ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ ބައްދަލުވުމަށް ފަހު، ޑިފެންސް މިނިސްޓަރު ޣައްސާނާއި ހޯމް މިނިސްޓަރު ސިފައިންގެ މައި މަރުކަޒުން މިއަދު ހަވީރު ނުކުމެވަޑައިގަންނަވަނީ.
02 އޮކްޓޯބަރ 2025 - 18:06
އިދިކޮޅު އެމްޑީޕީން އިސް ނަގައިގެން މާދަމާ ރޭ މާލޭގައި ބާއްވާ އެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ސިފައިންނާއި ފުލުހުންގެ އިސްވެރިން ސިފައިންގެ މައި މަރުކަޒުގައި މިއަދު ހަވީރު ބައްދަލުކުރައްވައިފި އެވެ.
ބަންޑާރަކޮށީގައި ބޭއްވި އެ ހާއްސަ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެނގިފައި ވެ އެވެ.
އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފުސީލެއް ސަލާމަތީ ހިދުމަތުން މީޑިއާއާ އަދި ހިއްސާ ނުކުރެ އެވެ.
އެ ކަމަކު، އެ ބައްދަލުވުމަށް ފަހު ބައެއް ވެރިން ސިފައިންގެ މައި މަރުކަޒުން ނުކުމެވަޑައިގަންނަވާ މަންޒަރު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި މިނިސްޓަރު ޣައްސާނާއި އިހުސާން ހިމެނިވަޑައިގަންނަވަ އެވެ.
ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ ބައްދަލުވުމަށް ފަހު، ޑިފެންސް މިނިސްޓަރު ޣައްސާން ސިފައިންގެ މައި މަރުކަޒުން މިއަދު ހަވީރު ނުކުމެވަޑައިގެން ފުލުހުންގެ އިސް އޮފިސަރަކާ ސަލާން ކުރައްވަނީ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އެމްޑީޕީން ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށެވެ.
ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގުރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ ބައްދަލުވުމަށް ފަހު، ޑިފެންސް މިނިސްޓަރު ޣައްސާނާއި ސިފައިންނާއި ފުލުހުންގެ ބައެއް އިސްވެރިން މިއަދު ހަވީރު ސިފައިންގެ މައި ގޭޓް ކައިރީގައި.
އެ އެއްވުމާ ގުޅޭ ގޮތުން ފުލުހުން ބުނީ، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަށް ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރާ ކަމަށެވެ.
އެހެންވެ، އެ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ އިދާރާއިން ވަރަށް ސަމާލުކަން ދޭ ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
ފުލުހުންނަށް ރައްދުދީ، އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުން ހަދަނީ ދޮގެއް ކަމަށާއި އެއްވުމުގެ ތެރެއިން އެ ޕާޓީން މާލެތެރެ ހަލަބޮލި ކުރަން ރާވާފައި ނެތް ކަަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ ބާއްވަނީ ސުލްހަވެރި ހަރަކާތެއް ކަމަށް ވެސް އިދިކޮޅު ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ދުވަހު ވަނީ އެއްވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަންގާފައި ކަމަށާއި އެ ރޫޓަށް އެމްޑީޕީން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެ ޕާޓީން ބުނި ގޮތުގައި ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން އަންގާފައި ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
03 October 2025
ގިނަބަޔަކު ނުނިކުންނާނެ. ދެއިރުކާބޭސްގުޅައެއްހެން ވެރިކަން ބަދަކުރަން ރައްޔިތުން ބޭނުމެއްނުވޭ. ގައުމު ހަލަބޮލިކޮށް ހަމަނުޖެހުންތައް އުފައްދަން އެމްޑީޕީ ބޭނުންވިޔަސް ރައްޔިތުން ބޭނުމެއްނޫން. ވެރިކަމުގެ ޖަޒުބާތުގަ ޖެހިގެން ހިންދިރުވައިގެން ތިބެވޭތޯބަލާ 5 އަހަރު ނިމެންދެން. ކެތްތެރިކަން އިސްކުރެވޭތޯ ބަލާ. ކެތްކޮށްލާ. މިއީ އެމްޑީޕީންތަކުގެ އެކަނި ގައުމެއް ނޫން.
