ގާސިމްގެ ހޮޮލިޑޭ އައިލެންޑް ރިސޯޓުގައި މުޒާހަރާކުރަނީ.-- މިހާރު ފޮޓޯ
21 ޖެނުއަރީ 2018 - 21:09
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަށްތަކަށް އަރައިގެން އެ ހިންގަނީ އިގުތިސޯދީ ޖަރީމާއެއް ކަމަށާއި އޭގެ އަސަރު ރާއްޖޭގެ ފުދުންތެރިކަމަށް ވެސް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ވިލާ ކުންފުނީގެ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން އެ އިދާރާއިން ފަށާފައިވާ އޮޕަރޭޝަން ކުށްވެރިކޮށް އަދީބު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބިނާވެފައި އޮންނަނީ އަދި ރާއްޖެ އިސްތިހާރު ކުރުމުގައި ބޭނުންކުރާ އެންމެ ބޮޑު ކަމަކީ މި ގައުމުގެ ހަމަޖެހުމާއި ޓޫރިސްޓުންގެ ޒާތީ މިނިވަންކަމެވެ.
ނަމަވެސް އެކަންތަކަށް ބެލުމެއް ނެތި، ޓޫރިސްޓުންގެ ކުރިމަތީގައިި ދައުލަތުގެ އިދާރާތަކުން ހިންގާ އަމަލުގެ ސަބަބުން މުޅި ސިނާއަތަށް ގެއްލުން ލިބޭނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
"މިއީ ގާސިމް އިބްރާހިމަށް ދެވޭ ގެއްލުމަކަށް ވުރެ ބޮޑަށް ފަތުރުވެރިކަމުގެ މުޅި ސިނާއަތަށް ދިގު މުއްދަތަކަށް ދެވޭނެ ގެއްލުމެކެވެ. މިފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. ގާސިމަކީ ދިވެހި އެތައް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދެމުން ގެންދަވާ، ދިވެހި އިގުތިސޯދުގެ މައި އެއް ތަނބެވެ. އަދި އެތައް ދިވެހި ރައްޔިތުންނަށް ތައުލީމުގެ ފުރުސަތު ފޯރުކޮށްދީ، އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާ ދިވެހި ގައުމުގެ ހާދިމެކެވެ،" ނައިބު ރައީސް ކަމުގައި ހުންނެވި އިރު އެންމެ ބޮޑު ހަތުރާ ބެހޭ ގޮތުން އަދީބު ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
ރާއްޖެއިން މިހާރު ފެންނަނީ ސިޔާސީ ފަރާތްތައް ފުނޑުފުނޑު ކޮށްލަން ސަރުކާރުން، ދިވެހިންގެ ވަޒީފާ އާއި ދިރިއުޅުން ހަލާކުކޮށްލަން ފަސްނުޖެހޭ ތަން ކަމަށާއި ކުއްލި ހާލަތު އިއުލާނުކުރުމާއި ސިޔާސީ ފަރާތްތައް ޖަލަށް ލުމުގެ ނަތީޖާއެއްގެ ގޮތުން، އިގުތިސޯދީ ބޮޑު ޕްރޮޖެކްޓެއް ވެސް ނުލިބި ގައުމު ދަަރަނިވެރިވެ އެކަހެރިވެފައިވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
ގާސިމްގެ ވިޔަފާރިއަށް ދަތިކޮށް އޭނާ ކޮންޓްރޯލްކޮށް ގެންގުޅުމަކީ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ސިޔާސަތެއް ކަން ވެސް ފާހަގަކޮށްފައި ވެ އެވެ. އަދި އަދީބު އިސްވެ ހުންނަވައި ހެދި ސެޓްލްމަންޓް އެގްރީމަންޓަށް ބެލުމެއް ނެތި ގާސިމްގެ ފަޅުތަކާ ރަށްތައް އަތުލަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ކަސްޓަމްސްއިން އިއްޔެ ފަން އައިލެންޑަށް އަރައި ގިނަ އަދަދެއްގެ ރާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު އެހެން ތިން ރިސޯޓެއް ކަމަށްވާ ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓަށް އަރައި އެ ތަންތަން ފާސްކޮށް، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ބަނގުރާ ގެންދާނެ ކަން ވަނީ އަންގައިފަ އެވެ. ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ހުއްޓާލާފައިވާއިރު ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެކަން ކުރީ މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، އެތަނުގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ. އޭގެ އިތުރުން މިއަދު ވަނީ ރޯޔަލް އައިލެންޑް ރިސޯޓަށް ރަލާއި ބަނގުރާ އެތެރެކުރުމަށް ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ހިފަހައްޓާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަޓިސްޓް
22 January 2018
އަދިވެސް ޔައްޔިތުންނަށް ދޭއަނިޔާއޭ އަނެކަށްޗޭކިޔާ؛؛؛؛؛؛؛؛؛؛؛؛ ފުރަތަމަ ސަރުކާރަށް ދައްކަންޖެހޭ ދަރަނި އަދާކޮށްބަލަ؛؛؛؛؛؛؛؛؛ ސޭޓުތީ ގާނޫނުގެ މަތީގަހުރެވޭނެ މީހެއްނޫން؛؛؛؛؛؛؛؛؛؛ ސޭޓުވީމަ ވަކިގޮތެއްނެހެދޭނެ؛؛؛؛؛؛؛؛ ސައިޒުގަހުރޭ؛؛؛؛؛؛؛؛؛؛
ޔާމޫނު
22 January 2018
ނުބައި ވެރިކަމެކެވެ.
