ކަނޑުމަތިން އޮޔާ ދިޔަ މީހާ ފުލުހުން ސަލާމަތް ކުރަނީ
16 ޑިސެމްބަރ 2017 - 17:37
ވިލިމާލެ އާއި ފޭދޫފިނޮޅާ ދޭތެރޭ ކަނޑުމަތިން އޮޔާދިޔަ މީހަކާއި ޑިންގީއެއް ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުސް އޮފީހުން ބުނީ މިއަދު މެންދުރު 12 ޖަހާކަންހާއިރު، ފުލުހުންގެ ލޯންޗަކުން ސަލާމަތްކުރީ، ޑިންގީއަކާއި ކަނޑުމަތިން އޮޔާދިޔަ ބިދޭސީއެއް ކަމަށެވެ. އަދި އެ ޑިންގީގައި އެ ވަގުތު އެހެން ބިދޭސީއަކު ވެސް ހުރި ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މީހުންނަކީ ވެސް އެ ސަރަހައްދުގައި އޮތް ބޯޓެއްގެ ދެ މީހުންނެވެ. ކަނޑުމަތިން ފުލުހުން ސަލާމަތް ކުރީ، ޑިންގީ އޮޔާދާން ފެށުމުން އެ ސަލާމަތް ކުރުމަށް މޫދަށް ފުންމާލި މީހެކެވެ. ޑިންގީ އޮޔާދާން ފެށީ އޭގެ އިންޖީނު ހުއްޓިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ ދެ މީހުންނާ ޑިންގީ ވެސް، ބޯޓާ މިހާރު ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy