ރިޕޯޓް / ރާއްޖެ-އިންޑިއާ

ރާއްޖެއާ މެދު އިންޑިއާގެ ތަޖުރިބާކާރުން ތަފާތު ވިސްނުންތަކެއްގައި

ަރާއްޖޭގެ ރައީސް ޔާމީނާއި އިންޑިއާގެ ބޮޑުވަޒީރު މޮޑީ ސަލާމް ކުރައްވަނީ: މޮޑީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަދި ރާއްޖެ ވަޑައިނުގަންނަވާ.

އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ރަޖްޔާ ސަބާ" އިން ރާއްޖޭގެ ސިޔާސީ އަދި ޗައިނާއާ އެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަން އިން ވަަރަށް ސާފުކޮށް އިންޑިއާ އިން ރާއްޖެއާ މެދު ދެކޭ ގޮތް ސާފުވެއްޖެ އެވެ. އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީއެއް ކަމަށްވާ ސަލްމާން ހައިދަރާއި އެހެން ދެ އެނަލިސްޓަކު ބައިވެރިވެވަޑައިގެންނެވި މި ޑިސްކަޝަންގައި އެންމެ އަޅައިގަތް އެއް ކަމަކީ އިންޑިއާގެ އަސްކަރިއްޔާ ބޭނުންކޮށްގެން ނަމަވެސް ރާއްޖޭގެ މިހާރުގެ ވެރިކަން ބަދަލުކޮށް، "ކަންކަން ހަމަޔަކަށް އަޅުވަން ޖެހިފައިވާ" ކަމަށް އެއް ބޭފުޅަކު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.

ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖެ-ޗައިނާ ސޮއިކުރުމުން އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެކްސްޕާޓެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ބާރަތު ކަރުނާދް ވިދާޅުވި ގޮތުން ނަމަ، ރައީސް އަބްދުﷲ ޔާމީނަކީ ރީތި ގޮތުގައި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރެއްވޭނެ ބޭފުޅެއް ނޫނެވެ. އެހެންވެ އޭނާގެ ނަޒަރުގައި އޮތް ހަމައެކަނި ގޮތަކީ އިންޑިއާގެ މެރިން ކޮމާންޑޯ ބޭނުންކޮށްގެން "ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް" އެޅުމެވެ.

މިއީ އިންޑިއާގެ ސަރުކާރުގެ ރަސްމީ ބަހެއް ނޫނެވެ. ނަމަވެސް އިންޑިއާގެ ގައުމީ ސަލާމަތާ ގުޅޭ ކަންކަން ދިރާސާ ކުރައްވާ ސީނިއާ ބޭފުޅަކު އެ ގައުމުގެ ޓީވީ ޗެނަލެއްގައި، ރާއްޖޭގެ ކަންކަން ހަމަޔަކަށް އެޅުވުމަށް އިންޑިއާގެ އަސްކަރިއްޔާ ބޭނުންކުރުމުގެ ހިޔާލެއް ހުށަހެޅުމުން ވެސް ވަރަށް ބޮޑެތި ކަންކަން ދޭހަވެ އެވެ. ރާއްޖޭގައި ދާޚިލީ ބޮޑު ހަމަނުޖެހުމެއް އަދި ގަތުލު އާންމެއް ފަދަ ބޮޑު ކަމެއް ނެތީސް، އިންޑިއާގެ އަސްކަރިއްޔާ ބޭނުންކޮށްގެން ވެރިކަން ބަދަލުކުރުމުގެ ވިސްނުން ފާޅުކަން ބޮޑު ގޮތެއްގައި ގެންގުޅުމަކީ މައްސަލައެކެވެ. އެކަމަކު ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި އަނެއް ދެ ބޭފުޅުންގެ ނަޒަރުގައި އެއީ އެންމެ ރަނގަޅު ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި އެހެން ގޮތެއް ހޯދައިގެން މައްސަލަ ހައްލު ކުރުން މާ މުހިންމެވެ. ޑިޕްލޮމެސީ އިސްކުރުމެވެ.

