ރިޕޯޓް / އެމްޑީޕީ

އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!

ރާއްޖޭގެ އަތޮޅުތަކެއް: ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ އިސްލާހު ފާސްކުރަން 70 މެމްބަރަކު ވޯޓު ދެއްވި.

ރައްޔިތުންނަށް ދެއްކީ މުޅިން އެހެން މަންޒަރެކެވެ؛ ފަރުދާގެ ފުރަގަހުގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ހެދީ ވަރުގަދަ "ސިއްރު ޑީލެކެ"ވެ. ސަރުކާރުން "ފޮރުވާފައި" އޮތް އެޖެންޑާ އަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން މިލްކުކޮށްދިނުމެވެ. އެމްޑީޕީން ބޭނުންވީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު މިނިވަންކުރުމެވެ.

ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން، ޖުލައި 22، 2015 ގައި ހުށަހެޅީ އެ ޑީލުގައި އެމްޑީޕީން ވެސް ބައިވެރިވެގެންނެވެ. "ފަޓާސް ބަރިއެއް ހެން" މަޖިލިސް ކުރިއަށް ގެންގޮސް ހަމަ އެ ދުވަހު އެ އިސްލާހު، 70 ވޯޓާ އެކު، ފާސްކުރީ އެވެ. ޖެހިގެން އައި ދުވަހު، ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން އެ އިސްލާހު ތަސްދީގު ކުރެއްވި އެވެ.

މިއީ، ގާތްގަނޑަކަށް ފަސް އަހަރުން އެކުލަވާލި ގާނޫނުއަސާސީ އަށް މިހާތަނަށް ގެނައި އެންމެ ބޮޑު އެއް ބަދަލެވެ. ރާއްޖޭގެ ބިން ބޭރު ބަޔަކަށް މިލްކުކުރެވޭ ގޮތް ހެދުން ފަދަ ގައުމީ ބޮޑު މައްސަލައެއްގައި ރައްޔިތުންގެ މަޖިލިހުން އަވަސް އަރުވާލެވޭނީ މި ވަރަކަށް ނޫން ހެއްޔެވެ؟

ބޭރު ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު، ޖުލައި 23، 2015 ގައި ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރައްވަނީ: މި އިސްލާހު ބަދަލުކުރަން އެމްޑީޕީން ވަނީ މަސައްކަތް ފަށާފައި. --ފޮޓޯ: ރައީސް އޮފީސް

އެކަމަކު މި ބަދަލާ ދެކޮޅަށް އެންމެ ވަރުގަދަ އަށް މިހާރު އަޑުއުފުލަނީ އެމްޑީޕީންނެވެ. އެކަން އަނބުރާ އިއާދަކޮށް، ގާނޫނުއަސާސީ ކުރިން އޮތް ގޮތަށް ބަދަލުކުރަން އެ ޕާޓީން ވަނީ "ބޭކާރު" މަސައްކަތެއް ފަށައިފަ އެވެ. ބޭނުމަކީ، މިހާރު އަޑު ފެތުރިިފައިވާ ގޮތަށް، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކިޔަ ނުދިނުމެވެ. އެ އިސްލާހު އަނެއްކޮޅަށް ދެން ޖެހުމަކީ މަޖިލިސް މިހާރު އެތުރިފައިވާ ގޮތަށް ބަލާއިރު، އެމްޑީޕީ އަށް ވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރާނެ ކަމަށް އެމްޑީޕީން ދައްކާ ވާހަކަ މިހާރު ބޭކާރު ވަނީ މިހެންވެ އެވެ.

