މަސްތު ވެގެން ހުރެ މ. ކޮޅުފުށި/ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުހައްމަދު، 41-- ފޮޓޯ: ޕޮލިސް
05 މެއި 2025 - 10:44
މަސްތުވެގެން ހުރެ ލޯންޗު ދުއްވަނިކޮށް، އެކްސިޑެންޓުވި މައްސަލައެއްގައި ރޭ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ލޯންޗު ދުއްވި މ. ކޮޅުފުށި، ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުހައްމަދު، 41 އެވެ.
ފުލުހުން މިއަދު ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާލުން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލައެއްގެ ރިޕޯޓެއް ރޭ 7:26 ހާއިރު ލިބުނު ކަމަށެވެ.
އެވަގުތު އެ ސަރަހައްދަށް ގޮސް ބެލިއިރު، ނަޝާދު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ހައިވޭގައި ހެޑްލައިޓް ނުދިއްލައި، ހަތަރު ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި ބެލިއިރު އެ ކާރު ދުއްވަން އިން މީހާ ވެސް ހުރީ މަސްތުވެގެން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ފަސް ދުވަހުގެ މުއްދަތަށް ތަހުގީގު ބޭނުމަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
05 May 2025
ފުރަތަމަ ޑުރަގް ރާއްޖެއަށް އެތެރެވަނީ ކިހިނެއްތޯ ބަލަންވީ. ބަޑިބޭސް ފިސްތޯލެއް އަލިފާންފޮށި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ބާވަތެއް މިވީހާތަނަކަށް އެތެރެ ކުރެވިފަކާ ނެތެވެ. ވިޔަސް އެކަމެއް ހުއްޓުވާނެއެވެ އެކަމު އަހަރެން ގަގޫލް ކުރާގޮތުގައި މުއައްސަސާތަކުގެ ދައުރެއް ނުވާނަމަ ޑުރަގް އެތެރެއެއް ނުވާނެއެވެ ކޮންމެވެސް ފަރާތެއްގެ އިހުމާލުން އެތެރެކުރެވޭނީ. އެހެންނޫނިީ ގައުމީ ސަލާމަތަށް ނުރައްކާވާ އެއްޗެހިވެސް އެތެރެކުރެވުނިސް އެކަމުނުކުރެވޭ
ކައްދާއްތަ
05 May 2025
ހެޔޮނުވާނެ ތިދުއްވާ ދިވެހިން ޑްރަގްވަބާއިން ސަލާމަތްވާނެ ދުވަހެއް މިންވަރު ކުރައްވާށި.އަދި ސަރުކާރުގެ ވެރިންވެސް އެވަބާއިން ސަލާމަތްކުރައްވާށި.އާމީން.
ޙތފ4
05 May 2025
40 އަހަރުތަ ނޫނީ 41 އަހަރުތަ؟ ކިޔާ އުމުރު ދިމާނުވޭ..
އަހުމަދުބޭ
05 May 2025
އަބަދުވެސް އަހަރުމެންގެ ސަކުވާއަކީ ދިވެހީންނަށް ވަޒީފައި ނުލިބޭވާހަކަ، ދިވެހީންނަށް ވަޒީފައި ނުދޭވާހަކަ، ދިވެހީން މިތިބެނީ މަސްތުގައި، ރޭގަނޑު ހަތަރުދަމު ހޭލައި ގޭމްކުޅުމުގައި ޖުވާކުޅުމުގައި، 3 މަހު ހަމަޔަށް ވަޒީފައި އަށްބަރާބަރަށް ނުދެވޭ، ވަކި މަސައްކަތެއްނޫނީ ކުރާކަށް ބޭނުމެއްނޫން މިއަދުގެ މިރާޖޭގެ ހާލަތު
ސުހާނާ
06 May 2025
"ވަޒީފައި" އެއް ނޫން ކިޔަނީ ކޮއްކޯ. "ވަޒީފާ" ކިޔަނީ. ލަފުޒުތައް ރަނގަޅަށް ލިޔެކިޔަން ދަސްކޮށްބަލަ.
