިލީޓް ކުރުމަށް އާއިލާގެ ބަޔަކު ނިޝާމާ އާއި ފައިސަލަށް ގުޅުމުން ފޯނު ނުނެގުމުން އެ ގެ އަށް ގޮސް ބެލި އިރު އެވެ. އާއިލާ އިން ވާހަކަ ދެއްކި މީހުން "މިހާރު" އަށް ބުނެފައިވާ ގޮތުގައި އެ މީހުންގެ ކޮޓަރީގެ ދޮރުގައި ތެޅުމުން ވެސް ދޮރު ނުހުޅުވުމުން، އެތެރެއަށް ވަދެފައި ވަނީ މަކުޑި ނައްޓުވާލައިގެންނެވެ. ނިޝާމާ އާއި ފައިސަލްގެ ކައިވެންޏަށް ތިން ކުދިން ލިބިފައި ވެ އެވެ.
ނިޝާމާއަށް ފައިސަލް އަނިޔާކުރާ ކަމުގެ ތުހުމަތުތައް ވެސް އެބަ އޮތެވެ. ފައިސަލް އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ މައްސަލަތަކެއްގެ ރެކޯޑު އޮތް މީހެކެވެ. ފައިސަލްގެ ކުރީގެ އަންހެނުން އޭނާގެ ގާތުން ވަރިވި ސަބަބަކީ މަސްތުވާތަކެތި ބޭނުންކޮށްގެން އަނިޔާކުރާތީ ކަން ރަސްމީ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތަކުން އެނގެން އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދު 1
20 December 2022
ތިކަން ތިވީ ވާންވީގޮތަށް. އޭނާ ދަންޖެހުމުން އެބަ ޔަގީންކޮށްދޭ އޭނާގެ ފަރާތުން ނުބައި ޢަމަލުތަކެއް ކޮށް ސަލާމަތެއްނެތްކަން. ދަންޖެހިގެން މަރުވީމާ ދެން ޕޮލިހުންގެ ބޮލުގަ ބަދުނާމު އަޅުވަންޖެހޭ ސަބަބެއްވެސް ނެތް. ކޯޓަށް ދިޔަނަމަ ދިކަލޭގެ އުޒުރުދައްކަން ހުންނާނީ. އޭނާ އަމިއްލައަށް މަރުވީ ދެން މިވާހަކަ ބާއްވަންވީނު.
ޙަބީބު.
20 December 2022
ހަކުރުބޮމުންގޮސް ދިވެހިދަރިން އަތުންފައިންގޯސްހަދާ ނިމިދަނީ ހުރިހާ ބާރެއް ސަރުކާރައްދިނީ އަދުލު އިންސޯފު ގާއިމު ކުރަން ނަމަވެސް ދެވަނަދައުރަކާ ބާރާ ޖައުހަރީ އިތުރު ކުރެވޭތޯ އުޅެނީ ހދ އަކީ މަސްވެރިކަމެއް ދަނޑުވެރިކަމެއް ފަތުރުވެރިކަމެއް ސަރުކާރުން ފޯރުކޮއްދީ މީހުން ބިނާކޮއް ދީނީތައުލީމު ދޭހިސާބެއްނޫން
ޖާބެ.
19 December 2022
މުޅިންވެސް އިހުމާލް ވާކަމެއް ހަރާން
ވަލުއީގާނޫނު
19 December 2022
ސަރުކާރުގެ ފަރާތުން ނިޝާމާ އަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް ނެތްކަމުގައި ވިޔަސް ﷲ އިރާދަ ކުރައްވާފައިވާ ގޮތަށް އިންސާފު ލިބުނީއެވެ. ވައްލާހު އައުލަމް
ހުސްނުހީނާ
19 December 2022
ކިހާދެރަ. ނުލަފާ ފިރިއެއްގެ ސަބަބުން ކުޑަ ކުދިންތަކެއްގެ މައިންބަފައިން، އެމައުސޫމު ކުދިން ބިކަކޮށްފަ، މިދުނިޔެއާއި ވަކިވާން ޖެހުނީ. އެކުޑަ ކުދިންނަށް ބާއްޖަވެރި، އުފާވެރި މުސްތަގުބަލެއް ދައްކަވާށި. އާމީން.
ޙަބީބު.