މިހާރު މިއުޅެނީ އެންމެ މައްސަލައެކެވެ. އެއީ ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށް، ޚާއްސަކޮށް އިންޑިއާގެ ކަނޑުގައި ޗައިނާގެ ބާރު ގަދަކުރުމެވެ. ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ވެސް މައިގަނޑު ކަންބޮޑުވުމަކީ އެއީ އެވެ. އިންޑިއާގެ ބާރު މި ސަރަހައްދުން ގެއްލެމުން ދިއުމުގެ ބިރު ހީވުމެވެ. އެ ހުރިހާ ކަމެއް ހިނގަމުން ދާއިރު، މި ސަރަހައްދުގެ އެންމެ ބޮޑު ގައުމުގެ ގޮތުގައި އިންޑިއާ އޮވެމެ، ހިމޭނުން އޮތުމެވެ. ރާއްޖޭގެ އިތުރުން އަވައްޓެރި ސްރީ ލަންކާގައި ވެސް ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން ޗައިނާ ބާރުގަދަވާން ފެށުމެވެ.

މި ސަރަހައްދުގައި ޗައިނާގެ ބާރު ގަދަވަމުން ދިޔައިރު އިންޑިއާ އޮތީ "ނިދާފައި" ކަމަށް ޑިސްކަޝަންގައި ބައިިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ވާހަކަތަކުން ވެސް ދޭހަވެ އެވެ. މީގެ ފަސް އަހަރު ކުރިން އައްޑޫގައި ސާކް ސަމިޓް ބޭއްވުމާ ދިމާކޮށް، ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ހުޅުވުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ބާރުގަދަވުމުގެ ފެށުން ކަމަށް އެއް އެނަލިސްޓަކު ދެކެވަޑައިގަންނަވަ އެވެ. އެއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހުޅުވި ޗައިނާގެ ފުރަތަމަ އެމްބަސީ ވެސް މެ އެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނެ އެވެ.

ރާއްޖޭގެ ރައީސް ޔާމީން މި މަހުގެ ކުރީކޮޅު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު، އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ހުޅުވުން މިސާލަކަށް ދައްކަވަމުން އިންޑިއާގެ ޝޮސައިޓީ ފޯ ޕޮލިސީ ސްޓަޑީސްގެ ޑިރެކްޓަރު އުދޭ ބާސްކަރު ވިދާޅުވީ ވަރަށް ކުރިއްސުރެ ފެށިގެން ރާއްޖެއާ މެދު އިންޑިއާ އިން ފަރުވާކުޑަކުރަން ފަށާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އަފްޣާނިސްތާނަށް އިންޑިއާ އިން ދިން ސަމާލުކަން ރާއްޖެ އަށް ވެސް ދީ، މިދިޔަ ދުވަސްތަކުގައި ރާއްޖެ އަށް ޚާއްސަ އިސްކަމެއް ދިން ނަމަ ރަނގަޅުވީސް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ޝީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމުތަކުގެ ތެރޭގައި މި ކުޑަކުޑަ ރާއްޖެ ހިމެނުއްވުމުގެ ހިކުމަތް އިންޑިއާ އަށް ނަގައެއް ނުގަނެވުނެވެ.

އެއް ބޭފުޅަކު ވިދާޅުވި ގޮތުން ނަމަ ރާއްޖެ އާއި އަވައްޓެރި ގައުމުތަކާ މެދު އިންޑިއާ އިން ދެކެމުން އައި ސްޓްރެޓެޖީ މިހާރު ވަނީ ބަދަލުކުރަން ޖެހިފަ އެވެ. ޗައިނާގެ ބާރު ރާއްޖޭގައި ދާއިމީ ގޮތަކަށް ބާއްވަންދެން އިންޑިއާ ބަލަހައްޓައިގެން ތިބެންވީތޯ ނުވަތަ ވީހާވެސް އަވަހަކަށް ފިޔަވަޅެއް އަޅަންވީތޯ މިއީ، ރާއްޖެއަށް އިންޑިއާގެ ސިފައިން ފޮނުވުމުގެ ޚިޔާލު ހުށަހެޅުއްވި ބާރަތުގެ ސުވާލެކެވެ.

އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ސަލްމާން ފާހަގަކުރެއްވި ގޮތުގައި ޖިއޮގްރަފީ ގޮތުން ބަލާއިރު އިންޑިއާ ކަނޑުގައި ރާއްޖެ އޮތީ ވަރަށް މުހިންމު ސަރަހައްދެއްގަ އެވެ. މި ހާލަތުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ބާރުގަދަ ވަމުންދާތީ އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އަސްކަރިއްޔާ ބޭނުންކޮށްގެން މައްސަލަ ހައްލު ކުރުމަށް ވުރެ ބޮޑަށް ވާހަކަ ދައްކައިގެން، ގޮތްތަކެއް ހޯދަން އޭނާ ބާރު އެޅުއްވި އެވެ.

އިންޑިއާގެ ޚާރިޖީ ސިޔާސަތު ދިރާސާ ކުރައްވާ ބޭފުޅުންގެ ވާހަކަތަކުން މައިގަނޑު ގޮތެއްގައި އެނގެނީ ޗައިނާގެ މައްސަލާގައި އިންޑިއާ ގޮތް ހުސްވެފައިވާ މިންވަރެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކާ މެދު އިންޑިއާ އިން ދެކެމުން އަންނަ ގޮތް ބަދަލުކޮށްގެން ނޫނިއްޔާ އަލިމަގެއް ނެތް ކަމެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ މި އަހަރުގެ އޭޕްރީލްގައި ރާއްޖެ އަށް ކުރެއްވި ދަތުރުގައި ރައީސް ޔާމީނާ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭގެ ކިތަންމެ މިސާލެއް ރާއްޖެ އިން ވެސް ފެންނަން އެބަ ހުއްޓެވެ. އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދު މޮޑީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، މި ސަރަހައްދުގެ ހުރިހާ ގައުމަކަށް ވަޑައިގެންނެވިއިރު ވެސް މިހާތަނަށް ރާއްޖެ ވަޑައެއްނުގަންނަވަ އެވެ. ދައްކަވާ ހުއްޖަތަކީ ރާއްޖޭގެ ސިޔާސީ ކަންކަން ގޯސްވެފައި އޮތުމުން ވަޑައިނުގަންނަވަނީ ކަމެވެ. މިއީ ޕެނަލް ޑިސްކަޝަންގައި ވެސް ބައެއް ބޭފުޅުން އަލިއަޅުވާލެއްވި ކަމެކެވެ.

ހަމައެކަނި މޮޑީގެ އެ ދަތުރުފުޅެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ވެސް ރައީސް ޔާމީންގެ ވެރިކަން ފެށުނު ފަހުން އިންޑިއާ އޮންނަނީ ހިމޭނުންނެވެ. ދެކޮޅަށް ވެސް އެއްކޮޅަށް ވެސް އެއްޗެއް ބުނާ ތަނެއް ނުފެނެ އެވެ. ދެ ގައުމުގެ ގުޅުން ވަރަށް ބަދަހިކަމަށް ބުނެ ނިންމާލަނީ އެވެ. އެކަމަކު އަމަލީ ގޮތުން ފެންނަނީ އެހެން މަންޒަރެކެވެ.

ރާއްޖޭގައި އިންޑިއާގެ އެކި ކުންފުނިތަކާއި އިންޑިއާގެ ސަރުކާރުގެ ބައިވެރިވުމާ އެކު ހިންގާ ތަރައްގީގެ މަސައްކަތާ މެދު ފަހަކަށް އައިސް ސުވާލު އުފެދުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. އިންޑިއާ ބައިވެރިކޮށްގެން ހިންގާ ކަމެއް ނަމަ، އެކަމެއްގެ ސްޕީޑާ މެދު ސުވާލު އުފެދެ އެވެ. ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އިންޑިއާ ބައިވެރި ކުރަން ދިވެހި ސަރުކާރު ވެސް ބޭނުން ނުވާހެން ހީވާ ފަދަ ގޮތަކަށް ކަންކަން ދަނީ ފެންނަމުންނެވެ.

