ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އަޅުގަނޑަށް ކެހި ދެނީ އެންމެ ކައިރީގައި އުޅުުނު މީހުން: ރައީސް

އެ މަނިކުފާނަށް އަބަދު ވެސް ކެހިދެނީ އެންމެ ކައިރީގައި އުޅުނު މީހުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެ މޭރުމުން މިރޭ ވާހަކަފުޅު ދައްކަވާފައިވާ އިރު، އެ މަނިކުފާނުގެ ނައިބު ރައީސްގެ ގޮތުގައި އައްޔަން ކުރެއްވި އަހުމަދު އަދީބު، އެ މަނިކުފާނު އަވަހާރަ ކޮށްލަން ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަން ވަނީ ސާބިތުވެފަ އެވެ.

ޕީޕީއެމުން މި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޝްވަތުގެ ތުހުމަތުގައި މިހާރު ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަކީ އެ މަނިކުފާނު ވަރަށް އިހުތިރާމް ކުރެއްވި ދެ ބޭފުޅުން ކަމަށެވެ. ނަމަވެސް އެކަމަށް "ބޮޑު ކިލަނބުކަމެއް" މިހާރު އައިސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާތަނަށް އެ މަނިކުފާނަށް ކެހި ދެނީ އަރިހުގައި އުޅުނު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އަބަދުވެސް ކެހި ދެނީ އަޅުގަނޑާ އެންމެ ކައިރީގައި މަސައްކަތް ކޮށްފަ، އަދި އެ ބަޔަކަށް އަޅުގަނޑު އެންމެ އެހީތެރިވި މީހުން މިއަދާ ހަމައަށް އެންމެ ކެހި ދީފައި ހުރީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޖަލު ހުކުމްތަކެއްގައި ތިއްބެވި ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅުވައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެކަން ކުރެއްވީ އަމިއްލަ މަގުސަދަށްޓަކައި އެ ދެ ބޭފުޅުން އިސްވެ ތިއްބަވައިގެން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ތެރެއިން އެ މަނިކުފާނުގެ ވެރިކަން ހުއްޓުމަކަށް ގެނައުމަށް އެ ދެ ފަނޑިޔާރުން މަސައްކަތް ކުރެއްވި އިރު، އެ ކޯޓުގެ ބެންޗުގައި އެ ދެ ފަނޑިޔާރުން ހިމެނުއްވީ އެ މަނިކުފާނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި އަލީ ހަމީދު ހިމެނުމަށް އެ މަނިކުފާނު އެއްބަސް ނުވާނެ ކަމަށް އޭރު މަޖިލީހުގައި އުޅުއްވި އިސް މެމްބަރުން ގަބޫލު ކުރެއްވި ނަމަވެސް، އަލީ ހަމީދަށް އެ ފުރުސަތު ދިނީ އެ މަނިކުފާނު އެއްބަސްވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް އޭރުގެ ރައީސް މުހައްމަދު ނަޝީދު ފޮނުވި ލިސްޓުގައި އަބްދުﷲ ސައީދުގެ ނަން ނުހިމަނާ ކަމަށާއި އެ ލިސްޓުގައި އަބްދުﷲ ސައީދުގެ ނަން ހިމެނުއްވީ އެ މަނިކުފާން ކަމަށް އޭރު ޕީއޭގެ ލީޑަރަކަށް ހުންނެވި ރައީސް ޔާމީން ވިދާޅުވި އެވެ.

13 ކޮމެންޓް, 82 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 17%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ

22 October 2018

ކެހި ލިބިގަތީ އަމިއްލަފުޅަށް . އެންމެ ގާތަމީހާ ބޭނުންވާގޮތަށް މަގުކޮށަންފެށުމުން އިހްލާސްތެރިން ދުރުވެގެންފި . އެއީ އިހްލާސްތެރިން ޖަލުގެ ގޮޅިތަކަށް ވައްދަންފެށުމުން. މިއަދު ތިޔަހެންވީ މައުމޫން ވިދާޅުވި ކަންކަން ގަބޫލު ނުކުރުމުން .

The name is already taken The name is available. Register?

ސަޅިބައިސާ

07 February 2018

ތިމާ ނުރުހޭގޮތަށް ހުކުމެއް ކޮށްފިއްޔާ ކެހިދިނީ. ރުހޭގޮތަށްހުކުން ކޮށްދިނީމަ ބަރާބަރު. ސިކުނޑިވެސް ގޮވާނެ މިވަރުވީމަ.

The name is already taken The name is available. Register?

ރަގަ

07 February 2018

ތައުބާވެ ލައްވާ، އުޅުން އިސްލާހުކުރޭ

The name is already taken The name is available. Register?

ވާގޮތެއް ނޭގުނު

07 February 2018

ޢަންނިއަށް ވެސް ކެހިދިނީ ނާޒިމް ރިޔާޒް ޤާސިމް ޑީޑީ އަދި ހަމަ އެމް ޑީ ޕީ ގެ އެންމެ އިސްސަފުގެ މީހުން އެކަމު އަންނި ހަމަ އެމީހުން ކިހިލިޖަހައިގެން އެބައުޅޭ

The name is already taken The name is available. Register?

އަޖީތު

07 February 2018

ތިޔަބޭފުޅާ ކެހި ދެއްވަނީ އެންމެނަށް.

The name is already taken The name is available. Register?

އަހުމަދުބެ

07 February 2018

މައްސަލަ އަކީ އެކަނި ކާން ބޭނުންވާތީއެވެ. އެހެން މީހުން ކާތީ ޖަލަށްލަނީއެވެ. މާބޮޑަށްދަހީއެވެ.

The name is already taken The name is available. Register?

އެމްސް

07 February 2018

ކެހި ލިބުނު މީހުން ތެރޭވެސް އެންމެ ގާތް ކޮށްގެން އުޅުނު މީހުން އެބަ ހިމެނޭ

The name is already taken The name is available. Register?

ބަނދަރު ކާޅު

07 February 2018

ކިހިނެއްތޯ ވަގަކަށް ފިލާހުރެ ތިމަންނަގެ މައްސަލައެއް ނުބެލޭނެޔޭ ބުނެވޭނީ. މިހެން ވިދާޅުނުވޭތޯ.

The name is already taken The name is available. Register?

އެކްސް

07 February 2018

އަދި ހަމަ އެހެންމެ އެންމެ ގާތުގައި އުޅޭމީހުންނަށްވެސް ކެހިދެނީ ރައީސް. މިސާލަކަށް އަޙްމަދު ނާޒިމާއި އަދީބު!

The name is already taken The name is available. Register?

ފުންއަސަރު

07 February 2018

ރައީސަށްވެސް އެނގިވަޑައިގަންނަވާ ފަދައިން ތީކީ އާކަމެއްނޫން. މީހަކަށް ބޮނޑިއެއްދޭނަމަ ހަމަ އެންމެ ފަސޭހަވާނީ ކައިރީގާއުޅޭ، ގާތުގާ އެކުގާ މަސައްކަތްކުރާ މީހަކަށް ބޮނޑިއެއްދޭން. އެންމެނަށްވެސް އެންމެ ފަސޭހަވާނީ އެގޮތް. ރައީސްވެސް ދަސްކުރައްވަންވީ ގާތުގާ ގެންގުޅުއްވިޔަސް، ދުރުނުކުރެވޭވަރަށް ގާތް ނުކުރުމަށާ، ދުރުކޮށްލިޔަސް، ވާހަކަދައްކާ ނޫޅެވޭވަރަށް ދުރުކޮށް ނުލުމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454