20 December 2022
ކިހިނެއްތޯ ވަކިފިރިނުލަފާކަމެއް އެނގެނީ އަންހެނުން ފިރިން ވަޒީފާގަ އުޅޭއިރު ޕަޗަސްކުޅޭއިރު އެއީހަމަ ހުދުކާފޫރުބާ
ޔާނާ
19 December 2022
ފުލުހުނެގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ދަންޖެހެވުނީ ކިހިނެއް؟
ގާދިރު
19 December 2022
މި ޤައުމުގަ ވެރިކަންކުރި އެންމެން މިކަންކަމުގެ ޒިންމާ ނަގަން ޖެހޭނެ އިސްލާމް ދީނޭ ވަހުދަތޭ ފަޅޮލޭ މިކިޔަނީ އެމީހުނަށް ދީން ހަތިޔާރަކަށް ހަދާފަ ޒުވާން ޖީލު ފުނޑާލާފަ ވައްކަން ކުރެވުނީމަ ނިމުނީ
ށަވިޔަނި
19 December 2022
ދިވެހިންނަކީ ހުޅަނގު މީހުންކަމަށް ބަލާ ގާނޫނުތައް އެގޮތަށް ހެދީމަ އެއްވެސް ކަމެއް ނުހުއްޓުވޭނެ. ހުޅަނގުގެ ޑިމޮކްރެސީއަކީ މިތަނަށް އެހާ ކަމުދާއެއްޗެއް ނޫން. އެމީހުންގެ އިންސާނީ ހައްގު މިތާ ހިންގީމަ ރަނގަޅެއް ނުވާނެ. ސިސްޓަމް ފޭލިވަނީ ކޮޕީކުރާ ބައަކަށްވުމުން. ކަމެއްވާއިރަށް އެމީހުން ހަދާގޮތް ބެލިއަސް އެގޮތް މިތާ ކަމުދޭތޯވެސް ވިސްނަންޖެހޭ. އެމީހުންގެ ސުރުޚީ ބަލާފަ އަހަރުމެނާ ގުޅޭގޮތަށް މަޒުމޫނުލިޔަންޖެހޭ. މަޒްމޫނު ކޮޕީ ނުކުރޭ.
ލަހުވަ އަލީ
19 December 2022
ދެން ކޮން ކަަަހަލަ ގާނޫނޭނެއް ގެންނަން ވީ.އަފްގާނު ގަ އޮންނަ ގާނޫނު ބާ.ހައްހައްހާ
މުގާބޭ ބެ
19 December 2022
@ށަވިޔަނި ތި ބުނަނީ ރަގަޅު ވާހަކައެއް ނޫން. މިގައުމު މިހާރު ކޮޕީކުރަމަުން ދަނީ އަރަބިންގެ ގޮތް. މިގައުމުގެ ވެރިކަން ބަޔަކު ނުރުހުނަސް އެއްމެ ރަގަޅަށް ކުރީ އިބުރާހިމް ނާސިރު. ރަގަޅު، މިގައުމަކަށް މިހާރު މިއޮތް ނިޒާމަކީ އެހާ ރަގަޅު ނިޒާމެއް ނޫން. މިގައުމަށް ބޭނުންވާ ނިޒާމެއް ޖެހެނީ ރިސާޗު ކޮށްގެން ހޯދަން
ކިމް
19 December 2022
ކުޑަކުޑަ 3 ކުދިން….މައުސޫމް….އެއްވެސް ކުށެއްނެތް….
ޝެލަރީ
19 December 2022
ކޮންކަމެއްތޯ މިޤައުމުގަރަނގަޅީ މަސްތުވެގެން މަގުމަތީތެޅިބާލާއިރުވެސް ވާކަމެއްހަރާން، ބަންގްލަދޭސްގެ އިއްޒަތްތެރީން ޕާސްޕޯޓެއް އެކައްޗެއްނެތި އެތިބެނީ މަގުމަތީ ބަރިޔަކައް އެތުރިލައިގެން ބެލޭނެ މުއްއްސަސާއެއްނެތް، ރެގިއުލޭސްންއެކޯ ވޯކްސައިޓެއް އެއީނަމެއް އުޅެނީ އަމިއްލައަށް ގުރޫޕްހަދައިގެން ވިސާދީފަ އިންނާނީ ކޮންޕެނީއެއް ނޫނީ ވިޔަފާރިކުރާތަނަކަށް ހިތުހުރިހާތަނެއްގަ އުޅޭކަށެއްނޫން ދެއްތޯ؟