ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީގެ ހަރުގޭގައި ވޯޓުލުން ކުރިޔަށް ދަނީ: ކައުންސިލް އިންތިހާބާ ގުޅިގެން އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅާފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން
23 ޖެނުއަރީ 2017 - 11:26
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި މާދަމާ އަށް ޝެޑިއުލްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މައްސަލަ މާދަމާ މެންދުރު ކުރިއަށް ގެންދަން ހަމަޖައްސައި އެމްޑީޕީ އަށް ވަނީ ޗިޓު ވެސް ފޮނުވައިފަ އެވެ.
ކައުންސިލްތަކުގެ އިންތިހާބު މި މަހުގެ 14 ގައި ބާއްވަން ކުރިން އިއުލާން ކުރުމުން 900 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި އެވެ. އެކަމަކު މި އިންތިހާބު ދެ މަހަށް ފަސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން، އެ އެންމެން ވެސް އަލުން އިންތިހާބަށް ކުރިމަތިލާން ޖެހޭނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އެ ކެންޑިޑޭޓުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ހެދީ ސިވިލް ކޯޓުގެ ހުކުމާއި އިންތިހާބާ ބެހޭ ގާނޫނާ ވެސް ހިލާފަށެވެ. އެހެންވެ އެމްޑީޕީން ހައި ކޯޓުގައި އެދިފައި ވަނީ އީސީގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެއާއެކު، ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިމެންދެން، އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް އީސީގެ މައްޗަށް ނެރެދިނުމަށް ވެސް އެމްޑީޕީން އެދިފައިވެ އެވެ.
އިންތިޚާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.
ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންޑޫ
23 January 2017
އީސީ އާއި ދެކޮޅަށް އެމްޑީޕީން ދެން ވަރަށް ކޫސުނި ކަންކަމުގައި ދައުވާ ކޮށް ރަނޑު ކަންކަމުގައި ޓައިމް ވޭސްޓް އެން މަނީ ވޭސްޓް ކުރާ ތަން ފެނިގެން ދާކަމީ އެއީ ދެން އެމެންގެ ލީގަލް ޓީމްގެ ޓެކްނިކަލް ކެޕޭސިޓީ އެއް ނެތް ކަން ދައްކުވައިދޭ އަލި ގަދަ ދަލީލު ތަކޭ މަމެން ބުނަން ނެތީމު އެވެ. އެއީ މަމެން ނުކިޔާ އެއްޗެއްދޯ. އެމެންގެ މަގްބޫލު ކަން ދަށަށް ގޮސް މިހާރު އެވަނީ އެމެންގެ ހިތް ފަޅައިގެން ގޮސްފައި ދޯ. އަންބްރޭކް ދެއާރ ހާރޓް. އަންޑޫ އިޓް އެގެއިން.
އުމަރު
23 January 2017
މުއައްސަސާތަކާ ދެކޮޅަށް ހުށަހަޅާއިރު އެމުއައްސަސާތަކުގެ މެންބަރުންނާ ދެކޮޅަށްވެސް ވަކިން މައްސަލަ ވައްދަންވާނެ
ރާއްޖެތެރެ
23 January 2017
ޕީޕީއެމަށް ކައުންސިލް އިންތިޚާބުގައި ބައިވެރި ނުވެވުމަކީ ދައުލަތުގެ އާންމު މަސްލަހަތަށް ބުރޫ އަރާނެ ކަމެއްކަމަށް ވާނަމަ ވަރަށް ހެއްވާ ވާހަކައެއް ތިޔަބުނީ.
އައްޑޫ ރަދުން
23 January 2017
ކޯޓުންހުކުމްކޮށްގެން ތިކަންތައް ގަނޑު ކުރިއަށް ގެންދަނީ.ވީމާ ތީގެ އަސްލަށް ބަލާއިރު ތީ ކޯޓާ ދެކޮޅަށް ދައުވާ ކުރުން ކަހަލަކަމެށް ވީމާ ތިކަމުގައި އަލިމެގެއް ފެނުމަކީ ނާދިރުކަމެއް.
ވޮނާސީ
23 January 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ މާދަމާ އަށް ޝެޑިއުލް ކުރިނަމަވެސް އަދި ހައި ކޯޓް ގެ ވާރޑިކްޓް އިން އިލެކްޝަންސް ކަމިޝަން އާއި ދެކޮޅަށް އަތުވެއްޖެނަމަ އިލެކްޝަންސް ކަމިޝަނަށް އޮންނާނެ ދޯ ފުރުސަތު އެކަން އެޕީލް ކުރަން ސްޕްރީމް ކޯޓް ގައި. ދެން ސްޕްރީމް ކޯޓްގެ ވާރޑިކްޓް އީސީ އާއި ދެކޮޅަށް އަތުވެއްޖެނަމަ އީސީ އަށް އޮންނާނެ ދޯ ދަ ހޭގް ގައި އެކަން އެޕީލް ކުރުމުގެ ހައްގު. ދެން ދަހޭގް އިން އަންނަ ހުކުމެއް ބަލާ ދޯ ދެން އީސީ އަށް ލޯކަލް ކައުންސިލު އިންތިޚާބު ބޭއްވޭނީ. ހޭއި، އެމްޑީޕީ އައި ވޮނާ ސީ ހައު ޔޫ ގެއިން ކޮންޓްރޯލް އޮފް އަވަރ ޕޯރޓަލް.