ރާއްޖެ އިން ޗައިނާއާ އެކު އެފްޓީއޭ ގާއިމް ކުރުމާ ހަމައަށް ވެސް އިންޑިއާ އޮތީ ހިމޭނުންނެވެ. އެކަމާ މެދު ރަސްމީ ފެންވަރުގައި އަދި މީޑިއާގައި ވެސް އިންޑިއާގެ އަޑެއް ނެތެވެ. އެފްޓީއޭގައި ރާއްޖެ-ޗައިނާ ސޮއިކުރުމުން ވެސް ރަސްމީ ފެންވަރުގައި އިންޑިއާ ސަރުކާރުން ބަހެއް ބުނެވޭ ވަރުވީ 10 ވަރަކަށް ދުވަސް ފަހުންނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެފްޓީއޭ އަދި އެއްކޮށް ބަލައިނުލެވޭ ކަމަށާއި ރާއްޖެއާ ގުޅޭ ގޮތުން އިންޑިއާގެ ކަންބޮޑުވުންތަކަށް ދިވެހި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، މި ކަންކަން ވަނީ ފެންނަން ފަށައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމާއި މިހާރުގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖޭގެ އިދިކޮޅު ފަރާތަށް ސަޕޯޓްކުރާ ކަމުގެ ތުހުމަތުގެ އިނގިލި އަންނަނީ ދިއްކުރަމުންނެވެ. އޭގެ ނަތީޖާ އަކީ ވަހީދުގެ ވެރިކަމުން ފެށިގެން، އިންޑިއާ އާއި ރާއްޖެ އިން ކުރީގައި ގެންގުޅުނު ގާތްކަން ފަނޑުވަމުން ދިއުމެވެ.

ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވެސް ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް އަވައްޓެރި ގައުމުތަކަށް ކޮށްދޭން ބުނާ ކަންކަން އެގޮތަށް ކޮށް ނުދެވުމެވެ. ހަމައެކަނި ވާހަކަ ދައްކަދައްކައި ތިބުމެވެ. ޒިންމާ ނުނެގުމެވެ.

ޕެނަލް ޑިސްކަޝަންގައި ވާހަކަ ދެއްކެވި ބޭފުޅުންގެ މައިގަނޑު އެއް ވާހަކަ އަކީ ޗައިނާ އަށް ވުރެ ބޮޑަށް، ދެމެހެއްޓެނިވި ގޮތެއްގައި އަވައްޓެރި ގައުމުތަކަށް ކަންކަން ކޮށްދެވޭނެ ގޮތްތަކެއް އިންޑިއާ އިން ހޯދަން ޖެހޭ ކަމެވެ. އަފްޣާނިސްތާނުގައި އިންޑިއާ އިން ކޮށްފައިވާ މިންވަރަށް ވެސް މި ސަރަހައްދަށް ކަމެއް ކޮށްދެވިފައި ނެތް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ރާއްޖޭގެ ސިޔާސީ މީހުންގެ ވިސްނުން

ރާއްޖެ އިން ޗަައިނާއާ އެކު ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން "ރަޖްޔާ ސަބާ" ޓީވީގެ ޕެނަލް ޑިސްކަޝަންގައި ދިވެހި ސަރުކާރުގެ ފަޅިން އެންމެ ކަންބޮޑުވާ އެއް ކަމަކީ މައްސަލަ ހައްލުކުރަން އިންޑިއާގެ އަސްކަރިއްޔާ ބޭނުންކުރުމުގެ ހިޔާލު ދިނުމެވެ. އެފަދަ ޚިޔާލެއް އާންމުކޮށް ފާޅުކުރުމަކީ ސީރިއަސް އަދި ބަލަން ޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެކެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ރާއްޖެއަކީ މިނިވަން، މުސްތަގިއްލު ގައުމެއް ކަމަށް ވާއިރު، އެގޮތަށް ބިރު ދެއްކިގެން ނުވާނެ ކަމަށެވެ. އަދި އެ ޖާގަ ވެސް ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އިންޑިއާ ސަރުކާރުގެ ބަހެއް ނޫން. ނަމަވެސް އެގޮތަށް ޓީވީ ޗެނަލެއްގައި ފާޅުކަން ބޮޑު ގޮތެއްގައި ބުނުމަކީ ހަނގުރާމަ އިއުލާން ކުރުން ފަދަ ކަމެއް. މިކަންކަން މި ހިންގަނީ ވަކި ބަޔަކު ވަކި ގޮތަށް ފީޑްކޮށްގެން،" ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އަށް އިޝާރާތް ކުރައްވަމުން ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ކަހަލަ ވާހަކައެއް އިންޑިއާގެ އެނަލިސްޓަކު ޓީވީ ޗެނަލެއްގައި އާންމުކޮށް ދެއްކެވި މައްސަލަ ދިވެހި ސަރުކާރުން ބަލަން ޖެހޭނެ އެވެ. ދިވެހި ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީތަކުން ވެސް އެކަން ބަލަން ޖެހޭކަން ނިހާން ފާހަގަކުރެއްވި އެވެ.

