ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިޔާދު (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
16 ފެބުރުއަރީ 2018 - 17:05
މިއަދުގެ ހުކުރު ޚުތުބާ އިސްލާމީ ޝަރީއަތާ ޚިލާފު ނުވާނެ ކަމަށާއި އޭގައި ބަޔާން ކޮށްފައި ވާނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ދީނީ އިލްމުވެރިންނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން މިސްކިތްތަކުގެ އިމާމުންނަށް ފޮނުވާފައިވާ ޚުތުބާގެ މައުޟޫއަކީ "ޙާކިމާ [ވެރިމީހާ] އަކީ ނިއުމަތެއް" މި އެވެ. ޚުތުބާ ލިޔެފައި ވަނީ ވެރިމީހާ އަށް ކިޔަވަންވުމުގެ މައްޗަށެވެ. އެހެންވެ، އެ ޚުތުބާއަށް ފާޑު ކިޔައި ގިނަ އިލްމުވެރިންތަކެއް ގެންދަވަނީ އެ ބޭފުޅުންގެ ރައުޔު ހާމަކުރައްވަމުންނެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޒިޔާދު ވިދާޅުވީ، ޚުތުބާތަކުން މީގެ ކުރިން އަބަދުވެސް އަޑު އިވެނީ މިސްކިތުގެ ކުޑަދޮރުން ކުޅު ޖަހާ ވާހަކަ އާއި ޚަތިމް ވަގަށް ގެންދާ ވާހަކަ އާއި ކުނާތައް ގެންދާ ވާހަކަ ކަމަށެވެ. އެކަމަކު، މިހާރު ޚުތުބާތައް ތަފާތުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަސްލު ޚުތުބާތަކުގެ މަގުސަދާ އެއްގޮތް ވާ ގޮތުގެ މަތިން ޚުތުބާތައް ދެވެން މި ފެށީ،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިއަދުގެ ޚުތުބާގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ވެސް ނޯންނާނެ އެވެ. އަދި ޚުތުބާގައި ވަނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ޚުތުބާ އަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ލިޔެފައިވާ ޚުތުބާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވެރިންނަށް ކިޔަމަންވާން ޖެހޭ ސަބަބެއްގެ ގޮތުގައި ޒިޔާދު ވިދާޅުވީ ދިވެހިންނަކީ މުސްލިމުންނަށް ވެފައި، އިސްލާމީ އުސޫލުތަކާއި ހަމަތައް އޮންނަ ކަން ދިވެހިންނަށް އެނގެން ޖެހޭތީ ކަމަށެވެ.
ދީނުގައި އެނގެން ޖެހޭނީ ހަމައެކަނި "ހައިޟު، ނިފާސް" އާއި ދެ އަންބަށް ކައިވެނި ކުރުމެއް ނޫނެވެ. އަދި ގިނަ އިލްމުވެރިން ދަންނަ ވާހަކަ އަކީ މިއީ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
ވެރިންނަށް ކިޔަމަންވާން ޖެހޭ ސަބަބު ހާމަކުރީ، އެއްވެސް ހަމައެއް ނެތި، ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލުމަށް ކުރަމުންދާ މަސައްކަތަށް ހޭލުންތެރި ކުރުވަން ވެގެން ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. އަދި ޚުތުބާ އެކުލަވާލަނީ ފުންނާބު އުސް ފަސް އިލްމުވެރިންގެ ކޮމެޓީއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ "ދެތިން އިލްމުވެރިން" ޚިޔާލު ތަފާތުވުން އުޅެނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޖަލަށް ލުމާ ގުޅިގެން ކަމަށެވެ. އަދި އިމްރާން ޖަލަށްލާފައި ވަނީ "ކުށެއް ނުކޮށް، ގޭގައި ހުރެގެން ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީ
17 February 2018
"ދީނުގައި އެނގެން ޖެހޭނީ ހަމައެކަނި "ހައިޟު، ނިފާސް" އާއި ދެ އަންބަށް ކައިވެނި ކުރުމެއް ނޫނެވެ. އަދި ގިނަ އިލްމުވެރިން ދަންނަ ވާހަކަ އަކީ މިއީ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ." ޝޭހުންނަށް މަލާމާތް ކޮށްފަ ބައެއް މީހުން ދައްކާ ކަހަލަ ވާހަކަ މިނިސްޓަރުވެސް މިދައްކަނީ.
