ކޯސްޓްގާޑްގެ އުޅަނދެއް: ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސީޝެލްސްގެ ބޯޓެއް މިއަދު ވަނީ ހިފަހައްޓާފައި --ފޮޓޯ/އެމްއެންޑީއެފް
14 ޖެނުއަރީ 2018 - 18:46
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސީޝެލްސްގެ މަސް ބޯޓެއް ދިވެހި ސިފައިން މިއަދު ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅުނު އެ ބޯޓު ފެނުނީ ލ. ކައްދުއާ 38 މޭލު ދުރުން ރާއްޖޭގެ މަސް ދޯންޏަކަށް ކަމަށެވެ. އެކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިގެން އެ ބޯޓު ހިފެހެއްޓިއިރު އޭގައި ތިބީ ސްރީ ލަންކާގެ ހަ މީހަކު ކަމަށާއި އެ ބޯޓު އޮތީ މިހާރު ކޯސްޓްގާޑްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އެ ބޯޓު މިރޭ ދަންވަރު ކައްދު އަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސީޝެލްސްގެ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިއަދު އަތުލައިގަތްއިރު ކަނޑު ފޭރޭ ދެ ބޯޓެއް ވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ އަތުލައިގެންފަ އެވެ. އެ ދެ ބޯޓުގައި 22 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭމު
15 January 2018
ބޭރުގެ މަސް ބޯޓް ފަހަރު ޤަވާއިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދަށް ވަނުމަކީ ވަރަށް ނުރައްކާތެރި މައްސަލައެއް އުދެދި ދާނެ ކަމެކެވެ.މި ކަމުގެ ސަބަބުން ދިވެހި ސަތުކާރު ޕްރެޝަރު ވާނެ ކަމެ ކެވެ.އެހެނީ ރާއްޖޭގެ ސަރަހައްދަށް ޤަވާއިދާ ޚިލާފަށް ވަދެ އުޅޭ ބޭރުގެ މަސްބޯޓް ފަހަރު ހުއްޓުވުމަކީ ދިވެހި މަސްވެރިން އެއްމެ ބޭނުންވާނެ އެއްކަންތަކެވެ. ހަމަ އެހެންމެ ބޭރުގެ މަސްބޯޓަ ފަހަރު ހުއްޓުވުމަކީ އަވައްޓެރި ޤައުމު ތަކާއި ރާއްޖެ އާއި ދެމެދު ބައިނަލް އަޤްވާމީ މައްސަލަ އެއް ޖެހުން ވެސް މެދުވެރި ވެދާނެ ކަމެކެވެ.އަދި ބޭކާރު ގޮތެއްގައި ބޭރު ބަޔަކު ރާއްޖޭގައި ބައިތިއްބާގެން ސަރުކާރުން ޚަރަދު ކުރުމަކީ ވެސް ކުޑަ ލަމެއް ނޫނެވެ.ވީމާ ސަރުކާރު އެއްމއ ބޭނުން ވާނީ ބޭރުގެ މަސްވެރިން ރާއްޖޭގެ ސަރަހައްދަށް ނުވަނުން ކަމަށް ޤަބޫލް ކުރެވެއެވެ.
ކެބްރީ
15 January 2018
ހާދަ ބޯޓެއް ފެނެއޭ ދޯ. ކުރިންވެސް ތިބޯޓްތަށް އުޅޭ އަދި އެމީހުން ކުރާކަންވެސް އެނގޭ. ހުސް ފޭކް.
ސަބްރީ
15 January 2018
ލޮލުން ބަލާފައި ވެސް މި ބުނަނީ ހުސް ފޭކް އޭ..މަށަށް ހީވަނީ" ކެބަރީ" ހެން ފޭކީ.
ކުޑައަލީ
15 January 2018
މީގެކުރިން ކަނޑުމަތި ބަލަހައްޓާވަރާ ގާތަށްވެސް މިދިޔަ ދެތިން ހަތަރު އަހަރުދުވަހު ބެލެހެއްޓިފައެއްނެތް. އެހެންނަމަވެސް މިހާރު އާދަޔާޚިލާފަށް ބޭރުގެ އުޅަނދުވަފަރު ރާއްޖޭގެ ސަރަހައްދަށް ގިނަވުމަކީ މައްސަލައެއް. އެހެންވެ ޚައްސަ ސަމާލުކަމެއް ދެއްވައިގެން ކަނޑުމަތި ބެލެހެއްޓުމަކީ ވަރަށް މުހިންމުކަމެއް.