ގާނޫނުއަސާސީ އިސްލާހުކުރަން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ދެކޮޅުހެދި ނަމަ، ރާއްޖޭގެ ބިމުން ކައިވަތެއްގެ މިންވަރު ވެސް ބޭރު ބަޔަކަށް މިލްކެއް ނުކުރެވޭނެ އެވެ. އެކަމަކު ބޭރު ފަރާތްތަކަށް ބިން މިލްކުކުރުމުގެ ފުރުސަތު ދޭން ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 70 މެމްބަރުން، އެމްޑީޕީގެ 17 މެމްބަރުންނާ އެކު، ވޯޓު ދެއްވި އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަން އެމްޑީޕީން ނެރުނީ ފްރީ ލައިން ވިޕެކެވެ. އެއީ، އެ މެމްބަރަކު ވޯޓު ދެއްވަން ބޭނުންފުޅުވާ ގޮތަކަށް ވޯޓު ދެއްވަން ދޫކޮށްލުމެވެ. އެ ޕާޓީގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ފްރީ ލައިން ވިޕެއް ނެރުނީ ވެސް ބިލާ އެއްކޮޅަށް ވޯޓު ދޭން ނިންމައި، ޕާލަމެންޓްރީ ގްރޫޕުން ކުރި މަޝްވަރާގައި ބައެއް މެމްބަރުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަތުމުންނެވެ.

މި ކުޑަކުޑަ ގައުމާ މެދު އޭރު ގައުމީ ނަޒަރަކުން ވިސްނި ނަމަ، އެމްޑީޕީން ވިޕްލައިން ނެރެން ޖެހޭނީ އެ އިސްލާހާ ދެކޮޅަށެވެ. އެ ވޯޓުގައި އެމްޑީޕީން ފިތަން ޖެހޭނީ، އެތައް ބަޔަކު ދެކޭ ގޮތުގައި، ރަތަށެވެ.

އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ސްރީ ލަންކާގައި. ބިން މިލްކުކުރެވޭ އިސްލާހު ފާސްކުރެވުނީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާ އެކު --ފޮޓޯ: އެމްޑީޕީ

އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ މަދު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ ގެދޮރު އަޅަން ދޭ ބިން ފިޔަވައި އިތުރު ބޭނުމަކަށް ދިވެއްސަކަށް ވެސް ބިން ހިބަކޮށްދިނުމަކީ މިހާރު ވެސް އޭނާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ. ބިން މިލްކުކުރުމާ އޭރު ދެކޮޅުހެއްދެވީ އެ ވިސްނުމުގައި ކަމަށާއި މިހާރު ވެސް އެކަމުގައި ވިސްނުން ބަދަލު ނުވާ ކަމަށް ވިދާޅުވި އެވެ.

ޕާޓީން އޭރު ފްރީ ލައިން ވިޕެއް ނެރުނު ސަބަބާ ގުޅޭ ގޮތުން އޭނާ ކޮމެންޓެއް ނުކުރެއްވި އެވެ. އެކަމަކު އެއީ، އެމްޑީޕީގެ ހަޔާތުގައި ވެސް މިހާތަނަށް ހެދި އެންމެ ބޮޑު ގޯސް ކަމަށް ސިފަކުރައްވައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އަވަސް އަރުވާލައިގެން، ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ބޭރު ފަރާތްތަކަށް ބިން މިލްކުރެވޭ ގޮތަށް ހެދިއިރު، ރޮޒައިނާ ވިދާޅުވި ގޮތުގައި، އެކަމުގެ ގެއްލުން ބޮޑު ކަމާ މެދު ވިސްނާކަށް މެމްބަރުންނަށް ވަގުތެއް ވެސް ނުލިބެ އެވެ.

"ހަގީގަތުގައި، ރައްޔިތުންނަށް އެކަމާ ދޭތެރޭގައި ވިސްނާލާކަށް އަދި މަޖިލިސް މެމްބަރުން ވެސް އެކަމާ ދޭތެރޭގައި ވިސްނާލަން ފުރުސަތު ދީގެން ކުރި ކަމެއް ނޫން އެއީ. ހެނދުނު ހުށަހަޅާފައި ރޭގަނޑު ވިއިރު ފާސްކޮށް ނިންމައިފި. އެކަމާ މެދު މަޝްވަރާކޮށް، ގެއްލުންތަކާ ބެހޭ ގޮތުން ހިޔާލުފާޅުކުރަން މެމްބަރުންނާއި ރައްޔިތުންނަށް ވެސް ފުރުސަތެއް ނުލިބޭ. އެ މީހަކު، އެ މީހަކަށް ފެންނަ ގޮތަަކަށް ވޯޓު ލީ،" ރޮޒައިނާ ވިދާޅުވި އެވެ.

