17 ފެބުރުއަރީ 2018 - 15:41
މިހާރު ހައްޔަރުކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބޭރު ގައުމުތަކަށް ވަޑައިގެން، ބައްލަވައިގަތް މުދާތަކަކީ ކޮބައިކަން އެ ގައުމުތަކުން ހާމަކޮށް ދިނުމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރަށް ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެމަނިކުފާނު ރާއްޖެ އާއި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އަދި ފަނޑިޔާރު އަލީ ހަމީދަށް ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައިވާ ކަމަށާއި އެމަނިކުފާނަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ދަބަހުން ފެނުނީ 215،000 ޔޫއެސް ޑޮލަރާއި 150،000ރ. އެވެ.
މީގެ އިތުރުން ރާއްޖެ އިން ބޭރުން އަގު ބޮޑެތި މުދަލާއި ފްލެޓާއި އެޕާޓްމެންޓް ގަނެފައިވާކަން ޔަގީން ކުރެވޭނެ ޑޮކިއުމެންޓް އެވިޑެންސް ވެސް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ދެ ފަނޑިޔާރުންނަށް ފުލުހުން ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުމުގެ ތުހުމަތެވެ.
ރައީސް އަބްދުﷲ ޔާމީނާއި އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއާން. - ފޮޓޯ: ރައީސް އޮފީސް
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ، މިދިޔަ ދެ ތިން މަސް ތެރޭގައި އުއްތަމަ ފަނޑިޔާރު ބޭރުގެ ބައެއް ގައުމުތަކަށް ވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ނެދަލެންޑްސް އާއި އިނގިރޭސި ވިލާތަށް އެމަނިކުފާނު ވަޑައިގެންނެވިކަން ކަށަވަރު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ގައުމުތަކަށް [ފަނޑިޔާރުން] ވަޑައިގެންފައި ހުރީމަ، ފުލުހުން އެނގެން ބޭނުންވާނެ މި ތަހުގީގު ކުރިއަށް ދާއިރު، ގަނެފައި ހުރީ ކޮން މުދަލެއް ކަމާއި ދަތުރުކޮށްފައި ވަނީ ކޮން ގައުމުތަކަކަށް ކަން. އެހެންވީމާ އޭގެ މައުލޫމާތުތައް ބޭރުގެ ގައުމުތަކުން ދޭން އެބަޖެހޭ،" ޝިއާން ވިދާޅުވި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިހާތަނަށް ފުލުހުން ހާމަކުރި މައުލޫމާތުން ފަނޑިޔާރުން ގިނަ ގައުމުތަކަށް ވަޑައިގެން އަގު ބޮޑެތި މުދާ ބައްލަވައިގަތް ކަން އެނގެ އެވެ.
އެހެންވެ، އެ ގައުމުތަކުން މުދާ ބައްލަވައިގެންފައި ހުރި ގޮތާއި ރަޖިސްޓަރީ ކޮށްފައި ހުރި ކަމުގެ މައުލޫމާތުތައް ދިވެހި ފުލުހުންނަށް ދޭންޖެހޭ ކަން ޝިއާން ވިދާޅުވި އެވެ.
ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިދިޔަ މަސްތަކުގެ ތެރޭގައި ފަނޑިޔާރުން ބޭރު ގައުމުތަކަށް 12 ދަތުރެއް ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ނެދެލެންޑްސް އާއި އިނގިރޭސި ވިލާތުގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އެބޭފުޅުން [ފަނޑިޔާރުން] ވަނީ ވަރަށް އަގު ބޮޑެތި މުދާތައް ބައްލަވައިގެންފައި. ތަހުގީގު މިއޮތީ ހަމައެކަނި ރާއްޖެއާ ގުޅިފައެއް ނޫން. އެހެންވެ، މި ތަހުގީގަށް ބޭރު ގައުމުތަކުގެ އެހީ ބޭނުން،" ޝިއާން ވިދާޅުވި އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންނާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިކޮށް، ފުލުހުން ތަހުގީގު ފެށީ ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެރުނު އަމުރަށް ފަހު، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އެވެ. އެކަމަކު އެ މައްސަލައިގެ ތުހުމަތަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކުރީގެ އަމުރު ބާތިލްކޮށްފަ އެވެ.