ޑިމޮކްރަޓިސްޓް
22 January 2018
އަދިވެސް ވެރިކަންދޯ ނުބައި؛؛؛؛؛؛؛؛؛؛؛؛ ކަލޭ ތި ސަޕޯޓްކުރާ ބުރުމާ ގާސިމް ކައިރީ ބުނެބަލަ 10މަސްދުވަސް ވަންދެން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދައްކާށޭ؛؛؛؛؛؛؛؛؛؛؛ އޭގެފަހުގަ އެހެންމީހުން ލޮލުގަ އަނދުންއަޅުވަން އުޅޭށޭ؛؛؛؛؛؛؛؛؛ މިކަހަލަ މީހުންގެ ވިސްނުން މިހުންނަނީ އެމީހަކު ސަޕޯޓްކުރާމީހެއްވިއްޔާ ގާނޫނު ނުހިނގާ ކޮންމެކަމެއް ކުރިޔަސް އެމީހާކުއްވެރި ނުވާހެން ގަވާއިދުހަދަންވީ؛؛؛؛؛؛؛؛ ވަކިމީހަކުވީމަ ދޫކޮށެއްނުލެވޭނެ؛؛؛؛؛؛؛؛ އެހެޔޮ މަވިޔަސް ކަލޭވިސް؛؛؛؛؛؛؛؛؛ ތިހެން އުޅެން ބޭނުމިއްޔާ ގޮސް ކޮންމެސް އެހެން ގައުމެއްގައޮވޭ؛؛؛؛؛؛؛؛؛؛ ކިތެންމެވަރަކަށް މިކޮމެންޓަށް ޑިސްލައިކުޖެހިޔަސް ހަގީގަތްވާނީ ހަގީގަތަށް؛؛؛؛؛؛؛؛؛؛؛؛
ދޮންމަނިކުބެ
22 January 2018
ވިލާ ގުރޫޕުން ވޭތުވެދިޔަ 10 މަސް ދުވަހު ޖީއެސްޓީއާއި ގްރީން ޓެކްސް ނުދައްކާ ކަމަށް މީރާއިން ވަނީ ބުނެފަ. ވިލާ ގުރޫޕުގެ ބައެއް ރިސޯޓުތަކުންވަނީ ބަނގުރާ އެތެރެކުރުމާއި ވިއްކުމުގައި އަމަލުކުރަން ޖެހޭ އުސޫލާ މުޅިން ހިލާފުވެފަ. އަދި ވިލާގެ ބައެއް ރިސޯޓުތަކުން ދައްކަން ޖެހޭ ޖީއެސްޓީއާއި ގްރީން ޓެކްސް ނުދައްކާތީ އެ ފައިސާ ދައްކަން ތަކުރާރުކޮށްވަނީ އަންގާފަ. މިހާރުވެސް ވިލާ ގުރޫޕުން ބައެއް ފަޅުތަކަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވޭ. ނޯވަން އިޒް އެބައުދަ ލޯ. ކޮބާތޯ ހަޔާތް..ލަދު.. 10 މަސް ދުވަހު ޖީއެސްޓީއާއި ގްރީން ޓެކްސް ނުދައްކާ. މުވައްޒަފުން ނެރިގެން މުޒާހިރާކޮށްގެން ނުވަތަ އިދިކޮޅޭމެން މުޒާހިރާކޮށްގެން ނުވަތަ އިންޓަވިޔުތައްދީގެން ހީނުކުރާތީ ޖީއެސްޓީއާއި ގްރީން ޓެކްސްއިން ރެކެވިދާނެކަމަށް. ޖެހޭނީ ދައްކަން. ރިސޯޓެއް ވިއްކާލައިގެންވެސް މިފައިސާ ހޯދުމަކީ ސަރުކާރުން ކުރަން ލާޒިމުކަމެއް. ރައްޔިތުންގެ ޙައްޤުގަ. ޤައުމުގެ ޙައްޤުގަ.
އެއީ ކުށެއް
22 January 2018
ޝައްކެއް ވެސް ނެތް.