"އެކަމަކު އެ އިސްލާހު ފާސްވެގެން މި ހިސާބަށް މިއައިއިރު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ވަރަށް ސާފު ރައްޔިތުން މިކަމާ ދޭތެރޭގައި ދެކޭ ގޮތް."

އެމްޑީޕީން މިކަމުގައި މިހާރު ނުކުންނަން ޖެހުނީ އެހެންވެ ކަމަށް ރޮޒައިނާ ދެކެވަޑައިގަންނަވަ އެވެ.

އެމްޑީޕީ އަށް 64 ވޯޓު ހޯދިދާނެތަ؟

ބިދޭސީންނަށް ބިން މިލްކުކުރެވޭ އިސްލާހު ބަދަލުކުރަން ކުރެވެން އޮތް މަސައްކަތެއް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެކަމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލައި މަސައްކަތް ވެސް ފަށައިފި އެވެ. އެ ޕާޓީގެ ވިސްނުން ހުރީ، ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކޮށް، ބިން ނުވިއްކޭނެ ހަރުކަށި ގޮތްތަކެއް ގާނޫނުއަސާސީގައި ހިމެނުމަށެވެ. އެ އިސްލާހު ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެކަމަކު އެއީ މިހާރު ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަދަދަށް ބަލާއިރު ވަރަށް އުނދަގޫ މަސައްކަތެކެވެ.

ގާނޫނުއަސާސީ އަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ހަތަރު ބައި ކުޅަ ތިން ބައިގެ ވޯޓުންނެވެ. އެއީ މިހާރު 85 މެމްބަރުން ތިއްބެވި މަޖިލިހުގެ ނިސްބަތުން 64 މެމްބަރުންގެ ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތަމްސީލުކުރާ ގޮތަށް ބަލާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހަ މެމްބަރުންނާ އެކު ޕީޕީއެމް ކޮޅުގައި ޖުމްލަ 54 މެމްބަރުން އެބަ ތިއްބެވި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފަޅީގައި ތިއްބެވި މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މިނިވަން މެމްބަރުންގެ ވޯޓާ އެކު ވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން އެމްޑީޕީ އަށް އިތުރު 30 އަށް ވުރެ ގިނަ ވޯޓު ބޭނުންވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ގާނޫނުއަސާސީ އިސްލާހުކުރަން 64 ވޯޓު ބޭނުންވޭ.- ފޮޓޯ: މަޖިލިސް

ރޮޒައިނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު ނެތަސް ބިން މިލްކުނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން އެމްޑީޕީ އަށް ކުރެވެން އޮތް މަސައްކަތެއް ކުރަން އެ ޕާޓީ ތައްޔާރެވެ. އެކަން މިހާރު އަނެއްކާވެސް އޮތީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަތްމަތީގަ އެވެ.

"މެމްބަރުންގެ އިހްލާސްތެރިކަން ހުރި މިންވަރެއް މީގައި އޮތީ،" ރޮޒައިނާ ވިދާޅުވި އެވެ.

ބޭރު ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކުކުރުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ވިދާޅުވީ "މަޖިލީހުގެ މެޖޯރިޓީ ނެތަސް އެ އިސްލާހު ކާމިޔާބުކުރާނެ" ކަމަށެވެ. އަދި އެމްޑީޕީން އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ބެހިފައިވާ ގޮތް

ޕީޕީއެމް 48

އެމްޑީޕީ 21

ޖުމްހޫރީ ޕާޓީ 7

އެމްޑީއޭ 6

އަދާލަތު ޕާޓީ 1

މިނިވަން 2

ރޮޒައިނާ ވިދާޅުވި ގޮތުގައި އެމްޑީޕީން އެކަން އިސްލާހުކުރަން މަޖިލީހަށް ހުށަހެޅުމުން މެމްބަރުން އެކަމާ ދެކޮޅަށް ވޯޓު ދެއްވަން ޖެހޭނީ ދާއިރާ ރައްޔިތުންގެ ހިތާ ދެކޮޅަށެވެ.