"މިއީ ސަމާސާއަކަށް ބަޔަކު ދެއްކިޔަސް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާހަކައެއް. ބޮޑު ގައުމަކުން އައިސް ކުޑަ ގައުމަކަށް އަރައި ވެރިކަން ބަދަލުކުރާ ވާހަކަ ދެއްކުމަކީ ސީރިއަސް މައްސަލައެއް. އެ މަންޒަރު ބަލަން ދުނިޔެ ވެސް ނޯންނާނެ،" ނިހާން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އިންޑިއާ ސަރުކާރުގެ ރަސްމީ ބަހެއް ނޫނެވެ. އެއީ "ހަމައެކަނި ޕެނަލް ޑިސްކަޝަން" އެކެވެ. އެކި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތެވެ.

ނަމަވެސް ރިޔާޒް ވިދާޅުވީ ރާއްޖޭގައި ޗައިނާގެ ނުފޫޒު ގަދަވާތީ، އެކަމާ ކަންބޮޑުވެ އިންޑިއާގެ އެނަލިސްޓުން ވާހަކަ ދައްކާ ހިސާބަށް ދިއުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. ސީރިއަސް ވާން ޖެހޭނެ ކަމެކެވެ.

"އޭގެ އަސަރު ރާއްޖެ އަށް ކުރާނެ. އިންޑިއާ ކަނޑުގައި ރާއްޖެ އިން ގެންގުޅެން ޖެހޭނީ އަވައްޓެރިންނަށް އިހުތިރާމް ކުރާ ސިޔާސަތެއް. އެމީހުން ރުޅި އަރުވައިގެން ނުވާނެ،" ސިފައިންގޭގަ އާއި ފުލުހުންގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިން ވެސް ތަރައްގީ ބޭނުން ކަމަށާއި އެކަމަކު އޭގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުރައްކާ ވެގެން ނުވާނެ ކަމަށެވެ.

"މި ކަންކަމާ ގުޅޭ ގޮތުން އިންޑިއާގެ ޓީވީ ޗެނަލްތަކުގައި އެހާ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާ ހިސާބަށް ދިޔައިމާ އޭގެ މާނައަކީ އިންޑިއާގެ ސަރުކާރާ ހަމައަށް ކަންބޮޑުވުންތައް ދަނީއޭ. މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ގައުމުގެ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދާއިރު އެ ގައުމު ވެސް އެކަން ކޮމްޕްރޮމައިޒެއް ނުކުރާނެ. މީގައި މުހިންމީ ވާހަކަ ދައްކައިގެން، އަވައްޓެރިން ރުޅިނާރުވައި މައްސަލަ ހައްލުކުރުން،" ރިޔާޒް ވިދާޅުވި އެވެ.

150 ކޮމެންޓް, 221 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 5%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ

18 December 2017

އިންޑިޔާ އަކު ދޭނެ ފައިސާ އެއް ނެތް .އިންޑިޔާ ކުންފުނި ތަކަކަށް މިގައުމުގާ އިންވެސްޓް ކުރަން ފައިސާ ދޭނެ ބޭންކެއް ނެތް .އިންޑިޔާ ގެ ފަގީރުން ގިނަވެ ބޭރު ގައުމަކަށް އެހީތެރި ވެވޭހާ ތަނަވަސްކަމެއް އިންޑިޔާ އަކުނެތް އެކަމަކު ބަސްކިޔާ ބޮޑު ގައުމަކަށް ވާން ބޭނުންވޭ. މާލޭ އެއާޕޯޓުންނާ ހައުސިން ޕްރޮޖެކްޓް ތަކުން ނަފާ ލިބުނު ފަރާތްތަކުން މިހާރުވެސް ޖީއެމްއާރާ ޓާޓާ އާކެކު ބަޔަކު ހެދިފަދަ އެމީހުނަށް ފައިދާ ބޮޑު ދަވްލަތަށް ގެއްލުން ހުރި އެގްރީމެންޓް ހަދާދޭނޭ ބަޔަކު ރާއްޖޭގެ ވެރިކަމަށް ގެންނަން ބޭނުންވޭ .ބަޔަކަށް މީރުކަމެއް ލިބިފަ އަތުންބީވީމަ އަނެއްކާވެސް އެމީރުކަން އަތުޖެހޭތޯ ނޫޅޭނީ ކާކު ؟މި ހެރެން އުޅެނީ ދިވެހިން އަމިއްލަޔަށް ފޭއްސި އިލޮށިގަނޑު ދިވެހިން ލޮލަށް. އިންޑިޔާ އަށް ރާއްޖެ އަކާ ނުކުޅެވޭނެ .ޗައިނާ ރަސިޔާ ޕާކިސްތާނު ބަންގްލާދޭސް އޮތީ ރާއްޖެ އާއެކު