އެންމެން ހެޕީ
02 October 2025
ގުޑައިފި
ތެލި
02 October 2025
މީހަކު ބޯހަލާކެއް ނުވާނެތަ؟ ކާރުގަގޮސް އެތެރެއަށް ވަންނަ ބަޔަކު ދޮރުމަށްޗަށް ނުކުމެ ފޮޓޯ ނަގާ ހަދަނީ ހަމަ އިއްތިފާގަކުން. ކޮންމެ ގޮތެއްވިޔަސް މުޒާހަރާއާ ގުޅިގެން އެތައް ކުންފުންޏަކަށް ލިބެންޖެހޭ އެތައް މިލިޔަން ރުފިޔާއެއް ލިބޭގޮތްވުމަކީވެސް ކާމިޔާބެއް.
އައިމިނާ
02 October 2025
މައްސަލައަކީ ކޮބައިކަމެއްވެސް ނޭނގުނު. މުޒާހަރާކުރަނީ ކީއްވެކަމެއްވެސް ނޭނގުނު. މާގިނަދުވަހު ކަރުން ނާރުނަގާ ހަޅޭއްނުލެވޭތީވެ އަޑުގަ ދަބަރުޖަހާފާނެތީ ކުރަން އުޅޭކަމެއް. އިތުރުކަމެއް ނެތް. އެމްޑީޕީންތައް ސަރުކާރުގަ ތިބިއިރު ނުކުރާ އާކަމެއް މިސަރުކާރަކުންވެސް ކުރާތަނެއް ނުފެނޭ. ދެން ކޮބައިބާ މައްސައަކީ. ހަމަ އެކައްޗެއް ކިޔަނީ. ހަމަ އެއްކަމެއް ކުރަނީ.
ސަ ޅި
03 October 2025
މޑޕ ސަރުކާރު ގޯސްވެގެނެއްވެސް ނޫންދެއްތޮ ވެރިކަމުން ބޭލީކީ؟ ކެއި ގޮތަށް އެހެންބަޔަކަށް ކާންދޭށޭ ތިބުނަނީ؟
1828
02 October 2025
ވެރިކަމުގައި ތިބި މީހުންގެ ބާރަށްވުރެއް ރައްޔިތުންގެ ބާރުގަދަވާނެކަން ސަރުކާރު ދަންނަންވާނެ. ކިތައްމެ ގިނަ ފުލުހުންނާއި ސިފައިނުން ނެރުނަސް، ގިނަ ރައްޔިތުންތަކެއް ނިކުމެއްޖެނަމަ ސަރުކާރުޖެހޭނީ ހަމަ އިސްތިއުފާދޭން. ރައްޔިތުން ނޫނެކޭ ބުނީމައި ގަދަފައި ވިއްދާފައި ވެރިކަމުގައި ހުންނާނީ ހުދުމުހުތާރު ވެރިން. ހަމަނެޖުހުން ހިންގައިގެންނުވާނެ ޤއ އެއްވުމުގެ މިނިވަން ދީފައިވިޔަސް.
ކޭސަރީ
02 October 2025
ބިރު ދައްކާނެ ކަމެއް ނެތް!! މުދާ އަގު ބޮޑުވެ، ޑޮލަރު ތާށިވެ، ރައްޔިތުން އަނގައާއި އަތާއި ދިމާނުވޭ!! ވެރިން އިފަލުގައެވެ.
ގެދޮރޭ
02 October 2025
ސައްތައިން ސައްތަ 3 އޮކްޓޯބަރ ގެ މުޒާހަރާޔާ ގުޅިގެން މޭކަރަނީ. އަސްލުވެސް ހަމަ ގިނަބަޔަކު މި ސަރުކާތުދެކެ ފޫހިވެއްޖެ
މަޑުއްވަރީ
02 October 2025
މިސަރުކާރު ބިރުން ގަޔަށް ގުއީރެވޭ ވަރުވެއްޖެ އެމްޑީޕީން އާޓިފިޝަލް ބީޗުގައި މުޒާހަރާ ބާއްވާތީވެއެ މިހާރު އެތިބީީ ހުންއައިސް ފާނޭކަމަށް ކުރީބައިގައި ރަޖާ އަޅާގެން މީމިވާވަރަކީ އުޅެނީީ ރައްޔިތުންނަށް ؟
އަންޑަގްރައުންޑް
02 October 2025
ހާދަ ހީވެޔޭ އެތެރެވަރިން ކުޅިވަރެއް ކުޅޭހެން…
ހިޔަޅުން
02 October 2025
ހާދަ ބިރެެއްގަނެގެން ތިއުޅެނީ އަސްލުވެސް ނުބައިތަކެއް ހެދިފަވާކަމަށް ގަބޫލްކުރަނީ ދެއްތޮ؟