"ބިން މިލްކުކުރެވޭ ގޮތަށް އޮތް އޮތުން އިސްލާހުކުރުމުގެ ފުރުސަތެއް މި ލިބެނީ. މެމްބަރުން ވެސް މިކަމާ ދޭތެރޭގައި ވިސްނައި އެކަން ބަދަލުކުރަން ޖެހޭ. އޭރު އިސްލާހު އައި ގޮތުން އެ ފުރުސަތު ނެތަސް މިހާރު މިވަނީ އެކަމަށް މަގު ހުޅުވިފައި،" ރޮޒައިނާ ވިދާޅުވި އެވެ.

މި އިސްލާހު އެމްޑީޕީން ހުށަހެޅުމާ އެކު ގާނޫނުއަސާސީ އިސްލާހުކުރަން ވޯޓުދޭން އެ ދާއިރާއެއްގެ މެމްބަރުންގެ ކިބައިން ރައްޔިތުން ވެސް އެދެން ޖެހޭނެ ކަމަށް ރޮޒައިނާ ދެކެވަޑައިގަންނަވަ އެވެ.

ހެދި ގޯސް ރަނގަޅު ކުރަން ބޭނުން ވަނީ، އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، އިހްލާސްތެރި ނިޔަތުގަ އެވެ. އެމްޑީޕީއާ އެކު ދިވެހި ރައްޔިތުން އެކަމުގައި ބައިވެރިވާން އެ މެމްބަރުން އެދިވަޑައިގަންނަވަނީ ވެސް އެހެންވެ ކަމަށް ވިދާޅުވި އެވެ.

144 ކޮމެންޓް, 221 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 7%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސޭނުބެ

25 October 2017

ރޮޒައިނާ މޮޅުވާހަކަ ނުދައްކާ!!! އެމްޑީޕީން ބޭނުންވެގެން ހުރިހާކަމެއް ކުރީ!!! ގާނޫނުތަކަށް ބަދަލު ގެނައީވެސް ހަމަ އެމްޑީޕީން ބޭނުންވެގެން!!! މިހާރު ދެންކޮން ވާހަކައެއް!!! މިއީ 21 ވަނަ ގަރުނު!! މިގަތުނުގައި ގައުމުތަކަށް ތަރައްގީ ނުގެނެވޭނެ 19 ވަނަ ގަރުނުގެ ވިސްނުން ގެންގުޅެގެން!!! ދުނިޔޭގެ ކަންކަން ހިނގާ މަގުބަލާ!!! އެހެންގައުމުތައް ބަލާ!!! ޑުބާއީ ފަދަ ގައުމުތައް!!! އެހެންކަމުން ދެން ތިޔަވިސްނުމެއް ގަބޫލުކުރާ މީހުން މަދުވާނެ!!! ތަރައްގީ ގެނެވޭނީ 21 ގަނުރުނުގެ ތަރައްގީގެ ވިސްނުމާއެކު!!! ސަރުކާރާ އެިދިކޮޅުވެގެން ހުރިހާކަމެއް ޙައްލެއް ނުކުރެވޭނެ!!! ކަލޭމެންނަށް ރަގަނޅު އެއްކަމެއްވެސް އެބައޮތްތަ!!! ނެތް!!! ހުރިހާކަމަކާވެސް ދޮކޮޅު!!!

The name is already taken The name is available. Register?

އައްޓަމަސް

01 August 2017

ކުރީގައިހެން އެމީހަކު ކެހިކަނޑުލެއްގެ ހިތި އެމީހަކަށް ނުފިލުވޭނެ! އަދިފިލުވަންއުޅުނަސް ނުވެސް ފިލާނެ ހިއްޗެއް! ނަޝީދަކަސް ގަވްމަށްވުރެންބޮޑެއްނުވާނެ! ނަޝީދުސަލާމަތްވަންޏާ ހެޔޮތަ ގަވްމުވިއްކަލިޔަސް މީމަގޭ ގަވްމު، އހަރެމެންގެ ގަވްމު

The name is already taken The name is available. Register?