އަހުމަދުބެ
15 January 2018
އެބަ ރަނގަޅުވެއެވެ. ރިޕޯޓްކުރީމަ މައްސަލަ ބަލާ ފިޔަވަޅު އަޅައެވެ.
މޮޔަމީހާ
14 January 2018
ހިތުން މޮޅު ގޭމެއް ޖައްސަނީ
ވޯޓައިމްސް
14 January 2018
މިއުޅެނީ ވަގު އޮޑިދޯނި ފަހަރު ފެންނަ މޫސުމެއް އައިސްގެންތަ? މިއީ އިއްތިފާގެއްތަ? ލަފާ ކުރެވޭ ގޮތުގަ އާންމުކޮއް ވަގު ބޯޓުތައް ރާއްޖޭ ކަނޑައް ވަދޭ.. އަަބަދު ކޯސްޓް ގާރޑުން އަތްފުނާ ނާޅާތީވެ ނުހިފެނީ... މިއީގެން އަނގައިދެނީ އަހަރަމެންނައް އަހަރަމެންގެ ބޯޑަރު ބެލޭ މިންވަރު..
އަލިކޮއި
15 January 2018
ކަމެއް ރަނގަޅައް ކުރީމަ ބަލައިގަންނަން ވީއެވެ.
މާޝަލް
14 January 2018
ކިހިނެއްތަ މި ވަނީ އަނެއްކާ؟ ވެދާނެ ނުބައި ކަމެއްގެ ފާލަކައްވެސް. މުޅި ނޫހުގަ ތި ވާހަކައެއް. ކޮންމެ ދުވަހަކު.
ތަކުރާ
14 January 2018
ރާއްޖޭގެ ކޯސްޓުގާރޑުންގެ ހިތްވަރަށް ވަރައް ބޮޑަށް ޝުކުރުދަންނަވަން، ހަމަ މިއާއި އެކު ކޮމާންޑިން އިން ޗީފު ރައީސު ޔާމިނު ތިޔަ ބޭފުޅުންނައް ދެއްވަމުން ގެންދަވާ އިރުޝާދުގެ ދަށުން ކުރައްވަމުން ގެންދަވާ ހިތްވަރު ބަލައިގަންނަނީ އުފަލުން...އާދެ! ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮންނަނީ ހިތްވަރުގަދަ ލީޑަރެއްގެ ފަހަތުގައި ތިބެގެން.. މިއީ އެއްވެސް އޮޅުމެއް އޮތްކަމެއްނޫން.... އަދި މިފަދަ އިހުސާސް ތަކަކީ ފަހަރެއްގައިވެސް ޕޮލިޓިކަލް ނަޒަރަކުން ބަލަންޖެހޭނެކަމެއްވެސް ނޫން...ކޮން،މެ ދިވެހި ރައްޔަތަކުވެސް މިފަދަ އިހުސާސުތައް ކުރުމަކީ ގައުމީއްޔަތެއް..... ތިޔަ މަސައްކަތުގެ ނުރައްކަލާއި ބުރަ އިހުސާސު ކުރެވޭނީ ތިޔަ ދާއިރާގައި ސާރވް ކޮށްފަ ތިބިބަޔަކަށް...
ސާބަހޭ
15 January 2018
ޤައުމެއްގެ ބޯރޑަރު ބެލެހެއްޓުމަކީ ރައީސަކަށް ހުންނަ މީހާއާ ގުޅިފައޮންނަ ކަމަކަށް ވާކަށް ނުޖެހޭ. ޕޮލިޓިކަލް ކަމަކަށް ނުހަދާށޭ ކިޔާފަ "ތަކުރާ" ހަމަ ބޮޑު ސަނި ސޮނިފައިބާވަރުގެ ހުޝާމަދެއް މިހާރުގެ ރައީސަށް ކޮށް ބަންޑުން ތިކޮށްލީ.