އެދުރުބެ
22 January 2018
ގާސިމގެ ތަނބު އަދި ކިތައްމެ ބޮޑަސް ޓެކްސް ދައްކަން ވާނެ. މަހީކރީ ވަރަށް ގަޓު ހުރި ކެރޭ މީހެއް ކަމަށް. ޢަދި ކރިޔާތަ މި އެނގެނީ ގާސިމްގެ ފެންވަރު. ޓެކްސް ނުދައކާ 10 މަސް. ދެން ބޮޑުވަރު
ދޮންމަނިކުބޭބެ
22 January 2018
ކޮބާ ވިލާ ގްރޫޕް. ކޮބާ އިދިކޮޅޭމެން. ކޮބާ ކުނޫޒަށް އެއްވާ ގްރޫޕް. ކޮބާ އާޓިފިޝަލް ބީޗް ސަރަޙައްދައް އެއްވާ ގުރޫޕް. ކޮބާ ވިލާ ރިސޯޓްތަކުގަ މަސައްކަތްކުރާ މީހުން. ތިޔަބައި މީހުނަށް ވިލާ ގެ ފެންވަރު އެގިއްޖެބާ. އަދިވެސް ފާޑުފާޑުގެ ވާހަކަ ދައްކާ. މިއޮތީ ބޮޑު ބޭޒާރުވެފަ. ވިލާގެ ދަރަނިތައް އޮތް މިންވަރު މިއޮތީ އެގެން. ވިލާގެ ރިސޯޓެއް ވިއްކާކައިގެންވިޔަސްހެޔޮ ލަސްނުކޮށް ފައިސާ އަތުލުމަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހިފައިވާ ޤައުމީ މަސައްކަތެއް. މީދެންވަރަށް ވާހަކަ. އެމަންޒަރު އަޅުގަނޑަށް އެބަ އިޙްސާސްވޭ.
ޢަލީބަލީ
21 January 2018
އަދީބު ޖަލުގައޮވެގެން ޤާސިމަށް ޖޯކްޖަހަނި. އެނޫން އެހެންކަމެއްނޫން. މީހުރިހާވެސް ގޯހަކީ.
ހުސޭނުބެ
21 January 2018
ކިތަންމެ ވަރަކަށް ޑްރާމާ ކުޅުނަސް ހެޔޮ!! ގާސިމް ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނެ!! ތިޔަ ޑްރާމާތައް ބަލާ ބަޔަކު ބަލަންތިބޭ!! ދައުލަތުގެ ޓެކްސް އިދާރާއަށް ވިލާ ކުންފުނިން ދައްކަންޖެހޭ ގާތްގަޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ ދައްކަންޖެހޭނެ!! އެފައިސާ ނުދައްކާނަމަ އެފައިސާ ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ނަމަވެސް ހޯދަންޖެހޭ!! އެކަން އެމަގުން ހިގަން ފަށާފަ މިހާރު މިވަނީ!! ވިލާ ކުންފުނިން ދައުލަތުގެ ޓެކްސް އިދާރާ އާއި ވާހަކަ ދައްކައިގެން އެފައިސާ ދައްކަން ދެފަރާތުން އެއްބަސްވެވޭ ލުއި ގޮތެއް އޮތްތޯ ބެލުން އެންމެ ބުއްދިވެރީ!! ސިޔާސީ މީހުން ލައްވާ ފާޑުފާޑުގެ ތެދު ނޫން ޚަބަރު ފެތުރުމާއި ރިސޯޓްތަކުގެ މުވައްޒަފުން ލައްވާ ޑްރާމާތައް ނުކުޅުވާ!! އެއިން ވާނެ ފައިދާއެއް އޮތްހެނެއް ހީނުވޭ!! މިސަރުކާރުގެ ކަންފަތައް އަދި ލޯތަކަށް އެފަދަ މަންޒަރުތައް ނާރާނެ އަދ އަޑެއް ނީވޭނެ!! އަދ އަޑު އިވުނަސް ފެނުނަސް އަޅާނުލާނެ!! ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު ދާނީ އަޅަމުން!!
މުރާސިލް
21 January 2018
އަހަރެމެން ރައްޔިތުންގެ ޓެކްސް ފައިސާ ގާސިމް ހިފަހައްޓައިގެން އެހިންގަނީ މާބޮޑު ޖަރީމާއެކެވެ.
ޕޮކަންޑިމޭން
21 January 2018
ޖަލުގައި އޮތް ގައިދީއެއްގެ ނަމުގައި ރެލަވަންޓްވާން ވެގެން ވަކީލުން މޮޅެތި ބަޔާން ނެރެނީ. އަދީބްގެ ޗާލާ ޒަމާނުގައި ޤާސިމްއަށް ޖެއްސި ހާލާއި ކުރި މަލާމާތާއި ކީއެއްޗެހި މިހާރުވެސް ނޫސްތަކުގެ އާކައިވްތަކުގައި ފެންނަން އެހެރީ.
އުނބުށެން
22 January 2018
އަދީބަކަސް ޗާލާކީ ވެވުނީ މީހަކު ކޮށްދިނީމާ. އޭނާ ކުރި ކަމެއް ވިއްޔާ ކުރީ އެތައް ބަޔެއްގެ ފުށުން އެނގެމުން ދަނިކޮށް ވެސް ކުރުވާނެ ފަރާތެއް ހުރީމާ. ބޮޑު ސޯބު އަނބުރަން ނެތިއްޔަކާ ކުޑަސޯބަކަށް ނޭނބުރުވޭނެކަން އެންމެންނަށްވެސް އެނގޭނެ.