މޫސަ

05 August 2017

އާނ .. އިދިކޮޅު މީހުން ދެކޭނީ އެގޮތަށް. ރ ނަޝީދު މިނިވަން ކުރުމަށް ގައުމަށްޓަކާ ގައުމު ވިއްކާލިޔަސް އޯކޭ... މިހާރުވެސް އެ މަރުފަލި ޖަހަނީ ހަމަ ގައުމަށްޓަކާ.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

06 March 2017

އާޓިކަލް އަދި ކޮމެންޓް ކިޔާލުމުން ބެއްޔާއަށް ވިސްނުނީ ޕާޓީ ސިސްޓަމަކީ ރައްޔިތުން ބޯކާލައިގެން ވަކިބަޔަކު ވެރިކަމަށް އަންނަން ޖެހި ދަންމަޅިއެއްކަން. މިމަޤްސަދު ބަޔަކަށް ކޮންމެވެސް ވަރަކަށް ކާމިޔާބު ކުރެވުނަސް ބޮޑު މޭސްތިރިއަށް ލިބުނީ ކޮޅުކެހި. ނިކަމެތިވީ ދިވެހިން. ބަގުރޫޓްވީ ދިވެހި ޤައުމު. ބެއްޔާމެން މިތިބީ މިކަންތަޢް އިސްލާހުކޮށް ރާއްޖެ ހަމަމަގަށް އަޅުވާނެ ބަޠަލަކަށް. މުޅިން އައު ބަޠަލަކަށްހެން ހީވަނީ ވާނީ.

The name is already taken The name is available. Register?

މުލޭ

01 March 2017

ބިން މިލްކްކުރެވޭނެގޮތް ހެދުމަކީ އެމް.ޑީ.ޕީ ސަރުކާރުންވެސް ކުރަން އުޅުނު ކަމެއް. އޭރުގެ ރައީސްގެ ވާހަފުޅުތައް އަޑުއަހާލުމުން އެނގޭނެ އެކަން. އަހަރެމެންގެ ގޮތަކީ "އަހަރެން ކުރަން އުޅެ ނުވިކަމެއް އެހެން މީހަކަށް ވިޔަދީގެންވެސް ނުވާނެ." މިގޮތް މިހާރު ޖެހޭ ދޫކޮށްލަން.

The name is already taken The name is available. Register?

މާޒު

01 March 2017

އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި ވަރަށް އަވަދިނެތި ބުރަކޮށް މަސައްކަތް ކުރާ ޕާޓީއެއް..ހަހަހަ.. އަބަދުވެސް ބަޔާންތައް ޕްރިންޓް ވޭވޭ ހުންނާނީ... ހަހަހަ... އެކަމަކު ހަރާން ވާއެއްވެސް ކަމެއް... ހަހަހަ.. އެއްވެސް އިޙްލާސްތެރިކަމެއް ނުހުރެ.... ނަންވެސް ބަދަލު ކުރަންވީ ބަޔާން ޑިމޮކުރެޓިކު ޕާޓީ އަށް..ހުިހިހިހި...

The name is already taken The name is available. Register?

އީޖޯ

28 February 2017

އަހުން ހަމަ އަޖައިބު ހައިރާން ވެއްޖައިން. ތިޔަބުނާ ބިމެއް މިލްކުކުރެވޭގޮތަށް ވިއްކަން ހުށަހެޅީ ކޮންބައެއްތަ؟ އެމީހުން އެތިބީ ގޯހެއް ނުހަދާތަ؟ ރައްޔިތުންނަށް ތަކުލީފު ޖައްސަން މަސައްކަތްކުރި ހުރިހާ މެންބަރުންނަށް ނޫނެކޭ ބުނަން ވީ. ވޯޓުންހޮވިގެން ޕާޓީ ބަދަލުކޮށް އަމިއްލަފައިދާއަށް މަސައްކަތް ކުރި މެންބަރުންނަށް ނޫނެކޭ ބުނަންވީ. ނޫނީ ގޯސް މިހެދެނީ ރައްޔިތުންނަށް...

The name is already taken The name is available. Register?

