މީހަކު އިންޓަނެޓް ބޭނުންކުރަނީ: ކުޑަކުދިންގެ ބޭއަދަބީ މަންޒަރުތައް އުފެއްދުމަށް ބޭނުންކުރާ އޭއައި ޓޫލްތައް ގެންގުޅުމަކީ ކުށެއް ކަމަށް ކަނޑައަޅަން ޔޫކޭ އިން ވަނީ ނިންމާފައި.
03 ފެބުރުއަރީ 2025 - 06:09
ޖިންސީ ގޯނާގެ ގޮތުގައި ބެލެވޭ ފޮޓޯ އާއި ވީޑިއޯ އުފެއްދުމަށް ބޭނުންކުރާ އޭއައިގެ ޓޫލްތައް ގާނޫނުން މަނާކުރާ ފުރަތަމަ ގައުމަކަށް އިނގިރޭސި ވިލާތް ވެއްޖެ އެވެ.
ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ ގޮތުގައި ސިފަކުރެވޭ އިމޭޖް އުފައްދަން ބޭނުންކުރާ އޭއައި ޓޫލްސް ގެންގުޅުމާއި އުފެއްދުމާއި ބެހުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ގާނޫނުން ކަނޑައަޅާނެ ކަމަށް އިންޓީރިއާ މިނިސްޓަރު ޔެވެޓް ކޫޕާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިފަދަ އިމޭޖްތައް އުފެއްދުމަށް ދަސްކޮށްދޭ މެނުއަލްތައް ގެންގުޅުމަކީ ވެސް ގިނަވެގެން ފަސް އަހަރަށް ޖަލަށް ލެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.
"މިއީ ހަގީގަތުގައި ވެސް ވަރަށް ކަންބޮޑުވާންޖެހޭ ހާލަތެއް. އޮންލައިންކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ތަކެތި އުފެއްދުން ދަނީ އިތުރުވަމުން. އަދި އޮންލައިންކޮށް ކުޑަކުދިން ގްރޫމްކުރުން ވެސް ދަނީ އިތުރުވަމުން. އަދި އޭއައިއާ އެކު މިކަން އިތުރަށް ބޮޑުވެއްޖެ،" އިންޓީރިއާ މިނިސްޓަރު ޔެވެޓް ކޫޕާ އާދީއްތަ ދުވަހު ސްކައި ނިއުސްއަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްކުރާ މީހުންނަށް އޭއައި ޓޫލްސްގެ ސަބަބުން ކުޑަކުދިން ގްރޫމް ކުރުމަށް ފަސޭހަވަމުން އަންނަ ކަމަށެވެ. ކުޑަކުދިންގެ ފޮޓޯތައް އޭއައި ބޭނުންކޮށްގެން ނުރަނގަޅު ގޮތްގޮތަށް ހަދައި، އޭގެ ފަހުން އެ ފޮޓޯތައް ބޭނުންކޮށްގެން ކުދިން ބްލެކްމެއިލްކޮށް ޖިންސީ ޝިކާރައަކަށް ހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުންނަނީ އެންމެ ނުބައި ޖަރީމާތައް،" ކޫޕާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޑަކުދިންގެ ބޭއަދަބީ މަންޒަރުތައް އުފެއްދުމަށް ބޭނުންކުރާ އޭއައި މޮޑެލްތައް އާ ގާނޫނުގައި މަނާކުރާނެ ކަމަށެވެ.
"އެހެން ގައުމުތަކުގައި އަދި މިކަމެއް ނުކުރޭ. އެކަމަކު އުންމީދަކީ އެހެން ގައުމުތަކުން ވެސް މިގޮތަށް އަމަލުކުރުން."
އިންޓަނެޓް ވޮޗް ފައުންޑޭޝަން (އައިޑަބްލިއުއެފް) އިން ވަނީ ކުޑަކުދިންގެ ބޭއަދަބީ މަންޒަރުތައް އޭއައި އިން އުފައްދަމުންދާ މިންވަރު އިތުރުވަމުންދާތީ އެކަމުގެ އިންޒާރު ދީފަ އެވެ. މިދިޔަ އަހަރު، 30 ދުވަހުގެ މުއްދަތަށް އައިޑަބްލިއުއެފްގެ އެނަލިސްޓުން ވަނީ މިފަދަ 3،512 ފޮޓޯ އެންމެ ޑާކް ވެބް ސައިޓަކުން ދެނެގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަޠީފް އަހްމަދު
03 February 2025
މިއީ އިސްލާމީ ޤައުމުތަކުންވެސް އިސްނަގައިގެން މަނާކުރަން ޖެހޭނެ ކަންކަން. އެފަދަ ޤާނޫނުތައް ހަދަން މަޖުބޫރު ކަންކަން. ކޮންމެ މީހެއްގެ ޝަރަފާ ޤަދަރު ނަގާލުމަކީ ކުޅޭކުޅޭ ކަމަކަށް ހަދަން ދޫކޮށްލުން އެއީ އެއްވެސް ޙާލެއްގައި ހުއްދަކުރެވޭނެ ކަންކަމެއް ނޫން. ދިވެހިން ބުނެއުޅޭ ހަރުބަހެއްގައިވެސް އޮންނަ ފަދައިން - ގެއްލިއްޖެ އަބުރެއް ދެން އަނބުރައެއް ނުލިބޭނެ - އަށް ވެސް ވިސްނާލަން ޖެހޭ.
އަހަރެމެން
03 February 2025
އިސްލާމީ ގައުމުތަކުގަ ޝަރަފާ ގަދަރު އޮންނާނީ ހަމައެކަނި ވެރިންގެ. އެމީހުންނައް ގެއްލުމެއްވާކަމެއްގަ އަނެއްދުވަހު ގާނޫނުތައްވެސް ލިޔާނެ މަނާވެސްކުރާނެ. އެހެންކަނަތައްތަކުގަ ތިބޭނީ ފިނިހަކަ ސްޕީޑުގަ.