މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސޭސާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ
23 އޮކްޓޯބަރ 2017 - 11:02
ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އަށް މިއަދު އަރުވައިފި އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު ހަމަޖެއްސީ މިދިޔަ މަހު ހަ ވަނަ ދުވަހު އެވެ. ނަމަވެސް އެ ގައުމުގެ ރައީސް ސިރިސޭނާ އަށް އެ ފަތްކޮޅު އެރުވުން ލަސްވުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އޭނާ އަށް އޮތީ އަމާޒުވެފަ އެވެ.
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު ސިރިސެނާއަށް އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ ހެނދުނު 10:30 ގަ އެވެ.
މުންދުގެ މަގާމުގެ ފަތްކޮޅު ލަންކާގެ ރައީސަށް އެރުވުން ލަސްވީ ލަންކާގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައި މުންދު ބަލައިނުގަތުމަށް އެދި އިދިކޮޅު ބައެއް ފަރާތްތަކުން ލަންކާ ސަރުކާރަށް ޕްރެޝަރު ކުރުމުން ކަމަށް، އިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވެ އެވެ.
އިދިކޮޅު ހަރަކާތުން މުންދު ދެކެ ހިތްހަމަނުޖެހުނީ ސަރުކާރުން އަންގައިފި ނަމަ މަގު މައްޗަށް އޭނާ އަމިއްލަ އަށް ނުކުންނަވައިގެން ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރަައްވާނެ ކަމަށް ވިދާޅުވުމުންނެވެ.
މުންދު ވިދާޅުވީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި ދެ ގައުމުގެ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ އިސް ބޭފުޅުން އޭނާ އަށް ފާޑުކިޔަމުން ދަނީ ލަންކާގެ ހާރިޖީ އުސޫލުތައް ނޭނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާ ސަފީރަކަށް އައްޔަން ކުރެއްވުމުގެ ކުރިން މުންދު ހުންނެވީ އޮގަސްޓް 2016 އިން ފެށިގެން ޖަޕާންގެ ސަފީރަކަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނަވައި، އެ ސަރުކާރު ދިފާއުކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް އޭރު ކުރެއްވި މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ.
މައުމޫންގެ ސަރުކާރަށް ފަހު، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައި މިދިޔަ ތިން އަހަރެއްހާ ދުވަހު ހުންނެވީ ޒާހިޔާ ޒަރީރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރު
24 October 2017
ކޮބާ މައޭރުވެސްބުނީމެއްނު އަދި އެރުވޭނޭ. ތިއޮތީ އެރުވިފައެއްނު.
އަލްޖިބްރާ
23 October 2017
ކޮބާ ފަތްކޮޅު އެރުވިއްޖެނު ؟ ދެން އަންނި ހައްޔަރުކުރަން މަގުމައްޗައް ނިކުންނަން ވީނު ؟
2018ވައްކަމައްތޯ
23 October 2017
އެނގޭހާވެސް އެއްޗަކީ މުންދުވެސް އަދިޔާމިނުވެސް އަބަދަކު ތިހެން ނުތިބޭނެކަން އަންނާނެ ވަތުތިރިވާ ދުވަހެއްވެސް އެދުވަހަކުން ހިންގާފަ ހުރިނަރީމާތައް ބަލާފަ ހުރަގެޔައް ލެވޭނެ 3 ބާރުމުށުތެރެޔައް ލައިގެން ތިޔަކުރަނީ ވެރިކަމެއްނޫން
Ahmed
23 October 2017
މަރުހަބާ
އިންތިގާލި ނަޝީދު
23 October 2017
ނަޝީދު ބުނީ މިވަގުތަށް އެންމެ ރަގަޅި އިންތިގާލީ ސަފީރަކޯ.
ޗިކުސް
23 October 2017
ދިވެހިން ބަލައި ނުގަންނާނެ ތި ސަފީރެއް.
ތިއޯކޭ
23 October 2017
ލަންކާއަށް ކަނޑައަޅާ ދިވެހި ސަފީރު ލަންކާއިން ބަލައިގަތުން އެއީ އޮންނަ ގޮތަކީ. ދިވެހިންނަށް ކަނޑައެޅި ލަންކާގެ ސަފީރެއްނޫން އެއީކީ ދިވެހިން ބަލައިނުގަންނާކަށް.
މެންޓަލިސްޓް
23 October 2017
އެންމެފަހުން ތިޔަކަން ވީދެއްތޯ ؟؟ އެހެންވީމައި ލަންކާގެ ސަރުކާރުން އެގަބޫލްކުރީތާ މުންދު ސަފީރުކަމަށް ހޮވުނު ޕްރޮސީޖަރ ރަގަޅުކަމަށް ،، ނޫނީ އިދިކޮޅުމީހުންބޭނުންވާ ޑީލްއަކަށް ސަރުކާރުން އެއްބަސްވީ ،، އެހެންބުނަންމިޖެހުނީ އެކަމާގުޅޭ ވާހަކަތަކެށް ދެކެވިފައިއޮތީމައި ،،، އަޅުގަނޑު ހީއްކުރީ މުންދު ފޫކޮޅުގައި ސައްޕެއްޖަހާފައި ލަންކާގެ ސަފީރުކަން ގަބޫލްނުކޮށް ފޮނުވާލާނެކަމަށް ،،، ވަރަށްވެދުން
ހަސަނާފ
23 October 2017
ކޮބާ ރާކަނިމަސް ކެވިއްޖެ ދޯ ރަނގަޅަށް. ދެން ތިބޭ ހޮރަށް ވަދެ ތިހެން. އެއީ ފެންވަރަކީ ކަލޭމެންގެ
ސަލާމް
23 October 2017
އިދިކޮޅުގެ ނިކަމެތިކަން ދެކެފަ ދެރަވޭ ތަޅާ އަނގަޔަކުން ވާކަމެއްހަރާން ޖައްސާވައްތަރަކުން ރައްޔިތުންވަނީ ފޫހި ކިޔާލަވަޔަށް ރައްޔިތުން ނަށާކަށް ބޭނުމެއްނުވޭ އިއްޔެގަދެއްކި ވާހަކަޔާއީ މިއަދު ދައްކާ ވާހަކަ ދިމަލެއްނުވޭ “އިދިކޮޅު ބައެއްގެ ސަބަބުން ގައުމާއި ރައްޔިތުންގެ އަގު ވެއްޓުން ނޫންކަމެއް ނުވޭ
ބޭސް
23 October 2017
ހާދަ އަތް ފުޅާކޮށްފަ! އުއްމީދު ކަނޑާލާފައިވާ ހުވަފެން ހަގީގަތަކަށް ވީތޯއެެވެ.