The name is already taken The name is available. Register?

މުހައްމަދު

18 December 2017

ކޮމެންޓް ކުރާ ބައެއް މީހުން ހާދަ ގައުމީ ވަންތަ ކަމެއްނެތޭ ވަރައް ދެރަވޭ މިގައުމަށް ނިސްބަތްވާ މީހަކަށްވާތީ ތިވިދާޅުވާ އަބުދު ﷲ ރިޔާޒް އަކީ ގައުމިއްޔަތުގެ ލޭހުރި މީހެއްނަމަ ސަރުކާރު ދެކެ ހިތްހަމަ ނުޖެހުނަސް މިގައުމާ ދެކޮޅައް އެއްވެސް ބަޔަކު މިނިކަމެތި ރައްޔަތުންގެ ލޭއޮހޮރުވާ ގައުމުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގަ އަންނަ މީހުނައް ހިތްވަރު ލިބޭގޮތައް ވާހަކަ ނުދައްކާނެ. މިި ނޫސް ވެރިޔާވެސް ސިޔާސީ މީހުންގެ ވާހަކައޭ ކިޔާފަ އަބްދު ﷲ ރިޔާޒްގެ ވާހަކަ އެކަނި މިގެނައީ އޭނަ އެކަނި ހުރީ ސިޔާސީ މީހަކަށް . ވަރަށް ހިތާމަ ހުރި ހަނގުރާމަ އަށް ހިތްވަރު ނުދިނުމަށާއި, މީގެ ނުރައްކާތެރިކަން ހުރިހާ ރައޔަތުން ތަހައްމަލުކުރާނެ

The name is already taken The name is available. Register?

ރައްޔިތުމީހާ...

18 December 2017

އިންޑިޔާއަކީ އެއްވެސް އިރެއްގައި ދިވެހިރާއްޖެއަށް ހެޔޮއެދިގެން އެއްވެސް ކަމެއްކުރިބައެއްނޫން އަދި ކީއްކުރަން މަކަރާއި ހީލަތްހެދުމުގައި މުޅިދުނިޔެއަށްވެސް މަޝްހޫރުބައެއް .. މިހާރުވެސް ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ބައެއް ތަންތާގައި ޑޯގްއާއި އިންޑިޔާމީހުން ނުވެއްދޭނެކަމަށް ޖަހާފައޮންނާނީ ކިހާވަރެއްވީމަބާ ! ވަރަށް ސަލާމް

The name is already taken The name is available. Register?

ދެރަކަލޯ

18 December 2017

މަނުބުނާނަން އެއްބަސްވެސް ހައްޕު

The name is already taken The name is available. Register?