މުހަންމަދުކަލޯ
17 February 2018
ހުތުބާ އަށް ކިޔަމުންދާ ފާޑަށް ޕީ.ޕީ.އެމް އޮހީހުގެ ބަދަލުގައި މިނިސްޓްރީގަ އިންނަވައިގެން ތިވާހަކަ ދެއްކެވިނަމަ ހުތުބާ ސިޔާސީ ނުވާކަމަށް ކޮންމެވެސް ވަރަކަށް ގާބޫލުކުރެވުނީސް.........
އަސްލޭ
17 February 2018
ފިރުއައުނަކީ މިސްރު މީހުންނަށް ނިޢުމަތެއްތޯ ނޫނީ ދެން އެނޫން ކޮންޗެއް؟
ބައްޝާރު
17 February 2018
ޓްރަމްޕްވެސް އެއީ ހަމަ ބޮޑު ނިއުމަތެއް. ބައްޝާރުވެސް. ސީރިޔާ މީހުން ހަމަ އުފަލުން ފޮޅެނީ.
އާޒިމާ
17 February 2018
އިސްލާމް ދީނުގެ ކަންތަކަށް ހަޖޫޖަހާ. ގައުމުގެ ހުކުމްތަކަށް ގޮންޖަހާ މީހުންގެ އަދުލު އިންސާފު ނެތް ތަނެއްގަ އަދި އަދި ވަކި މީހަކު ބުނާގޮތަކަށް ހުކުމް ކުރަންޖެހޭ ތަނެއްގަ ތިޔަބުނާ ގޮތަށް އެކަން ކުރަން ޖެހޭނެ ކަމަށް ބުނާ ދަލީލެއް ސިޔާސީ އަވައިގަ ނުޖެހި ހުރި ސޭހަކު ނިކަން ރައްޔިތުން ކިޔައިދީބަލަ،
ކަން
17 February 2018
ހުރިހާ ކަމެއް ސިޔާސި ވާނެއެވެ. އެބަލިގެ ވެކްސިން އެއް މި ރާއްޖެ އަކު ނެތެވެ.އެއީ ބައްޔެކެވެ މާއްދިއްޔަތަށް އެއްމެން ތިބީ ހުސްވެފައެވެ.
ާއާދިން
17 February 2018
ހުތުބާ ހަމަ ހަބޭސް، ވެރިމީހާ އަށް ކިޔަމަންވާންޖެހޭނެ ވެރިމީހާ ނުބުނޭ ދީނުން ބޭރުވާކަަށް، އެއީ ހަމަ ބެސްޓް އެންމެ ބެސްޓް ހާކިމާ... ދެން ލަލަލާ... ސައިޒުގާ ތިބޭ... ވެރިކަމާ ކައިރިވެސް ނުވެވޭނެ ސާބަހޭ ޒިޔާދު ރައީސް ޔާމީން އަކީ ހާކިމާ އެއްވެސް ނޫން.. އެއީ ހާކިމާ ޕްލަސް އެއް.
އަލީ!
17 February 2018
ހާކިމާއެކޭ ކިޔާގެން ދިވެހިންނަށް އޮޅުވާލަނީ މި މީހުން
މަންސޫރު
17 February 2018
ހުތުބާ އިލްހާމް ކުރެއްވީ. ބަރާބަރު.
ހަސީނާ
17 February 2018
"ޚުތުބާތަކުން މީގެ ކުރިން އަބަދުވެސް އަޑު އިވެނީ މިސްކިތުގެ ކުޑަދޮރުން ކުޅު ޖަހާ ވާހަކަ އާއި ޚަތިމް ވަގަށް ގެންދާ ވާހަކަ އާއި ކުނާތައް ގެންދާ ވާހަކަ ކަމަށެވެ." މިވާހަކަ އަކީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވާނެ ވާހަކައެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ އަބަދުވެސް ޚުޠުބާތަކުގައި ހުންނަނީ އެފަދަ ވާހަކަތައް ނޫންކަމަށްވުމާއެކު، އެފަދަ ގޮފޮޅު، ނާތަހުޒީބު، އިންސާފުން އެއްކިބާވެ އެއްފަރާތަށް ގޮސް ހުސްވެފައިވާ ، ރާއްޖޭގައި އެމަނިކުފާނުގެ ކުރީގައި އުޅުއްވި ޢިލްމުވެރިންނަށް ރައްދުވާގޮތަށް އެފަދަ ބަސްތަކެއް ވިދާޅުވާނެ ކަމަށް ނުފެންނާތީއެވެ.
އޮޅިއްޖެ
17 February 2018
ހާކިމާ ގެ މާނައަކީ ހުކުމް ކުރާ މީހާއެއް ނޫންތަ؟ ކީއްވެތަ ވެރިމީހާއަށް ޙާކިމާއޭ ކިޔަނީ؟