ރާއްޖެތެރެ ސޮރު
05 May 2025
ކޮންމެ ވެރިއެއްވެސް ފޮނި ވާހަކަ ދައްކާނީ ހޮވުމުގެ ކުރިން، މި ކަހަލަ ކުދިންނަށް ރަނގަޅު ފަރުވާއެއް ނުދެވޭ!
ލީޑަރު
05 May 2025
މި ޒުވާނާގެ ހައްޤުގައި މުޒާހަރާ ކޮށްލާނެ މީހަކު އަޅެ ނެތީތަ. ހާދަ ތަފާތުކުރުން ބޮޑޭދޯ.
ގުރާާ
05 May 2025
އޭނާގެ އަތުން މަސްތުވާއެއްޗެހި ނުފެންނަންޏާ ހައްޔަރުކޮށްގެން ނުވާނެ. އިހައްރޭ ޕާޓީ ކުރިކުދިންވެސް ހައްޔަރު ނުކުރެވުނީ މަސްތުގެ ހާލަތުގަ ތިބިނަމަވެސް އެމީހުންގެ އަތުން މަސްތުވާއެއްޗެހި ނުފެންނާތީ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި.
ބުރުގާ
05 May 2025
މަސްތުވާތަކެތި ހާދަހާ ތިޔާގިޔޭ ދޯ. މުޅިގައުމުގަ މަސްތުމަސްތު. ރައީސް މީހާ ޕޯޑިޔަމައް އަރާ 15، 20ގަޑިއިރުގެ ނޫސް ކޮންފަރެންސެއް ބޭއްވިއަސް، ގައުމެއް އިސްލާހެއް ނުވާނެ އިނގޭތޯ....
ސަމާރު
05 May 2025
މިފަދަ މީހުންއަތަށް މީހުންގެ އަގުބޮޑު އުޅަނދުފަހަރު ދުއްވަން ދޭ މީހާވެސް ގޯސް..ލޯންޗް ދޯނިފަހަރު ދުއްވަން މިފަދަމީހުން ގިނަ..
ވައިރަލް
05 May 2025
އެ ނޫން މީހަކު މަދު ފަހަރަކު މެނުވީ ނުލިބެންޏާ ދެން އެހެން ގޮތެއް ނޯންނާނެ ދޯ؟
ބަބްސް
05 May 2025
އެއްވެސް ސަރުކާރަކުން މީގެ އަޑީގައި މިއޮތްމައްސަލަ ހުއްޓުވާކަށް ބޭނުމެއް ނުވެ. ސުޕަރ މެޖޯރިޓީ އޮވެމެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭންވީ ކީއްވެ. ދައުލަތުން އެތެރެކުރާމީހުން ރަށްޔިތުންގެ ލާރިން ކާންދީ ބޯންދީ ގެންގުލުމެގެ ބޭނުމެއް ކޮބާ. މިކަމަކާ ހެދި ކިތަށް އާއިލާ ބިކަވެގެން އެދަނީ.
ހަމާލް
05 May 2025
އެއީ ޓެކްސް ލިބޭ ކަމެއް ނުންވީމަ އެކަމާ ނޫޅޭ.
ސުހާނާ
06 May 2025
މަރުގެ އަދަބު ކަނޑައެޅިޔަސް، އެއީ ތިމާމެން ތާއީދުކުރާ މީހެއްކަމަށްވަންޏާ، ވެރިމީހާ ނުބައިވެގެން ކުށްވެރިޔާގެ ޙައްޤު ހޯދަން މުޒާހަރާއަށް ނުކުމެ، ހަޑިހުތުރު އެއްޗެހި ގޮވައި، ދުއްވާ އެއްޗިއްސަށާއި ދަތުރުކުރާ މީހުންނަށް ދަތިިވާގޮތަށް މަގުމެދުގައި ކުޅިވަރުކުޅޭނެ. ގިނަ ދިވެހިންނަކީ މިހާރު ގޮތެއްފޮތެއް ނެތް ބަޔެއް.