ހަމަހިޔާލެއް

28 February 2017

ބިންވިއްކުން ގޯސްވަނީ ކޮންހަމަޔަކުންތޯ؟ ކޮންމެ ޕާޓީއަކުން ކުރިޔަސް، އަގަކާލައިގެން ބިން މިލްކުރެވޭނެގޮތެއް އޮތުމަކީ އިންވެސްޓަރުންނަށް ވަރަށް މުހިއްމު ކަމެއް. ިމައްސަލައަކީ ދޯދިޔާކޮށް ކޮރަޕްޝަންނުން ކުޑައަގަކަށް ތަންތަން ވިއްކާލާތީ. ރަނގަޅު އުސޫލުތަކެއް އޮންނަނަމަ ބިމުގެ މިލްކުވެރިކަން ހޯދޭގޮތެއް އޮތުމަކީ ރަނގަޅުކަމެއް. ބިމުގެ މިލްކުވެރިކަމުގެ ބަދަލުގައި ކުއްޔަދިނުމަކީ ވަކި ރަނގަޅުކަމެއް ހެން ހީވިޔަސް އުސޫލުތައް ގޯސްނަމަ މާބޮޑު ތަފާތެއް ނުހުންނާނެއް. މިސާލަކަށް 800 އަހަރަށް ގައުމެއް ނުވަތަ ގައުމެއްގެ ބަޔެއް ކުއްޔަށްދިނުމެކޭ ވޭތުވެދިޔަ ސާސްކަފުގެ އިސްތިއުމާރީއެކޭ ހުރިތަފާތަކަކޮބާ؟ ސޮރީ ފޮރ ދަ ލޯންގ ކޮމެންޓް، ހޯޕް އިޓްސް ޔޫސްފުލް ފޮރ ދަ ތިންކާރސް.

The name is already taken The name is available. Register?

އެދުރު

28 February 2017

ހުސް ޑީލް އެއްވެސް ސިޔާސީޕާޓީއަކަށް އިތުބާރެއްނެތް

The name is already taken The name is available. Register?

1234

28 February 2017

99 އަހަރަށް ރިސޯޓްތައް ބޭރު ކުންފުނިތަކަށް ދިނީމަ އެއީ އެއްވެސް މައްސަލައެއް ނޫން އަދި ވިއްކާލުމެއްވެސް ނޫންދޯ!

The name is already taken The name is available. Register?

ނީރޯ

28 February 2017

އެކަންވެސް ކުރީ ބައާވާތުގެ ސަރުކާރުން ބައާވާތަށް ފަންޑުކުރި ފަރާާތްތަކަށް ދިން ހަދިޔާއެއްގެ ގޮތުގަ. އެއީވެސް ބޮޑު ޖަރީމާއެއް ދިވެހިން އެވާހަކަ އެހާވަރަށް ނުދެއްކިޔަސް. 5 މިލިޔަން ދިނީމަ 99 އަހަރަށް އެކްސްޓެންޑް ކޮށްދިނީ. މިވަރު ދިގު މުއްދަތަކަށް ބަލާއިރު 5 މިލިޔަން އެއީ މިއިން ރިސޯޓެއްގެ ސޯފާ ދަށުގަ ހުންނަ ކޮއިންކޮޅު ހޮވައިގެންވެސް ލިބޭނެވަރު ކުޑަ އަދަދެއް.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

28 February 2017

ވެދުން ސަލާމަށްފަހު ފިސާރި އަދަބުވެރި ކަމާއެކު ދަންނަވަމެވެ. ފޮތުގާ އޮތަސް ގޮތުގާ އޮތަސް ރާއްޖޭގެ ( ޅަދޮޅޮ ) ސިޔާސީ ބޭބޭފުޅުންނާއި ސިޔާސީކަން ކަން ކުޅިހިންގިމަގު ކުޅިހިގާ މަގު މިހާތަނަށް ސިޔާސީ ޖީޕީއެސް އަށް ސާފުކޮށް އަރާފަކާ އޮތް ކަމަކަށް ނުބެލެވެއެވެ. ވީމާ ތިޔަކަމަށްވެސް 7ފެބްރުއަރީ 2012ގެ މެންދުރުފަސް އޮތްގޮތަށް ހާލަތު އޮތުން ނާދިރެއް ނޫނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454