ފުލުހުން ތަހުގީގު ކުރަމުން އަަންނަ މި މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ދަނގެތި ދާއިރާގެ މަޖިލީހުގެ މެމްބަރު އިލްހާމް އަހުމަދާއި މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ބައެއް އާންމުން ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
19 February 2018
ތިކަމާ އެންމެ ރަގަޅުވާނީ ޗައިނާއާ ގުޅައިގެން ތިބޭނުންވާކަހަލަ މައުލޫމާތު ހޯދުން. އެގައުމުން ދީފާނެ ބޮޑުފާރުގެ ބައެއް ގަނެފަ އޮތްކަމުގެ ލިޔުންވެސް. އޭރުން ރަގަޅު ހެއްކަކަށް ފުދި ތި ޕިންކީ ކުދިންކޮޅު އަނެއްކާވެސް އަތްޖަހަން ތިބޭނެ!
ފަސީ
19 February 2018
ކޮން ހައިސިއްޔަތަކުންތޯ ފަނޑިޔާރުން ބައްލަވައިގެންނެވި ތަކެތީގެ ހިސާބު އާންމު ކުރަންޖެހެނީ. ސަރުކާރުގެ ހުރިހާ ވެރިން ކުރައްވާފައިހުރި ވިޔަފާރިތައް އާންމު ކުރަން ގޮވާލަން
މަމެންގެ އަޑު
18 February 2018
ތިގޮވަނީކޮސް! ދެންގޮވާނީ އަތައް! މިހާރު ސަރުކާރުގެ ކަންކަންހުރީ އެހާ ހިސާބުގައި ފުލުހުންނަށް ދޮގުހެދޭނީވެސް ވަކިވަރަކަށް އަދި އެހަދާދޮގު ފާޅާއަރާންވެސް ލަހެއްފަހެއްނެތް ހުރިހާކަމެއް އެންމެ މޮޅަށް ދެކެ ދެނެ ވޮޑިގެންވާ ފަރާތެއްވޭ އެކްން ޝިޔާނު ހަދާނަށް ގެނެސްގެން ތިވާހަކަ ދެއްކުން ރަގަޅު. ގައުމުގެ ކަންކަން މިހާރު މިހިގާގޮތް ނޭގޭ ފަރާތެއްނެތް ކަންކަންވަމުންދާގޮތާއި، ނިއުޅެމުންދާގޮތްވެސް ރައްޔިތުންނަށް ވަރަށްސާފު.
އީމަން
18 February 2018
ޝިއާން ބައްލަވައިގަތް މުދަލުގެ ތަފުސީލު އެ ގައުމުތަކުން ހާމަކޮށްދޭންޖެހޭ.
ޢަލީ 12
18 February 2018
ކޮސް ނުގޮވާ އެކޮއި.. ތިފަދަ ކަމެއް ހިނގާފަ އޮތަސް ނެތަސް، ތިޔަބުނާ ކަންކަން ބޭރު ޤައުމުތަކުން ސާފުކޮށްދޭކަށް ޝައުޤުވެރިއެއް ނުވާނެ.. އެ ޤައުމުތަކުން ޢަމަލުކުރާ އުޞޫލުތައް އެއީ އުޞޫލު.. ލިޔެފަ އޮންނަގިތަށް ކަން ކުރާނީ.. ހިތައް އަރާގޮތަކަށް ނޫން..
އަލީ_
18 February 2018
މައްސަލައަތް އުފައްދައިގެން މީހުން ހައްޔަރުކުރުން މިއީ ބޭރު ގައުމުތަކުން އެހީވާނެ ކަމެއް ނޫން.
ބޮލައްތުރާ
18 February 2018
ގޫގްލް ސްޕީޑްގައި ގަނެފަހުރި ޓިނުތަކާ މީހުންގެ މޫނަށް ކުޅު ޖަހަން ފެން ހޯދި ގޮތްވެސް ބަލަންޖެހޭ..
ހަސަނު
18 February 2018
ބޭރު ގައުމުތަކުން އެބަ ބުނޭ ސަރުކާރުން ހިންގާ ޖަރީމާއެއް ާބއިވެރި ނުވާނ ެކަމަށް
ރިހާކުރު
18 February 2018
އަޅުގަނޑުމެންގެ ފިހާރައިން 2 ޕެކެޓް ކިއްލި ގަނެފަވެއްޖެ
ޝެލަރީ
18 February 2018
އަމިއްލަ ގެއަށް ފައިސާ ފޮށިތައްވަންއިރު ހަމަ އެއްވެސްވަރަކަށް އެއްވެސް ބޭފުޅަކަށް އިލްހާމެއްނުވި ދެއްތޯ؟؟