ޝޭނާ

18 December 2017

. ހަނދާން ކޮއްލަބަލަ ނޮވެމްބަރު 3 ގެ ހާދިސާއައްފަހު އިނޑިޔާ ސިފައިން ރާއްޖޭން ނުދިޔަނަމަ ވާނެ ގޮތާއި މެދު.. އެކަމަކު އެމީހުން ދިޔައީ ދޯ.. އެއީ އޭރުގަ ގެންގުޅުނު ރަނގަޅު ސިޔާސަތުގެ ސަބަބުން . ބޮޑުކަމެއް ދިމާވެގެން އިންޑިޔާސިފައިން މިތަނައް އަރައިފިނަމަ އެހޭފަސޭހަޔަކުން ނުދާނެ.. އެއީ މިހާރު މިގެންގުޅެނީ ހޮސްޓައިލް ޕޮލިސީއެއްކަމައް ވާތީ.. ތަރައްގީ އާއި އެއްވަރައް ސަރަހައްދީ ސުލްހަވެސް އަދި އެކަމާއިގުޅޭ ޕޮލިސީވެސް އަންނަންޖެހޭ ސަރަހައްދުގެ އެންމެން ހިންހަމަޖެހޭ ގަބޫލުކުރާކަމަކައް ވާން.. އިންޑިޔާ އާއި ޗައިނާއާއި ދެމެދު ސަރަހައްދީ ޑިސްޕިއުޓެއް ބިމާއިގުޅިގެން އެބަ އޮތްކަން. އެކަން އެހެން އޮތްވާ ޗައިނާއާއި ގުޅުން ބަދަހި ކުރާއިރު އެކަމުގައި އަހަރެމެން މިންގަނޑުތަކެއް ގެންގުޅެން ޖެހޭ.. އެހެނީ އަޑުއަހަމެއް ކިޔާއަޑު 'މައި އެނޭމީސް އެނެމީ އިޒް މައި ފުރެންޑު'.. އަހަރެމެން އިންޑިޔާގެ އެނެމީއަކާއި މާ ގުޅުން ބޮޑުކުރާން ފަށާފިއަޔާ އެމީހުން ދެކޭނީ އަހަރެމެންނަކީ އެނެމީސްތަކެއް ކަމައް.

The name is already taken The name is available. Register?

މޮޑެ

18 December 2017

އެގޮވާލަނީ ފޭރުމަކައް އިންޑިޔާ މީހުންނަކީ ފޭރުމާ މަކަރާ ހީލަތް ހެދުމުގަ ދުނިޔޭގަ ނެތްވަރުބައް އޮޅުވަލުމާ ގެއްލުންދިނުމައްލޯބި ކުރާ ނާތަހުޒީބު ބައެއް

The name is already taken The name is available. Register?

ޔެސް

18 December 2017

ރޭޕްވެސް

The name is already taken The name is available. Register?

‫ޔޔޔ

18 December 2017

‫ދިވެހިންގެ "މޮނޮތީސްޓިކް" ގައުމީ އައިޑެންޓިޓީ އަކާ ޒަމާނުންސުރެ އިންޑިއާގެ "ޕޮލީތީސްޓިކް" އައިޑެންޓިޓީ އަކާ ނުގުޅޭ. ތީ ކަލްޗަރަލް ކަމެއް, ގުޅުން ގޯސް ވަނީކީ ނޫން. ވީ ޖަސްޓް ޑޯންޓް ލައިކް ދެމް.

The name is already taken The name is available. Register?

ސައީދު.

18 December 2017

މިހާރު ހިތަންއަރާ ރައީސް މައުމޫނުގެ ޙާރިޖީ ސިޔާސަތުގެ މޮޅުކަން.

The name is already taken The name is available. Register?

އެދުރުބެ

18 December 2017

މޮޅެއް ނޫން. ދަށުވެގެން މިއޮތް ހާދުވަހު އޮތީ. އަދިވެސް އެހެން އޮވެވިދާނެ. ދިވެހެން އަށް ލާބަ އައި މަންފާ އޮތީ ހަށިފޮޅާފައި އިސްކޮޅަށް ތެދުވުމުން. ވަރިހަމަ ކިތައްމެ ކުރަސް.

The name is already taken The name is available. Register?

ނަސްރު.

18 December 2017

މީގެން މިއިގެނީ ހަރުދަނާ ޙާރިޖީ ސިޔާސަތެށް މި ގައުމުގާ ނެތްކަން. މީ ވަރަށް ދެރަ ހިތާމަހުރި ކަމެއް.

The name is already taken The name is available. Register?

ތުންޔާ

18 December 2017

ގެރީގެކުޑަކަމުދާ ތަކެތީން ސޮފްޓު ޑުރީންކާއީ ސައީބޯނީ ހަދާ ބަަޔަކާއީ ގުޅުން ބަދަހީ ކުރާކައް ބޭނުމެއްނޫން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454